Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ނަތަންޔާހޫ: ޣައްޒާގެ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލުމުން މެނުވީ އާބާދުނުކުރާނަން

ޣައްޒާގައި ގާއިމުކުރި ބަފަރ ޒޯނާއެކު އެ ސަރަހައްދުން ކުރިމަތިވި ނުރައްކާ ނައްތާލެވިފައިވާ ކަމަށާއި، އެކަމުގެ ސަބަބުން ބޯޑަރު ކައިރީގައިވާ އިސްރާއީލުގެ އާބާދީތަކަށް އޮތް ޑިމާންޑް އިތުރުވެފައިވާ ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވެއްޖެ. މީގެ އިތުރުން، ލުބުނާނުގައި ހިޒްބުﷲ އިން ބޭނުންކުރާ ބިންގަރާސްތަކާ ދެކޮޅަށް ފިޔަވަޅު ނޭޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެދިވަޑައިގެންފައި ނުވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވި.

ރާއްޖެ އެމްވީ | 5 ޖުލައި 2026 | އާދީއްތަ 15:03
އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.

އިޒްރޭލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ. | ގެޓީ އިމޭޖަސް

ޣައްޒާގައި ހުރި އަސްކަރީ އިންފްރާސްޓްރަކްޗަރތައް ނައްތާލައި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަތިޔާރު އަތުލުމުން މެނުވީ، ޣައްޒާ އަލުން އާބާދުކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދީއްތަ ދުވަހު އިންޒާރު ދެއްވައިފިއެވެ.

ނަތަންޔާހޫ ވިދާޅުވީ، ޣައްޒާގެ ރައްޔިތުންނަކީ އިސްރާއީލަށް ނުރައްކަލެއް އޮތް ބަޔަކަށް ނުވާނަމަ، އެމީހުން ޣައްޒާގައި މަޑުކުރުމާއި ނުވަތަ އެ ސަރަހައްދު ދޫކޮށް ދިއުމުގެ އިޚުތިޔާރު އެ ރައްޔިތުންނަށް އެބައޮތް ކަމަށެވެ. އަދި ޣައްޒާގެ ފަރާތުން ކުރިމަތިވަމުންދިޔަ ނުރައްކާ މިހާރު ނައްތާލެވިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، ޣައްޒާގެ ނުރައްކާ ނައްތާލެވުނީ އެ ސަރަހައްދުގެ އެތެރޭގައި އިސްރާއީލުން ގާއިމުކުރި "ބަފަރ ޒޯން" ނުވަތަ ރައްކާތެރިކަމުގެ ސަރަހައްދުގެ ސަބަބުންނެވެ.

ޣައްޒާގެ ނުރައްކާ ނައްތާލެވި، އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ރަނގަޅުވެފައިވާ ކަމަށް ފާހަގަކުރައްވައި ނަތަންޔާހޫ ވިދާޅުވީ، ޣައްޒާގެ ބޯޑަރު ކައިރީގައި ހުރި އިސްރާއީލުގެ އާބާދީތަކުން ގެދޮރު ހޯދުމަށް އޮތް ޑިމާންޑް މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ވަރުގަދަ ހަމަލާއާ ގުޅިގެން، އިސްރާއީލުން ވަނީ ޣައްޒާއަށް ނުރައްކާތެރި އަސްކަރީ ހަމަލާތަކެއް ދީފައެވެ. މި ހަމަލާ ބަދަލުކުރުންތަކުގެ ތެރެއަށް އީރާނުގެ މަދަދުލިބޭ ލުބުނާނުގެ ހިޒްބުﷲ ޖަމާއަތާއި ޔަމަނުގެ ހޫޘީންގެ އިތުރުން، އެންމެ ފަހުން އީރާނުންވެސް ވަނީ ސީދާ ގޮތުން ބައިވެރިވެފަ އެވެ.

ދެ އަހަރާއި ބައިވެފައިވާއިރުވެސް ޣައްޒާ އަދިވެސް އޮތީ އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ. އަދި 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލާއި ހަމާސްއާ ދެމެދު ވަގުތީ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް، މި ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ މަސްތަކަކަށް މެދުކެނޑުމެއް އައިސްފަ އެވެ.

ލުބުނާނުގެ މައްސަލައާ ގުޅޭގޮތުން ނަތަންޔާހޫ ވިދާޅުވީ، ހިޒްބުﷲ ޖަމާއަތުން ބޭނުންކުރާ ބިންގަރާސްތަކާ ދެކޮޅަށް ފިޔަވަޅު ނޭޅުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްރާއީލުގެ ކިބައިން އެދިވަޑައިގެންފައި ނުވާ ކަމަށެވެ.

ޣައްޒާބެންޖަމިން ނަތަންޔާހޫއިސްރާއީލްހަމާސްހިޒްބުﷲ

އިތުރަށް ކިޔާލަން

05 ޖުލައި 2026

ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް

މިއީ، 2025 ވަަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޓްރަމްޕް ދެ ވަނަ ދައުރުގެ ހުވާ ކުރެއްވި ފަހުން، ނަތަންޔާހޫ އެމެރިކާ އަށް ވަޑައިގަންނަވާ ހަތް ވަނަ ފަހަރު. ޓްރަމްޕްގެ ދެ ވަނަ ދައުރުގައި އެންމެ ގިނައިން އެމެެރިކާ އަށް ވަޑައިގެންނެވި ލީޑަރަކީ ވެސް ނަތަންޔާހޫ.

05 ޖުލައި 2026
ބޮސް އަކީ ކާކުކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އިނގޭނެ: ޓްރަމްޕް
05 ޖުލައި 2026

އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި

ޕާކިސްތާނުގެ ބޮޑުވަޒީރާއެކު ބޭއްވެވި ބައްދަލުވުމުގައި، އިސްރާއީލަކީ ހަނގުރާމައަށް ދެވިހިފާފައިވާ ބައެއްގެ ގޮތުގައި ސިފަކުރައްވައި، އެ ގައުމުން ސަރަހައްދީ މަސްރަހު ގޯސްކުރަން ކުރާ މަސައްކަތްތަކަށް ތުރުކީގެ ރައީސް އުރުދުޣާން ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ. ޣައްޒާގައި ހިންގާ ގަތުލުއާންމަށް އިސްރާއީލު ޒިންމާދާރުކުރުވާނެ ކަމުގެ އިންޒާރު ދެއްވަމުން، މަޝްވަރާގެ އުސޫލުން ސަރަހައްދީ ސުލްހަ ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް ތުރުކީން ފުރިހަމައަށް ތާއީދުކުރާނެ ކަމަށް އޭނާ ވިދާޅުވި. މީގެ އިތުރުން، އިސްރާއީލުގެ އަމަލުތައް ނާޒީ ޖަރުމަނާ އެއްފަދަކުރައްވައި، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އިސްލާމީ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށްވެސް އުރުދުޣާން ވިދާޅުވި.

05 ޖުލައި 2026
އިސްރާއީލުން ސަރަހައްދީ ހަނގުރާމައެއް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގެ އިންޒާރު ތުރުކީވިލާތުން ދީފި
04 ޖުލައި 2026

އިސްރާއީލުން ލުބުނާނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް ހަމަލާދީފި

ލުބުނާނުގެ ދެކުނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް އިސްރާއީލުން ހަމަލާދީފައިވަނީ، ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައި ވަނިކޮށް. މި ހަމަލާތަކުގައި ބައެއް މީހުން ޒަޚަމްވެފައިވާއިރު، ހިޒްބުﷲ އިން ހަތިޔާރު އެޅުން ހުއްޓާލުމުން ނޫނީ އެ ސަރަހައްދުން ފައުޖުތައް ބޭލުމަކީ ކުރާނެ ކަމެއް ނޫން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައި.

04 ޖުލައި 2026
އިސްރާއީލުން ލުބުނާނުގައި ހުރި ހިޒްބުﷲގެ 10 މަރުކަޒަކަށް ހަމަލާދީފި
02 ޖުލައި 2026

އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް ކްނެސެޓް އިން ފާސްކުރި ބިލް، އޯއައިސީ އިން ކުށްވެރިކޮށްފި

އިސްރާއީލުގެ މިސްކިތްތަކުގައި ބަންގިގޮވުމަށް ލައުޑްސްޕީކަރު ބޭނުންކުރުން މަނާކުރާ ބިލެއް އެ ގައުމުގެ ކްނެސެޓުން ފާސްކުރުމާ ގުޅިގެން، މިއީ ދީނީ މިނިވަންކަމާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ނަސްލީ ތަފާތުކުރުމުގެ އަމަލެއް ކަމަށް އޯއައިސީން ވަނީ ބުނެފައި.

02 ޖުލައި 2026
އިސްރާއީލުގެ މިސްކިތްތަކުގައި އަޑުގަދަކުރާ ބޭނުންކޮށްގެން ބަންގިގޮވުން މަނާކުރުމަށް ކްނެސެޓް އިން ފާސްކުރި ބިލް، އޯއައިސީ އިން ކުށްވެރިކޮށްފި
02 ޖުލައި 2026

ޣައްޒާގެ ހަނގުރާމައަށް 1،000 ދުވަސް - މުހިންމު ތަފާސްހިސާބުތައް

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ހަނގުރާމައަށް 1،000 ދުވަސް ފުރުނުއިރު، 73،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާކަން ތަފާސްހިސާބުތަކުން ދައްކާ. މި މުއްދަތުގެ ތެރޭގައި ޣައްޒާގެ ބޮޑު ސަރަހައްދެއް ސުންނާފަތިކޮށް، ހީރޯޝީމާއަށް އެޅި އެޓަމިކް ބޮމަށްވުރެ 16 ގުނަ އިތުރަށް ގޮވާތަކެތި ބޭނުންކޮށްފައިވާއިރު، އިސްރާއީލުގެ ހިސާރުގެ ސަބަބުން ޣައްޒާ ރައްޔިތުންގެ ކެތްތެރިކަން ވަނީ ކޮޅުންލާފައި. ސުލްހައިގެ އެއްބަސްވުމަކަށްފަހު ވެސް ހަމަލާތައް މެދުނުކެނޑި ކުރިއަށްދާތީ، އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައިވާ ފަލަސްތީނު ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކާ ދަނީ އިތުރުވަމުން.

02 ޖުލައި 2026
ޣައްޒާގެ ހަނގުރާމައަށް 1،000 ދުވަސް - މުހިންމު ތަފާސްހިސާބުތައް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު