Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއެލާ

ބިންހެލުމުގައި ލިބުނު ގެއްލުން ތަކުން އަރައިގަތުމަށް ވެނެޒުއެލާ އިން 200 މިލިއަން ޑޮލަރުގެ ފަންޑެއް އެކުލަވާލަނީ

3 ޖުލައި 2026 | ހުކުރު 06:19

މި ފަންޑުގެ މައިގަނޑު މަޤުސަދަކީ ބިންހެލުމުގައި ގެއްލުންވި އާންމުންގެ ގެދޮރު އަލުން ބިނާ ކުރުމާއި، ހަލާކުވެފައިވާ އިމާރާތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ޖުލައި 2026 | ހުކުރު 06:19
ވެނެޒުއެލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް.

ވެނެޒުއެލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް. | ގެޓީ އިމޭޖަސް

ވެނެޒުއެލާ އަށް އައި ބާރު ގަދަ ބިންހެލުން ތަކުގައި ސުންނާފަތިވެފައިވާ ސަރަހައްދުތައް އަލުން އާރާސްތު ކުރުމުގެ މަސައްކަތަށް، 200 މިލިއަން އެމެރިކާ ޑޮލަރުގެ ފަންޑެއް އެކުލަވާލުމަށް އެ ޤައުމުގެ ސަރުކާރުން ނިންމައިފި އެވެ.

މިކަން ހާމަ ކުރައްވާފައި ވަނީ ވެނެޒުއެލާގެ ވަގުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް އެވެ. އެގޮތުން ރޮޑްރިގޭޒް ވިދާޅުވީ، މި ފަންޑަކީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެހީތެރިކަމާ އެކު ޤާއިމު ކުރާ ފަންޑެއް ކަމަށެވެ. 

މި ފަންޑުގެ މައިގަނޑު މަޤުސަދަކީ ބިންހެލުމުގައި ގެއްލުންވި އާންމުންގެ ގެދޮރު އަލުން ބިނާ ކުރުމާއި، ހަލާކުވެފައިވާ އިމާރާތްތައް މަރާމާތު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. 

ޑެލްސީ ވިދާޅުވި ގޮތުގައި، މި ފަންޑުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތައް ހަވާލު ކުރާނީ ޚާއްސަ އޮޑިޓަކަށް ފަހު، ކަނޑަ އެޅޭ ކޮންޓްރެކްޓަރުންނާ އެވެ. މިއީ މަސައްކަތުގެ ފެންވަރު ހިފެހެއްޓުމާއި، ފައިސާގެ މުއާމަލާތްތައް ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް ނިންމި ނިންމުމެއް ކަމަށް ވެސް ސަރުކާރުން ވަނީ ހާމަ ކޮށްފައި އެވެ. 

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުން ތަކުގެ ތަފުސީލު ހިއްސާ ކުރައްވަމުން ޑެލްސީ ވިދާޅުވީ، މި ހާދިސާގައި މިހާތަނަށް 189 އިމާރާތެއް މުޅިން ސުންނާފަތި ވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުންގެ ގެދޮރު ހިމެނޭތީ، އެ ފަރާތް ތަކަށް ބޯހިޔާވަހިކަން ފޯރު ކޮށްދިނުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒު ކަމުގައި އެކަމަނާ ފާހަގަ ކުރެއްވި އެވެ.

މި ފަންޑު ގާއިމު ކުރުމާ އެކު، ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަހައްދު ތަކުގެ އާންމު ހާލަތު އިއާދަ ކުރުމުގެ މަސައްކަތްތައް އަވަސް ވެގެންދާނެ ކަމަށް ވެނެޒުއޭލާގެ ސަރުކާރުން އުންމީދު ކުރެ އެވެ. އަދި އައިއެމްއެފް ފަދަ ބައިނަލްއަގުވާމީ އިދާރާ ތަކުގެ އެހީތެރިކަން މި ދަނޑިވަޅުގައި ލިބުމަކީ، ޤައުމުގެ އިޤްތިސާދީ އަދި އިޖުތިމާއީ ހާލަތު ރަނގަޅު ކުރުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ވެސް ޑެލްސީ ވަނީ ވިދާޅުވެފައި އެވެ.

މަސްދަރު: އަލް ޖަޒީރާ

ވެނެޒުއޭލާބިން ހެލުންއިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ޑެލްސީ ރޮޑްރިގޭޒް

އިތުރަށް ކިޔާލަން

02 ޖުލައި 2026

ވެނެޒުއޭލާއަށް ބާރުގަދަ ބިންހެލުމުން އައިތާ އަށް ދުވަސް ފަހުން ވެއްޓިފައިފައިވާ އިމާރާތްތަކުގެ ދަށުން މީހަކު ސަލާމަތްކޮށްފި

02 ޖުލައި 2026
ވެނެޒުއޭލާއަށް ބާރުގަދަ ބިންހެލުމުން އައިތާ އަށް ދުވަސް ފަހުން ވެއްޓިފައިފައިވާ އިމާރާތްތަކުގެ ދަށުން މީހަކު ސަލާމަތްކޮށްފި
01 ޖުލައި 2026

ވެނެޒުއެލާގެ ބިންހެލުން: އިމާާރާތެއްގެ ދަށުގައި ހަ ދުވަސް ވަންދެން ތާށިވެފައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި

01 ޖުލައި 2026
ވެނެޒުއެލާގެ ބިންހެލުން: އިމާާރާތެއްގެ ދަށުގައި ހަ ދުވަސް ވަންދެން ތާށިވެފައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި
30 ޖޫން 2026

ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް

30 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް
28 ޖޫން 2026

ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ

28 ޖޫން 2026
ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ
27 ޖޫން 2026

ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް، ގެއްލުނު މީހުންގެ އަދަދު 50،000 ގައި

27 ޖޫން 2026
ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް، ގެއްލުނު މީހުންގެ އަދަދު 50،000 ގައި
26 ޖޫން 2026

ވެނެޒުއޭލާ ބިންހެލުމުގައި ތުއްތު ދަރިފުޅު ސަލާމަތް ކޮށްދިނުމުގެ ތެރޭގައި ޒުވާން މަންމަ މަރުވެއްޖެ

26 ޖޫން 2026
ވެނެޒުއޭލާ ބިންހެލުމުގައި ތުއްތު ދަރިފުޅު ސަލާމަތް ކޮށްދިނުމުގެ ތެރޭގައި ޒުވާން މަންމަ މަރުވެއްޖެ
26 ޖޫން 2026

ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

26 ޖޫން 2026
ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
25 ޖޫން 2026

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

25 ޖޫން 2026
ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
25 ޖޫން 2026

ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ

25 ޖޫން 2026
ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ
25 ޖޫން 2026

ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި

25 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް