Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލު-ލުބުނާން

އިސްރާއީލުން ލުބުނާނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް ހަމަލާދީފި

4 ޖުލައި 2026 | ހޮނިހިރު 09:34

ލުބުނާނުގެ ދެކުނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް އިސްރާއީލުން ހަމަލާދީފައިވަނީ، ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައި ވަނިކޮށް. މި ހަމަލާތަކުގައި ބައެއް މީހުން ޒަޚަމްވެފައިވާއިރު، ހިޒްބުﷲ އިން ހަތިޔާރު އެޅުން ހުއްޓާލުމުން ނޫނީ އެ ސަރަހައްދުން ފައުޖުތައް ބޭލުމަކީ ކުރާނެ ކަމެއް ނޫން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައި.

މަރިޔަމް އުހާމަތު
މަރިޔަމް އުހާމަތު | 4 ޖުލައި 2026 | ހޮނިހިރު 09:34
2026 ޖޫން 20 ވީ ހޮނިހިރު ދުވަހު އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނަބަޠިއްޔާއަށް އަމާޒުކޮށް ސިލްސިލާ ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، އެ ސަރަހައްދުން ދުން އަރަމުންދަނީ.

2026 ޖޫން 20 ވީ ހޮނިހިރު ދުވަހު އިސްރާއީލުން ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނަބަޠިއްޔާއަށް އަމާޒުކޮށް ސިލްސިލާ ވައިގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، އެ ސަރަހައްދުން ދުން އަރަމުންދަނީ. | އޭއެފްޕީ

ލުބުނާނުގެ ދެކުނުގައި ހުރި ހިޒްބުﷲ ޖަމާއަތުގެ ބައެއް މަރުކަޒުތަކަށް ބުރާސްފަތި ދުވަހު ހަމަލާދީފައިވާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ލުބުނާނުގެ ދެކުނުގައި ހުރި ހިޒްބުﷲގެ އިންފްރާސްޓްރަކްޗާގެ 10 މަރުކަޒަކަށާއި، ހަތިޔާރު އުފުލުމަށް ބޭނުންކުރި ލޮރީއަކަށް އިސްރާއީލު ޑިފެންސް ފޯސް (އައިޑީއެފް) އިން ހަމަލާދީފައިވާ ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، މި ހަމަލާތައް އަމާޒުކުރީ ލުބުނާނުގެ ދެކުނުގެ ރަށްތައް ކަމަށްވާ ބިންތު ޖްބައިލް، ބައިތު ޔަހޫން، ކޫނީން އަދި ބަރާޝިތު ސަރަހައްދުގައި ހުރި ތަންތަނަށެވެ. އަދި މި ތަންތަނަކީ "ސެކިއުރިޓީ ޒޯން" ގައި ހަރަކާތްތެރިވާ އިސްރާއީލުސިފައިންނަށް ހަމަލާދިނުމަށް ހިޒްބުﷲ އިން ބޭނުންކުރާ ތަންތަން ކަމަށްވެސް އަސްކަރިއްޔާއިން ބުނެފައިވެ އެވެ.

އިސްރާއީލުން ކަނޑައަޅާފައިވާ، އަދި ލުބުނާނުގެ ބޯޑަރުން ފެށިގެން 10 ކިލޯމީޓަރު (ހަ މޭލު) އެތެރެއަށް އޮންނަ "ސެކިއުރިޓީ ޒޯން" ތެރޭގައި ތިބި އިސްރާއީލު ސިފައިންނަށް ދިން ހަމަލާތަކާ ގުޅިގެން، ހިޒްބުﷲގެ މަރުކަޒުތަކަށް ރައްދު ހަމަލާ ދީފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެ އެވެ.

މީގެ އިތުރުން، އެ ސަރަހައްދު ކައިރިން ހަތިޔާރު ހިފައިގެން ދިޔަ ލޮރީއަށް ހަމަލާދިނީ، އިސްރާއީލު ސިފައިންނަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ކަމަށްވެސް އަސްކަރިއްޔާއިން ހާމަކޮށްފައިވެ އެވެ.

ލުބުނާނަށް އިސްރާއީލުން ހަމަލާ ދީީފައިމިވަނީ އިސްރާއީލާއި ލުބުނާނާ ދެމެދު ސުލްހަ ގާއިމުކުރުމުގެ ގޮތުން، އެމެރިކާ މެދުވެރިވެގެން ތައްޔާރުކުރި އެއްބަސްވުމެއްގައި މިދިޔަ ހަފުތާގައި ދެ ގައުމުން ވަނީ ސޮއިކޮށްފައި ވަނިކޮށެވެ.

އިސްރާއީލުގެ އޮފިޝަލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ލުބުނާނުގެ އެކި ސަރަހައްދުތަކުން ހިޒްބުﷲ ޖަމާއަތް ހަތިޔާރު އެޅުން ހުއްޓާލުމުން ނޫނީ، ލުބުނާނުގެ ދެކުނުގައި ތިބި އިސްރާއީލު ސިފައިން އެ ސަރަހައްދުން ބޭލުމަކީ ކުރާނެ ކަމެއް ނޫން ކަމަށެވެ.

ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭ އިސްރާއީލުން ވަނީ ބިންތު ޖްބައިލް ސަރަހައްދުގެ ބަރާޝިތު ކައިރިއަށާއި، ނަބަޠިއްޔާ އަލް-ފައުގާ އަށް ތިން ހަމަލާއެއް ދީފަ އެވެ.

ޓަޔަރ ކައިރީގައި އޮންނަ ސިއްދީގީން ނަމަކަށް ކިޔާ ރަށަށް ދިން ހަމަލާއެއްގައި ދެ މީހަކު ޒަޚަމްވެފައިވާ ކަމަށްވެސް އެ އެޖެންސީން ވަނީ ރިޕޯޓުކޮށްފަ އެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަންގާރަ ދުވަހު ލުބުނާނުގެ ދެކުނުގައި ތިބި ސިފައިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ހިޒްބުﷲގެ ނުރައްކާ އޮތްހާ ހިނދަކު، އިސްރާއީލުގެ ފައުޖުތައް އެ ސަރަހައްދުގައި ދެމިތިބޭނެ ކަމަށެވެ.

އިސްރާއީލާ ލުބުނާނާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން، އިސްރާއީލުން ހިފާފައިވާ ލުބުނާނުގެ ބިންތަކުން ފައިބާނީ، ބެއިރޫތު ސަރުކާރުން ހިޒްބުﷲ ހަތިޔާރު އެޅުން ހުއްޓުވުމުންނެވެ. މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ލުބުނާނުގެ އަސްކަރިއްޔާއާ ހަވާލުކުރާ "ޕައިލެޓް ޒޯން" ތަކަކުންނެވެ.

މާޗް މަހުގެ 2 ވަނަ ދުވަހު ހިޒްބުﷲ އިން އިސްރާއީލަށް ރޮކެޓް ހަމަލާތައް ދޭން ފެށުމާއެކު، ލުބުނާނު ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ތެރެއަށް ދަމައިގަނެވިފަ އެވެ. މީގެ ސަބަބުން އިޒްރޭލުން ވަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ލުބުނާނަށް އަރައިގަނެ ހަމަލާދޭން ފަށާފަ އެވެ.

ލުބުނާނުގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި، ހަނގުރާމަ ފެށުނީއްސުރެ އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 4,300 އެއްހާ މީހުން ވަނީ މަރުވެފަ އެވެ.

ހަމަ މި މުއްދަތުގެ ތެރޭގައި، އިސްރާއީލުގެ 38 ސިފައިންނާއި، އަސްކަރިއްޔާއަށް މަސައްކަތްކޮށްދޭ އަމިއްލަ ކޮންޓްރެކްޓަރަކު މަރުވެފައިވާ ކަމަށް އިސްރާއީލުއަސްކަރިއްޔާއިން ވަނީ ރިޕޯޓުކޮށްފަ އެވެ.

މަސްދަރު: އޭއެފްޕީ

އީރާން-ލުބުނާންހިޒްބުﷲބެންޖަމިން ނަތަންޔާހޫލުބުނާންއިސްރާއީލް

އިތުރަށް ކިޔާލަން

02 ޖުލައި 2026

އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް ކްނެސެޓް އިން ފާސްކުރި ބިލް، އޯއައިސީ އިން ކުށްވެރިކޮށްފި

02 ޖުލައި 2026
އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް ކްނެސެޓް އިން ފާސްކުރި ބިލް، އޯއައިސީ އިން ކުށްވެރިކޮށްފި
02 ޖުލައި 2026

ޣައްޒާގެ ހަނގުރާމައަށް 1،000 ދުވަސް - މުހިންމު ތަފާސްހިސާބުތައް

02 ޖުލައި 2026
ޣައްޒާގެ ހަނގުރާމައަށް 1،000 ދުވަސް - މުހިންމު ތަފާސްހިސާބުތައް
02 ޖުލައި 2026

ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"

02 ޖުލައި 2026
ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"
01 ޖުލައި 2026

ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟

01 ޖުލައި 2026
ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟
01 ޖުލައި 2026

ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް

01 ޖުލައި 2026
ލުބުނާނާއި، ސޫރިޔާ އަދި ޣައްޒާ އިން އިސްރާއީލު ސިފައިން ނުފައިބާނެ: ދިފާއީ ވަޒީރު ކަޓްޒް
01 ޖުލައި 2026

އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި

01 ޖުލައި 2026
އީރާން، އިރާގު، ލުބުނާނުގެ ވައިގެ ސަރަހައްދުން ދުރުހެލިވުމަށް ވިލާތުގެ އިއްތިހާދުގެ އޭވިއޭޝަން ސޭފްޓީ އެޖެންސީ އިން އިރުޝާދު ދީފި
01 ޖުލައި 2026

އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު

01 ޖުލައި 2026
އެމެރިކާ-އީރާން ގަތަރުގައި ބާއްވާ މަޝްވަރާތައް: އެނގެން ހުރި މައުލޫމާތު
30 ޖޫން 2026

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟

30 ޖޫން 2026
އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ގަތުލުއާންމު ހުއްޓުވުމަށް އަރަބި ލީގް ނުކުޅެދިފައިވަނީ ކީއްވެ؟
29 ޖޫން 2026

އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ

29 ޖޫން 2026
އިސްރާއީލުން ގެންދަނީ ދެކުނު ލުބުނާނު ދާއިމީކޮށް ހިފުމަށް ރާވަމުން: ތެހެރާން ޕްރޮފެސަރ
29 ޖޫން 2026

ދުޝްމަނުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް، އީރާނުގެ ދިފާއީ ބާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ވިދާޅުވެއްޖެ

29 ޖޫން 2026
ދުޝްމަނުން ފަތުރަމުންދާ ދޮގު ޚަބަރުތަކާ ޚިލާފަށް، އީރާނުގެ ދިފާއީ ބާރުން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާގެ ޑެޕިއުޓީ ޗީފް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް