Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޯލްޑިވްސް ކަސްޓަމްސް ސާރވިސް

މި ސަރުކާރާއެކު ކަސްޓަމްސްގައި ވައްކަން އިންތިހާއަށް އިތުރު، އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވޭ: މެންބަރު ޣަފޫރު

4 ޖުލައި 2026 | ހޮނިހިރު 07:12

ކަސްޓަމްސްގެ ތެރެއިން ވަގަށް ކޮންޓެއިނަރުތައް ބޭރުކުރާ ކަމަށް ތުހުމަތުކުރައްވައި، އެއީ ސަރުކާރާ ގުޅިގެން ހިންގާ ބޮޑެތި ޖަރީމާތަކެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ ވަނީ ސިފަކުރައްވާފައި. ސިނގިރޭޓާއި ވޭޕް ފަދަ ތަކެތި ވަގަށް އެތެރެކުރުން އިތުރުވެ، ދައުލަތަށް ލިބެންޖެހޭ ދެ ބިލިއަނެއްހާ ރުފިޔާގެ އާމްދަނީ އުނިވެފައިވާކަން ފާހަގަކުރައްވައި، އޭނާ ވަނީ މިފަދަ މައްސަލަތައް ތަހުގީގު ނުކުރެވޭތީ ކަންބޮޑުވުން ފާޅުކުރައްވާފައި. އަދި ވޭޕް މަނާކުރުމުގެ ސަބަބުން ވަގު މާކެޓެއް އުފެދި، ދައުލަތުގެ ނިޒާމުން ބޭރުން ބަޔަކަށް ބޮޑު ފައިދާއެއް ލިބެމުންދާ ކަމަށްވެސް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 4 ޖުލައި 2026 | ހޮނިހިރު 07:12
ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް. މަދު ހާލަތެއްގައި އަތުލައިގަނެވޭ ކޮންޓެއިނަރުތަކުގެ މައްސަލަތައް ކުރިއަށް ނުދާ މައްސަލަ ބޮޑު.

ކަސްޓަމްސް ބިލްޑިންގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް. މަދު ހާލަތެއްގައި އަތުލައިގަނެވޭ ކޮންޓެއިނަރުތަކުގެ މައްސަލަތައް ކުރިއަށް ނުދާ މައްސަލަ ބޮޑު. | ރާއްޖެއެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރާއެކު މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ވެސް ވައްކަން އިންތިހާއަށް އިތުރު ކަމަށާއި، ވަގަށް އެތައް ކޮންޓެއިނަރއެއް ބޭރުވެެގެން ގޮސްފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު ޣަފޫރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރު އައިފަހުން މިއިން ދުވަހަކު ވައްކަން ނުހިނގާ މިންވަރަށް ކަސްޓަމްސްގައި ވައްކަން ހިނގާ ކަމަށާއި، ވަގަށް ކޮންޓެއިނަރުތައް ބޭރު ކުރާ ކަމަށެވެ. އަދި މަދު ހާލަތެއްގައި އަތުލައިގަނެވޭ ކޮންޓެއިނަރުތަކުގެ މައްސަލަތައް ވެސް ކުރިއަށް ނުދާ ކަމަށާއި، ވާނުވާ ނޭނގޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ކަސްޓަމްސްއަށް ބޮޑެތި ތުހުމަތުތައް ކުރެވޭއިރު، މިކަންކަމަކީ ސަރުކާރާ ގުޅިގެން ހިންގާ ބޮޑެތި ޖަރީމާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. 

އަޅުގަނޑު ހިސާބު ޖަހަގޮތުގައި އެތައް ކޮންޓެއިނަރ ވަގަށް ބޭރުވެގެން ހިނގައްޖެ. އަދި އަތުލެވުނު ދެ ކޮންޓެއިނަރގެ މައްސަލައަށް ކުރިއަކަށް ނުދޭ. 2 ކޮންޓެއިނަރ ސާޅީސް ފޫޓުގެ އޭގެ މައްސަލައެއް ނުދޭ. ވަގަށް ސިނގިރޭޓް އެތެރެކުރި މީހުންގެ މައްސަލައަށް ކުރިއަކަށް ނުދޭ. އެހެންވީމަ ހަމަ އަޅުގަނޑު ގަބޫލުކުރަނީ ހަމަ ބައި އެޅިގެން ހިނގާ ކަންކަންކަން މީ. 
ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ

ސިނގިރޭޓްގެ މައްސަލައަށް އިޝާރާތް ކުރައްވައި މެންބަރު ޣަފޫރު ވިދާޅުވީ  ކަސްޓަމްސް އަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ ނުލިބޭ ކަމަށާއި، ނަމަވެސް ރާއްޖެއަށް ސިނގިރޭޓް ބަރާބަރަށް އެތެރެކުރާ ކަމަށެވެ. އެހެންކަމުން މިފައިސާއަށް ވީގޮތް ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. 


ދައުލަތަށް ވަންނަންޖެހޭ އާމްދަނީ ނުވަންނަނީ. ދެން މި ދެ ބިލިއަން ކޮންތާކަށް އެ ދިޔައީ. ރާއްޖޭގެ ހަމަގައިމުވެސް އާބާދީ ހަމަ އިތުރުވަމުން މިދަނީ. ކޮންމެވެސް އަދި ކުޑަ މިންވަރެއްގެ ނަމަވެސް. އަދި ހުއްޓާލައިގެން މީހުންނަށްވުރެ ބޯމީހުންނެއްވެސް މަދެއް ނުވާނެ ހަމަ ސިނގިރޭޓު ވެސް. އެހެންވެއްޖެއްޔާ ނޫނީ އަދި އެހެން އެއްޗެހި ވެސް. އެހެންވެއްޖެއްޔާ އަހަރުން އަހަރަށް އާމްދަނީއަށް ކުރާ އަންދާޒާ ތެރޭގައި އެވަރުގެ ބޮޑެތި ދެ ބިލިއަނުން، ތިން ބިލިއަނުން އެ އާމްދަނީ ނުލިބޭ ހާލަތެއް ނެތޭއެއިރަކު. މިހާރުތާ ތެޔޮ ވެސް އަގުބޮޑުވެގެން ހަނގުރާމަ ފެށިގެން އުޅެނީ. އެކަމަކު މިދިޔަ އަހަރު އެކަމެއް ނެތެއް ނޫންތޯ މި ގައުމުގައި. އެކަމަކު ހަމަ ކަނޑައެޅޭ ހިސާބުން އެ ދައްކާ ދެ ބިލިއަނެއްހާ ރުފިޔާ ކަސްޓަމްގެ އާމްދަނީ އުނިވެފައި އޮތްތަން.
ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ

މީގެ އިތުރުން މެންބަރު ޣަފޫރު ވިދާޅުވީ މިސަރުކާރުން ވޭޕް ބޭން ކޮށްފައިވާއިރު، އެވެސް ރާއްޖެއަށް ވަގަށް އެތެރެކުރާ ކަމަށެވެ. މަދު ފަހަރެއްގައި ކަސްޓަމްސްއިން މިފަދަ ކޮންޓެއިނަރތައް އަތުލައިގަންނަ ކަމަށާއި، ރަނގަޅު ނިޒާމެއްގެ ތެރެއިން މޮނިޓަރ ކުރެވޭފަދަ ގާބިލްކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

މެންބަރު ޣަފޫރު ވިދާޅުވީ ވޭޕް ބޭން ކުރުމުގެ ނަތީޖާއެއް ގޮތުން ވަގު މާކެޓެއް އުފެދިފައިވާ ކަމަށާއި، ދައުލަތުގެ ނިޒާމުގެ ބޭރުން ބޮޑު ފައިދާއެއް އެހެން ބަޔަކަށް ލިބޭ ކަމަށެވެ. 

މެންބަރު ޣަފޫރު ވިދާޅުވީ މިސަރުކާރުން ފިޔަވަޅުތައް އަޅާއިރު، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަންކަން ނުކުރާ ކަމަށާއި، ރަނގަޅު ޕްލޭންއަކާ ކަންކަން ކުރިއަށް ނުގެންދާ ކަމަށެވެ. 

މޯލްޑިވްސް ކަސްޓަމްސް ސާރވިސް އަބްދުލްގަފޫރު މޫސާރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އިތުރަށް ކިޔާލަން

02 ޖުލައި 2026

މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު

02 ޖުލައި 2026
މިސަރުކާރުން އިހަވަންދޫގެ ފަޅުތެރެއިން ވެލި ނަގައި ހިއްކި ސަރަހައްދަށް ވެލި އެޅުމުގެ ނަތީޖާ ވަރަށް ހިތި: ކުރީގެ މެންބަރު ޝިފާއު
02 ޖުލައި 2026

ރައީސް މުއިއްޒުގެ އެ ވިދާޅުވާ ސްޕީޑްގައި ކުރިއަށް ދާ މަޝްރޫއުއަކީ ހިއްކާ ސަރަހައްދުތައް ގިރުމުގެ މަޝްރޫއު: ޑީޑީ

02 ޖުލައި 2026
ރައީސް މުއިއްޒުގެ އެ ވިދާޅުވާ ސްޕީޑްގައި ކުރިއަށް ދާ މަޝްރޫއުއަކީ ހިއްކާ ސަރަހައްދުތައް ގިރުމުގެ މަޝްރޫއު: ޑީޑީ
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
28 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން: އަމްރު

28 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން: އަމްރު
27 ޖޫން 2026

ދަރަނި ދެއްކުމަށް ރައްޔިތުން ސަރުކާރަށް ދިން 900 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ، ދަރަނި ދެއްކީ ރިޒާވުން: މެންބަރު ޝަމްހީދު

27 ޖޫން 2026
ދަރަނި ދެއްކުމަށް ރައްޔިތުން ސަރުކާރަށް ދިން 900 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ، ދަރަނި ދެއްކީ ރިޒާވުން: މެންބަރު ޝަމްހީދު
26 ޖޫން 2026

އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!

26 ޖޫން 2026
އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!
26 ޖޫން 2026

މި ސަރުކާރަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ!

26 ޖޫން 2026
މި ސަރުކާރަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ!
26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
24 ޖޫން 2026

މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް

24 ޖޫން 2026
މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް