Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާ

ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިފި، ޗައިނާގެ އަމަލު ގައުމުތަކުން ކުށްވެރިކޮށްފި

6 ޖުލައި 2026 | ހޯމަ 08:16

ޗައިނާގެ ނިއުކްލިއާ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް ސްޓްރެޓީޖިކް މިސައިލެއް ފޮނުވާލުމާ ގުޅިގެން، އެ ސަރަހައްދުގެ ގައުމުތަކުން އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފި. މިއީ އަހަރީ ތަމްރީނެއްގެ ބައެއް ކަމަށާއި ކަމާބެހޭ ގައުމުތަކަށް ކުރިން މައުލޫމާތު ދީފައިވާނެ ކަމަށް ޗައިނާއިން ބުނި ނަމަވެސް، މި ޓެސްޓަކީ އެ ސަރަހައްދުގައި ޗައިނާގެ އަސްކަރީ ބާރުވެރިކަން ދައްކާލުމަށް ކުރި ކަމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ. ފާއިތުވި އަހަރުތަކުގައި ޗައިނާއިން ނިއުކްލިއާ ގާބިލުކަން އިތުރުކުރަމުންދާއިރު، މިއީ ޕެސިފިކް ސަރަހައްދުގެ ސަލާމަތަށް އޮތް ގޮންޖެހުމެއް ކަމަށް ބައެއް ގައުމުތަކުން ސިފަކުރޭ.

ރާއްޖެ އެމްވީ | 6 ޖުލައި 2026 | ހޯމަ 08:16
ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީ.އެލް.އޭ) ނޭވީގެ ނިއުކްލިއާ ހަކަތައިން ދުއްވާ، ޓައިޕް 094A ޖިން-ކްލާސް ބެލިސްޓިކް މިސައިލް ސަބްމެރީނެއް، 2018 އޭޕްރީލް 12 ވަނަ ދުވަހު ދެކުނު ޗައިނާ ކަނޑުގައި ބޭއްވި އަސްކަރީ ހަރަކާތެއްގެ ތެރެއިން ފެންނަ މަންޒަރެއް.

ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީ.އެލް.އޭ) ނޭވީގެ ނިއުކްލިއާ ހަކަތައިން ދުއްވާ، ޓައިޕް 094A ޖިން-ކްލާސް ބެލިސްޓިކް މިސައިލް ސަބްމެރީނެއް، 2018 އޭޕްރީލް 12 ވަނަ ދުވަހު ދެކުނު ޗައިނާ ކަނޑުގައި ބޭއްވި އަސްކަރީ ހަރަކާތެއްގެ ތެރެއިން ފެންނަ މަންޒަރެއް. | ރޮއިޓާސް

ޗައިނާގެ ސަބްމެރީނަކުން ޕެސިފިކް ކަނޑަށް މިސައިލެއް ފޮނުވާލާފައިވާ ކަމަށް ބެއިޖިންގް އިން ހޯމަ ދުވަހު ބުނެފިއެވެ. ޗައިނާއިން މި މިސައިލް ފޮނުވާލާފައި މިވަނީ، އެ ގައުމުން ބައްރުން ބައްރަށް ދަތުރުކުރާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ޓެސްޓުކުރަން އުޅޭކަމުގެ އިންޒާރު އެ ސަރަހައްދުގެ ގައުމުތަކުން ދީފައިވަނިކޮށެވެ.

ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދެއް ކަމަށްވާ ދެކުނު ޕެސިފިކް ސަރަހައްދުގައި ޗައިނާއިން މިފަދަ އަސްކަރީ ބާރުވެރިކަމެއް ދައްކާލުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. މި ސަރަހައްދަކީ ޒަމާނުއްސުރެ އެމެރިކާ، އޮސްޓްރޭލިއާ އަދި ނިއުޒީލެންޑުން ސަލާމަތީ ކަންކަމުގައި އެންމެ ބޮޑު އިސްކަމެއްދޭ ސަރަހައްދެވެ.

މި މިސައިލް ޓެސްޓާ ގުޅިގެން އެ ސަރަހައްދުގެ ގައުމުތަކުން ވަނީ ވަގުތުން އެކަން ކުށްވެރިކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ ޖަޕާނުން ބުނެފައިވަނީ، މި ޓެސްޓު ކުރިއަށް ނުގެންދިއުމަށް ޗައިނާގެ ކިބައިން ކުރިން އެދިފައިވާނެ ކަމަށެވެ.

ޗައިނާގެ ކަނޑުގެ ސިފައިންގެ ވީޗެޓް އެކައުންޓުގައި ތަރުޖަމާނު ވޭންގް އެކްސޫމެންގް އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވީ، ޖުލައި މަހުގެ 6 ވަނަ ދުވަހުގެ މެންދުރު 12:01 ގައި ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ ނޭވީގެ ނިއުކްލިއާ ސަބްމެރީނަކުން ތަމްރީނުތަކުގައި ބޭނުންކުރާ ވޯހެޑެއް ހަރުކޮށްފައިވާ ސްޓްރެޓީޖިކް މިސައިލެއް ޕެސިފިކް ކަނޑުގެ ކަނޑައެޅިފައިވާ ސަރަހައްދަކަށް ކާމިޔާބުކަމާއެކު ފޮނުވާލާފައިވާ ކަމަށެވެ.

ޔެލޯ ސީ ގައި ޗައިނާ އާއި ރަޝިޔާ ގުޅިގެން ކުރިއަށް ގެންދާ އަސްކަރީ ތަމްރީން ތަކެއްގެ ތެރެއިން....

ވޭންގް އިތުރަށް ވިދާޅުވީ، މި މިސައިލް ޓެސްޓަކީ ޗައިނާގެ އަހަރީ އަސްކަރީ ތަމްރީނުތަކުގެ ތެރެއިން ކުރިއަށްދިޔަ އާންމު ކަމެއް ކަމަށާއި، މިކަމާ ގުޅޭ މައުލޫމާތު ކަމާބެހޭ ގައުމުތަކަށް ކުރިން ހިއްސާކޮށްފައިވާނެ ކަމަށެވެ.

މި މިސައިލް ފޮނުވާލާފައިވަނީ ޗައިނާގެ އިރުމަތީ އަސްކަރީ ބަނދަރެއް ކަމަށްވާ ކިންގްޑާއޯގެ އައްސޭރިފަށުގައި ޗައިނާ އާއި ރަޝިޔާ ގުޅިގެން ބާއްވާ އަހަރީ ކަނޑުގެ އަސްކަރީ ތަމްރީނުތައް ފެށުމަށް ހަމަޖެހިފައި އޮތް ދުވަހު އެވެ.

ނަމަވެސް، މި މިސައިލް ޓެސްޓަކީ އެ ތަމްރީނުތަކުގެ ބައެއް ކަމެއް ނުވަތަ ނޫންކަމެއް އަދި ސާފެއް ނުވެއެވެ.

ފާއިތުވި އަހަރުތަކުގައި ބެއިޖިންގް އިން ވަނީ އެ ގައުމުގެ ނިއުކްލިއާ ގާބިލުކަން އިތުރުކޮށް، ދިފާއީ ހޭދަ ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ.

އެމެރިކާގެ ޕެންޓަގަނުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، 2023 ވަނަ އަހަރުގެ މޭ މަހާ ހަމައަށް ޗައިނާގެ އަތުގައި ބޭނުންކުރެވޭ ހާލަތުގައި ހުރި 500 އަށްވުރެ ގިނަ ނިއުކްލިއާ ވޯހެޑް ހުއްޓެވެ. އަދި 2030 ވަނަ އަހަރު އަންނަންވާއިރަށް މި އަދަދު 1،000 އަށްވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.

ގައުމުތަކަށް މައުލޫމާތު ދިނުން

ޕަޕުއާ ނިއު ގިނީގެ ފޮރިން މިނިސްޓަރާއި ނިއުޒީލެންޑް ސަރުކާރުގެ މަސްދަރަކުން ހޯމަ ދުވަހުގެ ކުރީކޮޅު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލުކަން ހުރި މިސައިލެއް ޕެސިފިކް ކަނޑަށް ފޮނުވާލުމަށް ޗައިނާއިން ތައްޔާރުވަމުންދާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ކުރިން އިންޒާރު ލިބިފައިވޭތޯ ސުވާލުކުރުމުން، ޕަޕުއާ ނިއު ގިނީގެ ފޮރިން މިނިސްޓަރު ޖަސްޓިން ޓްކަޗެންކޯ ވިދާޅުވީ، ޗައިނާއިން އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، ޗައިނާގެ ސަފީރު އަމިއްލަފުޅަށް އޭނާއަށް ގުޅުއްވި ކަމަށެވެ.

ނިއުޒީލެންޑް ސަރުކާރުގެ މަސްދަރަކުން ވެސް އޭއެފްޕީއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ބައްރުން ބައްރަށް ދަތުރުކުރާ ބެލިސްޓިކް މިސައިލެއް ޓެސްޓުކުރަން އުޅޭކަމުގެ މައުލޫމާތު ޗައިނާއިން ވަނީ އެ ގައުމަށް ދީފައެވެ.

ނަމަވެސް، މި މިސައިލް ވެއްޓޭނީ ކޮން ސަރަހައްދަކަށް ކަމެއް އެ ގައުމުތަކުން ހާމައެއް ނުކުރެ އެވެ.

ޗައިނާގެ އެލީޓް ރޮކެޓް ފޯސް އިން 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފްރެންޗް ޕޮލިނީޝިއާ ކައިރިއަށް ވަނީ ފޭކް ވޯހެޑެއް ހަރުކޮށްފައިވާ މިސައިލެއް ފޮނުވާލާފަ އެވެ. މިއީ ފާއިތުވި 40 އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަކަށް ޗައިނާއިން މިފަދަ ދުރު ރާސްތާ މިސައިލެއް ފޮނުވާލި ފުރަތަމަ ފަހަރެވެ.

އެ ދުވަސްވަރު ދިރާސާކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އެއީ ތާމޯނިއުކްލިއާ ވޯހެޑް އުފުލުމުގެ ގާބިލުކަން ހުރި ޗައިނާގެ އެންމެ ކުރިއަރާފައިވާ "ޑޮންގް ފެންގް-31" މަރުކާގެ މިސައިލެކެވެ.

މި ދުރު ރާސްތާ މިސައިލް ވެއްޓިފައިވަނީ ބައިނަލްއަގުވާމީ މުއާހަދާއެއްގެ ދަށުން ނިއުކްލިއާ ހަތިޔާރު ބޭނުންކުރުން މަނާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަނޑުގެ ސަރަހައްދަކަށެވެ.

އޭއެފްޕީއަށް މިދިޔަ މަހު ލިބުނު ނިއުޒީލެންޑްގެ ޑިފެންސް ފޯސްގެ އެތެރޭގެ ލިޔެކިޔުންތަކެއްގައިވާ ގޮތުން، ޗައިނާގެ ކަނޑުގެ ސިފައިންގެ ހަރަކާތްތަކާއި ބެލިސްޓިކް މިސައިލް ޓެސްޓުތަކަކީ ކުރިއަށް އޮތް ތަނުގައި ޕެސިފިކް ސަރަހައްދުގައި އާންމު ކަމަކަށް ވާނެ ކަމުގެ އިންޒާރު އެ ގައުމުން ވަނީ ސިއްރު ރިޕޯޓެއްގައި ދީފައެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި އެ ސަރަހައްދުގައި ހިންގާފައިވާ ނިއުކްލިއާ ޓެސްޓުތަކުގެ ސަބަބުން ޕެސިފިކްގެ ޖަޒީރާ ގައުމުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

ޗައިނާއިން ދަނީ އެ ސަރަހައްދުގެ ގައުމުތަކުގައި އާ ހޮސްޕިޓަލްތަކާއި، މަގުތަކާއި، ޒަމާނީ ކުޅިވަރު ކުޅޭ ދަނޑުތައް ބިނާކޮށްދީ، އެ ގައުމުގެ ނުފޫޒު ގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ.

މަސްދަރު: އޭއެފްޕީ

ޗައިނާޕެސިފިކްޖަޕާންނިއުޒިލެންޑްޕަޕުއާ ނިއުގިނީޗައިނާ-ރަޝިޔާ

އިތުރަށް ކިޔާލަން

05 ޖުލައި 2026

ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ

05 ޖުލައި 2026
ޗައިނާ އާއި ރަޝިއާގެ އަސްކަރީ މަނަވަރުތައް ގުޅިގެން ޚާއްސަ ތަމްރީނުތަކެއް ކުރިއަށް ގެންދަނީ
03 ޖުލައި 2026

ޖަޕާނުގެ ބޮޑުވަޒީރު: އަޅުގަނޑު މޯދީ ދެކެނީ ބޭބެއެއް ގެ ގޮތުގައި

03 ޖުލައި 2026
ޖަޕާނުގެ ބޮޑުވަޒީރު: އަޅުގަނޑު މޯދީ ދެކެނީ ބޭބެއެއް ގެ ގޮތުގައި
01 ޖުލައި 2026

ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި

01 ޖުލައި 2026
ޗައިނާއިން ޕްރައިމަރީން ފެށިގެން ޔުނިވަރސިޓީއަށް އޭއައި ކިޔަވައިދޭން ނިންމައިފި
30 ޖޫން 2026

ޗައިނާގެ ބިލިއަނަރު ގުއޯ ވެންގުއީ އަށް 30 އަހަރުގެ ޖަލުހުކުމް އިއްވައިފި

30 ޖޫން 2026
ޗައިނާގެ ބިލިއަނަރު ގުއޯ ވެންގުއީ އަށް 30 އަހަރުގެ ޖަލުހުކުމް އިއްވައިފި
29 ޖޫން 2026

ކޭޕް ވާޑްގެ ވޯލްޑް ކަޕް ޓީމުގެ ކެޕްޓަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި

29 ޖޫން 2026
ކޭޕް ވާޑްގެ ވޯލްޑް ކަޕް ޓީމުގެ ކެޕްޓަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި
29 ޖޫން 2026

ޖަޕާނުގައި މަކަރު ހީލަތުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރަން "އޭއައި ޕޮލިސް ޗީފް" އެއް ތައާރަފް ކޮށްފި

29 ޖޫން 2026
ޖަޕާނުގައި މަކަރު ހީލަތުގެ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ކުރަން "އޭއައި ޕޮލިސް ޗީފް" އެއް ތައާރަފް ކޮށްފި
27 ޖޫން 2026

ބެއިޖިންގެ އެންމެ އުސް އިމާރާތުގައި މަތިންދާ ބޯޓެއް ޖެހި އެކްސިޑެންޓް ވެއްޖެ

27 ޖޫން 2026
ބެއިޖިންގެ އެންމެ އުސް އިމާރާތުގައި މަތިންދާ ބޯޓެއް ޖެހި އެކްސިޑެންޓް ވެއްޖެ
25 ޖޫން 2026

ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

25 ޖޫން 2026
ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
24 ޖޫން 2026

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ދުނިޔެއަށް ހާސިލުކުރެވުނީ ފަސްބައިކުޅަ އެއްބަޔަށް ވުރެ މަދު މިންވަރެއް: އދ. ގެ ރިޕޯޓް

24 ޖޫން 2026
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގެ ތެރެއިން ދުނިޔެއަށް ހާސިލުކުރެވުނީ ފަސްބައިކުޅަ އެއްބަޔަށް ވުރެ މަދު މިންވަރެއް: އދ. ގެ ރިޕޯޓް
23 ޖޫން 2026

ޖަޕާނުން ވިސާ ފީ 50 އަހަރަށްފަހު ފަސްގުނައަށް ބޮޑުކޮށްފި

23 ޖޫން 2026
ޖަޕާނުން ވިސާ ފީ 50 އަހަރަށްފަހު ފަސްގުނައަށް ބޮޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް