Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުއިއްޒު ސަރުކާރު

ރައީސް މުއިއްޒުގެ އެ ވިދާޅުވާ ސްޕީޑްގައި ކުރިއަށް ދާ މަޝްރޫއުއަކީ ހިއްކާ ސަރަހައްދުތައް ގިރުމުގެ މަޝްރޫއު: ޑީޑީ

ރައީސް މުއިއްޒުގެ ސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ގައުމުގެ އިގްތިސާދީ ހާލަތު ދަށަށްދާތީ ޑީޑީ ވަނީ އެކަމުގެ ކަންބޮޑުވުންފާޅު ކުރައްވާފައި. މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ޑޮލަރުގެ ރޭޓު މަތިވެ، ކުދި ވިޔަފާރިތައް ބަނގުރޫޓުވަމުންދާއިރު، ހިއްކާފައިވާ ބިންތައް ހިމާޔަތް ނުކުރެވި ގިރަމުންދާ މައްސަލަ ބޮޑު ކަމަށް އޭނާ ވިދާޅުވި. އެހެންކަމުން ރައްޔިތުންގެ އާމްދަނީއަށް ހުރަސްއެޅޭ މިފަދަ ސިޔާސަތުތަކާ ދެކޮޅަށް ރައްޔިތުން ނުކުންނަންޖެހޭ ކަމަށް ޑީޑީ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 2 ޖުލައި 2026 | ބުރާސްފަތި 08:16
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމެއްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމެއްގައި އެމްޑީޕީގެ ކުރީގެ ރައީސް ޑރ.އިބްރާހިމް ދީދީ (ޑރ.ޑީޑީ) ވާހަކަ ދައްކަވަނީ. | ސްކްރީން އިމޭޖް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އެ ވިދާޅުވާ ސްޕީޑްގައި ކުރިއަށް ދާ މަޝްރޫއުއަކީ ހިއްކާ ސަރަހައްދުތައް ގިރުމުގެ މަޝްރޫއު ކަަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑީޑީ) ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ރޭގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ޑީޑީ ވަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ވެވަޑައިގެންނެވި ވައުދުފުޅާއި، މިހާރު އަމަލު ކުރައްވާ ގޮތަށް މުޅިން ތަފާތުކަން ފާހަގަކުރައްވައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުންފާޅު ކުރެއްވި އެވެ.

ޑީޑީ ވިދާޅުވީ މި ސަރުކާރާއެކު ގައުމު ހުއްޓިފައިވާ ކަމަށާއި، ކުރިއަށް ނުދާ ކަމަށެވެ. 

ތަރައްގީގެ މަޝްރޫއުތަކަށް އިޝާރާތް ކުރައްވައި ޑީޑީ ވިދާޅުވީ މިސަރުކާރުގައި ހިއްކާފައިވާ ސަރަހައްދުތަކާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރަށްރަށުން ހިއްކާފައިވާ ބިންތައް ހިމާޔަތް ނުކުރެވި ގިރަމުންދާ ކަމަށެވެ. އަދި ރައީސް މުއިއްޒު އެ ވިދާޅުވާ ސްޕީޑްގައި ކުރިއަށްދާ ހަމައެކަނި މަޝްރޫއުއަކީ ހިއްކާފައިވާ ސަރަހައްދުތައް ގިރުމާއި، ޑޮލަރުގެ ރޭޓު މަތިވުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޑީޑީ ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ވެސް ތިމާވެއްޓަށް ވެސް ބެލުމެއް ނެތް ކަމަށެވެ. 

މިސާލަކަށް ދަންނަވާ ކަމަށްވަންޏާ އައްޑޫގައި ރައީސް ސޯލިހުގެ ސަރުކާރުން ފަތުރުވެރިކަން ކުރިއަށް ގެންދިއުމަށްޓަކައި ދެ ފަޅު ހިއްކާފައި ރިސޯޓު ހަދަން ދެ ފަޅު ހިއްކާފައި އޮތް. އެހެންނަމަވެސް އެއިން އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުގެންދެވޭ. ހަމަ މުއިއްޒުގެ ސްޕީޑްގައި ގިރަމުން މިދަނީ އެދަނީ. މުއިއްޒު ސްޕީޑްގައި އެދާ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނޭ ހިއްކާފައި ހުރި ތަންތަން ގިރަމުން ދިއުންވެސް އެނގޭތޯ. ދެން ޑޮލަރުގެ ރޭޓް މައްޗަށް ދިއުމާއި، މިއީ ހަގީގަތުގައި މުއިއްޒުގެ ސްޕީޑްގައި ކުރިއަށް ދާ މައިގަނޑު ދެ ކަންތަކަކީ.  
އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ

މީގެ އިތުރުން ޑީޑީ ވިދާޅުވީ ގައުމު ކުރިއެރުމަށްޓަކައި މިސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރަންޖެހޭ ކަމަށާއި، މިހާރު މިއޮތް ސިޔާސަތާއެކު ރައްޔިތުން ނިކަމެތި ވަމުންދާ ކަމަށެވެ.

 މިސަރުކާރު ނުވަންނަ ވިޔަފާރިއެއް ނެތްކަން ފާހަގަކުރައްވައި ޑީޑީ ވިދާޅުވީ އައިޖީއެމްއެޗްގައި އައިނު ވިއްކާ ފިހާރައެއް ހޮޅުވާފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ހައްޖު ކޯޕްރޭޝަން ވަދެފައިވާ ކަމަށެވެ. ޑީޑީ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި ފުރުސަތުތައް ފަހިކޮށް ދިނުމަށް ކަމަށެވެ. ނަމަވެސް އެއްވެސް ކަހަލަ ފަހި ފުރުސަތެއް ނުލިބި، ވިޔަފާރިތައް އިދަ ޖެހި، ބަނގުރޫޓް ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ރައްޔިތުންގެ އާމްދަނީ ހުއްޓެމުންދާ މިސިޔާސަތުތަކާ ދެކޮޅަށް ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް ޑީޑީ ވިދާޅުވި އެވެ.

ޑރ. އިބްރާހިމް ދީދީރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އިތުރަށް ކިޔާލަން

02 ޖުލައި 2026

ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ

02 ޖުލައި 2026
ވަކިކަހަލަ ފަރުނީޗަރެއްގެ ނަން ދިވެހިރާއްޖޭގައި ކިޔުން މަނާ ހިސާބަށްގޮސްފައިވާ ޚަބަރު މުޅި ދުނިޔެއަށް ފެތުރިއްޖެ: ޑީޑީ
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
28 ޖޫން 2026

ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން: އަމްރު

28 ޖޫން 2026
ރައީސް މުއިއްޒުގެ ސަރުކާރަށް ދެއަހަރު ވެގެންދިޔައިރު ތިބީ ޅެން ހެދުމަށާއި، ބުޅާ ބެލެހެއްޓުމަށް މިނިސްޓްރީ ހަދައިގެން ބޭކާރު ހަރަދުތައް ކުރަން: އަމްރު
27 ޖޫން 2026

ދަރަނި ދެއްކުމަށް ރައްޔިތުން ސަރުކާރަށް ދިން 900 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ، ދަރަނި ދެއްކީ ރިޒާވުން: މެންބަރު ޝަމްހީދު

27 ޖޫން 2026
ދަރަނި ދެއްކުމަށް ރައްޔިތުން ސަރުކާރަށް ދިން 900 މިލިއަން ޑޮލަރަށް ވީގޮތެއް ނޭނގޭ، ދަރަނި ދެއްކީ ރިޒާވުން: މެންބަރު ޝަމްހީދު
26 ޖޫން 2026

އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!

26 ޖޫން 2026
އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!
26 ޖޫން 2026

މި ސަރުކާރަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ!

26 ޖޫން 2026
މި ސަރުކާރަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ!
26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
24 ޖޫން 2026

މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް

24 ޖޫން 2026
މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް
20 ޖޫން 2026

މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ

20 ޖޫން 2026
މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު