Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިންފްލޭޝަން ރޭޓު

ހުސްވި އަހަރު އިންފްލޭޝަން ރޭޓް 4 އިންސައްތަ އަށް ވުރެ މައްޗަށް ދިޔައިރު މާލެ އަށް ވުރެ ބޮޑަށް އަތޮޅުތެރޭގެ އަގުތައް އުފުލުނު

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާއި ކާބޯތަކެތީގެ އަގު އުފުލުމާ ގުޅިގެން، 2025 ވަނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު ވަނީ 4.04 އިންސައްތައަށް މައްޗަށް ގޮސްފައި. އަތޮޅުތަކުގައި ތަކެތީގެ އަގު މާލެއަށްވުރެ ބޮޑަށް އުފުލިފައިވާއިރު، މަސްވެރިކަން ދަށްވުމާއި ބޭރު ފައިސާ ލިބުމުގެ ދަތިކަމަކީ ވެސް އަގުތަކަށް ބަދަލު އައި މައިގަނޑު ސަބަބުތައް.

ރާއްޖެ އެމްވީ | 18 ފެބުރުއަރީ 2026 | ބުދަ 10:59
ދިވެހިރާއްޖޭގެ ފައިސާ ފޮތިތަކެއް އެމެރިކާ ޑޮލަރުގެ ނޫޓުތަކެއްގެ މަތީގައި ބަހައްޓާފައި.

ދިވެހިރާއްޖޭގެ ފައިސާ ފޮތިތަކެއް އެމެރިކާ ޑޮލަރުގެ ނޫޓުތަކެއްގެ މަތީގައި ބަހައްޓާފައި. | އައިސްޓޮކް

ތަކެތީގެ އަގު ބޮޑުވަމުންދާ ޝަކުވާ އާންމުންގެ ތެރޭގައި އިތުރުވަމުން ދަނިކޮށް، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި 2025 ވަނަ އަހަރުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީޕީއައި) އިން ރާއްޖޭގެ އިންފްލޭޝަން 4.04 އިންސައްތައަށް އުފުލިފައިވާ ކަމަށް ހާމަ ކޮށްފި އެވެ. އަނެއްކޮޅުން ރެކޯޑުތަކުން ދައްކާގޮތުގައި، 2024 ވަނަ އަހަރު އިންފްލޭޝަން ހުރީ 1.40 އިންސައްތައިގަ އެވެ.

ހުސްވި އަހަރުގެ އިންފްލޭޝަން 4.04 އިންސައްތަ އަށް އުފުލުނުު އިރު ބައެއް ބާވަތްތަކުގެ އަގުތައް ވަރަށް ބޮޑަށް މައްޗަށް ޖެހިފައިވާކަން ވަނީ ފާހަގަ ކުރެވިފަ އެވެ. 

Advertisement - businessAdvertisement

ސީޕީއައި އިން ދައްކާ ގޮތުގައި އަގުތަކަށް އެންމެ ބޮޑު ބަދަލެއް އައީ ދުންފަތާއި ސުޕާރީގެ ބާވަތްތަކުންނެވެ. މި ބާވަތްތަކުގެ އަގު 2024 ވަނަ އަހަރާ އަޅާބަލާއިރު 80.63 އިންސައްތަ ވަނީ އުފުލިފަ އެވެ. ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކުރާ ގޮތުގައި މި ބޮޑު ބަދަލު އައީ ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއި، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ވޭޕްކުރާ ތަކެތި ބޭނުންކުރުމާއި، ވިއްކުމާއި އަދި އިޝްތިހާރުކުރުން މަނާކުރުމާ ގުޅިގެން ދުންފަތުގެ ބާވަތްތަކަށް އޮތް ޑިމާންޑަށް އައި ބަދަލުގެ ސަބަބުންނެވެ.

ކާބޯތަކެއްޗާއި ބުއިންތަކުގެ އަގު 2025 ވަނަ އަހަރު ވަނީ 4.70 އިންސައްތަ އުފުލިފަ އެވެ. މީގެ މައިގަނޑު ސަބަބުތަކުގެ ގޮތުގައި ސްޓެޓިސްޓިކްސް ބިއުރޯ އިން ފާހަގަކުރަނީ މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކާއި، ބާޒާރުގައި ޑޮލަރުގެ އަގު ހުރި މިންވަރާއި، ރަމަޟާން މަހާ ދިމާކޮށް ތަކެތީގެ ޑިމާންޑް އިތުރުވުމެވެ. ބައެއް ބާވަތްތަކުން، މިސާލަކަށް ފިޔާ ފަދަ ތަކެތިން އަގު ހެޔޮވި ނަމަވެސް، ތަރުކާރީ އާއި ކާޑުގެ ބާވަތްތައް ހިމެނޭހެން ގިނަ ޒަރޫރީ ތަކެތީގެ އަގު ވަނީ އުފުލިފަ އެވެ.

މަހުގެ ބާވަތްތަކުގެ އަގު 2025 ވަނަ އަހަރު 7.56 އިންސައްތަ އުފުލިފައިވާއިރު، އަގު އުފުލުނު ބާވަތްތަކުގެ ތެރޭގައި ކަނޑުމަހުގެ އުފެއްދުންތަކާއި ރިހާކުރު ފަދަ ތަކެތި ހިމެނެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންފްލޭޝަން ހުރި މިންވަރު ތަފާތެވެ. މާލޭގައި އިންފްލޭޝަން ރޭޓު 3.49 އިންސައްތައިގައި ހުރިއިރު، އަތޮޅުތަކުގައި މި އަދަދު ހުރީ 4.89 އިންސައްތައިގައެވެ. އަތޮޅުތަކުގައި އިންފްލޭޝަން މަތިވުމުގެ މައިގަނޑު އެއް ސަބަބަކީ ވެސް ދުންފަތުގެ އަގަށް އައި ބަދަލުތަކެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްތަކެތީގެ އަގުއިންފްލޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ޖެނުއަރީ މަހު މާލޭގައި އަސާސީ މުދަލުގެ އަގު މައްޗަށް ޖެހިއްޖެ

ޖެނުއަރީ މަހު މާލޭގައި އަސާސީ މުދަލުގެ އަގު މައްޗަށް ޖެހިއްޖެ

10 ފެބުރުއަރީ 2026
ތަކެތީގެ އަގު ޑިސެމްބަރު މަހު ވެސް ދިޔައީ މައްޗަށް

ތަކެތީގެ އަގު ޑިސެމްބަރު މަހު ވެސް ދިޔައީ މައްޗަށް

28 ޖެނުއަރީ 2026
އަސާސީ ތަކެތީގެ އަގުތައް ޑިސެމްބަރު މަހު ވެސް މައްޗަށް ޖެހިއްޖެ

އަސާސީ ތަކެތީގެ އަގުތައް ޑިސެމްބަރު މަހު ވެސް މައްޗަށް ޖެހިއްޖެ

10 ޖެނުއަރީ 2026
ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް

ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް

05 ޖެނުއަރީ 2026
އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު