Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިސްރާއީލް

ގަލްފުގެ މަސްރަހާ ބެހޭ މައުލޫމާތު ޓްރަމްޕް ނަތަންޔާހޫއަށް ހިއްސާކުރައްވައިފި

10 ޖުލައި 2026 | ހުކުރު 09:48

ގަލްފް ސަރަހައްދުގައި އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ރައީސް ޓްރަމްޕް އިސްރާއީލުގެ ބޮޑުވަޒީރާ ހިއްސާކުރެއްވިއިރު، ތުރުކީއަށް އެފް-35 މަރުކާގެ ބޯޓުތައް ނުވިއްކުމަށް ނަތަންޔާހޫ ވަނީ އެދިވަޑައިގެންފައި. މީގެއިތުރުން ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން ރާވަމުންދާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު އިސްރާއީލުން އެމެރިކާއަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނޭ. އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިތުރަށް ބޮޑުވެފައި.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 09:48
އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވީ ހޯމަ ދުވަހު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވަނީ.

އެމެރިކާގެ ވޮޝިންގޓަން ޑީސީގައި ހުންނަ ވައިޓް ހައުސްގައި، 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވީ ހޯމަ ދުވަހު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރައްވަނީ. | ގެޓީ އިމޭޖަސް

އީރާނަށް އެމެރިކާއިން އާ ހަމަލާތަކެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނަމުންދަނިކޮށް، ގަލްފް ސަރަހައްދުގައި އެމެރިކާއިން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތަކާ ބެހޭ މައުލޫމާތު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ބުރާސްފަތި ދުވަހު އަރުވައިފި ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނެފި އެވެ.

ދެ ބޭފުޅުންގެ ދެމެދުގައި އޮންނަ މެދުނުކެނޑޭ ގުޅުމުގެ ތެރެއިން، ގަލްފް ސަރަހައްދުގައި އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ރައީސް ޓްރަމްޕް ބޮޑުވަޒީރާ ހިއްސާކުރައްވާފައިވާ ކަމަށް، އެކްސްގައި ނަތަންޔާހޫގެ އޮފީހުން އާންމުކުރި މެސެޖެއްގައި ބުނެފައިވެ އެވެ.

އެމެރިކާގެ އޮފިޝަލަކު ވެސް ވަނީ ބުރާސްފަތި ދުވަހު މި ފޯނު ކޯލް ކުރިއަށްދިޔަކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އެ ކޯލާ ގުޅޭ އިތުރު ތަފްސީލެއް އެ އޮފިޝަލް ދެއްވާފައެއް ނުވެ އެވެ.

އެކްސްގައި ކުރި އެ ޕޯސްޓުގައިވާ ގޮތުން، ތުރުކީއާ މެދު އޮތް ކަންބޮޑުވުންތައް ވެސް އިސްރާއީލުގެ ލީޑަރު ވަނީ ވައިޓް ހައުސްއާ ހިއްސާކުރައްވާފަ އެވެ. އެގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އާއި އެގައުމުގެ އިސްވެރިން، އިސްރާއީލު ދައުލަތުގެ ދެމިއޮތުމާ ދެކޮޅަށް ވާހަކަދައްކަވާ ކަމަށާއި، އިސްރާއީލުގެ ބޯޑަރުތަކުގައި ސަލާމަތީ ސަރަހައްދުތަކެއް ގާއިމުކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ވެސް ނަތަންޔާހޫ ވާހަކަދެއްކެވި އެވެ.

އެމެރިކާގެ އެފް-35 މަރުކާގެ ހަނގުރާމަމަތީ ބޯޓުތަކާއި އޭގެ ބައިތައް އަންކާރާއަށް ވިއްކުމަކީ ސަރަހައްދީ ބާރުގެ ތަރާދަށް ބަދަލު އަންނާނެ ކަމެއް ކަމަށް ބުނެ އިސްރާއީލުން ދައްކާ ވާހަކަތަކަކީ "ދޮގު މައުލޫމާތު" ކަމަށް ބުނެ ރައީސް އުރުދުޣާން އަންގާރަ ދުވަހު ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

ނޭޓޯގެ ބައިވެރިއެއް ކަމަށްވާ ތުރުކީއަށް އެފް-35 މަރުކާގެ ޖެޓުތައް ނުވިއްކުމަށް ނަތަންޔާހޫ ވަނީ ހޯމަ ދުވަހު އެމެރިކާއަށް ބާރުއަޅުއްވާފަ އެވެ.

އީރާނާއެކު ކުރަމުންދާ ހަނގުރާމަ މެނޭޖްކުރުމާ މެދު ޓްރަމްޕާއި ނަތަންޔާހޫއާ ދެމެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. މި ހަނގުރާމައިގެ ސަބަބުން ތެލާއި މުދަލުގެ އަގު އިންތިހާއަށް އުފުލިފައިވާއިރު، މީގެ ސިޔާސީ ގެއްލުން އެމެރިކާގެ ރައީސަށް ދަނީ ކުރިމަތިވަމުންނެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ބުރާސްފަތި ދުވަހު ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓްރަމްޕް އަވަހާރަކޮށްލުމަށް އީރާނުން އާ ރޭވުމެއް ރާވަމުންދާކަން އިސްރާއީލުގެ އިންޓެލިޖެންސަށް ފާހަގަކުރެވިފައިވާ ކަމަށް އިސްރާއީލުން ވަނީ އެމެރިކާއަށް އަންގާފަ އެވެ.

ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އެމެރިކާއިން އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) ގެ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން، ޓްރަމްޕްގެ ކިބައިން ބަދަލުހިފާނެ ކަމަށް އީރާނުން ވަނީ ފާޅުގައި ބުނެފަ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލު ގުޅިގެން ދޭން ފެށި ހަމަލާތަކުގައި އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، ބަދަލުހިފުމަށް ތެހެރާނުން ގޮވާލާ ގޮވާލުންތައް ވަނީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަވެފަ އެވެ.

ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫއިޒްރޭލް-އެމެރިކާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޖުލައި 2026

ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން

10 ޖުލައި 2026
ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން
10 ޖުލައި 2026

އީރާނަށް އަލުން ހަމަލާދޭން ތައްޔާރު: އިސްރާއީލު

10 ޖުލައި 2026
އީރާނަށް އަލުން ހަމަލާދޭން ތައްޔާރު: އިސްރާއީލު
08 ޖުލައި 2026

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

08 ޖުލައި 2026
އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި
08 ޖުލައި 2026

ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި

08 ޖުލައި 2026
ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި
08 ޖުލައި 2026

އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

08 ޖުލައި 2026
އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
08 ޖުލައި 2026

ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ

08 ޖުލައި 2026
ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ
08 ޖުލައި 2026

ޑެންމާކުގެ ރައްދު އެމެރިކާ އަށް - ގައުމުގެ ސަރަހައްދުގެ ކޮންމެ އިންޗެއް ދިފާއުކުރަން ތައްޔާރު

08 ޖުލައި 2026
ޑެންމާކުގެ ރައްދު އެމެރިކާ އަށް - ގައުމުގެ ސަރަހައްދުގެ ކޮންމެ އިންޗެއް ދިފާއުކުރަން ތައްޔާރު
08 ޖުލައި 2026

ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި

08 ޖުލައި 2026
ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި
08 ޖުލައި 2026

ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ

08 ޖުލައި 2026
ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ
08 ޖުލައި 2026

ޓްރަމްޕް ގެ އިންޒާރުތަކާ އެކު ނޭޓޯ ސަމިޓް ފަށައިފި

08 ޖުލައި 2026
ޓްރަމްޕް ގެ އިންޒާރުތަކާ އެކު ނޭޓޯ ސަމިޓް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް