Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޭޕް ވާޑް

ކޭޕް ވާޑްގެ ވޯލްޑް ކަޕް ޓީމުގެ ކެޕްޓަންގެ މައްޗަށް ރޭޕްގެ ތުހުމަތުކޮށްފި

ކޭޕް ވާޑްގެ ގައުމީ ޓީމުގެ ކެޕްޓަން ރަޔަން މެންޑޭސް، އެ ޓީމުގެ ތަރުޖަމާނަކަށް ޖިންސީ ގޯނާކުރި ކަމުގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެއްޖެ. މިދިޔަ މާރިޗު މަހު ނިއުޒީލޭންޑުގައި ހިނގި މި ހާދިސާއާ ގުޅިގެން، އަނިޔާލިބުނު އަންހެން މީހާ ވަނީ މެޑިކަލް ރިޕޯޓުތަކާއެކު ފީފާއަށާއި ކޭޕް ވާޑްގެ ފުޓްބޯޅަ އިދާރާއަށް މައްސަލަ ހުށަހަޅާފައި. ނިއުޒީލޭންޑް ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، ފީފާއިން ބުނެފައިވަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށް.

ރާއްޖެ އެމްވީ | 29 ޖޫން 2026 | ހޯމަ 16:15
ކޭޕް ވާޑްގެ ގައުމީ ޓީމުގެ ކެޕްޓަން ރަޔަން މެންޑޭޒް، ނިއުޒީލޭންޑަށް ކުރި ދަތުރެއްގައި އެ ޓީމުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އެ އަންހެން މީހާ ވަނީ ކޮށްފައި

ކޭޕް ވާޑްގެ ގައުމީ ޓީމުގެ ކެޕްޓަން ރަޔަން މެންޑޭޒް، ނިއުޒީލޭންޑަށް ކުރި ދަތުރެއްގައި އެ ޓީމުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކުރި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އެ އަންހެން މީހާ ވަނީ ކޮށްފައި | ރޮއިޓާސް

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ކޭޕް ވާޑް ގައުމީ ޓީމުގެ ކެޕްޓަން، ނިއުޒީލޭންޑަށް ކުރި ދަތުރެއްގެ ތެރޭގައި އެ ޓީމުގެ ތަރުޖަމާނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ފެންމަތިވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ބްރެޒިލްގެ "ގްލޯބޯ" ނިއުސް އައުޓްލެޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 36 އަހަރުގެ ރަޔަން މެންޑޭސް ޖިންސީ ގޯނާކޮށްފައިވަނީ މިދިޔަ މާރިޗު މަހު ކޭޕް ވާޑް ޓީމުން ނިއުޒީލޭންޑަށް ކުރި ދަތުރުގައި ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހަމަޖެއްސި ބްރެޒިލްގެ އަންހެނަކަށެވެ.

އެ އަންހެން މީހާ ބްރެޒިލްގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މެންޑޭސް އޭނާ ހުރި ހޮޓެލުގެ ކޮޓަރިއަށް ވަދެ ހަމަލާދީފައިވާ ކަމަށެވެ. އަދި މި ހާދިސާގެ މައުލޫމާތު ކޭޕް ވާޑްގެ ފުޓްބޯޅަ އިދާރާގެ މަދުވެގެން ތިން އޮފިޝަލަކަށް ހިއްސާކުރި ނަމަވެސް، އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް އޭނާ ބުންޏެވެ. ތަރުޖަމާނު ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ކޭޕް ވާޑް ޓީމު މަޑުކޮށްގެން ތިބި އޯކްލޭންޑްގެ ހޮޓަލެއްގަ އެވެ.

މި އަންހެން މީހާ ކުރި ތުހުމަތުތަކުގެ ސަބަބުން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކޭޕް ވާޑުން ހޯދަމުންދާ ކާމިޔާބީގެ އުފާވެރިކަމަށް ވަނީ ހިޔަނި އެޅިފަ އެވެ. ކޭޕް ވާޑަކީ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ވަރުގަދަ ސްޕެއިންއާ ވާދަކޮށް 0-0 އިން އެއްވަރުކޮށް، ވޯލްޑް ކަޕްގެ ނޮކްއައުޓް ބުރަށް ކޮލިފައިވި އެންމެ ކުޑަ ގައުމުގެ ޝަރަފު ހޯދާފައިވާ ގައުމެވެ. ގްލޯބޯ ނޫހަށް މައުލޫމާތު ދެމުން އެ އަންހެން މީހާ ބުނީ، އޭނާ ވަޒީފާއަށް ނެރުނީ މިއަހަރު ނިއުޒީލޭންޑުގައި ބޭއްވި ފީފާ ސީރީޒްގެ ތެރޭގައި ކޭޕް ވާޑް ޓީމަށް އެހީތެރިވުމަށް ކަމަށެވެ. އަދި މާރިޗު 27 ވަނަ ދުވަހު ޗިލީއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ހޮޓެލުގެ ކޮޓަރިއެއްގައި އޮތް ބައްދަލުވުމަކަށް އޭނާއަށް ދައުވަތު ދިން ނަމަވެސް، އެތަނަށް ދިޔުމުން އެއީ ރަސްމީ ބައްދަލުވުމެއް ނޫންކަން އެނގުނު ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެނބުރި އަމިއްލަ ކޮޓަރިއަށް ދިޔުމުން މެންޑޭސް އޭނާގެ ފަހަތުން ގޮސް ކޮޓަރީގެ ދޮރުގައި ޓަކިޖެހި އެވެ. އަދި ދޮރު ހުޅުވުމާއެކު މެންޑޭސް ގަދަކަމުން ކޮޓަރިއަށް ވަދެ، އޭނާގެ ކަރުގައި ހިފައި، ހަމަލާދީ، ދަތްއަޅައި، ރޭޕްކޮށްފައިވާ ކަމަށް ނިއުޒީލޭންޑް ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވާ ކަމަށް ގްލޯބޯއިން ރިޕޯޓުކުރެ އެވެ.

އެ އަންހެން މީހާ ވަނީ އޭނާގެ ކަރުގައި ހުރި ޒަޚަމްތަކުގެ ފޮޓޯތައް މީޑިއާއަށް ދައްކާފަ އެވެ. އޭނާ ބުނި ގޮތުގައި ޖިންސީ އަނިޔާ ލިބޭ މީހުންނަށް ފަރުވާދޭ ކްލިނިކަކުން އޭނާ ފަރުވާ ހޯދައި، ފޮރެންސިކް ތަހުލީލުތައް ކޮށްފައިވެ އެވެ. އެ ކްލިނިކުން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އޭނާގެ ކަރާއި، އުރަމައްޗާއި، ތުންފަތުގައި ނޫފައިގަނެފައި ހުރި ނިޝާންތައް ހުއްޓެވެ. މި ތަހުލީލުތަކުގެ ނަތީޖާ އޭޕްރިލް 10 ވަނަ ދުވަހު ވަނީ ނިއުޒީލޭންޑް ފުލުހުންނަށް ފޮނުވާފަ އެވެ.

މެއި މަހުގެ 10 ވަނަ ދުވަހު، އެ އަންހެން މީހާއާއި އޭނާގެ ފިރިމީހާ ވަނީ ކޭޕް ވާޑްގެ ފުޓްބޯޅަ ފެޑަރޭޝަނަށާއި ފީފާއަށް މެޑިކަލް ރިޕޯޓާއި ހެކިތަކާއެކު ޝަކުވާ ހުށަހަޅާފަ އެވެ. އަދި އަދަބެއްގެ ގޮތުން މެންޑޭސް ވޯލްޑް ކަޕްގައި ކުޅުން މަނާކުރުމަށް އެ ފަރާތްތަކުން ވަނީ އެދިފައެވެ.

އޭނާ ގްލޯބޯއަށް ބުނި ގޮތުގައި، މި މައްސަލައިގައި ފީފާގެ ފަރާތުން މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެ އެވެ.

ނިއުޒީލޭންޑް ހެރަލްޑުން މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޭޕް ވާޑް ޓީމުގެ މެންބަރަކާ ގުޅޭ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އޭރުގެ ރިޕޯޓުތަކުގައި މެންޑޭސްގެ ނަން ހާމަކޮށްފައެއް ނުވެ އެވެ. ފީފާގެ ތަރުޖަމާނަކު "ދަ އިންޑިޕެންޑެންޓް" ނޫހަށް ކަށަވަރުކޮށްދިން ގޮތުގައި، އެ އިދާރާއިން ދަނީ ނިއުޒީލޭންޑްގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިވަގުތު އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށް އޭނާ ބުންޏެވެ.

"ފީފާއިން މިފަދަ ކޮންމެ ތުހުމަތެއްވެސް ބަލަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި. އަދި ފުޓްބޯޅައިގެ ތެރޭގައި ހިނގާ މިފަދަ ހާދިސާތައް ރިޕޯޓުކުރުމަށް ހަރުދަނާ ނިޒާމެއް ވަނީ ގާއިމުކުރެވިފައި،" މި ޝަކުވާ އާ ގުޅިގެން ފީފާގެ ތަރުޖަމާނު ވިދާޅުވި އެވެ.

މަސްދަރު: ދި އިންޑިޕެންޑެންޓް

ކޭޕް ވާޑްރަޔަން މެންޑޭސް2026 ވާރލްޑް ކަޕްނިއުޒިލެންޑްފީފާބްރެޒިލް

އިތުރަށް ކިޔާލަން

29 ޖޫން 2026

ސައުދީ ޓީމު ވޯލްޑް ކަޕުން ކެޓުމުގެ ޒިންމާ އުފުލާ، ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި

29 ޖޫން 2026
ސައުދީ ޓީމު ވޯލްޑް ކަޕުން ކެޓުމުގެ ޒިންމާ އުފުލާ، ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް އިސްތިއުފާ ދެއްވައިފި
29 ޖޫން 2026

ރަޝިޔާގެ ސަސްޕެންޝަން އުވާލަން ފީފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

29 ޖޫން 2026
ރަޝިޔާގެ ސަސްޕެންޝަން އުވާލަން ފީފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
28 ޖޫން 2026

ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ނަސީބު ދެރަކޮށް ކެޓި ޓީމަކީ އީރާން ހެއްޔެވެ؟

28 ޖޫން 2026
ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ނަސީބު ދެރަކޮށް ކެޓި ޓީމަކީ އީރާން ހެއްޔެވެ؟
28 ޖޫން 2026

ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ އެންމެ ކުޑަ ޤައުމަކީ ކޭޕް ވާޑް!

28 ޖޫން 2026
ވޯލްޑް ކަޕްގެ ތާރީޚުގައި ނޮކްއައުޓް ބުރަށް ދިޔަ އެންމެ ކުޑަ ޤައުމަކީ ކޭޕް ވާޑް!
27 ޖޫން 2026

އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް

27 ޖޫން 2026
އެމެރިކާ އިން އީރާނުގެ ވޯލްޑް ކަޕް ޓީމާ މެދު އަމަލުކުރީ ވަރަށް ބޭއިންސާފުން: އީރާން ކޯޗް
27 ޖޫން 2026

ހުއްދަނެތި ވޯލްޑް ކަޕް ސްޓްރީމް ކުރި 400 ސައިޓް ބުލޮކް

27 ޖޫން 2026
ހުއްދަނެތި ވޯލްޑް ކަޕް ސްޓްރީމް ކުރި 400 ސައިޓް ބުލޮކް
27 ޖޫން 2026

މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި

27 ޖޫން 2026
މުސްލިމު ކުޅުންތެރިންނަށް އިޙުތިރާމް ކުރުމުގެ ގޮތުން، ޓްރޮފީ އިން ބަނގުރާ އިޝްތިހާރު އުނި ކޮށްފި
26 ޖޫން 2026

ވޯލްޑް ކަޕް މެޗުތަކާ ދުރުގައި ޓްރަމްޕް އުޅުއްވަނީ ކީއްވެ؟

26 ޖޫން 2026
ވޯލްޑް ކަޕް މެޗުތަކާ ދުރުގައި ޓްރަމްޕް އުޅުއްވަނީ ކީއްވެ؟
24 ޖޫން 2026

ދެ ދުވަސް ކުރިން ދަތުރު ކުރުމުގެ ހުއްދަޔާ އެކު، އެމެރިކާ އިން އިން އީރާން އަށް ލުއި ތަކެއް ދީފި

24 ޖޫން 2026
ދެ ދުވަސް ކުރިން ދަތުރު ކުރުމުގެ ހުއްދަޔާ އެކު، އެމެރިކާ އިން އިން އީރާން އަށް ލުއި ތަކެއް ދީފި
24 ޖޫން 2026

ވޯލްޑް ކަޕްގެ ގިނަ މެޗުތައް ބައްލަވަން އިންފަންޓީނޯ އިންނަވާތީ، ދަތުރު ކުރައްވާ ގޮތާ މެދު ގިނަ ބަޔަކަށް ހައިރާން ކަމެއް

24 ޖޫން 2026
ވޯލްޑް ކަޕްގެ ގިނަ މެޗުތައް ބައްލަވަން އިންފަންޓީނޯ އިންނަވާތީ، ދަތުރު ކުރައްވާ ގޮތާ މެދު ގިނަ ބަޔަކަށް ހައިރާން ކަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު