Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓު

ރިކޯޑު މިންވަރަކަށް މުދަލާއި ޚިދުމަތުގެ އަގުބޮޑުވުން، އެންމެ އަސާސީ ކަންކަމަށް ވެސް ރައްޔިތުން ދަނީ ސަލާންޖަހަމުން

3 ޖޫން 2026 | ބުދަ 09:51

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ އެޕްރީލް މަހު އިންފްލޭޝަން ރޭޓް 2.9 އިންސައްތަ މައްޗަށް ގޮސް، މުދަލާއި ޚިދުމަތުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފަ. ޚާއްޞަކޮށް ކަރަންޓާއި ފެނުގެ އިތުރުން ކާބޯތަކެތީގެ އަގުތައް ބޮޑުވުމުގެ ސަބަބުން އާންމު އާއިލާތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، މާލެއަށްވުރެ ބޮޑަށް އަތޮޅުތެރޭގެ ރަށްރަށުގައި ތަކެތީގެ އަގު ވަނީ އުފުލިފަ. އިގުތިސޯދީ ހާލަތު ރަނގަޅުވަމުންދާކަމަށް ސަރުކާރުން ބުނި ނަމަވެސް، ރަސްމީ ހިސާބުތަކުން ހާމަވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް އަތްނުފޯރާ ފަށަށް ގޮސްފައިވާ ކަން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 3 ޖޫން 2026 | ބުދަ 09:51
ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރު އައިފަހުން ރާއްޖޭގެ ވިޔަފާރިތައް ދައްވެ، ތަކެތީގެ އަގުތައް އުފުލި އާންމުރައްޔިތުން ދަނީ ނިކަމެތި ވަމުން

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރު އައިފަހުން ރާއްޖޭގެ ވިޔަފާރިތައް ދައްވެ، ތަކެތީގެ އަގުތައް އުފުލި އާންމުރައްޔިތުން ދަނީ ނިކަމެތި ވަމުން | ރާއްޖެއެމްވީ

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގެ އިގުތިސޯދީ ހާލަތު މިވަނީ ފަހުގެ ތާރީހެއްގައި ރައްޔިތުންނަށް އުފުލަންޖެހުނު އެންމެ ބޮޑު ތަކްލީފަށް ބަދަލުވެފަ އެވެ. މި ސަރުކާރުން ހުރިހާ ކަމެއް "އޯކޭ" ކަމަށް ދައްކަމުން ދިޔަ ނަމަވެސް ކޮންސިއުމާ ޕްރައިސް އިންޑެކްސްގެ ރިޕޯޓުތަކުން މި ގައުމުގެ ހާލަތު ރަނގަޅަށް ހާމަވެ އެވެ. ރައްޔިތުން ދިރިއުޅެމުންދާ ހަގީގީ ހާލަތު ސާފުވެ، ހާމަވެގެން ދެ އެވެ. އާންމު ރައްޔިތުން ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމަށް ކުރަންޖެހޭ ހޭދަ އިންތިހާއަށް ބޮޑުވެފައިވާކަން ސާފުވެ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މާޗު މަހާ އަޅާބަލާއިރު އެޕްރީލް މަހު އެކަނިވެސް މުދަލާއި ހިދުމަތުގެ އަގުތައް ވަނީ 4.18 އިންސައްތަ އުފުލިފަ އެވެ. އަދި ވޭތުވެދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު، އާންމު އިންފްލޭޝަން ރޭޓް ވަނީ 2.9 ޕަސެންޓު މައްޗަށް ގޮސްފަ އެވެ. މިއީ ދިވެހި އާއިލާތަކުން ކޮންމެ ދުވަހަކު ކުރަންޖެހޭ ހަރަދުތަކަށް އައި ބޮޑު ލޮޅުމެކެވެ. މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު މިހާ ބޮޑުވެގެންދިޔަ ފުރަތަމަ ފަހަރެވެ.

އެޕްރީލް މަހުގެ ތެރޭގައި އެންމެ ބޮޑަށް އަގުތައް އުފުލިފައިވަނީ އިންސާނަކަށް ދިރިއުޅުމަށްޓަކައި ކޮންމެހެން ބޭނުންވާ އަސާސީ ދާއިރާތަކުންނެވެ. އެގޮތުން ބޯހިޔާވަހިކަމާއި، ކަރަންޓާއި، ފެނާއި، ގޭސް ހިމެނޭ ޔުޓިލިޓީސްގެ ދާއިރާއިން އަގުތައް ވަނީ 17.29 ޕަސެންޓު މައްޗަށް ގޮސްފަ އެވެ. މީގެ ތެރެއިން ވެސް ގޭހުގެ އަގު މިދިޔަ އަހަރާ އަޅާބަލާއިރު 22 ޕަސެންޓު ބޮޑުވެފައިވެ އެވެ.

ކާބޯތަކެތީގެ ބާވަތްތަކަށް ބަލާއިރު، އާންމުކޮށް ބޭނުންކުރާ މަހުގެ އަގު 10 ޕަސެންޓު ބޮޑުވެފައިވާއިރު، ކޮފީ ފަދަ ތަކެތީގެ އަގު ވަނީ 18 ޕަސެންޓު މައްޗަށް ގޮސްފަ އެވެ. އެސެންޝަލް ކޮމޯޑިޓީ ޕްރައިސް އިންޑެކްސްއިން ދައްކާ ގޮތުގައި އަސާސީ ބާވަތްތަކުގެ އަގުތައް އެކަނިވެސް ވަނީ 5.77 ޕަސެންޓު ބޮޑުވެފަ އެވެ. މީގެ އިތުރުން، ރާއްޖޭގެ ބާޒާރުގައި ސިމެންތި ބަސްތާއެއްގެ އަގު 300 ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާއިރު، އެޕްރީލް މަހު އެކަނިވެސް ސިމެންތީގެ އަގު ވަނީ 17 ޕަސެންޓު އުފުލިފައެވެ. މިއީ އަމިއްލަ ބޯހިޔާވަހިކަމެއް ބިނާކުރަން މަސައްކަތްކުރާ ރައްޔިތުންނަށް ކުރިމަތިވި ބޮޑު ހުރަހެކެވެ.

އިގުތިސޯދީ މި ތާށިކަމުގެ އެންމެ ބޮޑު ހިތްދަތިކަމެއް ތަހައްމަލުކުރަން ޖެހިފައިވަނީ އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުންނަށެވެ. މާލެ ސަރަހައްދުގައި އަގުތައް އުފުލުނީ 3.24 ޕަސެންޓުން ކަމަށްވާއިރު، އަތޮޅުތެރޭގެ ރަށްރަށުގައި މުދަލާއި ހިދުމަތުގެ އަގު ވަނީ 5.56 ޕަސެންޓު އުފުލިފަ އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގެ ދަތުރުފަތުރުގެ ހަރަދު 8 ޕަސެންޓު ބޮޑުވުމެވެ.

ރަށްރަށަށް ބޭނުންވާ ކާބޯތަކެއްޗާއި ސިމެންތި ފަދަ ތަކެތި އުފުލުމުގެ ހަރަދު ބޮޑުވުމުން، ހުރިހާ ރަށެއްގެ ރައްޔިތުން ވެސް ތިބީ އަސާސީ ބޭނުންތަކަށް ސަލާންޖަހަންޖެހޭ ފަދަ ހާލަތެއްގަ އެވެ. ހަމައެއާއެކު، ރާއްޖޭގެ އިގުތިސޯދުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް މިކަމުގެ އަސަރު ދަނީ ކުރަމުންނެވެ. ބާޒާރުގައި ޑޮލަރު ތާށިވުމާއި، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ވިޔަފާރިތައް ހިންގުމުގެ ހަރަދު ބޮޑުވެ، ސިނާއަތަށް ވަނީ ނުތަނަވަސްކަން ވެރިވެފަ އެވެ.

ސަރުކާރުގެ އިދާރާތަކުން އިގުތިސޯދު ހަމައަކަށް އެޅެމުންދާ ކަމަށް ބުނަމުންދިޔަ ނަމަވެސް، ރަސްމީ ތަފާސްހިސާބުތަކުން ފެންނަން އޮތް ހަގީގަތަކީ ރައްޔިތުންގެ ޖީބަށް ނުކަތާ ވަރަށް ދިރިއުޅުމުގެ ހަރަދުތައް އުފުލި، ކިރިޔާ ފުރާނަ ހިފަހައްޓާލެވޭ ފަދަ ހާލަތަކަށް ކަންކަން ގޮސްފައިވާ ކަމެވެ. އަސާސީ މުދަލާއި ޔުޓިލިޓީސްގެ އަގުތައް ކޮންމެހެން ކޮންޓްރޯލްކުރަން ޖެހިފައިވާއިރު، ރަށްރަށަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަން މި ސީޕީއައި އިންޑެކްސް އިން އެކަނިވެސް ސާފުކޮށް ހާމަވެއެވެ.

އެންމެ ކުދިކުދި، އެންމެ އަސާސީ ކަންކަމަށް ވެސް ރައްޔިތުން ދަނީ ސަލާންޖަހަމުންނެވެ. ކިތަންމެ ވަރަކަށް ވެސް ރައްޔިތުންގެ އަޑު ކަނޑުވާލުމަށް މަސައްކަތް ކުރެވިދާނެ އެވެ. ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި، އިގްތިސާދު ކުރިއަރައި، ވިޔަފާރިތައް ވެސް ކުރިއަރަމުންދާ ކަމަށް ބުނެވި ދާނެ އެވެ. ނަމަވެސް ހަގީގަތް އޮޅުވާލުމަށް ކިތަންމެ މަސައްކަތެއް ކުރިއަސް، ރައްޔިތުން އުފުލަމުންދާ ތަކުލީފު، އެ ރައްޔިތުންނަކަށް އޮޅުވައެއް ނުލެވޭނެ އެވެ. ރައްޔިތުންގެ ހާލަތު "އޯކޭ" ކަމަށް ބުނެ މޮޅެތި ވާހަކަ ދެއްކުމަކީ ރައްޔިތުން އުޅެމުންދާ ހާލަތަށް މި ސަރުކާރުން ކުރާ މަލާމާތެކެވެ. 

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްތަކެތީގެ އަގުއިންފްލޭޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

08 މާރިޗު 2026

ފެބްރުއަރީ މަހު މާލޭގައި ކާބޯތަކެތީގެ އަގުތައް މައްޗަށް ހިނގައްޖެ

08 މާރިޗު 2026
ފެބްރުއަރީ މަހު މާލޭގައި ކާބޯތަކެތީގެ އަގުތައް މައްޗަށް ހިނގައްޖެ
18 ފެބުރުއަރީ 2026

ހުސްވި އަހަރު އިންފްލޭޝަން ރޭޓް 4 އިންސައްތަ އަށް ވުރެ މައްޗަށް ދިޔައިރު މާލެ އަށް ވުރެ ބޮޑަށް އަތޮޅުތެރޭގެ އަގުތައް އުފުލުނު

18 ފެބުރުއަރީ 2026
ހުސްވި އަހަރު އިންފްލޭޝަން ރޭޓް 4 އިންސައްތަ އަށް ވުރެ މައްޗަށް ދިޔައިރު މާލެ އަށް ވުރެ ބޮޑަށް އަތޮޅުތެރޭގެ އަގުތައް އުފުލުނު
10 ފެބުރުއަރީ 2026

ޖެނުއަރީ މަހު މާލޭގައި އަސާސީ މުދަލުގެ އަގު މައްޗަށް ޖެހިއްޖެ

10 ފެބުރުއަރީ 2026
ޖެނުއަރީ މަހު މާލޭގައި އަސާސީ މުދަލުގެ އަގު މައްޗަށް ޖެހިއްޖެ
28 ޖެނުއަރީ 2026

ތަކެތީގެ އަގު ޑިސެމްބަރު މަހު ވެސް ދިޔައީ މައްޗަށް

28 ޖެނުއަރީ 2026
ތަކެތީގެ އަގު ޑިސެމްބަރު މަހު ވެސް ދިޔައީ މައްޗަށް
10 ޖެނުއަރީ 2026

އަސާސީ ތަކެތީގެ އަގުތައް ޑިސެމްބަރު މަހު ވެސް މައްޗަށް ޖެހިއްޖެ

10 ޖެނުއަރީ 2026
އަސާސީ ތަކެތީގެ އަގުތައް ޑިސެމްބަރު މަހު ވެސް މައްޗަށް ޖެހިއްޖެ
05 ޖެނުއަރީ 2026

ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް

05 ޖެނުއަރީ 2026
ދުންފަތުގެ އަގުތަކަށް ކުއްލި ގޮތަކަށް ބޮޑު ކުރުމުން އިގްތިސާދަށް ކުރި އަސަރު އަހަރެއް ފަހުން ވެސް ދެމި އެބައޮތް
08 ޑިސެމްބަރު 2025

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!
07 ޑިސެމްބަރު 2025

ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ

07 ޑިސެމްބަރު 2025
ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ
17 ނޮވެމްބަރު 2025

އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި

17 ނޮވެމްބަރު 2025
އިންފްލޭޝަން ކުއްލިއަކަށް މައްޗަށް ހިނގައިދާނެތީ ތައްޔާރުވުމަށް އަޒީމާ ގޮވާލައްވައިފި
16 ނޮވެމްބަރު 2025

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

16 ނޮވެމްބަރު 2025
ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް