Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އެމެރިކާއިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި

8 ޖުލައި 2026 | ބުދަ 21:20

ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ބުނެ، އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފި. މި ހަމަލާތަކާ ގުޅިގެން އީރާނުގެ ދެކުނުގެ ސިޓީތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާއިރު، އެ ގައުމުގެ އެއާ ޑިފެންސް ސިސްޓަމްތައް މިހާރު ވަނީ ހަރަކާތްތެރިވާން ފަށާފައި.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 21:20

އީރާނުގެ ޗާބަހާރު ބަނދަރަށް އެމެރިކާއިން ދިން ހަމަލާގެ މަންޒަރުތައް | ސްކްރީން އިމޭޖް

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ ވަގުތީ އެއްބަސްވުން މިހާރު "ނިމުމަކަށް އައިސްފައިވާ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް އާ ހަމަލާތަކެއް ދެމުންދާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުދަ ދުވަހު ބުނެފިއެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ މަގްސަދަކީ ހުރްމުޒް ކަނޑުއޮޅީގައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަމަށް އީރާނުން ކުރިމަތިކުރާ ނުރައްކާތައް ކުޑަކޮށް، އެ ގައުމުގެ އަސްކަރީ ގާބިލުކަން ދަށްކޮށްލުމެވެ.

"ބައިނަލްއަގުވާމީ މުހިންމު ކަނޑުގެ ސަރަހައްދެއްގައި މިނިވަންކަމާއެކު ދަތުރުކުރާ މުދާ އުފުލާ ބޯޓުފަހަރަށާއި އާންމު ފަޅުވެރިންނަށް އަމާޒުކޮށް، އެއްވެސް އުސޫލެއް ނެތި އީރާނުން ދާދިފަހުން ދީފައިވާ ހަމަލާތަކުގެ ޒިންމާ އެމެރިކާއިން އެ ގައުމު ލައްވައި އުފުލުވާނެ،" އެކްސްގައި ކުރި ޕޯސްޓެއްގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފައިވެ އެވެ.

އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އަބޫ މޫސާ ޖަޒީރާއިން މިހާރު ވަނީ ގޮވުންތަކުގެ އަޑު އިވިފައެވެ. މީގެ އިތުރުން އީރާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ސިރިކްގެ ތަހްރޫޔީ އަވަށާ ކައިރިންވެސް އިތުރު ތިން ގޮވުމެއްގެ އަޑު އިވިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެ އެވެ.

އީރާނުގެ ދައުލަތުގެ ބްރޯޑްކާސްޓަރު އައި.އާރް.އައި.ބީ އިން ބުނި ގޮތުގައި، އެ ގައުމުގެ ދެކުނުގެ ބަނދަރުމަތީ ސިޓީއަކުން އަށް ގޮވުމެއްގެ އަޑު އިވިފައިވާއިރު، މި ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ އެއާ ޑިފެންސް ސިސްޓަމްތައް ވަނީ ހަރަކާތްތެރިވާން ފަށާފަ އެވެ.

ޓްރަމްޕްގެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ބޭ އަދަބީ ބަސްތަކަށް ބޭ އަދަބީ ބަސްތަކުން ރައްދު ނުދެއްވާނެ ކަމަށާއި، ނަމަވެސް އީރާނުން ރައްދު ދޭނީ އެއްވެސް ބިރުވެރިކަމެއް ނެތި، ނުހަނު ކެރިގެން އަމަލީ ގޮތުން ކަމަށެވެ.

އީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްސެންޓްރަލް ކޮމާންޑްސްޓްރެއިޓް އޮފް ހޯރްމޫޒްހުރްމުޒް ކަނޑުއޮޅި

އިތުރަށް ކިޔާލަން

09 ޖުލައި 2026

ތެލުގެ އަގު އުފުލި، ފީފާއެއްގެ އަގު 78.80 ޑޮލަރަށް އަރައިފި

09 ޖުލައި 2026
ތެލުގެ އަގު އުފުލި، ފީފާއެއްގެ އަގު 78.80 ޑޮލަރަށް އަރައިފި
08 ޖުލައި 2026

އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި

08 ޖުލައި 2026
އެމެރިކާއިން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދު ހަމަލާއެއް ދޭނެ ކަމުގެ އިންޒާރު އީރާނުން ދީފި
08 ޖުލައި 2026

ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި

08 ޖުލައި 2026
ސަރަހައްދުގެ ކުދި ގައުމަތަކުން ސިޔާސީ ގޭމްބްލް ނުކުރުމަށް އީރާނުގެ ލީޑަރުގެ އިސް މުޝީރު އިންޒާރު ދީފި
08 ޖުލައި 2026

އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

08 ޖުލައި 2026
އީރާނަށް މިރޭވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
08 ޖުލައި 2026

ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ

08 ޖުލައި 2026
ގަލްފް ސަރަހައްދުގައި 6،000 ކަނޑުދަތުރުވެރިން ތާށިވެފައި އެބަތިބި: އައިއެމްއޯ
08 ޖުލައި 2026

ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ

08 ޖުލައި 2026
ތެލުގެ އަގު ހަ އިންސައްތަ އަށް އުފުލިއްޖެ
08 ޖުލައި 2026

ޑެންމާކުގެ ރައްދު އެމެރިކާ އަށް - ގައުމުގެ ސަރަހައްދުގެ ކޮންމެ އިންޗެއް ދިފާއުކުރަން ތައްޔާރު

08 ޖުލައި 2026
ޑެންމާކުގެ ރައްދު އެމެރިކާ އަށް - ގައުމުގެ ސަރަހައްދުގެ ކޮންމެ އިންޗެއް ދިފާއުކުރަން ތައްޔާރު
08 ޖުލައި 2026

ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި

08 ޖުލައި 2026
ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި
08 ޖުލައި 2026

ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ

08 ޖުލައި 2026
ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ
08 ޖުލައި 2026

އީރާން-އެމެރިކާ ހަމަނުޖެހުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ

08 ޖުލައި 2026
އީރާން-އެމެރިކާ ހަމަނުޖެހުމާއެކު ތެލުގެ އަގު ބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް