Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑޮލަރުގެ މައްސަލަ

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026 | ބުރާސްފަތި 08:28

ރާއްޖޭގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ވިދާޅުވީ، ބޭންކުތަކުން ޑޮލަރާއި ޔޫރޯ ލިބުން ދަތިވުމުގެ ސަބަބުން އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށް. އެމްއެމްއޭގެ އާ ގަވާއިދާއެކު ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖު ލިބުން ހުއްޓި، ބާޒާރުގައި ޑޮލަރު ދައުރުވުން މަދުވެފައިވާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، އިގްތިސާދީ ހީނަރުކަމެއްގައި އޮތް ދަނޑިވަޅެއްގައި ޑިވެލޮޕްމަންޓް ބޭންކާއި ބަންކަރިން ފަދަ ކަންކަމަށް ސަރުކާރުން ބޭކާރު ހަރަދުތަކެއް ކުރަމުންދާ ކަމަށް ވެސް މެންބަރު ނާޒިލް ތުހުމަތު ކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޖޫން 2026 | ބުރާސްފަތި 08:28
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވާހަކަ ދައްކަވަނީ.

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވާހަކަ ދައްކަވަނީ. | ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތަކު ނަފްސާނީ ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު ނާޒިލް ވަނީ ރައީސް މުއިއްޒުގެ ސަރުކާރާއެކު އިގްތިސާދު އަނދަވަޅަކަށް ވައްޓާލާފައިވާކަން ފާހަގަކުރައްވައި ވަރަށް ބޮޑަށް އިގްތިސާދީ ސިޔާސަތުތަކަށް ފާޑު ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

މެންބަރު ނާޒިލް ވިދާޅުވީ މިގައުމުން ޑޮލަރު ނުލިބޭ ކަމަށާއި، ޑޮލަރު ހޯދަން މަސައްކަތް ކުރާ ރައްޔިތު މީހާ ނަފްސާނީ ވާނެ ކަމަށެވެ. އަދި ވިދާޅުވީ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާ މީހުން ވެސް ޑޮލަރު ހޯދަނީ ވަރަށް ތަކުލީފުން، ބޮޑު އަގުގައި ކަމަށެވެ. 

ވިޔަފާރިވެރިންނާ ހަވާލާ ދެއްވައި މެންބަރު ނާޒިލް ވިދާޅުވީ މިހާރު ބޭންކު މެދުވެރިކޮށް ޔޫރޯ ވެސް ޑޮލަރު ވެސް އަދި އެހެނިހެން ކަރަންސީއެއް ވެސް ނުލިބޭ ކަމަށެވެ. ނަމަވެސް މީގެ ކުރިން ވިޔަފާރިތަކަށް ވަރަށް ފަސޭހައިން ބޭންކް މެދުވެރިކޮށް ޔޫރޯ އާއި ޑޮލަރު ލިބޭ ކަމަށް ވިޔަފާރިވެރިން ބުނާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.

މި ޑޮލަރު ހޯދަން ނުކުމެ އުޅޭ މީހަކު ހަގީގަތުގައި ވެސް މިއަދު ދިވެއްސަކު ވެއްޖެއްޔާ ރާއްޖޭގައި ހަމަ ނަފްސާނީ ވެފައި ހުންނާނީ. ފުރާ ދުވަސް ޖެހެނީ. ޓިކެޓު ނަގާފައި އޮތް ދުވަސް ކައިރި ވަނީ. ޑޮލަރެއް ނުލިބޭ. ގޮސްފައި ދެން ފަރުވާ ހޯދޭނެ ގޮތެއް ނެތް ޑޮލަރު ނުލިބެނީސް.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް

މިސަރުކާރުގެ ސިޔާސަތުތަކަށް އިޝާރާތް ކުރައްވައި މެންބަރު ނާޒިލް ވިދާޅުވީ އެމްއެމްއޭއަށް ރިިސޯޓުތަކުން ޑޮލަރު މާރުކުރަން މަޖުބޫރު ކުރުމާއެކު، ރިސޯޓު މުވައްޒަފުންނަށް ޑޮލަރު ނުލިބޭ ކަމަށާއި، ސަރވިސް ޗާޖު ދޭން ފެށީ ދިވެހި ރުފިޔާއިން ކަމަށެވެ. އަދި ރިސޯޓުތަކުގައި އަމިއްލަ ކުންފުނިތަކުން ނުވަތަ އަމިއްލަ މީހުން ކުރާ މަސައްކަތްތަކަށް ޑޮލަރު ބިލް ކުރި ނަމަވެސް މިހާރު ބިލްތަކަށް ދެނީ ދިވެހި ރުފިޔާ ކަމަށެވެ. 

ނަތީޖާއެއް ގޮތުން ރަށު ތެރޭގައި ދައުރުވާ ޑޮލަރު ހުއްޓުމަކަށް އައީ ކަމަށާއި، ހުރިހާ ގެއްލުމެއް ލިބުނީ އާއްމު ރައްޔިތުންނަށް ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.

މީގެ އިތުރުން މެންބަރު ނާޒިލް ވިދާޅުވީ ޑޮލަރުގެ މައްސަލައަށް ރަނގަޅު ހައްލެއް ހޯދައި ނުދެވުނުއިރު، ޑިވަލޮޮޕްމަންޓް ބޭންކެއް އުފައްދައި ބޭކާރު ޙަރަދުތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ދެ ބޯޓެއް ގެނެސް، ބަންކަރިންގެ ޚިދުމަތް ތައާރަފްކޮށް ވެސް އިސްރާފު ކޮށްފައިވާ ކަމަށް މެންބަރު ނާޒިލް ވިދާޅުވި އެވެ.

މެންބަރު ނާޒިލް ވިދާޅުވީ ސަރުކާރުގެ މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑަށް ގެއްލުން ވަމުންދާ ކަމަށެވެ. 

އިބްރާހިމް ނާޒިލްއެމްއެމްއޭރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒުހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްޑޮލަރުގެ މައްސަލަ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

24 ޖޫން 2026

މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް

24 ޖޫން 2026
މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް
24 ޖޫން 2026

މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް

24 ޖޫން 2026
މަޖިލީހުގެ ކޮމިޓީތަކުން އިދިކޮޅަށް ޖާގަނުދީ ކުރަނީ ޖެއްސުން، ދޫދޭކަށް ނެތިން: ނާޒިލް
23 ޖޫން 2026

މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!

23 ޖޫން 2026
މެންޓަލް ހޮސްޕިޓަލާ ބެހޭ ގޮތުން ދެ މިނިސްޓަރަކު އެކައްޗެއް ވިދާޅެއް ނުވޭ، ރައީސް ދައްކަވަނީ ކޮން ވާހަކަ އެއް ކަމެއް ސާފެއް ނުވޭ!
22 ޖޫން 2026

ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ

22 ޖޫން 2026
ސިނގިރޭޓުގެ ވަގު ވިޔަފާރިން ބަޔަކަށް އެތައް ބިލިއަން ރުފިޔާ އެއް ހޯދަދިނުމަށްފަހު، ސަރުކާރުން ސިގިރޭޓުގެ އަގު ބޮޑުތަނުން ހެޔޮ ކުރަނީ
22 ޖޫން 2026

މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް

22 ޖޫން 2026
މިސަރުކާރުން 2.0 މެދުވެރިކޮށް 2028 ގެ ރިޔާސީ އިންތިޚާބު ވަގަށް ނެގުމަށް ދަނީ މަސައްކަތް ކުރަމުން: ވަކީލު އާސިފް
22 ޖޫން 2026

ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ

22 ޖޫން 2026
ރައީސް މުއިއްޒު ހައްދަވާ ދޮގުތަކަށް އެންސައިކްލޮޕީޑިއާ އެއް ލިޔެވޭނެ: ގާނޫނީ ވަކީލު މުސްތަފާ
22 ޖޫން 2026

ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި

22 ޖޫން 2026
ވޭވަށު ފެނަކައިން 11 މުވައްޒަފުން ކުއްލި ގޮތަކަށް ވަކިކޮށްފި
20 ޖޫން 2026

މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި

20 ޖޫން 2026
މަސްވެރިންކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މަސްވެރިން މަދުވުން ވެސް ކުރީގެ ސަރުކާރުގެ ބޮލުގައި ރައީސް މުއިއްޒު އަޅުވައިފި
20 ޖޫން 2026

މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ

20 ޖޫން 2026
މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ
19 ޖޫން 2026

ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި

19 ޖޫން 2026
ރައީސް މުއިއްޒު ވަޒީފާގެ ބިރު ދައްކަވަނީ އެހެން ލެވެލްއެއްގަ: އިންތި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް