Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މުދަލުގެ އަގު

މެއި މަހު ރާއްޖޭގެ ޒަރޫރީ މުދަލުގެ އަގުތައް ވަނީ އުފުލިފައި

ކާބޯތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން 2026 ވަނަ އަހަރުގެ މެއި މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ މައްޗަށް ގޮސްފައި. މީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ އެއްގަމު މަހާއި، ތަރުކާރީ އަދި ކޮފީގެ ބާވަތްތަކުން ކަމަށްވާއިރު، ކައްކާ ގޭހުގެ އަގުވެސް ވަނީ އަހަރީ ނިސްބަތުން 14.54 އިންސައްތަ އިތުރުވެފައި.

ރާއްޖެ އެމްވީ | 4 ޖޫން 2026 | ބުރާސްފަތި 10:37
ފިހާރައެއްގެ ހަރުގަނޑެއްގައި އަތުރާފައި ހުރި ޔޯގަޓް ދަޅުތަކެއް.

ފިހާރައެއްގެ ހަރުގަނޑެއްގައި އަތުރާފައި ހުރި ޔޯގަޓް ދަޅުތަކެއް. | ގެޓީ އިމޭޖަސް

ދިވެހިރާއްޖޭގެ ތަފާސްހިސާބުތަކާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން 2026 ޖޫން 4 ވަނަ ދުވަހު އާންމުކުރި ރަސްމީ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މެއި މަހު ރާއްޖޭގެ ޒަރޫރީ މުދަލުގެ އަގުތައް ވަނީ އުފުލިފައެވެ.

މިއާއެކު 2026 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހު މުދަލުގެ އަގުތައް ނުވަތަ އިންފްލޭޝަން ރޭޓް ވަނީ 1.14 އިންސައްތަ އިތުރުވެފައެވެ. އަދި 2025 ވަނަ އަހަރުގެ މެއި މަހާ އަޅާބަލާއިރު 2026 ވަނަ އަހަރުގެ މެއި މަހު އަހަރީ އިންފްލޭޝަން ރޭޓް ވަނީ 6.35 އިންސައްތަ މައްޗަށް ގޮސްފައެވެ.

ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތަކަށް ބަލާއިރު، ކާބޯތަކެތީގެ އަގު ވަނީ 1.59 އިންސައްތަ އުފުލިފައެވެ. މިއީ މައިގަނޑު ގޮތެއްގައި އެއްގަމު މަހުގެ އަގު 6.68 އިންސައްތަ އަދި ތަރުކާރީގެ އަގު 3.09 އިންސައްތަ މައްޗަށް ދިއުމާ ގުޅިގެން އައި ބަދަލެކެވެ. ނަމަވެސް ކައްކާ ތެލާއި ސަރުބީގެ ބާވަތްތަކުގެ އަގު 0.40 އިންސައްތަ އަދި ހަކުރާއި، ޖޭމާއި، މާމުޔާއި، ޗޮކްލެޓް ފަދަ ފޮނިކާތަކެތީގެ އަގު ވަނީ 0.35 އިންސައްތަ ދަށަށް ގޮސްފައެވެ.

އަހަރީ ނިސްބަތުން ބަލާއިރު ކާބޯތަކެތީގެ އަގު ވަނީ 6.37 އިންސައްތަ އުފުލިފައެވެ. މީގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ އެއްގަމު މަހުން (22.61 އިންސައްތަ)، ހަކުރާއި ފޮނިކާތަކެތިން (10.41 އިންސައްތަ)، ކިރާއި ކިރުގެ ބާވަތްތަކުން (8.48 އިންސައްތަ) އަދި ކައްކާ ތެލާއި ސަރުބީގެ ބާވަތްތަކުން (8.10 އިންސައްތަ) އެވެ. ބުއިންތަކުގެ އަގު މަހުން މަހަށް 0.06 އިންސައްތަ މައްޗަށް ގޮސްފައިވާއިރު، މީގެ ތެރޭގައި ކޮފީގެ ބާވަތްތަކުގެ އަގު 0.92 އިންސައްތަ އުފުލި، މޭވާ އާއި ތަރުކާރީ ޖޫހުގެ އަގު ވަނީ 0.86 އިންސައްތަ ދަށަށް ގޮސްފައެވެ. އަހަރީ ގޮތުން ބަލާއިރު ބުއިންތަކުގެ އަގު 5.08 އިންސައްތަ މައްޗަށް ގޮސްފައިވަނީ ކޮފީގެ ބާވަތްތަކުގެ އަގު 18.58 އިންސައްތަ އަދި ސައިގެ ބާވަތްތަކުގެ އަގު 4.59 އިންސައްތަ އުފުލުމާ ގުޅިގެންނެވެ.

ކައްކާ ގޭހާއި އެހެނިހެން ފިއުލް ނުވަތަ އިންދަނަުގެ ބާވަތްތަކުގެ އަގަށް 2026 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު މެއި މަހު އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. ނަމަވެސް ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މި ބާވަތްތަކުގެ އަގު ވަނީ 14.54 އިންސައްތަ އުފުލިފައެވެ. މީގެ އިތުރުން، އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތީގެ އަގު މަހުން މަހަށް 0.17 އިންސައްތަ ދަށަށް ދިޔަ ނަމަވެސް، އަހަރީ ނިސްބަތުން ބަލާއިރު މިފަދަ ތަކެތީގެ އަގު ވަނީ 3.10 އިންސައްތަ މައްޗަށް ގޮސްފައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިންފްލޭޝަންސީޕީއައި

އިތުރަށް ކިޔާލަން

03 ޖޫން 2026

ރިކޯޑު މިންވަރަކަށް މުދަލާއި ޚިދުމަތުގެ އަގުބޮޑުވުން، އެންމެ އަސާސީ ކަންކަމަށް ވެސް ރައްޔިތުން ދަނީ ސަލާންޖަހަމުން

03 ޖޫން 2026
ރިކޯޑު މިންވަރަކަށް މުދަލާއި ޚިދުމަތުގެ އަގުބޮޑުވުން، އެންމެ އަސާސީ ކަންކަމަށް ވެސް ރައްޔިތުން ދަނީ ސަލާންޖަހަމުން
08 މާރިޗު 2026

ފެބްރުއަރީ މަހު މާލޭގައި ކާބޯތަކެތީގެ އަގުތައް މައްޗަށް ހިނގައްޖެ

08 މާރިޗު 2026
ފެބްރުއަރީ މަހު މާލޭގައި ކާބޯތަކެތީގެ އަގުތައް މައްޗަށް ހިނގައްޖެ
18 ފެބުރުއަރީ 2026

ހުސްވި އަހަރު އިންފްލޭޝަން ރޭޓް 4 އިންސައްތަ އަށް ވުރެ މައްޗަށް ދިޔައިރު މާލެ އަށް ވުރެ ބޮޑަށް އަތޮޅުތެރޭގެ އަގުތައް އުފުލުނު

18 ފެބުރުއަރީ 2026
ހުސްވި އަހަރު އިންފްލޭޝަން ރޭޓް 4 އިންސައްތަ އަށް ވުރެ މައްޗަށް ދިޔައިރު މާލެ އަށް ވުރެ ބޮޑަށް އަތޮޅުތެރޭގެ އަގުތައް އުފުލުނު
10 ފެބުރުއަރީ 2026

ޖެނުއަރީ މަހު މާލޭގައި އަސާސީ މުދަލުގެ އަގު މައްޗަށް ޖެހިއްޖެ

10 ފެބުރުއަރީ 2026
ޖެނުއަރީ މަހު މާލޭގައި އަސާސީ މުދަލުގެ އަގު މައްޗަށް ޖެހިއްޖެ
28 ޖެނުއަރީ 2026

ތަކެތީގެ އަގު ޑިސެމްބަރު މަހު ވެސް ދިޔައީ މައްޗަށް

28 ޖެނުއަރީ 2026
ތަކެތީގެ އަގު ޑިސެމްބަރު މަހު ވެސް ދިޔައީ މައްޗަށް
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު