Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތަކެތީގެ އަގު

ތަރުކާރީގެ އަގުތައް 21 އިންސައްތަ މައްޗަށް ހިނގައްޖެ!

10 ޖުލައި 2026 | ހުކުރު 11:18

2026 ވަނަ އަހަރުގެ ޖޫން މަހު ކާބޯތަކެތީގެ އަގުތައް 2.85 އިންސައްތަ އުފުލިފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް އައީ ތަރުކާރީގެ ބާވަތްތަކުން. އަހަރީ ނިސްބަތުން ބަލާއިރު ކައްކާ ގޭހާއި ތެލުގެ އަގު 14.54 އިންސައްތަ މައްޗަށް ގޮސްފައިވީ ނަމަވެސް، މަހާއި މޭވާގެ ބާވަތްތަކުގެ އަގު ވަނީ ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައި. އާންމުކޮށް ބޭނުންކުރާ ޒަރޫރީ މުދަލުގެ އަގުތައް މި މުއްދަތުގައި ވަނީ އަހަރީ ގޮތުން 8.04 އިންސައްތަ މައްޗަށް ގޮސްފައި.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 11:18
ބަދިގޭގެ މޭޒުމަތީގައި ބަހައްޓާފައި ހުރި ތަރުކާރީތަކެއް

ބަދިގޭގެ މޭޒުމަތީގައި ބަހައްޓާފައި ހުރި ތަރުކާރީތަކެއް | ގެޓީ އިމޭޖަސް

ދިވެހިރާއްޖޭގެ ޒަރޫރީ މުދަލުގެ އަގުތަކަށް މަހުން މަހަށް އަންނަ ބަދަލަށް ބަލާއިރު ހުސްވި ޖޫން މަހު ތަރުކާރީގެ އަގުތައް 20 އިންސައްތަ މައްޗަށް ހިނގައްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 8 ޖުލައި 2026 ގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2026 ވަނަ އަހަރުގެ ޖޫން މަހު ރާއްޖޭގެ ޒަރޫރީ މުދަލުގެ އަގުތަކުގެ އިންޑެކްސް (އީ.ސީ.ޕީ.އައި) ވަނީ ޖުމްލަކޮށް މައްޗަށް ގޮސްފަ އެވެ.

މާލޭގެ ޖުމްލަ އީ.ސީ.ޕީ.އައި 121.92 ގައި ހުރިއިރު، 2026 ވަނަ އަހަރުގެ މޭ މަހުން ޖޫން މަހަށް އިންފްލޭޝަން ރޭޓް ވަނީ 2.17 އިންސައްތަ އިތުރުވެފަ އެވެ. އަދި 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ ޖޫން މަހު އަހަރީ އިންފްލޭޝަން ރޭޓް ހުރީ 8.04 އިންސައްތަ މަތީގަ އެވެ.

ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު، މަހުން މަހަށް ކާބޯތަކެތީގެ އަގުތައް ވަނީ 2.85 އިންސައްތަ އުފުލިފަ އެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ތަރުކާރީގެ ބާވަތްތަކުންނެވެ. ތަރުކާރީގެ އަގު 20.86 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، ކިރާއި، ކިރުގެ އުފެއްދުންތަކުގެ އިތުރުން ބިހުގެ އަގު ވަނީ 1.75 އިންސައްތަ އުފުލިފަ އެވެ.

ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު އުފުލުނު ނަމަވެސް، އެއްގަމު މަހުގެ އަގު 0.98 އިންސައްތަ، މަހުގެ ބާވަތްތަކުގެ އަގު 0.45 އިންސައްތަ އަދި މޭވާގެ އަގު 0.07 އިންސައްތަ ވަނީ ދަށަށް ގޮސްފަ އެވެ.

އަހަރީ ނިސްބަތުން ބަލާއިރު، ކާބޯތަކެތީގެ އަގުތައް ވަނީ 8.60 އިންސައްތަ މައްޗަށް ގޮސްފަ އެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ތަރުކާރީ (22.44 އިންސައްތަ)، އެއްގަމު މަސް (21.13 އިންސައްތަ)، ހަކުރާއި، ޖޭމާއި، މާމުޔާއި، ޗޮކްލެޓް އަދި ފޮނިކާތަކެތި (11.36 އިންސައްތަ) އަދި ކިރާއި ބިހުގެ ބާވަތްތަކުން (9.50 އިންސައްތަ) އެވެ. ބުއިންތަކުގެ އަގު 2026 ވަނަ އަހަރުގެ މޭ މަހުން ޖޫން މަހަށް 0.64 އިންސައްތަ އުފުލިފައިވާއިރު، މީގެ ތެރޭގައި ކޮފީގެ ބާވަތްތަކުން 1.85 އިންސައްތަ އަދި ސައިގެ ބާވަތްތަކުން 0.75 އިންސައްތަ އިތުރުވެފައިވެ އެވެ. އަހަރީ ނިސްބަތުން ބަލާއިރު ބުއިންތަކުގެ އަގު 5.49 އިންސައްތަ މަތިވެފައިވާއިރު، ކޮފީގެ ބާވަތްތަކުގެ އަގު ވަނީ 19.83 އިންސައްތަ އުފުލިފަ އެވެ.

ގޭހާއި އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތީގެ އަގުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މޭ މަހާ އަޅާބަލާއިރު ޖޫން މަހު ކައްކާ ގޭހާއި އެހެނިހެން ފިއުލްގެ އަގުތަކަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. ނަމަވެސް، ހުސްވި އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު މި ބާވަތްތަކުގެ އަގު ވަނީ 14.54 އިންސައްތަ އުފުލިފަ އެވެ.

އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތީގެ އަގު ޖޫން މަހު 0.17 އިންސައްތަ ދަށަށް ދިޔަ ނަމަވެސް، 2025 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މި ބާވަތްތަކުގެ އަގު ވަނީ 3.16 އިންސައްތަ މަތިވެފަ އެވެ.

ޒަރޫރީ މުދަލުގެ އަގުތަކުގެ އިންޑެކްސް (އީ.ސީ.ޕީ.އައި) އަކީ ކާބޯތަކެއްޗާއި، ބުއިންތަކާއި، ތެލާއި، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި ހިމެނޭހެން 96 ބާވަތެއްގެ މައްޗަށް ބިނާކޮށް، ކޮންމެ މަހަކު 2،549 ބާވަތުގެ މުދަލުން އަގު ނަގައިގެން ތައްޔާރުކުރާ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި ކާބޯތަކެއްޗަށް 70.94 އިންސައްތަ، ބުއިންތަކަށް 14.20 އިންސައްތަ، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެއްޗަށް 8.43 އިންސައްތަ އަދި ގޭހާއި ތެލުގެ ބާވަތްތަކަށް 6.43 އިންސައްތަ ބަރުދަން (ވެއިޓޭޖް) ދީފައިވެ އެވެ. މިއީ ކޮންސިއުމަރ ޕްރައިސް އިންޑެކްސްގެ ބައެއްގެ ގޮތުގައި، މުދަލުގެ އަގުތައް ކޮންޓްރޯލްކުރުމަށާއި އިންފްލޭޝަންގެ ކުރީގެ އިންޒާރުތައް ދެނެގަތުމަށް ބޭނުންކުރާ މުހިންމު ނިޒާމެކެވެ.

މަސްދަރު: މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިންފްލޭޝަންތަކެތީގެ އަގު

އިތުރަށް ކިޔާލަން

22 ޖޫން 2026

ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް

22 ޖޫން 2026
ދިވެހިންގެ ފަގީރުކަން މިއަހަރު މައްޗަށް ގޮސް އަތޮޅުތެރޭގެ ރައްޔިތުން އިތުރަށް ނިކަމެތިވާނެ: ވޯލްޑް ބޭންކް
20 ޖޫން 2026

2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް

20 ޖޫން 2026
2026 ގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ވަރަށް ބޮޑަށް މަޑުޖެހޭނެ: ވޯލްޑް ބޭންކް
14 ޖޫން 2026

ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟

14 ޖޫން 2026
ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟
04 ޖޫން 2026

މެއި މަހު ރާއްޖޭގެ ޒަރޫރީ މުދަލުގެ އަގުތައް ވަނީ އުފުލިފައި

04 ޖޫން 2026
މެއި މަހު ރާއްޖޭގެ ޒަރޫރީ މުދަލުގެ އަގުތައް ވަނީ އުފުލިފައި
03 ޖޫން 2026

ރިކޯޑު މިންވަރަކަށް މުދަލާއި ޚިދުމަތުގެ އަގުބޮޑުވުން، އެންމެ އަސާސީ ކަންކަމަށް ވެސް ރައްޔިތުން ދަނީ ސަލާންޖަހަމުން

03 ޖޫން 2026
ރިކޯޑު މިންވަރަކަށް މުދަލާއި ޚިދުމަތުގެ އަގުބޮޑުވުން، އެންމެ އަސާސީ ކަންކަމަށް ވެސް ރައްޔިތުން ދަނީ ސަލާންޖަހަމުން
08 މާރިޗު 2026

ފެބްރުއަރީ މަހު މާލޭގައި ކާބޯތަކެތީގެ އަގުތައް މައްޗަށް ހިނގައްޖެ

08 މާރިޗު 2026
ފެބްރުއަރީ މަހު މާލޭގައި ކާބޯތަކެތީގެ އަގުތައް މައްޗަށް ހިނގައްޖެ
18 ފެބުރުއަރީ 2026

ހުސްވި އަހަރު އިންފްލޭޝަން ރޭޓް 4 އިންސައްތަ އަށް ވުރެ މައްޗަށް ދިޔައިރު މާލެ އަށް ވުރެ ބޮޑަށް އަތޮޅުތެރޭގެ އަގުތައް އުފުލުނު

18 ފެބުރުއަރީ 2026
ހުސްވި އަހަރު އިންފްލޭޝަން ރޭޓް 4 އިންސައްތަ އަށް ވުރެ މައްޗަށް ދިޔައިރު މާލެ އަށް ވުރެ ބޮޑަށް އަތޮޅުތެރޭގެ އަގުތައް އުފުލުނު
10 ފެބުރުއަރީ 2026

ޖެނުއަރީ މަހު މާލޭގައި އަސާސީ މުދަލުގެ އަގު މައްޗަށް ޖެހިއްޖެ

10 ފެބުރުއަރީ 2026
ޖެނުއަރީ މަހު މާލޭގައި އަސާސީ މުދަލުގެ އަގު މައްޗަށް ޖެހިއްޖެ
28 ޖެނުއަރީ 2026

ތަކެތީގެ އަގު ޑިސެމްބަރު މަހު ވެސް ދިޔައީ މައްޗަށް

28 ޖެނުއަރީ 2026
ތަކެތީގެ އަގު ޑިސެމްބަރު މަހު ވެސް ދިޔައީ މައްޗަށް
10 ޖެނުއަރީ 2026

އަސާސީ ތަކެތީގެ އަގުތައް ޑިސެމްބަރު މަހު ވެސް މައްޗަށް ޖެހިއްޖެ

10 ޖެނުއަރީ 2026
އަސާސީ ތަކެތީގެ އަގުތައް ޑިސެމްބަރު މަހު ވެސް މައްޗަށް ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް