Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ

8 ޖުލައި 2026 | ބުދަ 08:59

އީރާނާއެކު ވެފައިވާ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށާއި އެ ގައުމާއެކު މުއާމަލާތް ކުރުމަކީ ވަގުތު ބޭކާރު ކުރުމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ. ނޭޓޯ ސަމިޓުގެ ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އީރާނުގެ ނުރައްކާތެރި ބަޔަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފައިވާކަން ހާމަކުރައްވާފައި.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 08:59

އަންކާރާގައި ހުންނަ ބެސްޓެޕޭ ރިޔާސީ ގަނޑުވަރުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް މާކް ރޫޓާ ބައްދަލުކުރައްވަނީ | ރޮއިޓާސް

އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމުމަކަށް އައިސްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. މީގެ އިތުރުން އީރާނާއެކު މުއާމަލާތް ކުރުމަކީ "ވަގުތު ބޭކާރު ކުރުމެއް" ކަމަށް ވެސް ރައީސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ތުރުކީވިލާތުގެ އަންކާރާގައި މިހާރު ކުރިއަށްދާ ނޭޓޯ ސަމިޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، އީރާނާއެކު ވެފައިވާ ފަހުމުނާމާ ނުވަތަ އެމްއޯޔޫ މިހާރު "ނިމުމަކަށް އައިސްފައިވާ" ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ތުރުކީގެ އަންކާރާގައި ބާއްވާ ނޭޓޯ ސަމިޓުގެ ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޓްރަމްޕް އިތުރަށް ވިދާޅުވީ، އީރާނަށް ނިސްބަތްވާ ނުރައްކާތެރި ބަޔަކަށް އަމާޒުކޮށް ރޭގެ ވަގުތެއްގައި އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

އީރާނުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޓްރަމްޕް ވިދާޅުވީ، އެއީ "ބަލިމަޑުކަމެއްގެ ތެރޭގައިވާ" ބައެއް ކަމަށާއި، އެމީހުންގެ ކިބައިގައި ގޯސް ކަންތައްތަކެއް އެބަހުރި ކަމަށެވެ.

އެމެރިކާގެ ރައީސް ވިދާޅުވީ، މަޝްވަރާތައް ކުރިއަށް ގެންދެވިދާނެ ކަމަށާއި އެހެން ނަމަވެސް އެއީ ވަގުތު ބޭކާރު ކުރުން ކަމުގަ އެވެ.

އީރާނުގެ ހުރްމުޒްގާން ޕްރޮވިންސަށާއި މަހްޝަހްރު ބަނދަރު ސިޓީއަށް ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އެމެރިކާގެ އަސްކަރީ 85 މަރުކަޒަކަށް އަމާޒުކޮށް ހަމަލާދީފައިވާނެ ކަމަށް އީރާނުން ބުނުމާ ގުޅިގެން، ބަހްރޭނާއި ކުވެއިތުގައި ވަނީ ނުރައްކަލުގެ ސައިރަން އަޅަން ފަށާފަ އެވެ.

ހުސްވި މަހު އެމެރިކާ އާއި އީރާނުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ 14 ސަޕްހާގެ ފަހުމުނާމާ އެއްގައި ސޮއިކޮށްފަ އެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްއަންކާރާނޭޓޯ

އިތުރަށް ކިޔާލަން

08 ޖުލައި 2026

އީރާން-އެމެރިކާ ހަމަނުޖެހުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ

08 ޖުލައި 2026
އީރާން-އެމެރިކާ ހަމަނުޖެހުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ
08 ޖުލައި 2026

ޓްރަމްޕް ގެ އިންޒާރުތަކާ އެކު ނޭޓޯ ސަމިޓް ފަށައިފި

08 ޖުލައި 2026
ޓްރަމްޕް ގެ އިންޒާރުތަކާ އެކު ނޭޓޯ ސަމިޓް ފަށައިފި
08 ޖުލައި 2026

ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް

08 ޖުލައި 2026
ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް
08 ޖުލައި 2026

އެމެރިކާ އިން އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމަށް ޣަލިބާފް ވިދާޅުވެއްޖެ

08 ޖުލައި 2026
އެމެރިކާ އިން އެއްބަސްވުމާ ޚިލާފު ވެފައިވާ ކަމަށް ޣަލިބާފް ވިދާޅުވެއްޖެ
08 ޖުލައި 2026

އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި

08 ޖުލައި 2026
އީރާނުގެ ތެލުގެ ސިނާއަތަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ގޮތުން ދިން ލުއިތައް އެމެރިކާ އިން އުވާލައިފި
08 ޖުލައި 2026

ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން

08 ޖުލައި 2026
ކުވެއިތާއި ބަހްރައިންގައި ހުރި އެމެރިކާގެ 85 ތަނަކަށް ހަމަލާ ދީފިން: އީރާން
08 ޖުލައި 2026

އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް

08 ޖުލައި 2026
އީރާން އަށް ހަމަލާ ދިނުމަށް ފަހު އެމެރިކާ އިން ބުނީ ބޮޑެތި ގެއްލުން ތަކެއް ލިބޭނެ ކަމަށް
07 ޖުލައި 2026

ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި

07 ޖުލައި 2026
ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި
07 ޖުލައި 2026

ތުރުކީއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލަނީ

07 ޖުލައި 2026
ތުރުކީއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލަނީ
07 ޖުލައި 2026

އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު

07 ޖުލައި 2026
އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް