Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހއ. މޮޅަދޫ

މި ސަރުކާރަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ!

މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ 95 އިންސައްތަ މަސައްކަތް ނިމިފައި ވަނިކޮށް، ސަރުކާރު ބަދަލުވުމާއެކު އެ މަޝްރޫއު ހުއްޓިފައިވާ ކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު ޝިފާއު ވިދާޅުވެއްޖެ. މި ވެރިކަމުގައި އެ ދާއިރާގެ ތަރައްގީގެ މަސައްކަތްތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި، ޝިފާއު ވިދާޅުވީ މަޝްރޫއުގެ ބާކީ އޮތް ކުޑަ މިންވަރު ނުނިމި ލަސްވުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް. ފުލެކްސިންކް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއު ހުއްޓިފައި އޮތުމަކީ ރަށުގެ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 26 ޖޫން 2026 | ހުކުރު 08:21
ރައީސް ޑރ.މުހައްމަދު މުއިއްޒު 2025 ވަނަ އަހަރު އެރަށަށް ވަޑައިގަންނަވައި، އެރަށުގެ ކައުންސިލްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން.

ރައީސް ޑރ.މުހައްމަދު މުއިއްޒު 2025 ވަނަ އަހަރު އެރަށަށް ވަޑައިގަންނަވައި، އެރަށުގެ ކައުންސިލްއާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން. | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެއަހަރަށް ވުރެ ގިނަ ދުވަސްވެގެން ދާއިރު، ހއ. މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ކުރިއަށް ގެންދެވިފައި ނުވާކަން ހާމަވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ސަރުކާރާއެކު އެދާއިރާގެ ތަރައްގީ އޮތީ ހުއްޓިފައި ކަމަށެވެ.

Advertisement - newsAdvertisement

މޮޅަދޫއަށް އިޝާރާތް ކުރައްވައި ޝިފާއު ވިދާޅުވީ މި ވެރިކަމުގައި އެންމެ ބޮޑު ދެރައެއް ނުވަތަ އެންމެ ބޮޑު ނިކަމެތިކަމެއް ލިބެމުންދަނީ އެރަށުގެ ރައްޔިތުންނަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެރަށުގެ ތަރައްގީގެ ހުރިހާ މަޝްރޫއެއް ހުއްޓިފައިވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކުރިއަށް ގެންދިޔަ ފެނާއި ނަރުދަމާ މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވުމާއެކު އެމަޝްރޫއު ހުއްޓިފައިވާ ކަމަށާއި، މިއަދާ ހަމައަށް އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ނުދާ ކަމަށް ޝިފާއު ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ މިކަމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ އުންމީދުގައި ތިބި ރައްޔިތުންނަށް މިއަދު ވެސް ފެންނަނީ އެހެން އިސްކުރަކާއި، ނަރުދަމާ ހޮޅީގެ ކޮޅު ކަމަށް އޭނާ ވިދާޅުވި އެވެ. 

ހަގީގަތުގައި ޑރ. މުއިއްޒުގެ ވެރިކަމުގައި އެންމެ ބޮޑު ދެރައެއް އެންމެ ބޮޑު ނިކަމެތިކަމެއް ރާއްޖޭގެ އެއް ރަށެއްގެ ރައްޔިތުންނަށް ލިބުނު ރައްޔިތުން ތިބީ ހއ.މޮޅަދޫގައި. އަޅުގަނޑު މިކަން މި ފާހަގަކޮށްލީ އަޅުގަނޑު ކުރިން ފާހަގަކުރިހެން ފެނާއި، ނަރުދަމާގެ މަސައްކަތުގެ 95 ޕަސެންޓް ނިމިފައި އޮތީ. ޑރ. މުއިއްޒު ވެރިކަމާ ހަވާލުވިއިރު. މިއަދާ ހަމައަށް އަޅުގަނޑު ހަނދާންވާ ގޮތުގައި 950 ދުވަސް ރައީސް މުއިއްޒުގެ ވެރިކަމަށް މިވީ. އަދި ބާކީ އޮތް 5 ޕަސެންޓް ގެ މަސައްކަތް ނިންމާ ނުލެވޭ.
ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާފިއު

28 ފެބްރުއަރީ 2021 ގައި މިމަޝްރޫއު 35.8 މިލިއަން ރުފިޔާ އަށް ހަވާލުކުރީ ފުލެކްސިންކް ޕްރައިވެޓް ލިމިޓެޑާ އެވެ.

ހއ. މޮޅަދޫމުހައްމަދު ޝާފިއުފުލެކްސިންކް ޕްރައިވެޓް ލިމިޓެޑްރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރު

އިތުރަށް ކިޔާލަން

26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމުގެ މަސައްކަތުގައި ސަރުކާރުގެ އިޚުލާސްތެރިކަމެއް ނެތް ކަމަށް ބުނެ ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ. އޭނާ ވިދާޅުވީ ދެ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާއިރު، މިކަމަށް ބަޖެޓުވެސް ހަމަޖައްސާފައިނުވާ ކަމަށް. މީގެ އިތުރުން، މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެކުލަވާލަން އެއްބަސްވި ކޮމެޓީ ވެސް އެކުލަވާލާފައިނުވާ ކަމަށް އަލީ ވިދާޅުވި.

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

ރާއްޖޭގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލް ވިދާޅުވީ، ބޭންކުތަކުން ޑޮލަރާއި ޔޫރޯ ލިބުން ދަތިވުމުގެ ސަބަބުން އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވަމުންދާ ކަމަށް. އެމްއެމްއޭގެ އާ ގަވާއިދާއެކު ރިސޯޓު މުވައްޒަފުންނަށް ޑޮލަރުން މުސާރަ އާއި ސާވިސް ޗާޖު ލިބުން ހުއްޓި، ބާޒާރުގައި ޑޮލަރު ދައުރުވުން މަދުވެފައިވާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، އިގްތިސާދީ ހީނަރުކަމެއްގައި އޮތް ދަނޑިވަޅެއްގައި ޑިވެލޮޕްމަންޓް ބޭންކާއި ބަންކަރިން ފަދަ ކަންކަމަށް ސަރުކާރުން ބޭކާރު ހަރަދުތަކެއް ކުރަމުންދާ ކަމަށް ވެސް މެންބަރު ނާޒިލް ތުހުމަތު ކުރެއްވި.

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
24 ޖޫން 2026

މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް

މި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބަލިކަށިވުމުގެ ސަބަބުން ބޭރުގެ ގައުމުތަކުން ލިބެންޖެހޭ އެހީތެރިކަން ނުލިބޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނާޒިލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ރައްޔިތުންގެ ޓެކްސް ފައިސާ ބޭނުންކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަ ކަންކަން ކޮށްދިނުމުގައި ސަރުކާރު ނާގާބިލްވެފައިވާކަން ފާހަގަކުރައްވަމުން، ޑޮލަރު މާރުކުރުމުގެ ސިޔާސަތު ފަދަ ނިންމުންތަކަކީ އެއްވެސް މަޝްވަރާއެއް ނެތި ރައީސް ބޭނުންފުޅުވާ ގޮތަށް ނިންމަވާފައިވާ ކަންކަން ކަމަށް އޭނާ ތުހުމަތުކުރެއްވި.

24 ޖޫން 2026
މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް
20 ޖޫން 2026

މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ

އެމްޑީޕީން ބޭއްވި އިހުތިޖާޖެއްގައި ވާހަކަދައްކަވަމުން ކުރީގެ މެންބަރު ވަހީދު ވިދާޅުވީ، މި ސަރުކާރުގެ ސަބަބުން ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ވަޒީފާގެ ޔަގީންކަން ގެއްލިފައިވާ ކަމަށް. ގައުމުގެ ހާލަތު ގޯސްވެފައިވާތީ ރައްޔިތުންގެ 70 އިންސައްތަ މިހާރު ތިބީ ސަރުކާރާ ދެކޮޅަށް ކަމަށާއި، މިއީ ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާއެއް ކަމަށް އޭނާ ފާހަގަކުރެއްވި. މީގެއިތުރުން ރައްޔިތުންގެ އަޑު ނާހާނަމަ، އިދިކޮޅުން މަގުމައްޗަށް ނުކުމެ ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމުގެ އިންޒާރު ވެސް އޭނާ ދެއްވި.

20 ޖޫން 2026
މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ
19 ޖޫން 2026

ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު

އެމްޑީޕީން ބޭއްވި އިހުތިޖާޖެއްގައި ވާހަކަދައްކަވަމުން ދިއްދޫ ދާއިރާގެ ރައީސް ވަހީދު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް މާޔޫސްކަމާއި ނިކަމެތިކަން ކުރިމަތިވެފައިވާ ކަމަށް. ގައުމުގެ ހާލަތު ގޯސްވެފައިވާތީ މި ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށާއި، ސަރުކާރަށް އޮތް ރައްޔިތުންގެ އިތުބާރު މިހާރު ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެމްޑީޕީން ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން ވެސް ވަހީދު ދެއްވި.

19 ޖޫން 2026
ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު