Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހޮސްޓެޖް އެފެކްޓް

ހޮސްޓެޖް އެފެކްޓް: ސިޔާސީ މަޅިއެއްގެ ތެރޭގައި ދިވެހި މުޖުތަމައު ފެތެނީތަ؟

11 ޖުލައި 2026 | ހޮނިހިރު 10:30

ރައްޔިތުން އިގްތިސާދީ ގޮތުން ނިކަމެތިކޮށް، އަސާސީ ޚިދުމަތްތަކުން މަހުރޫމްކުރުމަށްފަހު ދޭ ކުޑަ އިނާޔަތަކުން ސަރުކާރަށް ވަފާތެރިކުރުވުމަކީ ނުރައްކާތެރި ސިޔާސީ އުކުޅެއް. މިފަދަ ނަފްސާނީ މަޅިތަކުން ސަލާމަތްވެ، ތަރައްގީއަކީ ރައްޔިތުން ބަލިކަށިކޮށްފައި ދޭ ސަދަގާތެއް ނޫންކަން ދެނެގަތުން މުހިންމު.

އަމްނާ އިމާދު
އަމްނާ އިމާދު | 11 ޖުލައި 2026 | ހޮނިހިރު 10:30
'ހޮސްޓެޖް އެފެކްޓް' ނުވަތަ 'ސްޓޮކްހޯމް ސިންޑްރޯމް' އަކީ އިންސާނާގެ ވިސްނުމާއި އިހުސާސްތަކާ ކުޅެލާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް.

'ހޮސްޓެޖް އެފެކްޓް' ނުވަތަ 'ސްޓޮކްހޯމް ސިންޑްރޯމް' އަކީ އިންސާނާގެ ވިސްނުމާއި އިހުސާސްތަކާ ކުޅެލާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް. | ރާއްޖެއެމްވީ ގްރެފިކްސް

ނަފްސާނީ އިލްމުގެ ތެރޭގައި 'ހޮސްޓެޖް އެފެކްޓް' ނުވަތަ 'ސްޓޮކްހޯމް ސިންޑްރޯމް' އަކީ އިންސާނާގެ ވިސްނުމާއި އިހުސާސްތަކާ ކުޅެލާ ނުރައްކާތެރި އުކުޅެކެވެ. މިއީ މީހަކު ނުވަތަ ބަޔަކު އަނިޔާވެރިކަމެއްގެ ތެރޭގައި ބަންދުކޮށް، އެމީހުންގެ އަސާސީ ހައްގުތަކުން މަހުރޫމްކުރުމަށްފަހު، ކުޑަކުޑަ އޯގާތެރިކަމެއް ދެއްކުމުން އެ އަނިޔާވެރިޔާއަށް ވަފާތެރިވާ ހާލަތެވެ. ދުނިޔޭގެ ސިޔާސީ މަސްރަހުގައި ޑިކްޓޭޓަރުންނާއި ބާރުވެރިން މި އުކުޅު ބޭނުންކުރަނީ ރައްޔިތުންގެ ކިޔަމަންތެރިކަން ހޯދުމަށެވެ.

ދިރާސާކުރާ ފަރާތްތަކުން މިކަން ސިފަކޮށްދިނުމަށް ބާޒެއްގެ މިސާލު ޖަހަ އެވެ. ނުރައްކާތެރި ބާޒެއް ހިފައި ކޮއްޓަކަށްލައި، ހަތް ދުވަސް ވަންދެން ކާނާ އާއި ފެނުން މަހުރޫމް ކުރުމުން އެ ސޫފި މަރުގެ ތުންފަތްމައްޗަށް ދެ އެވެ. އެ ހިސާބުން އެ ބާޒު ހައްޔަރުކުރި މީހާ އައިސް ކުޑަ ފެންފޮދަކާއި މަސްކޮޅެއް ދިނުމުން، ބާޒުގެ ހިތުގައި އެމީހާއަށް އޮންނަ ބިރުވެރިކަން ވަފާތެރި ކަމަށް ބަދަލުވެ އެވެ. ކޮށިން ނެރުމަށްފަހު ވެސް އެ ބާޒު އުޅެނީ އޭނާ ހައްޔަރުކުރި މީހާގެ ފައިބުޑުގަ އެވެ. މިއީ މިއަދުގެ ސިޔާސީ ދާއިރާގައި ވެސް ބައެއް ވެރިން ރައްޔިތުން ކޮންޓްރޯލްކުރަން ބޭނުންކުރާ އުކުޅެކެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދީ ހާލަތާއި، ރައްޔިތުންނަށް މިކުރާ ދަތި ކުރުންތަކުން މި މަންޒަރު ފެނިގެންދެ އެވެ. 

މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަކީ މި ދެންނެވި ހޮސްޓެޖް އެފެކްޓްގެ ބައެއް ކަމަށް ބުނެވިދާނެ އެވެ. ތަކެތީގެ އަގު އިންތިހާއަށް އުފުލި، ޑޮލަރުގެ ތަދިކަން ކުރިމަތިވެ، އާސަންދައާއި އެންސްޕާގެ އެހީތައް ހަނިކުރެވެމުންދާ ދިއުމަކީ ރައްޔިތުން 'ބަލިކަށި' ކޮށްލުމުގެ ފެށުމެއްގެ ގޮތުގައި ފެނެ އެވެ. ސަރުކާރު މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ކަނޑާލުމާއި ކަރަންޓު ބިލުތައް ބޮޑުވުމުން އާންމު މީހާގެ ދިރިއުޅުން ދަތިވެގެންދާއިރު، އެ ދަތިކަމުގެ ތެރެއިން ކަރަންޓު ބިލުން ދޭ ކުޑަ ޑިސްކައުންޓެއް ނުވަތަ ރޯދަ މަހު ދޭ މަސްދަޅު ކޭހެއްގެ ސަބަބުން ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފުކުރާ މަންޒަރު ފެނެ އެވެ. މިއީ ހަމަ ބާޒަށް ދިން ފެންފޮދުގެ މިސާލެއްނޫންތޯ އެވެ.

މީގެ އިތުރުން ސިޔާސީ މަގާމުތަކާއި ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބޭ ފަރާތްތަކާމެދު އަމަލުކުރާ ގޮތުންވެސް މިކަން ފާހަގަވެ އެވެ. ބޮޑެތި ތުހުމަތުތަކާއެކު ވަޒީފާއިން ވަކިކޮށް، އެމީހާގެ ދިރިއުޅުން ބަނގުރޫޓުވާ ހިސާބަށް ގެންދިއުމަށްފަހު، ކުރިން ހުރި މަގާމަށްވުރެ ދަށް މަގާމެއް ދިނުމުން އެމީހާ ވެރިމީހާ އަށް ސަނާކިޔައި ވަފާތެރިވާ މަންޒަރު ވެސް މިދަނީ ފެންނަމުންނެވެ. މިއީ އިންސާނާގެ ކަރާމާތް ނަގާލައި، އޭނާ ގެ ނަފްސާނީ ކޮންޓްރޯލް ވެރިޔާގެ އަތްމައްޗަށް ގެންދިއުމެއްނުންތޯ އެވެ. 

ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންގެ ލާބައަށް މަސައްކަތްކުރާ ކަމަށް ބުނާއިރު، ހަގީގީ ތަރައްގީއަކީ ރައްޔިތުން ނިކަމެތިކޮށްފައި ދޭ 'ސަދަގާތެއް' ނޫނެވެ. ރައްޔިތުންގެ އަތުން ހުރިހާ ބާރަކާއި ވަސީލަތެއް އަތުލުމަށްފަހު، އޭގެ ތެރެއިން ކުޑަ މިންވަރެއް ދިނުމުން އެއީ ބޮޑު ހެޔޮކަމެއް ކަމަށް ދެކުމަކީ ހޮސްޓެޖް އެފެކްޓްގެ އަސަރެވެ. މިފަދަ ނަފްސާނީ މަޅިތަކުން ސަލާމަތްވެ، ހައްގު މިންވަރަކީ ކޮބައިކަން ދެނެގަތުމަކީ ދިވެހި މުޖުތަމައަށް މިއަދު މަޖުބޫރު ކަމެއްކަމެއްކަން ޔަގީނެވެ. 

ހޮސްޓެޖް އެފެކްޓްސްޓޮކްހޯމް ސިންޑްރޯމްރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

04 ޖުލައި 2026

މި ސަރުކާރާއެކު ކަސްޓަމްސްގައި ވައްކަން އިންތިހާއަށް އިތުރު، އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވޭ: މެންބަރު ޣަފޫރު

04 ޖުލައި 2026
މި ސަރުކާރާއެކު ކަސްޓަމްސްގައި ވައްކަން އިންތިހާއަށް އިތުރު، އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވޭ: މެންބަރު ޣަފޫރު
02 ޖުލައި 2026

މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު

02 ޖުލައި 2026
މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު
02 ޖުލައި 2026

ރައީސް މުއިއްޒުގެ އެ ވިދާޅުވާ ސްޕީޑްގައި ކުރިއަށް ދާ މަޝްރޫއުއަކީ ހިއްކާ ސަރަހައްދުތައް ގިރުމުގެ މަޝްރޫއު: ޑީޑީ

02 ޖުލައި 2026
ރައީސް މުއިއްޒުގެ އެ ވިދާޅުވާ ސްޕީޑްގައި ކުރިއަށް ދާ މަޝްރޫއުއަކީ ހިއްކާ ސަރަހައްދުތައް ގިރުމުގެ މަޝްރޫއު: ޑީޑީ
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
28 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން: އަމްރު

28 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން: އަމްރު
27 ޖޫން 2026

ދަރަނި ދެއްކުމަށް ރައްޔިތުން ސަރުކާރަށް ދިން 900 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ، ދަރަނި ދެއްކީ ރިޒާވުން: މެންބަރު ޝަމްހީދު

27 ޖޫން 2026
ދަރަނި ދެއްކުމަށް ރައްޔިތުން ސަރުކާރަށް ދިން 900 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ، ދަރަނި ދެއްކީ ރިޒާވުން: މެންބަރު ޝަމްހީދު
26 ޖޫން 2026

އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!

26 ޖޫން 2026
އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!
26 ޖޫން 2026

މި ސަރުކާރަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ!

26 ޖޫން 2026
މި ސަރުކާރަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ!
26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް