Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއޭލާ

ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ

ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކުގައި މަރުވި މީހުންގެ އަދަދު 1،430 އަށް އަރާފައިވާއިރު، އިތުރު ދެ ބިންހެލުމެއް އެ ގައުމުގެ އުތުރު އައްސޭރިފަށަށް ވަނީ އައިސްފައި. މި ހާދިސާގައި 3،200 އަށްވުރެ ގިނަ މީހުން ޒަޚަމްވެ، ގެއްލިފައިވާ 50،000 އެއްހާ މީހުން ހޯދުމުގެ މަސައްކަތް ބޭރުގެ މާހިރުންގެ އެހީތެރިކަމާއެކު ދަނީ ކުރަމުން.

ރާއްޖެ އެމްވީ | 28 ޖޫން 2026 | އާދީއްތަ 08:17
ޖޫން 25، 2026 ގައި ކަރާކަސްގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ ލަ ގުއައިރާ ސްޓޭޓްގެ ކަޓިއާ ލަ މާރަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ސަރަހައްދުގައި ހުރި އެޕާޓްމަންޓް އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު.

ޖޫން 25، 2026 ގައި ކަރާކަސްގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 30 ކިލޯމީޓަރު ދުރުގައި އޮންނަ ލަ ގުއައިރާ ސްޓޭޓްގެ ކަޓިއާ ލަ މާރަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، އެ ސަރަހައްދުގައި ހުރި އެޕާޓްމަންޓް އިމާރާތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު. | ގެޓީ އިމޭޖަސް

ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ އެވެ.

ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އައިސްފައި މިވަނީ، މިދިޔަ ބުދަ ދުވަހު އެ ގައުމަށް އައި ބާރުގަދަ ދެ ބިންހެލުމުގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ދެކުނު އެމެރިކާގެ މި ގައުމުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ހާމަކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު 24 ގަޑިއިރު ނުވަނީސް އައި މި ދެ ބިންހެލުން ހުރީ މެގްނިޓިއުޑް 4.7 އަދި 4.8 ގައެވެ. މީގެ ތެރެއިން ފުރަތަމަ ބިންހެލުން އައިސްފައިވަނީ އުތުރުގެ އަރަގުއާ ސްޓޭޓްގެ އެލް ލިމޯން ސިޓީއާ 54 ކިލޯމީޓަރު ދުރަށެވެ. އަދި އޭގެ ފަހުން އައި ދެވަނަ ބިންހެލުން އައިސްފައިވަނީ އެ ސިޓީއާ 35 ކިލޯމީޓަރު ދުރަށެވެ. މި ފަހުން އައި ދެ ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ސާފެއް ނުވެ އެވެ.

ވެނެޒުއޭލާގެ ކަމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، މިދިޔަ ބުދަ ދުވަހު ފުލުފުލުގައި އައި މެގްނިޓިއުޑް 7.2 އަދި 7.5 ގެ ބާރުގަދަ ދެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 1،430 އަށް އަރާފަ އެވެ. މިއީ އެ ގައުމުގެ ފަހުގެ ތާރީޚުގައި ކުރިމަތިވި އެންމެ ނުރައްކާތެރި ބިންހެލުމުގެ ހާދިސާ އެވެ. މި ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ގައުމުގެ ވެރިރަށް ކަރަކަސް އަދި ލާ ގުއައިރާ އަށެވެ. މި ބިންހެލުންތަކުގައި 3،200 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ހާދިސާގައި ގެއްލިފައިވާ ކަމަށް ބެލެވޭ 50،000 އަށްވުރެ ގިނަ މީހުން ހޯދުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން އަދިވެސް ދަނީ ކުރަމުންނެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މީހުން ސަލާމަތްކުރުމުގެ މި މަސައްކަތުގައި ބޭރު ގައުމުތަކުގެ 1،600 އަށްވުރެ ގިނަ މާހިރުން ދަނީ ބައިވެރިވަމުންނެވެ.

ވެނެޒުއޭލާގެ ފަހުގެ ތާރީޚެއްގައި މީގެ ކުރިން އައި އެންމެ ނުރައްކާތެރި ބިންހެލުން އައީ 1967 ވަނަ އަހަރު އެވެ. އެ ފަހަރު ކަރަކަސް އިން 300 އެއްހާ މީހުން މަރުވެ، 1،600 އެއްހާ މީހުން ޒަޚަމްވި އެވެ. މީގެ އިތުރުން 1997 ވަނަ އަހަރު އެ ގައުމުގެ އިރުއުތުރު ސަރަހައްދަށް އައި ބިންހެލުމެއްގައި މަދުވެގެން 81 މީހުން މަރުވެފައިވެ އެވެ.

ވެނެޒުއޭލާބިން ހެލުންކަރާކަސްުުުުޔޫއެސް ޖިއޮލޮޖިކަލް ސަރވޭ

އިތުރަށް ކިޔާލަން

27 ޖޫން 2026

ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް، ގެއްލުނު މީހުންގެ އަދަދު 50،000 ގައި

27 ޖޫން 2026
ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް، ގެއްލުނު މީހުންގެ އަދަދު 50،000 ގައި
26 ޖޫން 2026

ވެނެޒުއޭލާ ބިންހެލުމުގައި ތުއްތު ދަރިފުޅު ސަލާމަތް ކޮށްދިނުމުގެ ތެރޭގައި ޒުވާން މަންމަ މަރުވެއްޖެ

26 ޖޫން 2026
ވެނެޒުއޭލާ ބިންހެލުމުގައި ތުއްތު ދަރިފުޅު ސަލާމަތް ކޮށްދިނުމުގެ ތެރޭގައި ޒުވާން މަންމަ މަރުވެއްޖެ
26 ޖޫން 2026

ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

26 ޖޫން 2026
ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
25 ޖޫން 2026

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

25 ޖޫން 2026
ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
25 ޖޫން 2026

ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ

25 ޖޫން 2026
ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ
25 ޖޫން 2026

ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި

25 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި
25 ޖޫން 2026

ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

25 ޖޫން 2026
ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
25 ޖޫން 2026

ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

25 ޖޫން 2026
ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
23 ޖޫން 2026

މަދޫރޯ ހައްޔަރު ކުރި ފަހުން ވެނެޒުއެލާ ރަނގަޅު މަގުގައި ކުރިއަށްދާ ކަމަށް ވަގުތީ ރައީސާ ވިދާޅުވެއްޖެ

23 ޖޫން 2026
މަދޫރޯ ހައްޔަރު ކުރި ފަހުން ވެނެޒުއެލާ ރަނގަޅު މަގުގައި ކުރިއަށްދާ ކަމަށް ވަގުތީ ރައީސާ ވިދާޅުވެއްޖެ
08 ޖޫން 2026

ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ

08 ޖޫން 2026
ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު