Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކާބޯތަކެތީގެ އަގު

ފެބްރުއަރީ މަހު މާލޭގައި ކާބޯތަކެތީގެ އަގުތައް މައްޗަށް ހިނގައްޖެ

މާލޭގެ އަސާސީ މުދަލުގެ އަގުތައް ފެބްރުއަރީ މަހު 1.54 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މީގެ މައިގަނޑު ސަބަބަކީ މޭވާ އާއި ތަރުކާރީގެ އަގުތައް އުފުލުމެވެ. ކާބޯތަކެތީގެ އިތުރުން ކައްކާ ގޭހާއި ބުއިންތަކުގެ އަގު ވެސް ވަނީ މި މުއްދަތުގައި އުފުލިފައެވެ. ނަމަވެސް މަހުގެ ބާވަތްތަކާއި އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތީގެ އަގުތައް ވަނީ ކޮންމެވެސް މިންވަރަކަށް ދަށަށް ގޮސްފައެވެ.

ރާއްޖެ އެމްވީ | 8 މާރިޗު 2026 | އާދީއްތަ 19:58
ޖެނުއަރީ މަހާއި އަޅާބަލާއިރު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މޭވާގެ ބާވަތްތަކުން.

ޖެނުއަރީ މަހާއި އަޅާބަލާއިރު އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މޭވާގެ ބާވަތްތަކުން. | ރާއްޖެ އެމްވީ

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެންމެ ފަހުން އާންމުކުރި "އެސެންޝަލް ކޮމޮޑިޓީސް ޕްރައިސް އިންޑެކްސް" (އީ.ސީ.ޕީ.އައި) އިން ދައްކާގޮތުގައި، މޭވާ އާއި ތަރުކާރީގެ އަގުތައް އުފުލުމާ ގުޅިގެން ފެބްރުއަރީ މަހު މާލޭގައި ކާބޯތަކެތީގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ.

މާލޭގެ އީ.ސީ.ޕީ.އައި ފެބްރުއަރީ މަހު ހުރީ 116.08 ގައެވެ. މިއީ ޖެނުއަރީ މަހާ އަޅާބަލާއިރު 1.54 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ވެސް މިއަހަރުގެ ފެބްރުއަރީ މަހު އަގުތައް ވަނީ 1.04 އިންސައްތަ މައްޗަށް ގޮސްފައެވެ.

Advertisement - businessAdvertisement

އަގުތައް އުފުލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ކާބޯތަކެތީގެ އަގުތަކެވެ. އާންމުކޮށް ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ އަގު އުފުލުމާ ގުޅިގެން، ކާބޯތަކެތީގެ ކެޓަގަރީން ވަނީ ޖެނުއަރީ މަހާ އަޅާބަލާއިރު 2.06 އިންސައްތައިގެ މަތިވުމެއް ރެކޯޑުކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ މޭވާގެ ބާވަތްތަކުންނެވެ. އެގޮތުން މޭވާގެ އަގު 9.57 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، ތަރުކާރީގެ އަގު ވަނީ 3.46 އިންސައްތަ އުފުލިފައެވެ.

ބުއިންތަކުގެ އަގުތަކަށް ބަލާއިރު، ޖެނުއަރީ މަހާ އަޅާބަލާއިރު ފެބްރުއަރީ މަހު ވަނީ 0.15 އިންސައްތަ މައްޗަށް ޖެހިފަ އެވެ. މިއީ މައިގަނޑު ގޮތެއްގައި ކޮފީ އާއި ކޮފީގެ ބަދަލުގައި ބޭނުންކުރާ ބާވަތްތަކުގެ އަގު 0.84 އިންސައްތަ، އަދި މޭވާ އާއި ތަރުކާރީގެ ޖޫހުގެ އަގު 0.56 އިންސައްތަ މައްޗަށް ދިއުމާ ގުޅިގެން އައި ބަދަލެކެވެ.

ކައްކާ ގޭހާއި އެހެނިހެން ފިއުލް ނުވަތަ އިންދަނަުގެ ބާވަތްތަކުގެ އަގު ވެސް ފެބްރުއަރީ މަހު ވަނީ 0.85 އިންސައްތަ މައްޗަށް ގޮސްފައެވެ. 

ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި ނުވަތަ ޕާސަނަލް ކެއާ އުފެއްދުންތަކަކީ ފެބްރުއަރީ މަހު އަގު ދަށަށްދިޔަ ހަމައެކަނި މައިގަނޑު ކެޓަގަރީއެވެ. މި ބާވަތްތަކުގެ އަގު ވަނީ ޖެނުއަރީ މަހާ އަޅާބަލާއިރު 0.33 އިންސައްތަ ދަށަށް ގޮސްފައެވެ.

އަހަރުން އަހަރަށް ބަލާއިރު، އަސާސީ މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް ހުރީ މެދުމިނެއްގައެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު ކާބޯތަކެތީގެ އަގު 0.64 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، ބުއިންތަކުގެ އަގު ވަނީ 2.40 އިންސައްތަ އުފުލިފައެވެ. އަދި ޕާސަނަލް ކެއާ އުފެއްދުންތަކުގެ އަގު ވަނީ އަހަރުން އަހަރަށް ބަލާއިރު 3.28 އިންސައްތަ އިތުރުވެފައެވެ.

ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ބައެއް ތަކެތީގެ އަގު މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އުފުލިފައެވެ. އެގޮތުން ހަކުރު، ޖޭމް، މާމުއި، ޗޮކްލެޓް އަދި ފޮނިކާތަކެތީގެ އަގު 6.94 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މޭވާގެ އަގު 4.94 އިންސައްތަ އަދި ތެލުގެ ބާވަތްތަކުގެ އަގު ވަނީ 3.90 އިންސައްތަ އުފުލިފައެވެ. 

އީ.ސީ.ޕީ.އައި އިންޑެކްސްއަކީ ކޮންމެ މަހަކު 2،500 އަށްވުރެ ގިނަ ތަންތަނުން 96 ބާވަތެއްގެ މުދަލުގެ އަގު ހޯދައިގެން އެކުލަވާލާ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. އެއީ މުޅި އިންޑެކްސްގެ 70 އިންސައްތައަށްވުރެ ބޮޑު ބައެކެވެ. އެހެންކަމުން، ކާބޯތަކެތީގެ އަގަށް އަންނަ ކޮންމެ ބަދަލަކީ އަސާސީ މުދަލުގެ އަގުތަކަށް އަންނަ އިންފްލޭޝަނަށް ބޮޑު އަސަރެއް ކުރާނެ ކަމެކެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްސީޕީއައިއިންފްލޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ހުސްވި އަހަރު އިންފްލޭޝަން ރޭޓް 4 އިންސައްތަ އަށް ވުރެ މައްޗަށް ދިޔައިރު މާލެ އަށް ވުރެ ބޮޑަށް އަތޮޅުތެރޭގެ އަގުތައް އުފުލުނު

ހުސްވި އަހަރު އިންފްލޭޝަން ރޭޓް 4 އިންސައްތަ އަށް ވުރެ މައްޗަށް ދިޔައިރު މާލެ އަށް ވުރެ ބޮޑަށް އަތޮޅުތެރޭގެ އަގުތައް އުފުލުނު

18 ފެބުރުއަރީ 2026
ޖެނުއަރީ މަހު މާލޭގައި އަސާސީ މުދަލުގެ އަގު މައްޗަށް ޖެހިއްޖެ

ޖެނުއަރީ މަހު މާލޭގައި އަސާސީ މުދަލުގެ އަގު މައްޗަށް ޖެހިއްޖެ

10 ފެބުރުއަރީ 2026
ތަކެތީގެ އަގު ޑިސެމްބަރު މަހު ވެސް ދިޔައީ މައްޗަށް

ތަކެތީގެ އަގު ޑިސެމްބަރު މަހު ވެސް ދިޔައީ މައްޗަށް

28 ޖެނުއަރީ 2026
އަސާސީ ތަކެތީގެ އަގުތައް ޑިސެމްބަރު މަހު ވެސް މައްޗަށް ޖެހިއްޖެ

އަސާސީ ތަކެތީގެ އަގުތައް ޑިސެމްބަރު މަހު ވެސް މައްޗަށް ޖެހިއްޖެ

10 ޖެނުއަރީ 2026
ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް

ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް

05 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު