Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެނެޒުއެލާ

ވެނެޒުއެލާގެ ބިންހެލުން: އިމާާރާތެއްގެ ދަށުގައި ހަ ދުވަސް ވަންދެން ތާށިވެފައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި

1 ޖުލައި 2026 | ބުދަ 06:50

އިމާރާތުގެ ކުނި ތަކުގެ ދަށުގައި ތާށިވެފައި އޮތް މި ތުއްތު ކުއްޖާ ފެނިފައި ވަނީ، ޖޯޑަންގެ ސަލާމަތީ ބާރު ތަކުން ބޭނުން ކުރި ތާމަލް އިމޭޖިން ކެމެރާ ތަކުގެ އެހީގައި. މި ޓެކްނޮލޮޖީގެ އެހީގައި ކުނި ތަކުގެ އަޑީގައި އެ ކުއްޖާ އޮތްއިރު، ފުރާނަ ހުރިކަން ވަނީ ދެނެގަނެވިފައި. އެއާ އެކު ރެސްކިއު ޓީމު ތަކުން ވަގުތުން ވަނީ އެ ސަރަހައްދު ކޮނެ، އެ ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 ޖުލައި 2026 | ބުދަ 06:50
ވެއްޓިފައިވާ އިމާރާތުގެ ދަށުގައި ތާށިވެފައި އޮއްވާ ސަަލާމަތް ކުރި ތުއްތު ކުއްޖާ.

ވެއްޓިފައިވާ އިމާރާތުގެ ދަށުގައި ތާށިވެފައި އޮއްވާ ސަަލާމަތް ކުރި ތުއްތު ކުއްޖާ. | ރޮއިޓާސް

ވެނެޒުއެލާގެ ވެރި ރަށް ކަރަކަސް އަށް ޖެހި ޖެހިގެން އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން ބިމާ ހަމަވި އިމާރާތެއްގެ ދަށުގައި ތާށިވެފައި އޮތް ތުއްތު ކުއްޖަކު ސަލާމަތް ކޮށްފި އެވެ.

ޖޯޑަން އަށް ނިސްބަތްވާ ރެސްކިޔު ޓީމު ތަކުން ސަލާމަތް ކޮށްފައިވާ ތުއްތު ކުއްޖާ އެ އިމާރާތުގެ ދަށުގައި ތާށިވެފައި އޮންނަތާ ހަ ދުވަސް ވެއްޖެ އެވެ. ހަ ދުވަސް ފަހުން އެ ކުއްޖާ ސަލާމަތް ކުރުމަށް ޖޯޑަންގެ ރެސްކިޔު ޓީމުން ވަނީ ބުރަ އަދި ވަރުގަދަ މަސައްކަތް ތަކެއް ކޮށްފައި އެވެ. 

އިމާރާތުގެ ކުނި ތަކުގެ ދަށުގައި ތާށިވެފައި އޮތް މި ތުއްތު ކުއްޖާ ފެނިފައި ވަނީ، ޖޯޑަންގެ ސަލާމަތީ ބާރު ތަކުން ބޭނުން ކުރި ތާމަލް އިމޭޖިން ކެމެރާ ތަކުގެ އެހީގައި އެވެ. މި ޓެކްނޮލޮޖީގެ އެހީގައި ކުނި ތަކުގެ އަޑީގައި އެ ކުއްޖާ އޮތްއިރު، ފުރާނަ ހުރިކަން ވަނީ ދެނެގަނެވިފައި އެވެ. އެއާ އެކު ރެސްކިއު ޓީމު ތަކުން ވަގުތުން ވަނީ އެ ސަރަހައްދު ކޮނެ، އެ ކުއްޖާ ސަލާމަތް ކުރުމުގެ މަސައްކަތް ފަށައިފަ އެވެ. 

މި ހާދިސާއާ ގުޅޭ ގޮތުން ރެސްކިއު ޓީމުން ބުނީ، ހަ ދުވަސް ވަންދެން އެއްވެސް ކާނާއެއް އަދި ފެނެއް ނެތި އިމާރާތެއްގެ ދަށުގައި އޮތުމަށް ފަހު އެ ކުއްޖާ ސަލާމަތް ވުމަކީ ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. ކުއްޖާ ސަލާމަތް ކުރުމަށް ފަހު އިތުރު ފަރުވާއަށް ހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި އެވެ.

ވެނެޒުއެލާ އަށް އައި މި ބާރުގަދަ ބިންހެލުން ތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 1،700 އަށްވުރެ މައްޗަށް އަރާފައި އެވެ. އަދިވެސް އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައި ވާތީ، މަރުވި މީހުންގެ އަދަދު މިއަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށް ކަމާ ބެހޭ ފަރާތް ތަކުން ލަފާ ކުރެ އެވެ.

ބިންހެލުމުގެ ސަބަބުން ވެނެޒުއެލާގެ ގިނަ އިމާރާތް ތަކެއް ބިމާ ހަމަވެފައިވާއިރު، ވެއްޓިފައިވާ އިމާރާތް ތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ބައިނަލްއަގުވާމީ އެހީތެރިކަމާ އެކު ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ. މިގޮތުން ގެއްލިފައިވާ މީހުން ހޯދުމަށް އެކި ގައުމު ތަކުގެ މާހިރުންނާއި، ޒަމާނީ ވަސީލަތްތައް މިހާރު ދަނީ ބޭނުން ކުރަމުންނެވެ.

މަސްދަރު: އަލް ޖަޒީރާ

ވެނެޒުއޭލާބިން ހެލުންކަރަކަސް

އިތުރަށް ކިޔާލަން

30 ޖޫން 2026

ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް

30 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުން 58،000 އަށްވުރެ ގިނަ އިމާރާތަށް ބޮޑެތި ގެއްލުންތައް
28 ޖޫން 2026

ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ

28 ޖޫން 2026
ވެނެޒުއޭލާގެ އުތުރު އައްސޭރިފަށަށް އިތުރު ދެ ބިންހެލުން އަތުވެއްޖެ
27 ޖޫން 2026

ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް، ގެއްލުނު މީހުންގެ އަދަދު 50،000 ގައި

27 ޖޫން 2026
ވެނެޒުއެލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 920 އަށް، ގެއްލުނު މީހުންގެ އަދަދު 50،000 ގައި
26 ޖޫން 2026

ވެނެޒުއޭލާ ބިންހެލުމުގައި ތުއްތު ދަރިފުޅު ސަލާމަތް ކޮށްދިނުމުގެ ތެރޭގައި ޒުވާން މަންމަ މަރުވެއްޖެ

26 ޖޫން 2026
ވެނެޒުއޭލާ ބިންހެލުމުގައި ތުއްތު ދަރިފުޅު ސަލާމަތް ކޮށްދިނުމުގެ ތެރޭގައި ޒުވާން މަންމަ މަރުވެއްޖެ
26 ޖޫން 2026

ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

26 ޖޫން 2026
ފިލިޕީންސް އަށް 6.5 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
25 ޖޫން 2026

ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

25 ޖޫން 2026
ވެނުޒުއޭލާއަށް އައި ބާރުގަދަ ބިންހެލުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
25 ޖޫން 2026

ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ

25 ޖޫން 2026
ވެނެޒުއެލާ އަށް އެހީވާނަން، އެންމެ އިސްކަމެއް ދޭނީ ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް: ރޫބިއޯ
25 ޖޫން 2026

ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި

25 ޖޫން 2026
ވެނެޒުއޭލާގެ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު އެތައް ހާހަކަށް އަރާފާނެ ކަމަށް ބެލެން ފަށައިފި
25 ޖޫން 2026

ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

25 ޖޫން 2026
ޖަޕާނުގެ އުތުރަށް 7.2 ގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
25 ޖޫން 2026

ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި

25 ޖޫން 2026
ވެނެޒުއޭލާގެ ވެރިރަށަށް ފުލުފުލުގައި އައި ބާރުގަދަ ދެ ބިންހެލުމާ ގުޅިގެން މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް