Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބިންހެލުން

ވެނެޒުއޭލާއަށް ބާރުގަދަ ބިންހެލުމުން އައިތާ އަށް ދުވަސް ފަހުން ވެއްޓިފައިފައިވާ އިމާރާތްތަކުގެ ދަށުން މީހަކު ސަލާމަތްކޮށްފި

2 ޖުލައި 2026 | ބުރާސްފަތި 15:54

ވެނެޒުއޭލާއަށް އައި ބާރުގަދަ ބިންހެލުމުގައި 140 ޓަނުގެ ކޮންކްރީޓް ކުނިތަކުގެ ދަށުގައި ތާށިވި މީހަކު، އަށް ދުވަހަށްފަހު ސަލާމަތްކޮށްފި. ބައިނަލްއަގުވާމީ ރެސްކިއު ޓީމުތަކުން ކުރި ނުރައްކާތެރި މަސައްކަތުން އޭނާ ސަލާމަތްކުރިއިރު، އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން. ބިންހެލުން އައި ވަގުތު އޭނާ ހުރީ ބޭސްމަންޓުގެ ކޮޓަރިއެއްގެ ތެރޭގައި ޑިއުޓީއަށް.

ރާއްޖެ އެމްވީ | 2 ޖުލައި 2026 | ބުރާސްފަތި 15:54

ވެނެޒުއޭލާއަށް ކުރިމަތިވި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން އިމާރާތްތައް ވެއްޓިފައިވާ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ރެސްކިއު ޓީމަކުން، އަށް ދުވަސް ވަންދެން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި އޮތް މީހަކު ސަލާމަތްކޮށްފި | އޭއެފްޕީ

ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން ބިނާއެއް ވެއްޓި، އޭގެ ދަށުގައި ތާށިވިތާ އަށް ދުވަސް ފަހުން މީހަކު ސަލާމަތްކޮށްފި އެވެ.

ވެއްޓިފައިވާ 140 ޓަނުގެ ކޮންކްރީޓް ކުނިތަކުގެ ދަށުގައި ހެރްނާން ގިލް ތާށިވެފައި އޮއްވާ ފެނުނުތާ 100 އަށްވުރެ ގިނަ ގަޑިއިރު ފަހުން، ކަމާބެހޭ ފަރާތްތަކުން ވަނީ އޭނާ ސަލާމަތުން ނެރެފައެވެ.

މި މަސައްކަތުގައި ބައިވެރިވި ޗިލީގެ ފަޔަރ ފައިޓަރަކު ކުރިން ބުނެފައިވަނީ، މިއީ ޝައްކެއްވެސް ނެތް ގޮތުގައި އޭނާގެ މުޅި ހަޔާތުގައިވެސް ކުރިމަތިލާންޖެހުނު އެންމެ އުނދަގޫ އަދި ފަންނީ ގޮތުން ގޮންޖެހުންތައް ބޮޑު ސަލާމަތްކުރުމުގެ އޮޕަރޭޝަން ކަމަށެވެ.

ޖޫން މަހުގެ 24 ވަނަ ދުވަހު ވެނެޒުއޭލާއަށް އައި ބިންހެލުންތަކުގައި މިހާތަނަށް 2,300 އެއްހާ މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާއިރު، އެތައް ހާސް ބަޔަކު އަދިވެސް ވަނީ ގެއްލިފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ގިލް ފެނުނު ފަހުން، އޭނާ ސަލާމަތްކުރުމަށްޓަކައި އެތައް ސަތޭކަ ރެސްކިއު މަސައްކަތްތެރިންނެއް ދިޔައީ ވަގުތާ ދެކޮޅަށް ހުއްޓުމެއް ނެތް މަސައްކަތްތަކެއް ކުރަމުންނެވެ.

ގިލް ސަލާމަތްކުރުމުގެ މަސައްކަތުގައި ވެނެޒުއޭލާގެ އިތުރުން ޗިލީ، ކޮސްޓަރީކާ، އެލް ސަލްވަޑޯރ، މެކްސިކޯ، ޕޯޗުގަލް އަދި އެމެރިކާގެ ޓީމުތަކުން ބައިވެރިވި އެވެ.

އޭނާ އޮތް ހިސާބަށް ދިއުމަށްޓަކައި ސަލާމަތްކުރާ ފަރާތްތަކުން ކޮނުނު މަގުތަކުގެ ބައެއް ބައިތައް އެކި ފަހަރު މަތިން ވެއްޓިފައިވެ އެވެ. މީގެއިން ދޭހަވަނީ މި މަސައްކަތަކީ ސަލާމަތްކުރަން އުޅޭ މީހުންގެ ފުރާނައަށްވެސް އޮތް ބޮޑު ނުރައްކަލެއް ކަމެވެ.

ގިލް ތާށިވެފައި އޮތް ތަނަށް ވައްދާފައިވާ ކުޑަ ކެމެރާއަކުން ރެކޯޑުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ޗިލީގެ ފަޔަރ ފައިޓަރަކު ގިލްގެ ގާތުގައި އޭނާގެ ބޯ ކެމެރާއާ ދިމާލަށް އަނބުރާލުމަށް އެދޭ އަޑު އިވެ އެވެ.

އޭރު އޭނާގެ އެއް ލޯ އޮތީ ރަތްވެފައެވެ. އަދި އޭނާ އޮތީ މާސްކެއް އަޅައިގެންނެވެ. އެ މާސްކަކީ ކޮންކްރީޓްތައް ނެގުމުގެ ތެރޭގައި އުފެދޭ ހިރަފުހާއި ކުނިތަކުން ރައްކާތެރިވުމަށްޓަކައި، ކުޑަ ލޯވަޅެއްގެ ތެރެއިން ސަލާމަތްކުރާ ފަރާތްތަކުން އޭނާއަށް ފޯރުކޮށްދީފައިވާ މާސްކެކެވެ.

އޭނާގެ ވަށައިގެން ހުރި ގައު ކުނޑިތައް ސަލާމަތްކުރާ ފަރާތްތަކުން ވަރަށް ފަރުވާތެރިކަމާއެކު ނަގަމުން ދިޔައިރު، ލޮލަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ރައްކާތެރިކަމުގެ އައިނު އެޅުމަށްވެސް ފަޔަރ ފައިޓަރު އޭނާގެ ކިބައިން އެދުނެވެ. ކޮސްޓަރީކާގެ ރެޑް ކްރޮސްގެ ރިކާޑޯ އަރިއަސް، އާންމު ނޫސްވެރިޔާ ޖޯން ކަމާގޯއަށް މައުލޫމާތު ދެމުން ބުނީ ގިލްގެ ހާލަތު މިހާރު ސްޓޭބަލް ކަމަށެވެ.

މީގެ އިތުރުން، އޭނާއަށް ބޯނެ ފެން ފޯރުކޮށްދީ، އައިވީ ޑްރިޕް ގުޅާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.

އަރިއަސް ބުނި ގޮތުގައި، "ގަލެރިއަސް ޕްލާޔާ ގްރާންޑޭ" ޝޮޕިން ސެންޓަރު ވެއްޓުނު ވަގުތު ގިލް ސަލާމަތްވީ މުއުޖިޒާތެއް ފަދަ ގޮތަކަށެވެ. "އޭނާ ބުނި ގޮތުގައި އޭނާގެ ނިޔަފައްޗަކަށްވެސް ގެއްލުމެއް ނުލިބޭ. އޭނާގެ ހާލު ރަނގަޅު،" އަރިއަސް ބުންޏެވެ.

މެކްސިކޯގެ ނޫސް ސައިޓެއް ކަމަށްވާ "މިލެނިއޯ" އަށް އޭނާ ބުނީ، ގިލް ސަލާމަތްކުރުމުގެ ތެރޭގައި އޭނާ ބޭނުންވާ ވަކި ރަހަތަކެއްގެ ހައިޑްރޭޝަން ބުއިންތަކަށްވެސް އެދުނު ކަމަށާއި، އެ ތަކެތި އޭނާއަށް ފޯރުކޮށްދީފައިވާ ކަމަށެވެ.

"އޭނާ އަމިއްލައަށް ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅުނު މީހުންނަށް ހިތްވަރުދީ، މަސައްކަތް ކުރިއަށް ގެންދިއުމަށް ބުނި ކަމަށް ފްރޭންކޯ ކިޔައިދީފައިވެ އެވެ.

ފްރާންކޯ ބުނި ގޮތުގައި، ސަލާމަތްކުރާ މީހުންނާއި ގިލްއާ ދެމެދު އޭނާގެ އާއިލާއާ ބެހޭގޮތުންނާއި، އޭނާ ސަލާމަތްކުރުމަށް ކުރާ އުނދަގޫ މަސައްކަތްތަކާ ބެހޭގޮތުން މެދުނުކެނޑި ވާހަކަދެކެވުނެވެ. ބިންހެލުން އައި ވަގުތު ގިލް ހުރީ މޯލްއާ އިންވެގެން އޮންނަ ޕާކިން ލޮޓުގެ ބޭސްމަންޓުގައި ހުރި  ކުޑަ ކޮޓަރިއެއްގެ ތެރޭގައި ޑިއުޓީގަ އެވެ.

ބެލެވޭ ގޮތުގައި އެ ކޮޓަރި އޭނާގެ ވަށައިގެން އައްޑަނައެއް ފަދައިން އޮތުމުގެ ސަބަބުން، އޭނާގެ މައްޗަށާއި ވަށައިގެން ވެއްޓުނު 140 ޓަނުގެ ކޮންކްރީޓް ކުނިތަކުން އޭނާ ވަނީ ސަލާމަތްވެފަ އެވެ.

މަސްދަރު: ބީބީސީ

ވެނެޒުއޭލާބިން ހެލުން

އިތުރަށް ކިޔާލަން

01 ޖުލައި 2026

ވެނެޒުއެލާގެ ބިންހެލުން: އިމާާރާތެއްގެ ދަށުގައި ހަ ދުވަސް ވަންދެން ތާށިވެފައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި

01 ޖުލައި 2026
ވެނެޒުއެލާގެ ބިންހެލުން: އިމާާރާތެއްގެ ދަށުގައި ހަ ދުވަސް ވަންދެން ތާށިވެފައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި
30 ޖޫން 2026

ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް

30 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް
28 ޖޫން 2026

ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ

28 ޖޫން 2026
ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ
27 ޖޫން 2026

ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް، ގެއްލުނު މީހުންގެ އަދަދު 50،000 ގައި

27 ޖޫން 2026
ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް، ގެއްލުނު މީހުންގެ އަދަދު 50،000 ގައި
26 ޖޫން 2026

ވެނެޒުއޭލާ ބިންހެލުމުގައި ތުއްތު ދަރިފުޅު ސަލާމަތް ކޮށްދިނުމުގެ ތެރޭގައި ޒުވާން މަންމަ މަރުވެއްޖެ

26 ޖޫން 2026
ވެނެޒުއޭލާ ބިންހެލުމުގައި ތުއްތު ދަރިފުޅު ސަލާމަތް ކޮށްދިނުމުގެ ތެރޭގައި ޒުވާން މަންމަ މަރުވެއްޖެ
26 ޖޫން 2026

ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

26 ޖޫން 2026
ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
25 ޖޫން 2026

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

25 ޖޫން 2026
ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
25 ޖޫން 2026

ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ

25 ޖޫން 2026
ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ
25 ޖޫން 2026

ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި

25 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި
25 ޖޫން 2026

ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

25 ޖޫން 2026
ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް