Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލު-އީރާން

އީރާނުގެ ލީޑަރު ޚާމަނާއީ އަވަހާރަ ކޮށްލީ އިސްރާއީލުން ކަމަށް އެ ގައުމުން ބުނެފި

އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނޭއީ އަވަހާރަކޮށްލީ އިސްރާއީލުން ކަމަށް އެ ގައުމުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކާޓްޒް އެއްބަސްވެވަޑައިގެންފި. ކަޓްޒް ވިދާޅުވި ގޮތުގައި ޚާމަނާއީ ނައްތާލީ އިސްރާއީލު ސުންނާފަތިކޮށްލަން އޭނާ ރާވަމުންދިޔަ ރޭވުންތަކާ ގުޅިގެން ކަމަށާއި، އެމެރިކާއާ ގުޅިގެން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރީ ގާބިލުކަމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާނެ. އިސްރާއީލަށް ނުރައްކާކުރާ ކޮންމެ ލީޑަރެއްގެ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައި.

ރާއްޖެ އެމްވީ | 6 ޖުލައި 2026 | ހޯމަ 10:22
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް (ކ)

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް (ކ) | ގެޓީ އިމޭޖަސް

އިސްރާއީލު ސުންނާފަތިކޮށްލަން މަސައްކަތްކުރާ އީރާނުގެ ލީޑަރުންނަށް، އެ ގައުމުގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ހޯމަ ދުވަހު އިންޒާރު ދެއްވަމުން، އަވަހާރަކޮށްލާފައިވާ އީރާނުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ އަވަހާރަކޮށްލީ އިސްރާއީލުން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ކަޓްޒް މިހެން ވިދާޅުވީ، އަވަހާރަކޮށްލާފައިވާ ޚާމަނާއީގެ ޖަނާޒާގެ ކަންކަން އީރާނުގައި ކުރިއަށްދާ ދަނޑިވަޅެއްގަ އެވެ. ތެހެރާންގެ ގްރޭންޑް މުސައްލާ ދީނީ ކޮމްޕްލެކްސްގައި ދެ ދުވަސް ވަންދެން ހަށިކޮޅު ބޭއްވުމަށްފަހު، ގިނަ އަދަދެއްގެ ބަޔަކާއެކު ޚާމަނާއީގެ ހަށިކޮޅު ވެރިރަށް ތެހެރާންގެ ތެރޭގައި އުފުލުމުގެ ކަންކަން މިހާރު ވަނީ ފަށާފަ އެވެ.

އިސްރާއީލު ސުންނާފަތިކުރުމުގެ ރޭވުންތައް ކުރިއަށްގެންދަން މަސައްކަތްކުރާ އީރާނުގެ ކޮންމެ ލީޑަރެއްގެ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމަށް ކަޓްޒް ވިދާޅުވި ކަމަށް، ތަރުޖަމާނަކާ ހަވާލާދީ ސީ.އެން.އެން އިން ރިޕޯޓްކޮށްފައިވެ އެވެ.

ކަޓްޒްއާ ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، މިހާރު ޖަނާޒާ ކުރިއަށްދާ ޚާމަނާއީ އިސްރާއީލުން ނައްތާލީ، އީރާނާއި އެ ސަރަހައްދުގެ އެހެން ގައުމުތައް މެދުވެރިކޮށް އިސްރާއީލު ސުންނާފަތިކޮށްލުމުގެ ރޭވުންތައް އޭނާ އިސްވެ ހުންނަވާ ރާވައި ހިންގަމުންދާތީ އެވެ.

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކުގެ ސަބަބުން، އިސްރާއީލުގެ ދެމިއޮތުމަށް ކުރިމަތިވެފައިވާ ނުރައްކާތައް ނައްތާލެވި، އީރާނުގެ އަސްކަރީ ގާބިލުކަމަށް ބޮޑެތި ގެއްލުންތަކެއް ދެވިފައިވާ ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވި އެވެ.

ޚާމަނާއީއާއި އޭނާގެ އާއިލާގެ ބައެއް މެންބަރުން އަވަހާރަވީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެއީ ހަނގުރާމަ ފެށުމާއެކު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނުގެ އެކި އަމާޒުތަކަށް ދިން ބޮން އެޅުމުގެ ހަމަލާތަކެއްގަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ

އިސްރާއީލް ކަޓްޒްޢަލީ ޚަމަނާއީއީރާން-އެމެރިކާއީރާން-ޔޫއެސްއޭ-އިސްރާއީލް

އިތުރަށް ކިޔާލަން

05 ޖުލައި 2026

އިސްލާމީ އިންގިލާބުގެ ލީޑަރު އަވަހާރަކޮށްލި މީހުންގެ ކިބައިން ބަދަލުހިފުމުގެ މަސައްކަތް ދުވަހަކުވެސް ހުއްޓާނުލާނެ ކަމަށް އީރާނުގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ

އީރާނުގެ ރޫޙާނީ މީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލި މީހުންގެ ކިބައިން ބަދަލުހިފުމުގެ އަޒުމް އެ ގައުމުން ދޫނުކުރާނެ ކަމަށް ސިފައިންގެ ވެރިޔާ މޭޖަރ ޖެނެރަލް އާމިރު ޙާތަމީ ވިދާޅުވެއްޖެ. އެމެރިކާ އާއި އިސްރާއީލުން ދިން ހަމަލާގައި ޚާމަނާއީގެ އިތުރުން އާއިލާގެ ބައެއް މެންބަރުންނާއި ސިފައިންގެ އިސް ކޮމާންޑަރުންތަކެއް އަވަހާރަވެފައިވާއިރު، މި ޖަރީމާ ހިންގި ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގައި އީރާނުން ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވި.

05 ޖުލައި 2026
އިސްލާމީ އިންގިލާބުގެ ލީޑަރު އަވަހާރަކޮށްލި މީހުންގެ ކިބައިން ބަދަލުހިފުމުގެ މަސައްކަތް ދުވަހަކުވެސް ހުއްޓާނުލާނެ ކަމަށް އީރާނުގެ ސިފައިންގެ ވެރިޔާ ވިދާޅުވެއްޖެ
04 ޖުލައި 2026

މެޑްވެޑޭވް: އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދިން ހަމަލާއެއް

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ދީފައިވާ އުދުވާނެއް ކަމަށް ރަޝިޔާގެ ކުރީގެ ރައީސް މެޑްވެޑޭވް ވިދާޅުވެއްޖެ. އީރާނުގެ ނިއުކްލިއާ މައްސަލަ ސުލްހަވެރިކަމާއެކު ހައްލުކުރުމުގެ ފުރުސަތު އޮއްވައި ދިން މި ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާކަން އޭނާ ފާހަގަކުރެއްވި. މީގެ އިތުރުން، ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ޣައިރު ގާނޫނީ އަމަލުތަކެއްގެ ގޮތުގައި މެޑްވެޑޭވް ސިފަކުރެއްވި.

04 ޖުލައި 2026
މެޑްވެޑޭވް: އީރާނަށް ދިން ހަމަލާއަކީ އެއްވެސް ސަބަބަކާ ނުލައި ދިން ހަމަލާއެއް
01 ޖުލައި 2026

އީރާނުގެ ރޫހާނީ ލީޑަރަށް އިސްރާއީލުން ދިން "މަރުގެ އިންޒާރާ" ގުޅިގެން، އިސްރާއީލަށް ވަރުގަދަ ރައްދެއް އީރާނުން ދީފި

އީރާނުގެ ރޫހާނީ ލީޑަރަށް އަމާޒުކޮށް އިޒްރޭލުން ދިން މަރުގެ އިންޒާރާ ގުޅިގެން، އެ ގައުމަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ދެއްވައިފި. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބުނެފައިވަނީ އީރާނުގެ ރޫހާނީ ލީޑަރު މުޖުތަބާ ޚާމަނާއީ ވަނީ "އަވަހާރަކޮށްލަން ޖެހޭ މީހެއްގެ" ގޮތުގައި މާކް ކޮށްފައި ކަމަށް.

01 ޖުލައި 2026
އީރާނުގެ ރޫހާނީ ލީޑަރަށް އިސްރާއީލުން ދިން "މަރުގެ އިންޒާރާ" ގުޅިގެން، އިސްރާއީލަށް ވަރުގަދަ ރައްދެއް އީރާނުން ދީފި
29 ޖޫން 2026

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި

ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އީރާނާއި އޮމާނުން އެކުލަވާލާފައިވާ "ޖޮއިންޓް ހުރްމުޒް ކޮމިޓީ" ގެ ފުރަތަމަ ބައްދަލުވުން އޮމާންގެ މަސްކަޓުގައި ބާއްވައިފި. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ކަނޑުއޮޅީގެ މިހާރުގެ ހާލަތާއި ކުރިމަގުގައި އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާނެ ގޮތްތަކާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނު.

29 ޖޫން 2026
ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމާ ގުޅޭގޮތުން އޮމާނާއެކު ފުރަތަމަ ފަހަރަށް އީރާނުން ބައްދަލު ކޮށްފި
27 ޖޫން 2026

ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު

މި އެއްބަސްވުމަކީ އީރާނުގެ މަސްލަހަތު އޮންނަ ޖަމާއަތްތަކަށް ލިބުނު އިސްތިރާތީޖީ ނާކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި. އެހެންކަމުން، އީރާނުން މި އެއްބަސްވުން މުގުރާލަން މަސައްކަތް ކޮށްފާނެ ކަމަށް ބަލައި، އިސްރާއީލުން ވަނީ ދިފާއީ ތައްޔާރީތައް އިތުރަށް ވަރުގަދަކޮށްފައި.

27 ޖޫން 2026
ލުބުނާނުގެ އެއްބަސްވުމަށް ހުރަސް އަޅަން އީރާނުން ހަމަލާއެއް ދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން: އިސްރާއީލު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު