Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑޮނޭޝިއާ

އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަށް 6.2 ގެ ބިންހެލުމެއް

3 ޖުލައި 2026 | ހުކުރު 11:30

އިންޑޮނޭޝިއާގެ އުތުރު މަލުކޫ ޕްރޮވިންސަށް އައި މި ބިންހެލުން ރެކޯޑުކުރެވިފައިވަނީ 120 ކިލޯމީޓަރު އަޑިއަށް. މި ހާދިސާއާ ގުޅިގެން ސުނާމީގެ ނުރައްކަލެއް ނެތް ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކޮށްދީފައިވާއިރު، ބިންހެލުން އައި ސަރަހައްދުގެ ބައެއް ރަށްތަކަށް ވަނީ އޭގެ ލޮޅުންތަކުގެ އަސަރު ފޯރާފައި. އިންޑޮނޭޝިއާއަކީ ޕެސިފިކް "ރިންގް އޮފް ފަޔަރ" ސަރަހައްދުގައި އޮންނަ ގައުމަކަށް ވުމުން، މިފަދަ ބިންހެލުންތައް އެ ގައުމަށް އާންމުކޮށް އާދޭ.

ރާއްޖެ އެމްވީ | 3 ޖުލައި 2026 | ހުކުރު 11:30
ބާރުގަދަ ބިންހެލުމަކަށްފަހު ރިކްޓަރ މިންގަނޑުން ބިންހެލުމުގެ ބާރުމިން ދައްކައިދޭ ގްރާފްތައް.

ބާރުގަދަ ބިންހެލުމަކަށްފަހު ރިކްޓަރ މިންގަނޑުން ބިންހެލުމުގެ ބާރުމިން ދައްކައިދޭ ގްރާފްތައް. | އޭޕީ

އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދަކަށް ހުކުރު ދުވަހު ރިކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނެފި އެވެ. މި ބިންހެލުމުގެ ސަބަބުން މީހަކަށް އަނިޔާއެއްވިކަމުގެ ނުވަތަ އެއްވެސް މުދަލަކަށް ގެއްލުމެއް ލިބުނުކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ހެނދުނު 11:31 (ޖީއެމްޓީން 02:31) ހާއިރު، އުތުރު މަލުކޫ ޕްރޮވިންސްގެ ޓޮބެލޯގެ ހުޅަނގުން ގާތްގަނޑަކަށް 58 ކިލޯމީޓަރު ދުރަށް، 120 ކިލޯމީޓަރު އަޑިއަށެވެ.

ބިންހެލުން އައި ސަރަހައްދާ ގާތްގަނޑަކަށް 114 ކިލޯމީޓަރު ދުރުގައި އޮންނަ ޓެރްނޭޓްގެ ރަށެއްގެ ރައްޔިތެއް ކަމަށްވާ އުމަރު އައްބާސް އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ، ބިންހެލުން އައި ވަގުތު އޭނާ އިނީ މަގުމަތީގައި ހުރި ކޮފީ ހަޓެއްގައި ކޮފީ ބޯން ކަމަށާއި، ކުއްލިއަކަށް އޭނާ އިން ގޮނޑި ތެޅެންފެށި ކަމަށެވެ. އަދި މީގެ ކުރިން ކުރިމަތިވި ބިންހެލުންތަކުގެ ބިރުވެރި ހަނދާންތަކުގެ ސަބަބުން އެވަގުތު ވަރަށް ބޮޑަށް ބިރުގަތް ކަމަށްވެސް އޭނާ ބުންޏެވެ.

އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމެޓޮލޮޖީ އެންޑް ޖިއޯފިޒިކްސް އެޖެންސީ (ބީއެމްކޭޖީ) އިން ބުނި ގޮތުގައި މި ބިންހެލުމާ ގުޅިގެން ސުނާމީގެ ނުރައްކަލެއް ނެތެވެ.

އިންޑޮނޭޝިއާ އާއި އެ ގައުމާ އަވަށްޓެރި ގައުމުތަކަކީ ޕެސިފިކް "ރިންގް އޮފް ފަޔަރ" ސަރަހައްދުގައި އޮންނަ ގައުމުތަކަކަށް ވުމުން، އެ ސަރަހައްދުތަކަށް އާންމުކޮށް ބިންހެލުންތައް އާދެއެވެ. މިއީ ޖަޕާނުން ފެށިގެން ދެކުނު އިރުމަތީ އޭޝިއާ އަދި ޕެސިފިކް ކަނޑުގެ ތެރެއިން ދެމިގެން ގޮސްފައިވާ، ބިންހެލުންތަކާއި އަލިފާން ފަރުބަދަތަކުގެ ހަރަކާތްތައް ވަރުގަދަ ސަރަހައްދެކެވެ.

މަސްދަރު: އޭއެފްޕީ

އިންޑޮނޭޝިއާUSGSޕެސިފިކް ރިންގް އޮފް ފަޔަރބިން ހެލުން

އިތުރަށް ކިޔާލަން

03 ޖުލައި 2026

ބިންހެލުމުގައި ލިބުނު ގެއްލުން ތަކުން އަރައިގަތުމަށް ވެނެޒުއެލާ އިން 200 މިލިއަން ޑޮލަރުގެ ފަންޑެއް އެކުލަވާލަނީ

03 ޖުލައި 2026
ބިންހެލުމުގައި ލިބުނު ގެއްލުން ތަކުން އަރައިގަތުމަށް ވެނެޒުއެލާ އިން 200 މިލިއަން ޑޮލަރުގެ ފަންޑެއް އެކުލަވާލަނީ
02 ޖުލައި 2026

ވެނެޒުއޭލާއަށް ބާރުގަދަ ބިންހެލުމުން އައިތާ އަށް ދުވަސް ފަހުން ވެއްޓިފައިފައިވާ އިމާރާތްތަކުގެ ދަށުން މީހަކު ސަލާމަތްކޮށްފި

02 ޖުލައި 2026
ވެނެޒުއޭލާއަށް ބާރުގަދަ ބިންހެލުމުން އައިތާ އަށް ދުވަސް ފަހުން ވެއްޓިފައިފައިވާ އިމާރާތްތަކުގެ ދަށުން މީހަކު ސަލާމަތްކޮށްފި
01 ޖުލައި 2026

ވެނެޒުއެލާގެ ބިންހެލުން: އިމާާރާތެއްގެ ދަށުގައި ހަ ދުވަސް ވަންދެން ތާށިވެފައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި

01 ޖުލައި 2026
ވެނެޒުއެލާގެ ބިންހެލުން: އިމާާރާތެއްގެ ދަށުގައި ހަ ދުވަސް ވަންދެން ތާށިވެފައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި
30 ޖޫން 2026

ސްކޫލްތަކަށް ލެޕްޓޮޕް ހޯދުމުގެ މަޝްރޫއެއްގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގޫގުލް ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމުގެ ކުށުގައި އިންޑޮނީޝިއާގެ ކުރީގެ އެޑިއުކޭޝަން މިނިސްޓަރ 10 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފި

ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް

30 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް
28 ޖޫން 2026

ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ

28 ޖޫން 2026
ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ
28 ޖޫން 2026

ފެނުގެ އަޑީގައި 13 މިނެޓު ނޭވާ ހިފަހައްޓާ "ސީ ނޯމެޑްސް"

28 ޖޫން 2026
ފެނުގެ އަޑީގައި 13 މިނެޓު ނޭވާ ހިފަހައްޓާ "ސީ ނޯމެޑްސް"
27 ޖޫން 2026

ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް، ގެއްލުނު މީހުންގެ އަދަދު 50،000 ގައި

27 ޖޫން 2026
ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް، ގެއްލުނު މީހުންގެ އަދަދު 50،000 ގައި
26 ޖޫން 2026

ވެނެޒުއޭލާ ބިންހެލުމުގައި ތުއްތު ދަރިފުޅު ސަލާމަތް ކޮށްދިނުމުގެ ތެރޭގައި ޒުވާން މަންމަ މަރުވެއްޖެ

26 ޖޫން 2026
ވެނެޒުއޭލާ ބިންހެލުމުގައި ތުއްތު ދަރިފުޅު ސަލާމަތް ކޮށްދިނުމުގެ ތެރޭގައި ޒުވާން މަންމަ މަރުވެއްޖެ
26 ޖޫން 2026

ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

26 ޖޫން 2026
ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް