Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-އިޒްރޭލް

ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް

5 ޖުލައި 2026 | އާދީއްތަ 06:21

މިއީ، 2025 ވަަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޓްރަމްޕް ދެ ވަނަ ދައުރުގެ ހުވާ ކުރެއްވި ފަހުން، ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާ ހަތް ވަނަ ފަހަރު. ޓްރަމްޕްގެ ދެ ވަނަ ދައުރުގައި އެންމެ ގިނައިން އެމެެރިކާ އަށް ވަޑައިގެންނެވި ލީޑަރަކީ ވެސް ނަތަންޔާހޫ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2026 | އާދީއްތަ 06:21
އެމެރިކާގެ ރައީސް ޑޮނަަލްޑް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.

އެމެރިކާގެ ރައީސް ޑޮނަަލްޑް ޓްރަމްޕް އާއި، އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ރޮއިޓާސް

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު އޮންނަ ގުޅުން ވަރަށް ރަނގަޅު ކަމަށާއި، ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. 

ޓްރަމްޕް މިހެން ވިދާޅުވެފައި ވަނީ، ނަތަންޔާހޫ އެމެރިކާ އަށް ކުރައްވަން ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅާ ގުޅޭ ގޮތުން އެކްސިއޯސް ނޫހަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އެވެ. 

ޓްރަމްޕް ވިދާޅުވި ގޮތުގައި، ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާނީ ތުރުކީގައި އޮންނަ ނޭޓޯ ސަމިޓަށް ފަހު އެވެ. އެގޮތުން ޖުލައި މަހުގެ ހަތް ވަނަ ދުވަހުން އަށް ވަނަ ދުވަހަށް އޮންނަ ނޭޓޯ ސަމިޓަށް ފަހު، ޓްރަމްޕް އެނބުރި އެމެރިކާ އަށް ވަޑައިގެންނެވުމުން، ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާނެ އެވެ. 

ޓްރަމްޕް އާއި ނަތަންޔާހޫއާ ދެމެދު އޮތް ގުޅުމަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، ދެ ބޭފުޅުންގެ ދެ މެެދުގައި އޮތީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ. އިޒްރޭލް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، ނަތަންޔާހޫ އެމެެރިކާ އަށް ވަޑައިގަންނަވާނީ ޖުލައި މަހުގެ ދެ ވަނަ ހަފުތާގެ ތެރޭގައި ކަމަށެވެ. 

މީގެ ކުރިން އިޒްރޭލްގެ ބޮޑު ވަޒީރުގެ އޮފީހުން ބުނެފައި ވަނީ، ނަަތަންޔާހޫ އާއި ޓްރަމްޕް ފޯނުން ގުޅުއްވައި ގިނަ ކަންކަމާ މެދު މަޝްވަރާ ކުރައްވާ ކަމަށާއި، އެމެރިކާގައި ބައްދަލު ކުރެއްވުމަށް ދެ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ. 

މިއީ މިއަހަރުގެ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަަހަރެވެ. އެންމެ ފަހުން ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގެންނެވީ ވެސް ފެބްރުވަރީ މަހުގެ ތެރޭގައި އެވެ. އެ ދަތުރުގައި އީރާންއާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ޕްލޭނެއް ނަތަންޔާހޫ ހުށަހެޅުއްވި ކަަމށް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ.

އަނެއްކޮޅުން މިއީ، 2025 ވަަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޓްރަމްޕް ދެ ވަނަ ދައުރުގެ ހުވާ ކުރެއްވި ފަހުން، ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާ ހަތް ވަނަ ފަހަރެވެ. ޓްރަމްޕްގެ ދެ ވަނަ ދައުރުގައި އެންމެ ގިނައިން އެމެެރިކާ އަށް ވަޑައިގެންނެވި ލީޑަރަކީ ވެސް ނަތަންޔާހޫ އެވެ.

މަސްދަރު: އަލް ޖަޒީރާ

އިޒްރޭލް-އެމެރިކާ އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫ

އިތުރަށް ކިޔާލަން

04 ޖުލައި 2026

އިސްރާއީލުން ލުބުނާނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް ހަމަލާދީފި

04 ޖުލައި 2026
އިސްރާއީލުން ލުބުނާނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް ހަމަލާދީފި
03 ޖުލައި 2026

އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް

03 ޖުލައި 2026
އީރާންގެ އަސްކަރީ ބާރުތައް މުޅިން ބަލިކުރެވިއްޖެ: ޓްރަމްޕް
03 ޖުލައި 2026

އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް

03 ޖުލައި 2026
އެމެރިކާގެ ހުރިހާ ޝަރުތަކަށް އީރާން އިން އެއްބަސްވެއްޖެ: ޓްރަމްޕް
03 ޖުލައި 2026

ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް

03 ޖުލައި 2026
ތެޔޮ ފީފާއެއްގެ އަގު 350 ޑޮލަރަށް އެރުން ހުއްޓުވީ އެމެރިކާ އިން: ޓްރަމްޕް
02 ޖުލައި 2026

ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި

02 ޖުލައި 2026
ޚާމަނާއީގެ ޖަނާޒާގައި ޕާކިސްތާންގެ ބޮޑު ވަޒީރު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހާމަ ކޮށްފި
02 ޖުލައި 2026

ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"

02 ޖުލައި 2026
ޣައްޒާ ހަނގުރާމަ އަށް 1،000 ދުވަސް - "އަރަބިން ތިބީ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިނުވެ، ވޯލްޑް ކަޕް މެޗުތައް ބަލަން"
02 ޖުލައި 2026

އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު

02 ޖުލައި 2026
އެމެރިކާ އާއި އީރާންގެ މަޝްވަރާ ތަކުން ކުރިއެރުން ލިބިއްޖެ: ޤަތަރު
02 ޖުލައި 2026

ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި

02 ޖުލައި 2026
ހުރްމުޒް ކަނޑު އޮޅީގައި ތާށިވި ބޯޓަކީ އީރާާންގެ މަހުޖަނަކާ ގުޅިފައިވާ ބޯޓެއް ކަމަށް ބުނެފި
01 ޖުލައި 2026

ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟

01 ޖުލައި 2026
ލުބުނާނުން އިސްރާއީލު ނުފޭބުން - އީރާނާ އެމެރިކާގެ ސުލްހައިގެ އެއްބަސްވުމަށް އޮތް ނުރައްކެއްލެއްބާ؟
01 ޖުލައި 2026

މިޑްޓަރމް އިންތިޚާބުގެ ކުރިން، ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން ބާއްވަން ޓްރަމްޕް ނިންމަވައިފި

01 ޖުލައި 2026
މިޑްޓަރމް އިންތިޚާބުގެ ކުރިން، ރިޕަބްލިކަން ޕާޓީގެ ކޮންވެންޝަން ބާއްވަން ޓްރަމްޕް ނިންމަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް