Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އިސްރާއީލް

އީރާނުގެ ރޫހާނީ ލީޑަރަށް އިސްރާއީލުން ދިން "މަރުގެ އިންޒާރާ" ގުޅިގެން، އިސްރާއީލަށް ވަރުގަދަ ރައްދެއް އީރާނުން ދީފި

އީރާނުގެ ރޫހާނީ ލީޑަރަށް އަމާޒުކޮށް އިޒްރޭލުން ދިން މަރުގެ އިންޒާރާ ގުޅިގެން، އެ ގައުމަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ދެއްވައިފި. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބުނެފައިވަނީ އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ވަނީ "އަވަހާރަކޮށްލަން ޖެހޭ މީހެއްގެ" ގޮތުގައި މާކް ކޮށްފައި ކަމަށް.

ރާއްޖެ އެމްވީ | 1 ޖުލައި 2026 | ބުދަ 13:45
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް (ކ)، އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން، އެ ގައުމުގެ ލީޑަރޝިޕަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ވިދާޅުވެފައި.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް (ކ)، އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިނުމާ ގުޅިގެން، އެ ގައުމުގެ ލީޑަރޝިޕަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވަނީ ވިދާޅުވެފައި. | ގެޓީ އިމޭޖަސް

އީރާނުގެ ރޫހާނީ ލީޑަރު މުޖްތަބާ ޚާމަނާއީ އަވަހާރަކޮށްލާނެ ކަމަށް ބުނެ އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ދިން "މަރުގެ އިންޒާރާ" ގުޅިގެން، އިޒްރޭލަށް ވަރުގަދަ އަދި ވަގުތުން ރައްދު ދޭނެ ކަމުގެ އިންޒާރު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ބުދަ ދުވަހު ދެއްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ، އިސްލާމްއާބާދު އެމްއޯޔޫގެ މާއްދާތަކަކީ އެންމެންނަށް ފެންނަން އޮތް ވަރަށް ސާފު އެއްޗެއް ކަމަށެވެ. އަދި ތެލް އަވީވްގައި ތިބި އެމެރިކާގެ "އޮޅު ޖަނަވާރުތައް" ކޮންޓްރޯލް ކުރުމަށް އެމެރިކާގެ ރައީސް ވައުދުވެވަޑައިގެންފައިވާ ކަމަށާއި، އެމީހުންގެ ސާހިބުމީހާގެ ބަހަށް ނުކިޔަމަންތެރިވެއްޖެ ނަމަ، އީރާނުން އެމީހުންނަށް ފިލާވަޅެއް ދަސްކޮށްދޭނެ ކަމަށް އަރަގްޗީ ވިދާޅުވި އެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވަނީ އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ އަކީ "އަވަހާރަކޮށްލަން ޖެހޭ މީހެއްގެ" ގޮތުގައި މާކް ކޮށްފައިވާ ފަރާތެއް ކަމަށް ބުނެފަ އެވެ. 

އޭގެ އިތުރުން އީރާނުގެ ރައްޔިތުންނަކީ މަޝްވަރާތަކުގައި މަންފާ ހޯދަން މަސައްކަތްކުރާ "މޮޅު ވިޔަފާރިވެރިން" ތަކެއްގެ ގޮތުގައި އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ހޯމަ ދުވަހު ވަނީ ސިފަކޮށްފައި ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. މީގެ އިތުރުން، އީރާނުން ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް އިސްރާއީލުން ފުރުސަތު ނުދޭނެ ކަމަށްވެސް ކަޓްޒް ވަނީ ހާމަ ކޮށްފަ އެވެ.

އީރާނުގެ ރައްޔިތުންނާއި ލީޑަޝިޕަށް އަމާޒުކޮށް ދޭ ކޮންމެ އިންޒާރަކަށް، ވަގުތުން ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވެސް އަރާގްޗީގެ ރައްދުގައި ވިދާޅުވި އެވެ.

ޑިޕްލޮމެސީގެ މަގު އިޚްތިޔާރު ކުރުމަށް އެމެރިކާއިން މަސައްކަތް ކުރަމުންދިޔަ ނަމަވެސް، "ބޭނުންވެއްޖެ ހިނދެއްގައި" އަލުން އީރާނަށް ހަމަލާދީފާނެ ކަމަށް ވެސް ކަޓްޒް ވަނީ ހާމަކޮށްފަ އެވެ.

2006 ވަނަ އަހަރު ލުބުނާނުގައި ކުރި ހަނގުރާމައިގައި މަރުވި މީހުންގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ކަޓްޒް ބުނެފައިވަނީ، އިސްވެ ހަމަލާދިނުމުގެ އުސޫލުން ދެ ފަހަރެއްގެ މަތިން އީރާނަށް ހަމަލާދީފައިވާނެ ކަމަށާއި، ބޭނުންވެއްޖެ ނަމަ ތިންވަނަ ފަހަރަށް ވެސް ހަމަލާދޭނެ ކަމަށެވެ.

މީގެ އިތުރުން، އިސްރާއީލު ހިމާޔަތް ކުރުމަށްޓަކައި ލުބުނާނާއި، ސޫރިއާ އަދި ޣައްޒާ ގައި އިޒްރޭލުން ކަނޑައަޅާފައިވާ "ސެކިއުރިޓީ ޒޯން" ތަކުގައި އިޒްރޭލުގެ ސިފައިން މުއްދަތެއް ނެތް ގޮތަށް ތިބޭނެ ކަމަށް ވެސް އޭނާ ބުނެފައި އެވެ.

2026 ވަނަ އަހަރުގެ ފެބްރުއަރީ މަހު، އެމެރިކާ އާއި އިސްރާއީލުން ވަނީ އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ހަމަލާތަކެއް ދީފަ އެވެ. އޭގެ ފަހުން މި ކުރިމަތިލުންތައް ބަދަލުވެގެން ދިޔައީ ދެ ގައުމުގެ ދެމެދުގައި ސީދާކޮށް ބަދަލުކުރެވުނު ހަމަލާތަކަކަށެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ ޖޫން މަހު އިސްރާއީލުން ވަނީ އީރާނުގެ އެތެރޭގެ އަމާޒުތަކަށް ބޮޑެތި ހަމަލާތަކެއް ދީފަ އެވެ. އިސްރާއީލުން ބުނެފައިވަނީ އެއީ ތެހެރާންގެ ނިއުކްލިއާ ޕްރޮގްރާމާއި މިސައިލް ގާބިލުކަމަށް އަމާޒުކޮށް ދިން ހަމަލާތަކެއް ކަމަށެވެ. ނަމަވެސް އީރާނުން ވަނީ ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ހަމައެކަނި ސުލްހަވެރި ބޭނުންތަކަށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ބުނެފަ އެވެ.

ބައިނަލްއަގުވާމީ އެއްވެސް ރިޕޯޓަކުން އީރާނުގެ އަތުގައި ނިއުކްލިއާ ހަތިޔާރު ހުރިކަން މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އެމެރިކާ އާއި އިސްރާއީލުން ތުހުމަތު ކުރާ ގޮތުގައި އީރާނުން ހިންގާ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމްތަކަކީ އިޒްރޭލަށާއި ސަރަހައްދީ އެހެން ބައިވެރިންނަށް އޮތް ނުރައްކަލެކެވެ. ނަމަވެސް ތެހެރާނުން ބުނަމުންދަނީ އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމަކީ ސުލްހަވެރި މަގްސަދުތަކުގައި ހިންގާ ޕްރޮގްރާމެއް ކަމަށާއި، ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށެވެ.

ފަލަސްތީނުގެ ބިންތަކުގެ އިތުރުން ލުބުނާނާއި ސޫރިއާގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިސްރާއީލަކީ، މެދުއިރުމަތީގައި ނިއުކްލިއާ ހަތިޔާރު ހުރި ހަމައެކަނި ގައުމު ކަމަށް ބައިނަލްއަގުވާމީ މާހިރުން ގަބޫލުކުރެ އެވެ. ނަމަވެސް އިސްރާއީލުން ރަސްމީކޮށް އެކަމަށް އިއުތިރާފެއް ނުވެ އެވެ. އަދި އިސްރާއީލުގެ ނިއުކްލިއާ މަރުކަޒުތަކަކީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ބެލުމުގެ ދަށުގައި ހުރި ތަންތަނެއް ނޫނެވެ.

އީރާން-އިޒްރޭލްމުޖްތަބާ ހާމަނީއިސްރާއީލް ކަޓްޒްއައްބާސް އަރަގްޗީ

އިތުރަށް ކިޔާލަން

01 ޖުލައި 2026

ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް

01 ޖުލައި 2026
ޑިޕްލޮމަސީގެ މަގު ފެއިލް ވެއްޖެ ނަަމަ، އެމެރިކާ އަށް ގިނަ އޮޕްޝަން ތަކެއް އެބަ އޮތް: އެމެރިކާގެ ނައިބު ރައީސް ވޭންސް
01 ޖުލައި 2026

ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި

01 ޖުލައި 2026
ހުރަސްތައް ނައްތާލި ފަހުން، އީރާން އިން 40 މިލިއަނަށް ވުރެ ގިނަ ތެޔު ފީފާ ބޭރު ކޮށްފި
30 ޖޫން 2026

އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

30 ޖޫން 2026
އެމެރިކާގެ ވަފުދެއް ޤަތަރަށް ވަޑައިގަންނަވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
30 ޖޫން 2026

އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ

30 ޖޫން 2026
އީރާން އާއެކު ކުރާ މަޝްވަރާ ތަކުގައި ޓްރަމްޕްގެ ސަރުކާރުން ހާމަ ކަމެއް ނުގެން ގުޅޭ، ރައްޔިތުން ތިބީ ޖަވާބު ބޭނުން ވެފައި: ޝޫމާ
30 ޖޫން 2026

އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!

30 ޖޫން 2026
އީރާންގެ ވަފުދެއް ޤަތަރަށް ދަތުރު ކުރާނެ، އެކަމަކު އެއީ އެމެރިކާއާ ގުޅޭ ކަމެއް ނޫން!
29 ޖޫން 2026

ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ

29 ޖޫން 2026
ހުރްމުޒް ކަނޑު އޮޅީގެ ނުތަނަވަސްކަމާ އެކު، ތެލުގެ އަގު އުފުލިއްޖެ
29 ޖޫން 2026

އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ

29 ޖޫން 2026
އީރާން އިން އިޒްރޭލް އަށް ދޭ ސައިބާ ހަމަލާތައް ތިން ގުނަ އަށް އިތުރު ވެއްޖެ
28 ޖޫން 2026

އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި

28 ޖޫން 2026
އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށް އެ ގައުމުގެ ޖުޑީޝަރީއަށް އީރާނުގެ ލީޑަރު ގޮވާލައްވައިފި
28 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ

28 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ ފުރިހަމަ ބާރު އޮތީ ހަމައެކަނި އީރާނަށް: ޚާރިޖީ ވަޒީރު އަރާގްޗީ
28 ޖޫން 2026

ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް

28 ޖޫން 2026
ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް: އަލުން ހަނގުރާމަ ފަށަން ޖެހިއްޖެ ނަމަ، އީރާން ދެން ނޯންނާނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް