Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯން

ދަރަނި ދެއްކުމަށް ރައްޔިތުން ސަރުކާރަށް ދިން 900 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ، ދަރަނި ދެއްކީ ރިޒާވުން: މެންބަރު ޝަމްހީދު

ދަރަނި ދެއްކުމަށް ރައްޔިތުންނާއި ވިޔަފާރިވެރިންގެ އަތުން ސަރުކާރަށް ލިބުނު ގާތްގަނޑަކަށް 900 މިލިއަން ޑޮލަރަށް ވީނުވީއެއް ނޭނގޭ ކަމަށާއި، ދަރަނި ދައްކަމުންދަނީ ގައުމުގެ ރިޒާވުން ކަމަށް ވިދާޅުވެ މެންބަރު އަހްމަދު ޝަމްހީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. މި ސަރުކާރުން ނަގާ ލޯނުތައް އިތުރުވުމުގެ ސަބަބުން ދައުލަތުގެ ޖުމްލަ ދަރަނި 160 ބިލިއަން ރުފިޔާއާ ގާތްވެފައިވާއިރު، މިއަހަރުގެ ބާކީ އޮތް މުއްދަތުގައި ދައްކަންޖެހޭ 600 މިލިއަން ޑޮލަރު ހޯދާނެ ގޮތެއް ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި. މީގެއިތުރުން، ދައުލަތުގެ މާލީ ހިސާބުތައް ހާމަނުކުރާތީ ދަރަނީގެ ހަގީގީ މިންވަރު މިހާރު ނޭނގޭކަން ޝަމްހީދު ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 27 ޖޫން 2026 | ހޮނިހިރު 09:27
ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރާއްޖޭގެ ރައްޔިތުން ދަރަނި ދެއްކުމަށް ފައިސާ ދިން ނަމަވެސް ދަރަނި ދެއްކީ ރިޒާވްގައި ހުރި ފައިސާއިން ކަމަށާއި، ރައްޔިތުން ސަރުކާރަށް ދިން ފައިސާތަކަށް ވީނުވީ ނޭނގޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

ރާއްޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި މެންބަރު ޝަމްހީދު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ދަރަނި ދެއްކި ކަމަށް ވިދާޅުވާއިރު، ރައްޔިތުން އެ ދަރަނި ދެއްކުމަށް ފައިސާ ސަރުކާރަށް ދިން ކަމަށެވެ. ނަމަވެސް ދަރަނި ދެއްކީ ރިޒާވުގައި ހުރި ފައިސާއިން ކަމަށާއި، ރައްޔިތުން ސަރުކާރަށް ދިން ގާތްގަނޑަކަށް 900 މިލިއަން ޑޮލަރަށް ވީނުވީ ނޭނގޭ ކަމަށެވެ. 

ޝަމްހީދު ވިދާޅުވީ މިކަމުގެ ތަފްސީލު ސަރުކާރުން ދޭން ޖެހޭ ކަމަށާއި، މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި ވިދާޅުވީ ރިޒާވްގައި ބަހައްޓާ ފައިސާ އަކީ ސެކިއުރިޓީއަކަށް ބަހައްޓާ ފައިސާ ކަމަށާއި، ކުއްލި ހާލަތެއްގައި ރައްޔިތުންގެ ޒަރޫރީ ބޭނުމެއްގައި ބޭނުން ކުރަން ޖެހޭ ފައިސާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

ރައްޔިތުންގެ އަތުން މިދަރަނި ދެއްކުމަށްޓަކައި ވިޔަފާރިވެރިންނާއި، ރިސޯޓު މުވައްޒަފުންނަށް މިބޭބޭފުޅުންގެ އަތުން ނަގާފިއޭ މިދިޔަ އަހަރު އެކަނި 600 މިލިއަން ޑޮލަރު އިތުރަށް ލޯނު ދައްކާށޭ ކިޔާފައި. އަޅުގަނޑު ހަދާން ވަނީ 900 މިލިއަންއާ ގާތޭ. އެ 900 މިލިއަން ޑޮލަރު މިދިޔަ އަހަރު ލިބުނު ވާހަކަ ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި މަޖިލީހުގައި އެ ވާހަކަ އިއްވި. އަދި މީރާގެ ތަފާސްހިސާބުތަކުން ފެނޭ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ފެނޭ. މާރުކުރި ޑޮލަރާއި، އިތުރުވި ޓެކްސްއިން 900 ވަރަކަށް މިލިއަން ޑޮލަރު ލިބުނު. އެހެންވީމަ ލޯނު ދައްކަން ދިވެހި ރައްޔިތުންނާއި ދިވެހި ވިޔަފާރިވެރިން ދައުލަތަށް ފައިސާ ހަވާލުކުރި މިދިޔަ އަހަރު. އެކަމަކު ލޯނު ދައްކަން ޖެހުނު ދުވަސް އައިރު މިދެއްކީ ރިޒާވުން ފައިސާ. މިއަދު މަޖިލީހުގައި އެންމެ ހޫނުވެގެން ދިޔަ އެއް ކަމަކީ އެއީ. އަޅުގަނޑު މިބުނަނީ ރީޒާވްގައި ހުރި ފައިސާއިންނޭ ދެއްކީ. އެބޭފުޅުން ގަބޫލެއް ނުކުރޭ. އެކަމަކު އެމްއެމްއޭގެ ތަފާސްހިސާބުތައް ބަލާލީމަ އެބަ އެނގޭ. ރިޒާވްގައި އަބަދުވެސް ފައިސާ ހުރޭ. އެމްޑީޕީ ސަރުކާރު ނިމުނުއިރުގައި ރިޒާވްގައި ހުރި ފައިސާ.
ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު

މެންބަރު ޝަމްހީދު ވިދާޅުވީ، މިސަރުކާރުން ދައްކާ ލޯނަށްވުރެ ލޯނު ނަގާ މިންވަރު އިތުރު ކަމަށެވެ. އެހެންކަމުން މިއަދު ޖުމްލަ ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ. 

މެންބަރު ޝަމްހީދު ވިދާޅުވީ އެމްޑީޕީގެ ސަރުކާރު ނިމުނުއިރު ދަރަނީ ހުރީ ގާތްގަނޑަކަށް 123 ބިލިއަންގައި ކަމަށާއި، ނަމަވެސް މިސަރުކާރުގައި 160 ބިލިއަންއާ ގާތަށް ދަރަނި އިތުރުވެފައިވާ ކަމަށެވެ. އަދި މިހާރު ދަރަނީ ސީދާ ހުރި މިންވަރު ވެސް ނޭނގޭ ކަމަށާއި، މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުގެ މައުލޫމާތު ނުލިބޭ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.

މެންބަރު ޝަމްހީދު ވިދާޅުވީ މިއަހަރުގެ ކުރިއަށް އޮތްތަނުގައި 600 މިލިއަން ޑޮލަރު ދައްކަން އޮތްއިރު، މި ފައިސާ ދައްކާނެ ގޮތް ނޭނގޭ ކަމަށެވެ.

މެމްބަރު އަޙްމަދު ޝަމްހީދުރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުލޯން

އިތުރަށް ކިޔާލަން

26 ޖޫން 2026

އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!

26 ޖޫން 2026
އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!
26 ޖޫން 2026

މި ސަރުކާރަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ!

26 ޖޫން 2026
މި ސަރުކާރަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ!
26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
24 ޖޫން 2026

މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް

24 ޖޫން 2026
މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް
20 ޖޫން 2026

މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ

20 ޖޫން 2026
މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ
19 ޖޫން 2026

ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު

19 ޖޫން 2026
ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު
17 ޖޫން 2026

އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް

17 ޖޫން 2026
އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް
13 ޖޫން 2026

އެމްޑީޕީން އެކީގައި ނުކުމެ ގައުމު ހަމަމަގަށް އެޅުވުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެވެ!

13 ޖޫން 2026
އެމްޑީޕީން އެކީގައި ނުކުމެ ގައުމު ހަމަމަގަށް އެޅުވުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެވެ!
13 ޖޫން 2026

މި ސަރުކާރާއެކު ހއ .ފިއްލަދޫ އާއި ވަށަފަރުގެ ތަރައްގީ އެކުއެކީގައި ވަނީ ހުއްޓިފައި: ކުރީގެ މެންބަރު ޝަރީފް

13 ޖޫން 2026
މި ސަރުކާރާއެކު ހއ .ފިއްލަދޫ އާއި ވަށަފަރުގެ ތަރައްގީ އެކުއެކީގައި ވަނީ ހުއްޓިފައި: ކުރީގެ މެންބަރު ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު