Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުޒިލެންޑް

ނިއުޒީލެންޑަށް 5.9 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ނިއުޒީލެންޑުގެ ޓީ އަނާއު ސަރަހައްދަށް އައި 5.9 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު މިހާރު ވަނީ އުވާލާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓެއް ލިބިފައިނުވި ނަމަވެސް، އައްސޭރިފަށުގެ ސަރަހައްދުތަކަށް އާދަޔާ ހިލާފު އޮއިވަރެއް ދެމި ބޮޑެތި ރާޅުތަކެއް އެރުމުގެ ފުރުސަތު އޮތް ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ރާއްޖެ އެމްވީ | 16 ޖުލައި 2026 | ބުރާސްފަތި 11:27
ނިއުޒީލެންޑުގެ ހުޅަނގުފަރާތުގެ އައްސޭރިފަށް

ނިއުޒީލެންޑުގެ ހުޅަނގުފަރާތުގެ އައްސޭރިފަށް | ގެޓީ އިމޭޖަސް

ނިއުޒީލެންޑުގެ ސައުތު އައިލެންޑަށް ބުރާސްފަތި ދުވަހު ރިކްޓަރ މިންގަނޑުން 5.9 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމަކާ ގުޅިގެން، އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ކުޑަ ވަގުތުކޮޅަކަށް ސުނާމީގެ އިންޒާރު ނެރެފި އެވެ.

މި ބިންހެލުމުގެ ސަބަބުން އެ ސަރަހައްދުގެ އިމާރާތްތަކަށް ލޮޅުން އަރައި، ގިނަ އަދަދެއްގެ ރައްޔިތުން ބިރުން މަގުމައްޗަށް ނުކުމެފައިވީ ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ނުވަތަ ބޮޑު ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައިނުވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

ނިއުޒީލެންޑުގެ ނޭޝަނަލް އިމަޖެންސީ މެނޭޖްމަންޓް އެޖެންސީ (ނެމާ) އިން މައުލޫމާތުދޭ ގޮތުގައި، މި ބިންހެލުން އައިސްފައިވަނީ ފިއޯޑްލޭންޑްގެ ފަތުރުވެރިކަމުގެ މައި ދޮރާށި ކަމަށްވާ ޓީ އަނާއުއާ ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) އުތުރަށެވެ.

އެ ގައުމުގެ ގަޑިން ރޭގަނޑު 9:14 (ޖީއެމްޓީން 09:14) ހާއިރު އައި މި ބިންހެލުމުގެ ބާރުމިން ފުރަތަމަ ރިކްޓަރ މިންގަނޑުން 6.3 ގައި ހުރިކަމަށް ނެމާ އިން އަންދާޒާ ކުރި ނަމަވެސް، ފަހުން ވަނީ އެއީ 5.9 ގެ ބާރުމިނުގެ ބިންހެލުމެއް ކަމަށް އިސްލާހުކޮށްފަ އެވެ.

ބިންހެލުމާ ގުޅިގެން ނެރުނު ސުނާމީގެ އިންޒާރު މިހާރު އަނބުރާ ގެންގޮސްފައިވީ ނަމަވެސް، އައްސޭރިފަށުގެ ސަރަހައްދުތަކަށް ބާރުގަދަ އަދި އާދަޔާ ހިލާފު އޮއިވަރެއް ދެމުމާއެކު، ލަފާނުކުރެވޭ ފަދަ ބޮޑެތި ރާޅުތަކެއް އެރުމުގެ ފުރުސަތު އޮތް ކަމަށް އެ އެޖެންސީން ވަނީ ބުނެފަ އެވެ.

ނިއުޒިލެންޑްސައުތު އައިލެންޑްބިން ހެލުންސުނާމީ

އިތުރަށް ކިޔާލަން

13 ޖުލައި 2026

"ޖުރަސިކް ޕާކް" އެކްޓަރު ސޭމް ނީލް ކުއްލިި ގޮތަކަށް މަރުވެއްޖެ

13 ޖުލައި 2026
"ޖުރަސިކް ޕާކް" އެކްޓަރު ސޭމް ނީލް ކުއްލިި ގޮތަކަށް މަރުވެއްޖެ
06 ޖުލައި 2026

ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިފި، ޗައިނާގެ އަމަލު ގައުމުތަކުން ކުށްވެރިކޮށްފި

06 ޖުލައި 2026
ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިފި، ޗައިނާގެ އަމަލު ގައުމުތަކުން ކުށްވެރިކޮށްފި
05 ޖުލައި 2026

ކުރިއާލައި ބިންހެލުން ދެނެގަނެވޭނެ ގޮތެއް ނޯވޭ: މެޓް

05 ޖުލައި 2026
ކުރިއާލައި ބިންހެލުން ދެނެގަނެވޭނެ ގޮތެއް ނޯވޭ: މެޓް
03 ޖުލައި 2026

އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް 6.2 ގެ ބިންހެލުމެއް

03 ޖުލައި 2026
އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް 6.2 ގެ ބިންހެލުމެއް
03 ޖުލައި 2026

ބިންހެލުމުގައި ލިބުނު ގެއްލުން ތަކުން އަރައިގަތުމަށް ވެނެޒުއެލާ އިން 200 މިލިއަން ޑޮލަރުގެ ފަންޑެއް އެކުލަވާލަނީ

03 ޖުލައި 2026
ބިންހެލުމުގައި ލިބުނު ގެއްލުން ތަކުން އަރައިގަތުމަށް ވެނެޒުއެލާ އިން 200 މިލިއަން ޑޮލަރުގެ ފަންޑެއް އެކުލަވާލަނީ
02 ޖުލައި 2026

ވެނެޒުއޭލާއަށް ބާރުގަދަ ބިންހެލުމުން އައިތާ އަށް ދުވަސް ފަހުން ވެއްޓިފައިފައިވާ އިމާރާތްތަކުގެ ދަށުން މީހަކު ސަލާމަތްކޮށްފި

02 ޖުލައި 2026
ވެނެޒުއޭލާއަށް ބާރުގަދަ ބިންހެލުމުން އައިތާ އަށް ދުވަސް ފަހުން ވެއްޓިފައިފައިވާ އިމާރާތްތަކުގެ ދަށުން މީހަކު ސަލާމަތްކޮށްފި
01 ޖުލައި 2026

ވެނެޒުއެލާގެ ބިންހެލުން: އިމާާރާތެއްގެ ދަށުގައި ހަ ދުވަސް ވަންދެން ތާށިވެފައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި

01 ޖުލައި 2026
ވެނެޒުއެލާގެ ބިންހެލުން: އިމާާރާތެއްގެ ދަށުގައި ހަ ދުވަސް ވަންދެން ތާށިވެފައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި
30 ޖޫން 2026

ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް

30 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް
29 ޖޫން 2026

ކޭޕް ވާޑްގެ ވޯލްޑް ކަޕް ޓީމުގެ ކެޕްޓަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި

29 ޖޫން 2026
ކޭޕް ވާޑްގެ ވޯލްޑް ކަޕް ޓީމުގެ ކެޕްޓަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި
28 ޖޫން 2026

ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ

28 ޖޫން 2026
ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު