Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތެލުގެ އަގު

ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ

8 ޖުލައި 2026 | ބުދަ 09:50

އީރާނާއެކު ވެފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހަ އިންސައްތަ އުފުލިއްޖެ. މި ނިންމުމާއެކު ހިއްސާގެ ބާޒާރު ދަށަށް ގޮސްފައިވާއިރު، އީރާނަށް ތެޔޮ ވިއްކުމަށް އެމެރިކާއިން ދީފައިވާ ލުއިތައް ވެސް މިހާރު ވަނީ ބާތިލުކޮށްފައި.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 09:50
ޕެޓްރޯލް ޝެޑަކުން މީހަކު ކާރަށް ޕެޓްރޯލް އަޅަނީ

ޕެޓްރޯލް ޝެޑަކުން މީހަކު ކާރަށް ޕެޓްރޯލް އަޅަނީ | ގެޓީ އިމޭޖަސް

އީރާނާއެކު ގާއިމުކޮށްފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން "ނިމުމަކަށް އަތުވެއްޖެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ތެލުގެ އަގު ހަ އިންސައްތައަށް އުފުލިއްޖެ އެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ރޭގެ ވަގުތެއްގައި ހަމަލާތަކެއް ބަދަލުކުރުމާ ގުޅިގެން، ދެ ގައުމުގެ ދެމެދުގައި އޮތް ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ބިންގާ ކަމަށްވާ ފަހުމުނާމާ މިހާރު ބާތިލުވެފައިވާ ކަމަށް ރައީސް ޓްރަމްޕް ވިދާޅުވުމާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ހިއްސާގެ ބާޒާރު ވަނީ ދަށަށް ގޮސްފަ އެވެ.

ރައީސް ޓްރަމްޕް މި މޭރުމުން ވާހަކަފުޅު ދެއްކެވީ ތުރުކީގެ އަންކާރާގައި މިހާރު ކުރިއަށްދާ ނޭޓޯގެ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކުރިއެރުންތަކާއެކު ބްރެންޓް ކްރޫޑް ތެޔޮ ފީފާއެއްގެ އަގު ހަ އިންސައްތަ އުފުލި 78 ޑޮލަރަށް އަރާފައިވާއިރު، ޔޫރަޕްގެ ހިއްސާގެ ބާޒާރު ވަނީ އެއް ދުވަސް ތެރޭގައި 1.6 އިންސައްތަ ދަށަށް ގޮސްފަ އެވެ. މީގެ އިތުރުން، އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލުމުގެ ބިރު ބޮޑުވުމާ ގުޅިގެން އިންވެސްޓަރުން ސަމާލުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާ ޑޮލަރުގެ އަގު މައްޗަށް ގޮސް، ސަރުކާރުގެ ބޮންޑުތަކުން ލިބޭ މަންފާ ވަނީ މަތިވެފަ އެވެ.

އީރާނާއެކު ވެފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން "ނިމިއްޖެ" ކަމަށް ވިދާޅުވަމުން ރައީސް ޑޮނަލްޑް ޓްރަމްޕް އިތުރަށް ވިދާޅުވީ، ތެހެރާނާއެކު މުއާމަލާތް ކުރުމަކީ "ވަގުތު ބޭކާރުކުރުން" ކަމަށެވެ.

ރައީސް ޓްރަމްޕް މިހެން ވިދާޅުވެފައި މިވަނީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ގަތަރާއި ސައުދީ އަރަބިއްޔާގެ ތެޔޮ ޓޭންކަރުތައް ހިމެނޭހެން ތިން އުޅަނދަކަށް ދިން ހަމަލާތަކާ ގުޅިގެން، އީރާނަށް އަމާޒުކޮށް "ބާރުގަދަ ހަމަލާތަކެއް" ދީފައިވާނެ ކަމަށް އެމެރިކާއިން ބުނެފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން، ޖޫން 17 ވަނަ ދުވަހު ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ސޮއިކުރި ވަގުތީ ސުލްހައިގެ އެއްބަސްވުމުގެ ދަށުން، އީރާނަށް ތެޔޮ ވިއްކުމުގެ ހުއްދަ ދިނުމަށް އެމެރިކާއިން ދޫކޮށްފައިވާ ލުއިތައް (ވޭވަރ) ވެސް މިހާރު ވަނީ ބާތިލުކޮށްފަ އެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްނޭޓޯގެ ބައްދަލުވުންތެލުގެ އަގު

އިތުރަށް ކިޔާލަން

08 ޖުލައި 2026

ޑެންމާކުގެ ރައްދު އެމެރިކާ އަށް - ގައުމުގެ ސަރަހައްދުގެ ކޮންމެ އިންޗެއް ދިފާއުކުރަން ތައްޔާރު

08 ޖުލައި 2026
ޑެންމާކުގެ ރައްދު އެމެރިކާ އަށް - ގައުމުގެ ސަރަހައްދުގެ ކޮންމެ އިންޗެއް ދިފާއުކުރަން ތައްޔާރު
08 ޖުލައި 2026

ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި

08 ޖުލައި 2026
ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި
08 ޖުލައި 2026

ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ

08 ޖުލައި 2026
ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ
08 ޖުލައި 2026

އީރާން-އެމެރިކާ ހަމަނުޖެހުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ

08 ޖުލައި 2026
އީރާން-އެމެރިކާ ހަމަނުޖެހުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ
08 ޖުލައި 2026

ޓްރަމްޕް ގެ އިންޒާރުތަކާ އެކު ނޭޓޯ ސަމިޓް ފަށައިފި

08 ޖުލައި 2026
ޓްރަމްޕް ގެ އިންޒާރުތަކާ އެކު ނޭޓޯ ސަމިޓް ފަށައިފި
08 ޖުލައި 2026

ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް

08 ޖުލައި 2026
ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް
08 ޖުލައި 2026

އެމެރިކާ އިން އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމަށް ޣަލިބާފް ވިދާޅުވެއްޖެ

08 ޖުލައި 2026
އެމެރިކާ އިން އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމަށް ޣަލިބާފް ވިދާޅުވެއްޖެ
08 ޖުލައި 2026

އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި

08 ޖުލައި 2026
އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި
08 ޖުލައި 2026

ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން

08 ޖުލައި 2026
ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން
08 ޖުލައި 2026

އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް

08 ޖުލައި 2026
އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް