Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިހަވަންދޫ ހޮސްޕިޓަލް

އިހަވަންދޫ ހޮސްޕިޓަލް: އަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ނުދިޔަ ނަމަވެސް ކޮނެފައިވާ ވަޅުގަނޑުގައި ބޮއް އާލާވޭ!

އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ހުއްޓި، ކޮނެފައިވާ ވަޅުގަނޑުގައި ފެންހެދި ބޮއް އާލާވަމުންދާތީ އެ ދާއިރާގެ ކުރީގެ މެންބަރު ޝިފާއު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި. ކުރީގެ ސަރުކާރުން ބަޔަކާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއު މި ސަރުކާރުން ހުއްޓުވުމަށް ފަހު، އާރްޑީސީއާ އަލުން ހަވާލުކުރި ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ނުހިނގާކަމަށް އޭނާ ވިދާޅުވި. މިއީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވީނަމަވެސް، މިހާރު ފެންނަނީ ރަށުގެ ސިއްހީ ނިޒާމަށް ސަރުކާރުން އިހުމާލުވަމުންދާ މަންޒަރު ކަމަށް ޝިފާއު ފާހަގަކުރެއްވި.

އަމްނާ އިމާދު
އަމްނާ އިމާދު | 26 ޖޫން 2026 | ހުކުރު 08:29
ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާފިއު ވާހަކަ ދައްކަވަނީ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާފިއު ވާހަކަ ދައްކަވަނީ. | ރާއްޖެއެމްވީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހއ. އިހަވަންދޫގައި ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ކޮނެފައިވާ ވަޅުގަނޑުގައި ފެންހެދި، ބޮއް އާލާވަމުންދާ ކަމަށާއި، ހޮސްޕިޓަލް ގެ އަމަލީ މަސައްކަތް ކުރިއަށް ނުދާ ކަމަށް ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި ކުރީގެ މެންބަރު ޝިފާއު ވަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ މިސަރުކާރުން އިހަވަންދޫ އަށް ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަަމަށާއި، އެރަށުގެ ސިއްހީ ނިޒާމު ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. 

އިހަވަންދޫގެ ހޮސްޕިޓަލް ގެ މަޝްރޫއަށް އިޝާރާތް ކުރައްވައި ޝިފާއު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހޮސްޕިޓަލް ތަރައްގީ ކުރުމަށް ކުންފުންޏަކާ ހަވާލު ކުރި ކަމަށެވެ. ނަމަވެސް ސަރުކާރު ބަދަލުވެގެން ދިއުމާއެކު، އެމަސައްކަތް ހުއްޓާލުމަށް ހެލްތް މިނިސްޓްރީން ކޮންޓްރެކްޓަރަށް އެންގި ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޝިފާއު ވިދާޅުވީ މިސަރުކާރުން ހޮސްޕިޓަލް ގެ މަސައްކަތް ފެށި ކަމަށާއި، ބޮޑު ވަޅުގަނޑެއް ކޮނެފައިވާ ކަމަށެވެ. އަދި މިހާރު އެވަޅުގަނޑުގައި ފެން ހެދި ބޮއް އަލާވަމުންދާ ކަމަށާއި، ހޮސްޕިޓަލް ގެ މަސައްކަތް ކުރިއަށް ނުދާ ކަމަށެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމުނުއިރުގަ އިހަވަންދޫގެ ރައްޔިތުން އެންމެ ބޮޑަށް އުންމީދު ކުރަމުން އައީ އެއްކަންތައް މިއީ ހޮސްޕިޓަލެއް އެރަށުގައި ގާއިމް ކުރުން. ހޮސްޕިޓަލް ގެ މަސައްކަތް ބަޔަކާ ކޮންޓްރެކްޓް ކުރެވި އަމަލީ މަސައްކަތް ފަށާފައި އޮތީ އެނގޭތޯ. މިވެރިކަން ބަދަލުވުމާއެކު މަސައްކަތް ހުއްޓުވާލި. ކޮންޓްރެކްޓަރަށް ހަމަ ސީދާ ހެލްތް މިނިސްޓްރީން އަންގައިގެން މަސައްކަތް ހުއްޓުވާލާ ކޮށްފައި ހުރި މަސައްކަތަށް ވެލިއަޅާ ފޮރުވާލީ. ފޮރުވާލާފައި ރައްޔިތުން މަޖިލިސް އިންތިޚާބުގެ ކެންޕޭނަށް ވެގެން އަނެއްކާ ވެސް ހުސް ގަނޑެއްގައި ސޮއި ކުރުވީ އާރްޑީސީ މީހުން ލައްވާ. ހޮސްޕިޓަލް ގެ މަސައްކަތް ހަވާލުކުރި ކަމަށް. މިއަދު އެބަ އޮތް އެތަން ކޮނެފައި. ކޮނެފައި އޮތް ފެންގަނޑަކީ ބޮއް އާލާކުރާ ފެންގަނޑެއް. ފުދޭވަރަކަށް ރަނގަޅަށް އެތަނުގައި ބޮއް އެބައޮތް އެތަނުގައި އެނގޭތޯ. އެނޫން ކަމެއް ނެތް އެތާގައި.
ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝާފިއު

ޝިފާއު ވިދާޅުވީ އިހަވަންދޫގައި ހޮސްޕިޓަލެއް ތަރައްގީ ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު މިމަޝްރޫއުގެ މަސައްކަތް ނިންމާނެ ކަމަށް ވައުދުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އިހަވަންދޫގައި ތަރައްގީކުރާ ހޮސްޕިޓަލު އިމާރާތްކުރުމުގެ މަސައްކަތް ކުރީ ސަރުކާރުން 2023 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހަވާލުކުރީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ކުންފުންޏާ އެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުގެންދާ ކަމަށް ބުނެ، މިސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ މިމަޝްރޫއު ހަވާލުކުރީ 29 ޖެނުއަރީ 2025 ގަ އެވެ. 

123 މިލިއަނަށްވުރެ ގިނަ ރުފިޔާ މިމަޝްރޫއަށް ހޭދަވާއިރު، އިހަވަންދޫގައި ތަރައްގީ ކުރަން ނިންމާފައި ވަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. އަދި މި ހޮސްޕިޓަލްގައި އެކޮމޮޑޭޝަން ބްލޮކަކާއި އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އިމާރާތެއް ވެސް ތަރައްގީ ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ. 

މުހައްމަދު ޝާފިއުއާރްޑީސީރައީސް ޑރ މުޙައްމަދު މުއިއްޒު ގެ ސަރުކާރުހއ.އިހަވަންދޫއިހަވަންދޫ ހޮސްޕިޓަލް

އިތުރަށް ކިޔާލަން

26 ޖޫން 2026

މި ސަރުކާރަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ!

26 ޖޫން 2026
މި ސަރުކާރަށް މޮޅަދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ނުނިމި އޮތް 5 ޕަސެންޓްގެ މަސައްކަތް ވެސް ކުރިއަށް ނުގެންދެވޭ!
26 ޖޫން 2026

ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް

26 ޖޫން 2026
ހަނިމާދޫއަށް ހިރިމަރަދޫގެ ރައްޔިތުން ބަދަލުކުރާ ކަމަށް ބުނެ، މިސަރުކާރުން ދަނީ ދެރަށުގެ ރައްޔިތުން ނިކަމެތި ކުރަމުން: ކައުންސިލް
25 ޖޫން 2026

ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް

25 ޖޫން 2026
ރާއްޖެއިން މިހާރު ޑޮލަރު ހޯދަން މަސައްކަތް ކުރާ ކޮންމެ ރައްޔިތެއް ނަފްސާނީ ވާނެ: މެންބަރު ނާޒިލް
24 ޖޫން 2026

މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް

24 ޖޫން 2026
މި ސަރުކާރު އައުމާއެކު ބޭރު ގައުމުތަކުގެ އެހީ ނުލިބޭ، މިއީ ހުރިހާ ކަމެއްގައި ވެސް ނާގާބިލް ސަރުކާރެއް: މެންބަރު ނާޒިލް
20 ޖޫން 2026

މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ

20 ޖޫން 2026
މިހާރު ކުރިއަށް މިދަނީ ރައީސް މުއިއްޒު ވެރިކަން ބަދަލު ކުރުމުގެ އިންތިގާލީ މަރުހަލާއެއް: ވައްޑެ
19 ޖޫން 2026

ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު

19 ޖޫން 2026
ރާއްޖޭގެ އެކިކަންކޮޅުތަކުން ފެނިގެންދަނީ މާޔޫސްކަމާއި، ހިތްދަތިކަން: ވަހީދު
17 ޖޫން 2026

އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް

17 ޖޫން 2026
އެމްޑީޕީން މާދަމާ ރޭ މަގުތަކަށް ނުކުންނަނީ ރައްޔިތުންގެ ހައްގުތައް ހިފައިގެން، ސިޔާސީ ވެގެނެއް ނޫން: ވަކީލު މައުރޫފް
14 ޖޫން 2026

ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!

14 ޖޫން 2026
ކޮޅުފުށީގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު: ރައީސް މުއިއްޒުގެ ދަތުރުފުޅާ ދިމާކޮށް އަމަލީ މަސައްކަތް ފެށި ނަމަވެސް އޭގެފަހުން މަސައްކަތް ހުއްޓިފައި!
13 ޖޫން 2026

އެމްޑީޕީން އެކީގައި ނުކުމެ ގައުމު ހަމަމަގަށް އެޅުވުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެވެ!

13 ޖޫން 2026
އެމްޑީޕީން އެކީގައި ނުކުމެ ގައުމު ހަމަމަގަށް އެޅުވުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެވެ!
13 ޖޫން 2026

ތަކަންދޫގެ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އާރްޑީސީއަށް ބަދަލުވެ، ދެ ކުންފުނިން މުސާރަ ނަގާ ކަމުގެ ތުހުމަތު!

13 ޖޫން 2026
ތަކަންދޫގެ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް އާރްޑީސީއަށް ބަދަލުވެ، ދެ ކުންފުނިން މުސާރަ ނަގާ ކަމުގެ ތުހުމަތު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު