Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ތަކެތީގެ އަގު

އަސާސީ ތަކެތީގެ އަގުތައް ޑިސެމްބަރު މަހު ވެސް މައްޗަށް ޖެހިއްޖެ

2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލޭގައި އަސާސީ މުދަލުގެ އަގުތައް 0.95 އިންސައްތަ މައްޗަށް ގޮސްފައިވޭ. ކާބޯތަކެތީގެ އަގުތައް 0.43 އިންސައްތަ އުފުލިފައިވާއިރު، ސާފުތާހިރުވުމަށް ބޭނުންކުރާ ތަކެތީގެ އަގު 4.48 އިންސައްތަ މައްޗަށް ގޮސްފައިވޭ. ތަރުކާރީގެ އަގުތައް 5.05 އިންސައްތަ އަދި ލުއި ބުއިންތަކުގެ އަގު 2.45 އިންސައްތަ އުފުލިފައިވޭ.

ރާއްޖެ އެމްވީ | 10 ޖެނުއަރީ 2026 | ހޮނިހިރު 14:50
ތަރުކާރީގެ އަގުތައް ވެސް ވަނީ މައްޗަށް ގޮސްފައި

ތަރުކާރީގެ އަގުތައް ވެސް ވަނީ މައްޗަށް ގޮސްފައި | ގެޓީ އިމޭޖަސް

2025 ވަނަ އަހަރުގެ ނޮވެމްބަރު މަހާ އަޅާބަލާއިރު ޑިސެމްބަރު މަހު މާލޭގައި އާންމުކޮށް ބޭނުންކުރާ އަސާސީ މުދަލުގެ އަގުތައް އުފުލިއްޖެ އެވެ.

އެގޮތުން، އަސާސީ މުދަލުގެ އަގުތައް ހުންނަ ނިސްބަތް ދައްކައިދޭ "އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް" (އީ.ސީ.ޕީ.އައި) ވަނީ 0.51 އިންސައްތަ އަށް މައްޗަށް ގޮސްފަ އެވެ.

Advertisement - businessAdvertisement

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ހުސްވި ޑިސެމްބަރު މަހު މުދަލުގެ އަގުތައް ވަނީ 0.95 އިންސައްތަ މައްޗަށް ގޮސްފަ އެވެ. 

ވަކިވަކި ދާއިރާތަކަށް ބަލާއިރު ފާހަގަ ކުރެވޭ ގޮތުގައި ކާބޯތަކެތީގެ އަގުތައް 0.68 އިންސައްތަ އަށް ވަނީ މައްޗަށް ގޮސްފަ އެވެ. ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން ތަރުކާރީގެ އަގުތައް 5.05 އިންސައްތަ އުފުލިފައިވާއިރު، ކިރާއި، ބިހާއި، ކިރުގެ އުފެއްދުންތަކުގެ އަގު ވަނީ 1.12 އިންސައްތަ މައްޗަށް ގޮސްފައެވެ. މީގެ އިތުރުން ހަކުރާއި، ޖޭމާއި މާމުއި އަދި ޗޮކްލެޓް ފަދަ ބާވަތްތަކުގެ އަގު 1.07 އިންސައްތަ ވަނީ އުފުލިފަ އެވެ. 

އަހަރީ ގޮތުން ބަލާއިރު، ޑިސެމްބަރު މަހު ކާބޯތަކެތީގެ އަގު ވަނީ ކުރީ އަހަރާ އަޅާބަލާއިރު 0.43 އިންސައްތަ އިތުރުވެފަ އެވެ. އަހަރުން އަހަރަށް ބަލާއިރު އެންމެ ބޮޑަށް މައްޗަށް ޖެހިފައިވަނީ ހަކުރާއި ފޮނިކާތަކެތީގެ ބާވަތްތަކާއި، ތެލާއި ފެޓްސްގެ ބާވަތްތަކުންނެވެ. 

ސާފުތާހިރުވުމަށް ބޭނުންކުރާ ތަކެތީގެ އަގު މަހުން މަހަށް ބަލާއިރު 0.39 އިންސައްތަ އުފުލިފައިވާއިރު، އަހަރުން އަހަރަށް ބަލާއިރު މި ބާވަތްތަކުގެ އަގު ވަނީ 4.48 އިންސައްތަ މައްޗަށް ގޮސްފަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު އަގު އެންމެ ބޮޑަށް އުފުލުނު ބާވަތެވެ. ކޮފީ އާއި ސައިގެ ބާވަތްތަކުގެ އަގުތައް ވެސް ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މައްޗަށް ގޮސްފައިވާ އިރު ލުއި ބުއިންތަކުގެ އަގު ހުސްވި އަހަރާ އަޅާ ބަލާއިރު މިއަހަރުގެ ޑިސެމްބަރު މަހު 2.45 އިންސައްތަ މައްޗަށް ގޮސްފައެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްކޮމޯޑިޓީސް ޕްރައިސް އިންޑެކްސް

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

ހުސްވި އަހަރާ އަޅާ ބަލާއިރު އޮކްޓޯބަރު ނިމުނު އިރު ތަކެތީގެ އަގުތައް ފާހަގަ ކުރެވޭ މިންވަރަށް މައްޗަށް ހިނގައްޖެ

16 ނޮވެމްބަރު 2025
މޭވާގެ ބާވަތްތަކުގެ އަގުތައް 10% މައްޗަށް ހިނގައްޖެ

މޭވާގެ ބާވަތްތަކުގެ އަގުތައް 10% މައްޗަށް ހިނގައްޖެ

05 ސެޕްޓެމްބަރު 2025
ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

ފަސް ރުފިޔާގެ ޕޮލިމާ ނޫޓު މިމަހުގެ 10 ވަނަ ދުވަހުގައި ނެރެނީ

09 މެއި 2017
މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

14 އެޕްރީލު 2017
ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

ފެބްރުއަރީ މަހު ދެ ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

31 މާރިޗު 2017

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު