Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ތަކެތީގެ އަގު

ޖެނުއަރީ މަހު މާލޭގައި އަސާސީ މުދަލުގެ އަގު މައްޗަށް ޖެހިއްޖެ

އީސީޕީއައި އިން ހާމަވާ ގޮތުގައި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު، މި ނިމުނު ޖެނުއަރީ މަހު އަސާސީ މުދަލުގެ އަގުތައް ވަނީ 0.45 އިންސައްތަ މައްޗަށް ގޮސްފަ.

ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 17:11
ފިހާރައެއްގެ ތެރޭގައި ލަކުޑި ފޮށިތަކެއްގައި ތާޒާ މޭވާއާއި ތަރުކާރީ އަތުރާފައި ހުރި މަންޒަރު.

ފިހާރައެއްގެ ތެރޭގައި ލަކުޑި ފޮށިތަކެއްގައި ތާޒާ މޭވާއާއި ތަރުކާރީ އަތުރާފައި ހުރި މަންޒަރު. | އައިސްޓޮކް

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެންމެ ފަހުން އާންމުކުރި "އެސެންޝަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް" (އީ.ސީ.ޕީ.އައި) އިން ދައްކާގޮތުގައި، ހުސްވި ޖެނުއަރީ މަހު މާލޭގައި ކާބޯތަކެއްޗާއި އަސާސީ މުދަލުގެ އަގުތައް މައްޗަށް ޖެހިއްޖެ އެވެ. 

އީސީޕީއައި އިން ހާމަވާ ގޮތުގައި 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު، މި ނިމުނު ޖެނުއަރީ މަހު އަސާސީ މުދަލުގެ އަގުތައް ވަނީ 0.45 އިންސައްތަ މައްޗަށް ގޮސްފަ އެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު އަގުތައް ވަނީ 0.08 އިންސައްތަ ދަށްވެފަ އެވެ. 

Advertisement - businessAdvertisement

ކާބޯތަކެތީގެ އަގުތަކަަށް ބަލާއިރު ޑިސެމްބަރު މަހުން ޖެނުއަރީ މަހަށް ވަނީ 0.49 އިންސައްތަ މައްޗަށް ގޮސްފަ އެވެ. އާންމުކޮށް ގަނެއުޅޭ ބައެއް ތަކެތީގެ އަގު ބޮޑުވެފައިވާއިރު، އޭގެ ތެރޭގައި މޭވާގެ އަގު 2.65 އިންސައްތަ އަދި ކިރާއި ކިރުގެ ބާވަތްތަކުގެ އިތުރުން ބިހުގެ އަގު 1.38 އިންސައްތަ މައްޗަށް ދިޔަކަން ފާހަގަ ކުރެވެ އެވެ. މީގެ އިތުރުން ހަކުރާއި، ފޮނިކާތަކެއްޗާއި، ކައްކާ ތެލުގެ އަގުތައް ވެސް ވަނީ މައްޗަށް ގޮސްފަ އެވެ. ނަމަވެސް، ތަރުކާރީގެ އަގު 3.90 އިންސައްތަ ދަށްވެފައިވެ އެވެ.

ހުސްވި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު، މިއަހަރުގެ ޖެނުއަރީ މަހު ކާބޯތަކެތީގެ އަގުތައް ވަނީ 0.96 އިންސައްތަ ދަށްވެފަ އެވެ. މިއީ މައިގަނޑު ގޮތެއްގައި ތަރުކާރީގެ އަގު އަހަރު ދުވަހުގެ ތެރޭގައި 14.01 އިންސައްތަ ދަށްވުމުގެ ސަބަބުން އައި ބަދަލެއް ކަމަށް ބެލެ އެވެ. އަދި މޭވާގެ އަގުތައް ވެސް މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ކުޑަކޮށް ދަށްވެފަ އެވެ. އަނެއްކޮޅުން ހަކުރާއި ފޮނިކާތަކެތީގެ އަގު އަހަރު ދުވަހުގެ ތެރޭގައި ހަ އިންސައްތައަށްވުރެ ބޮޑުވެފައިވާކަން ފާހަގަ ކުރެވެ އެވެ.

ބުއިންތަކުގެ އަގުތައް ޑިސެމްބަރު މަހާ އަޅާބަލާއިރު ޖެނުއަރީ މަހު ވަނީ 0.44 އިންސައްތަ މައްޗަށް ގޮސްފަ އެވެ. މި ގޮތުން ސައިފަތާއި ކޮފީގެ އަގު ބޮޑުވެފައިވާކަން ފާހަގަ ކުރެވެ އެވެ. އަހަރީ ގޮތުން ބަލާއިރު، ބުއިންތަކުގެ އަގު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 2.44 އިންސައްތަ މައްޗަށް ގޮސްފަ އެވެ. 

ކައްކާ ގޭހާއި އެހެނިހެން ތެލުގެ ބާވަތްތަކުގެ އަގު ޑިސެމްބަރު މަހާ އަޅާބަލާއިރު ޖެނުއަރީ މަހު ބަދަލެއް ނައިސް ވަނީ ހިފެހެއްޓިފަ އެވެ. ނަމަވެސް، މުޅި އަހަރަށް ބަލާއިރު ތެލުގެ އަގުތައް ވަނީ އެކެއް އިންސައްތައަށް ވުރެ ބޮޑަށް ދަށްވެފަ އެވެ. 

އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތީގެ އަގުތައް ވެސް ޖެނުއަރީ މަހު ވަނީ 0.44 އިންސައްތަ މައްޗަށް ގޮސްފަ އެވެ. ކާބޯތަކެއްޗާ ޚިލާފަށް، މި ބާވަތްތަކުގެ އަގުތައް ހުސްވި އަހަރަށް ވުރެ ވަނީ 4.35 އިންސައްތައަށް ބޮޑު ވެފައެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްކޮމޯޑިޓީސް ޕްރައިސް އިންޑެކްސްއިންފްލޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ތަކެތީގެ އަގު ޑިސެމްބަރު މަހު ވެސް ދިޔައީ މައްޗަށް

ތަކެތީގެ އަގު ޑިސެމްބަރު މަހު ވެސް ދިޔައީ މައްޗަށް

28 ޖެނުއަރީ 2026
އަސާސީ ތަކެތީގެ އަގުތައް ޑިސެމްބަރު މަހު ވެސް މައްޗަށް ޖެހިއްޖެ

އަސާސީ ތަކެތީގެ އަގުތައް ޑިސެމްބަރު މަހު ވެސް މައްޗަށް ޖެހިއްޖެ

10 ޖެނުއަރީ 2026
ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް

ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް

05 ޖެނުއަރީ 2026
ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ

ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ

07 ޑިސެމްބަރު 2025
އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި

އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު