Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އިންފްލޭޝަން

ތަކެތީގެ އަގު ޑިސެމްބަރު މަހު ވެސް ދިޔައީ މައްޗަށް

އަގު އުފުލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ކާބޯތަކެތީގެ އަގުތަކުން، ޚާއްސަކޮށް މަހުގެ ބާވަތްތަކުން އަހަރަކަށް ބަލާއިރު 9 އިންސައްތަ އުފުލިފައިވޭ.

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 11:46
މާލޭ ބާޒާރު މަތީގެ މަންޒަރެއް.

މާލޭ ބާޒާރު މަތީގެ މަންޒަރެއް. | ރާއްޖެ އެމްވީ

ހުސްވި އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު ޑިސެމްބަރު މަހު މުދަލާއި ހިދުމަތުގެ އަގުތައް އުފުލިއްޖެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ކޮންސިއުމަރ ޕްރައިސް އިންޑެކްސް (ސީ.ޕީ.އައި) އިން ހާމަ ވެއްޖެ އެވެ.

ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނީ ޑިސެމްބަރު މަހުގެ އަގުތައް 0.16 އިންސައްތަ އުފުލިފައިވާ ކަމަށެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު، އަގުތައް 0.41 އިންސައްތަ މައްޗަށް ގޮސްފައިވާ ކަމަށެވެ.

Advertisement - businessAdvertisement

މިދިޔަ މަހު އަގުތައް އެންމެ ބޮޑަށް އުފުލިފައި ވަނީ ކާބޯތަކެއްޗާއި މަހުގެ ބާވަތްތަކުންނެވެ. މި ބާވަތްތަކުގެ އަގުތައް 1.21 އިންސައްތަ ވަނީ މަތިވެފަ އެވެ. މީގެ ތެރެއިން ވެސް ތަރުކާރީ، ކިރުގެ ބާވަތްތައް، ބިސް އަދި ބައެއް ބާވަތްތަކުގެ މަހުގެ ބާވަތްތަކުގެ އަގުތައް އުފުލިފައިވާކަން ފާހަގަ ކޮށްފައިވެއެވެ. ޚާއްޞަކޮށް، މަހުގެ އަގު އެކަނިވެސް މަހުން މަހަށް އައި ބަދަލަށް ބަލާއިރު 1.01 އިންސައްތަ މަތިވެފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއީ ގާތްގަނޑަކަށް 9 އިންސައްތައި ގެ ބޮޑު އިތުރުވުމެކެވެ.

މީގެ އިތުރުން، މުއާސަލާތީ ޚިދުމަތްތަކުގެ އަގުތަކަށް ވެސް ވަނީ 0.95 އިންސައްތައަށް އަގު މައްޗަށް ގޮސްފަ އެވެ. މިއީ މައިގަނޑު ގޮތެއްގައި މޮބައިލް ފޯނުގެ ޚިދުމަތްތަކުގެ އަގަށް އައި ބަދަލެއްކަން ފާހަގަ ކޮށްފައިވެ އެވެ. ނަމަވެސް، މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މި ދާއިރާގެ އަގުތައް ހުރީ ދަށުގައިކަން ފާހަގަ ކުރެވެ އެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްތަކެތީގެ އަގުއިންފްލޭޝަން ރޭޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ތަކެތީގެ އަގުތައް ޑިސެމްބަރު މަހު ވެސް މައްޗަށް ޖެހިއްޖެ

އަސާސީ ތަކެތީގެ އަގުތައް ޑިސެމްބަރު މަހު ވެސް މައްޗަށް ޖެހިއްޖެ

10 ޖެނުއަރީ 2026
އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
މޭވާގެ ބާވަތްތަކުގެ އަގުތައް 10% މައްޗަށް ހިނގައްޖެ

މޭވާގެ ބާވަތްތަކުގެ އަގުތައް 10% މައްޗަށް ހިނގައްޖެ

05 ސެޕްޓެމްބަރު 2025
ތަކެތީ އަގު މެއި މަހު ވެސް އުފުލި ރައްޔިތުންނަށް އިތުރު ތަކުލީފު

ތަކެތީ އަގު މެއި މަހު ވެސް އުފުލި ރައްޔިތުންނަށް އިތުރު ތަކުލީފު

03 ޖުލައި 2025

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު