Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލު-ލުބުނާން

އިސްރާއީލުން ލުބުނާނުން ފައިބުމަށް އިންކާރުކޮށް ހަމަލާތައް ވަރުގަދަކޮށްފި

ލުބުނާނުން ފޭބުމަށް އެމެރިކާއިން ބާރުއަޅަމުންދިޔަ ނަމަވެސް، އިސްރާއީލުން ވަނީ އެ ގައުމުގެ ދެކުނުގެ އަވަށްތަކަށް ދޭ ހަމަލާތައް ވަރުގަދަކޮށް އާންމުންގެ ގެދޮރު ގޮއްވައި ބިމާ ހަމަކުރަން ފަށާފައި. ހިޒްބުاللهގެ ހަތިޔާރު އެއްކޮށް އަތުލެވެންދެން ސިފައިން އެ ގައުމުގައި މަޑުކުރާނެ ކަމަށް އިސްރާއީލުން ބުނާއިރު، މި ހަމަލާތަކުގައި މިހާތަނަށް 4،000 އަށްވުރެ ގިނަ މީހުން މަރުވެ އެތައް މިލިއަން ބަޔަކު ވަނީ ހާލުގައި ޖެހިފައި.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 12:56
އިސްރާއީލުގެ "ހާމީސް 450" މަރުކާގެ ޑްރޯނަކުން ހުކުރު ދުވަހު ހެނދުނު ދިން ހަމަލާއެއްގައި، ނަބަތިއްޔާ އާއި ކަފަރްސިރް އަދި މެދުތެރޭ ލިޓާނީ ސަރަހައްދު ގުޅުވައިދޭ ކަފަރްދަޖަލް މަގުން ދަތުރުކުރި ޕިކަޕަކަށް ދެ މިސައިލް ފޮނުވާލި.

އިސްރާއީލުގެ "ހާމީސް 450" މަރުކާގެ ޑްރޯނަކުން ހުކުރު ދުވަހު ހެނދުނު ދިން ހަމަލާއެއްގައި، ނަބަތިއްޔާ އާއި ކަފަރްސިރް އަދި މެދުތެރޭ ލިޓާނީ ސަރަހައްދު ގުޅުވައިދޭ ކަފަރްދަޖަލް މަގުން ދަތުރުކުރި ޕިކަޕަކަށް ދެ މިސައިލް ފޮނުވާލި. | އެކްސް

އެމެރިކާއިން ތަފާތު އެކި ގޮތްގޮތަށް ވާހަކަދައްކަމުން ދިޔަ ނަމަވެސް، އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދެމުންދާ ނުރައްކާތެރި ހަމަލާތައް ވަރުގަދަކޮށް، އެ ގައުމުގައި ތިބި އިސްރާއީލުގެ އިސްތިއުމާރީ ފައުޖުތައް ބޭލުމަށް އިންކާރުކޮށްފި އެވެ.

އިސްރާއީލުގެ އިސްތިއުމާރީ ސަރުކާރުން ހުކުރު ދުވަހު ލުބުނާނުގެ ދެކުނުގައިވާ ކަފްރް ދައްޖާލް އަވަށަށް ޑްރޯން ހަމަލާއެއް ދީފައިވާއިރު، މި ހަމަލާގައި ދެ މީހަކު ވަނީ ޒަޚަމްވެފަ އެވެ.

Your browser does not support the video tag.
އިސްރާއީލުގެ ޑްރޯން ހަމަލާ އެއްގައި ގެއްލުން ވެފައިވާ އުޅަނދެއްގެ މަންޒަރު

ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުން އެ ސަރަހައްދުތަކުން ބޭރުކޮށްލުމުގެ މަގުސަދުގައި، އެ ގައުމުގެ އާންމު އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ތެރެއިން، އަލް-ޚިޔާމް އަދި އަލް-ގަންތަރާ އަވަށުގައި ބާރުގަދަ ގޮވުންތަކެއް ވަނީ ގޮއްވާލާފަ އެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ބުނާ ބުނުމާ ޚިލާފަށް، އިސްރާއީލުގެ އިސްތިއުމާރީ ފައުޖުތަކުން ބުރާސްފަތި ދުވަހު ވެސް ލުބުނާނުގެ ގިނަ އަދަދެއްގެ ގެދޮރު ވަނީ ގޮއްވާލާފަ އެވެ.

ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލު ސިފައިން ވަނީ އެ ގައުމުގެ އިސްތިއުމާރުގެ ދަށުގައިވާ ރަށްތަކާއި އަވަށްތަކުގައި ހުރި ގިނަ އަދަދެއްގެ ގެދޮރުގައި ގޮވާތަކެތި ހަރުކޮށް، އެ ތަންތަން ބިމާ ހަމަކޮށްފަ އެވެ.

"އިސްރާއީލުގެ އިސްތިއުމާރީ ފައުޖުތަކުން ވަނީ ބިންތް ޖުބައިލް ޑިސްޓްރިކްޓްގެ ހަދަޘާ އަވަށުގައި ހުރި ގިނަ އަދަދެއްގެ ގެދޮރު ތަޅާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި،" އެން.އެން.އޭ އިން ރިޕޯޓްކޮށްފައިވެ އެވެ.

މީގެ އިތުރުން ހޫލާ އަވަށުގައި ގޮވާތަކެތި ހަރުކޮށް ގޮއްވުމުގެ އަމަލުތައް ހިންގާފައިވާ ކަމަށާއި، އަދި ރޭގަނޑުގެ ވަގުތުގައި ޚިޔާމްގެ އުމްރާނީ ވަސީލަތްތައް ހަލާކުކޮށްލާފައިވާ ކަމަށް ވެސް އެ އެޖެންސީން ވަނީ ރިޕޯޓްކޮށްފަ އެވެ.

ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޚިޔާމްގައި ގޮއްވާލި ބާރުގަދަ ފަސް ގޮވުމެއްގެ އަޑު ލުބުނާނުގެ ދެކުނުގެ ގިނަ ސަރަހައްދުތަކަށް ވަނީ އިވިފަ އެވެ.

ރޭގަނޑުގެ ވަގުތުގައި ތައިބޭ އަވަށުގެ އިމާރާތްތައް ތަޅާލަމުންދިޔައިރު، ހަމަ އެވަގުތު އިސްރާއީލުން ދިޔައީ ދައިރު ސިރްޔާންގެ ބޭރު ސަރަހައްދުތަކަށް ބަޑީގެ ހަމަލާތައް ވެސް އަމާޒުކުރަމުންނެވެ.

މި ހަމަލާތައް ދީފައި މިވަނީ، އެމެރިކާގެ ބަޔާންތަކާ ޚިލާފަށް، ލުބުނާނުގައި ތިބި އިސްރާއީލުގެ އިސްތިއުމާރީ ސިފައިން އެ ގައުމުން ބާލާނެ ކަމަށް ތެލް އަވީވުން ރަސްމީކޮށް އިންކާރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

"ލުބުނާނަށް ވަނުމަށް އަހަރެމެން އެއްވެސް ފަރާތެއްގެ ހުއްދައަކަށް ނޭދެން، އަދި ލުބުނާނުގައި މަޑުކުރުމަށް ވެސް އަހަރެމެން އެއްވެސް ހުއްދައެއް ބޭނުމެއް ނުވޭ،" އިސްރާއީލުގެ މިލިޓަރީ އެފެއާޒް މިނިސްޓަރު އިސްރާއީލް ކަޓްޒް ބުރާސްފަތި ދުވަހު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާ ކުރިން ވެސް ސާފުކޮށްދީފައިވާ ފަދައިން، ހިޒްބުاللهގެ ހަތިޔާރު އެއްކޮށް އަތުލެވެންދެން، ލުބުނާނުގެ ސެކިއުރިޓީ ޒޯންގައި އިސްރާއީލު ސިފައިން ތިބޭނެ ކަމަށާއި އެ ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ނަމަވެސް، އޭގެ އެއް ދުވަސް ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސްރާއީލުން ލުބުނާނުން ފޭބުމަށް އެއްބަސްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އާދެ، އަޅުގަނޑު ހީކުރަނީ އެމީހުން ފައިބާނެ ކަމަށް. އަދި އެމީހުން އެކަން ކުރަން ބޭނުންވާ ކަމަށް ވެސް އަޅުގަނޑު ގަބޫލުކުރަން. އެހެންވީމާ އިސްރާއީލާއި ލުބުނާނާ ދެމެދު އެއްބަސްވުމެއް އެބައޮތް. އާދެ، އެމީހުން ފައިބާނެ. އަދި އަޅުގަނޑު ހީކުރަނީ ކަންތައްތައް ވަރަށް ރަނގަޅަށް ނިމިގެންދާނެ ކަމަށް،" ބުދަ ދުވަހު ޓްރަމްޕް ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު، އެމެރިކާ މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ބެއިރޫތު ސަރުކާރާއި ތެލް އަވީވްއާ ދެމެދު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. ނަމަވެސް މި އެއްބަސްވުމުގެ ސަބަބުން ލުބުނާނުގެ މިނިވަންކަމަށް ބުރޫއަރާއިރު، އޭގެ ބަދަލުގައި އިސްރާއީލުން އަމަލުކުރަންޖެހޭ އެއްވެސް މަޖުބޫރު ކަމެއް ހިމަނާފައެއް ނުވެ އެވެ.

ލުބުނާނުގެ ޕާލަމެންޓުގެ ރައީސް ނަބީހް ބެއްރީ އާއި ހިޒްބުالله ޖަމާއަތުން ވަނީ މި އެއްބަސްވުމުގެ މާއްދާތަކަށް އިންކާރުކޮށް، އިސްރާއީލު ސިފައިން ލުބުނާނުގެ ބިމުން ފައިބަންޖެހޭނެ ކަމަށް ބުނެފަ އެވެ.

މިހާރު ވެސް އިސްރާއީލުން ވަނީ ލުބުނާނުގެ ބިމުގެ މަދުވެގެން ހަ އިންސައްތަ ހިފާފަ އެވެ. އަދި ބޯޑަރު ކައިރީގައިވާ އަވަށްތައް ބިމާ ހަމަކުރަމުންދާއިރު، މި އެއްބަސްވުމުގެ ސަބަބުން، މިދިޔަ މާރިޗު މަހުން ފެށިގެން އެތައް ހާސް ލުބުނާނު ރައްޔިތުންނެއް މަރުވެ، އެއް މިލިއަނަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވީ ނަމަވެސް، ތެލް އަވީވްއާ ދެކޮޅަށް ބައިނަލްއަގުވާމީ ގާނޫނީ ފިޔަވަޅު އެޅުމަށް ލުބުނާނަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

މި އެއްބަސްވުމަކީ އިސްރާއީލުގެ އިސްތިއުމާރު ދެމެހެއްޓުމަށް ދެވޭ ގާނޫނީ ސިފައެއް ކަމަށާއި، ލުބުނާނަށް ދެމުންދާ އަސްކަރީ ހަމަލާތައް ހުއްޓުވުމަށް ކުރާ މަސައްކަތްތައް ބަލިކަށިވާ ކަމެއް ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އަދި މިއީ އިސްރާއީލުން ލުބުނާނަށް ހަމަލާދިނުން ހުއްޓާލުމަށާއި އެ ގައުމުގެ މިނިވަންކަމަށް އިހުތިރާމް ކުރުމަށް ގޮވާލާ، ވޮޝިންގްޓަނާއެކު އީރާނުން ޖޫން މަހު އެކުލަވާލި ފަހުމުނާމާ ތަންފީޒުކުރުމަށް ކުރާ މަސައްކަތަށް ވެސް އެޅުނު ހުރަހެކެވެ.

ހިޒްބުالله އާއި އެ ޖަމާއަތާ ގުޅިފައިވާ އަމަލް މޫވްމަންޓުން ވަނީ އެމެރިކާ މެދުވެރިވެގެން އެކުލަވާލި ލުބުނާނު-އިސްރާއީލު އެއްބަސްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.

ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުގެ ރިޕޯޓްތަކަށް ބަލާއިރު، މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 4،303 މީހުން މަރުވެ، 12،200 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އެއް މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފަ އެވެ.

ހިޒްބުﷲބެންޖަމިން ނަތަންޔާހޫއިސްރާއީލް ކަޓްޒްއިސްރާއީލް-ލުބުނާން

އިތުރަށް ކިޔާލަން

10 ޖުލައި 2026

ގަލްފުގެ މަސްރަހާ ބެހޭ މައުލޫމާތު ޓްރަމްޕް ނަތަންޔާހޫއަށް ހިއްސާކުރައްވައިފި

ގަލްފް ސަރަހައްދުގައި އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ރައީސް ޓްރަމްޕް އިސްރާއީލުގެ ބޮޑުވަޒީރާ ހިއްސާކުރެއްވިއިރު، ތުރުކީއަށް އެފް-35 މަރުކާގެ ބޯޓުތައް ނުވިއްކުމަށް ނަތަންޔާހޫ ވަނީ އެދިވަޑައިގެންފައި. މީގެއިތުރުން ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން ރާވަމުންދާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު އިސްރާއީލުން އެމެރިކާއަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނޭ. އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައި.

10 ޖުލައި 2026
ގަލްފުގެ މަސްރަހާ ބެހޭ މައުލޫމާތު ޓްރަމްޕް ނަތަންޔާހޫއަށް ހިއްސާކުރައްވައިފި
10 ޖުލައި 2026

އީރާނަށް އަލުން ހަމަލާދޭން ތައްޔާރު: އިސްރާއީލު

އީރާނާ ދެކޮޅަށް އިސްރާއީލުން ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން އީރާނު ބަލިކަށިވެފައިވާ ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި ތިންވަނަ ފަހަރަށް ހަމަލާދޭން ތައްޔާރަށް އޮތް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެ. އިސްރާއީލުގެ ވައިގެ ސިފައިންގެ ބާރު ކޮންމެ ސަރަހައްދަކަށް ފޯރާނެކަން ސާބިތުކޮށްދީފައިވާއިރު، މި ކުރިމަތިލުންތައް އަދި މުޅިން ނުނިމޭކަމަށް ވެސް އޭނާ ފާހަގަކުރެއްވި. މި ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ފުރިހަމަ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައި.

10 ޖުލައި 2026
އީރާނަށް އަލުން ހަމަލާދޭން ތައްޔާރު: އިސްރާއީލު
06 ޖުލައި 2026

އީރާނުގެ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލީ އިސްރާއީލުން ކަމަށް އެ ގައުމުން ބުނެފި

އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނޭއީ އަވަހާރަކޮށްލީ އިސްރާއީލުން ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް އެއްބަސްވެވަޑައިގެންފި. ކަޓްޒް ވިދާޅުވި ގޮތުގައި ޚާމަނާއީ ނައްތާލީ އިސްރާއީލު ސުންނާފަތިކޮށްލަން އޭނާ ރާވަމުންދިޔަ ރޭވުންތަކާ ގުޅިގެން ކަމަށާއި، އެމެރިކާއާ ގުޅިގެން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރީ ގާބިލުކަމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ. އިސްރާއީލަށް ނުރައްކާކުރާ ކޮންމެ ލީޑަރެއްގެ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައި.

06 ޖުލައި 2026
އީރާނުގެ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލީ އިސްރާއީލުން ކަމަށް އެ ގައުމުން ބުނެފި
06 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!

ޖަނާޒާގައި ބައިވެރިވި މީހުން ވަނީ ޓްރަމްޕް މަރަން ގޮވާލައި، ބެނާ ތަކާއި، ބޯޑުތައް ހިފައިގން ތިބެފައި. މީގެ އިތުރުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް އާއި، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަދި އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯ ހިމެނޭ ބެނާތައް ވެސް ފެނިފައިވޭ.

06 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގެ ތެރެއިން އެތައް ހާސް ބަޔަކު ގޮވާލީ ޓްރަމްޕްގެ މަރަށް!
05 ޖުލައި 2026

ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން

ޣައްޒާގައި ގާއިމުކުރި ބަފަރ ޒޯނާއެކު އެ ސަރަހައްދުން ކުރިމަތިވި ނުރައްކާ ނައްތާލެވިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ބޯޑަރު ކައިރީގައިވާ އިސްރާއީލުގެ އާބާދީތަކަށް އޮތް ޑިމާންޑް އިތުރުވެފައިވާ ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެ. މީގެ އިތުރުން، ލުބުނާނުގައި ހިޒްބުﷲ އިން ބޭނުންކުރާ ބިންގަރާސްތަކާ ދެކޮޅަށް ފިޔަވަޅު ނޭޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި.

05 ޖުލައި 2026
ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު