Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑެންމާކް

ޑެންމާކުގެ ރައްދު އެމެރިކާ އަށް - ގައުމުގެ ސަރަހައްދުގެ ކޮންމެ އިންޗެއް ދިފާއުކުރަން ތައްޔާރު

8 ޖުލައި 2026 | ބުދަ 09:12

ގްރީންލޭންޑަކީ އެމެރިކާގެ ބާރުގެ ދަށަށް ގެންދަންޖެހޭ ތަނެއް ކަމަށް ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، ވޮޝިންޓަނާއި ކޯޕަންހޭގަންގެ ގުޅުމަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައި. ގްރީންލޭންޑަކީ ވިއްކާލަން އޮތް ތަނެއް ނޫންކަން ތަކުރާރު ކުރައްވަމުން ޑެންމާކްގެ ބޮޑުވަޒީރު ވިދާޅުވީ، ނޭޓޯގެ ކޮންމެ އިންޗިއަކާއި އެ ގައުމުގެ ރަސްކަމުގެ ދަށުގައިވާ ހުރިހާ ސަރަހައްދެއް ދިފާއުކުރުމުގައި ދެގޮތެއްނުވެ ދެމިއޮންނާނެ ކަމަށް.

ރާއްޖެ އެމްވީ | 8 ޖުލައި 2026 | ބުދަ 09:12
ޑެންމާކުގެ ބޮޑުވަޒީރު މެޓޭ ފްރެޑްރިކްސަން

ޑެންމާކުގެ ބޮޑުވަޒީރު މެޓޭ ފްރެޑްރިކްސަން | ރޮއިޓާސް

ނޭޓޯގެ މެންބަރު ގައުމުތަކުގެ ސަރަހައްދުން ކޮންމެ އިންޗިއެއް ދިފާއުކުރުމަށް ޑެންމާކް އޮތީ ތައްޔާރަށް ކަމަށާއި، އޭގެ ތެރޭގައި ޑެންމާކްގެ ރަސްކަމުގެ ދަށުގައިވާ ސަރަހައްދުތައް ވެސް ހިމެނޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު މެޓޭ ފްރެޑްރިކްސަން ވިދާޅުވެއްޖެ އެވެ. ތުރުކީވިލާތުގެ އަންކާރާގައި ބުދަ ދުވަހު ވާހަކަދައްކަވަމުން ބޮޑުވަޒީރު މިހެން ވިދާޅުވީ، ގްރީންލޭންޑަކީ އެމެރިކާގެ ބާރުގެ ދަށުގައި އޮންނަންޖެހޭ ތަނެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ވިދާޅުވިތާ އެއްދުވަސް ފަހުންނެވެ.

ޑެންމާކްގެ ބާރުގެ ދަށުގައި އޮންނަ، އަމިއްލަ އިދާރީ ހިންގުމެއް އޮންނަ ގްރީންލޭންޑް އެމެރިކާގެ ދަށަށް ގެންދަންޖެހޭ ނުވަތަ އެތަން ކޮންޓްރޯލް ކުރަންޖެހޭ ކަމަށް ބުނެ ޓްރަމްޕް ދައްކަވާ ވާހަކަތަކުގެ ސަބަބުން، ވޮޝިންޓަނާއި ކޯޕަންހޭގަންގެ ގުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފަ އެވެ. ނޭޓޯ އުފެއްދުމުގައި އިސްކޮށް އުޅުނު މި ދެ ގައުމުގެ އިތުރުން، މި މައްސަލައިގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ ގުޅުމަށް ވެސް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މި މައްސަލަ މިހާރު ވަނީ ޑިޕްލޮމެޓިކް އަރާރުމަކަށް ބަދަލުވެފަ އެވެ.

ގްރީންލޭންޑަކީ ވިއްކާލަން އޮތް ތަނެއް ނޫންކަން ތަކުރާރު ކުރައްވަމުން ފްރެޑްރިކްސަން ވިދާޅުވީ، ނޭޓޯގެ ކޮންމެ އިންޗިއެއް ދިފާއުކުރުމަށް އެ ގައުމު އޮތީ ތައްޔާރަށް ކަމަށާއި، އޭގެ ތެރޭގައި ޑެންމާކްގެ އަމިއްލަ ސަރަހައްދުތައް ވެސް ހިމެނޭ ކަމަށެވެ. އަދި ޝައްކެއްވެސް ނެތް ގޮތުގައި ޑެންމާކްގެ ރަސްކަމުގެ ދަށުގައިވާ ހުރިހާ ސަރަހައްދެއް އެ ގައުމުން ދިފާއު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ބޮޑުވަޒީރު ވިދާޅުވީ، މީގެ އެތައް އަހަރެއް ކުރިން ނޭޓޯ އުފެއްދި އެންމެ ބޮޑު އެއް ސަބަބަކީ، މެންބަރު ގައުމުތަކުގެ ތެރެއިން އެއްވެސް ގައުމަކަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި، ހުރިހާ ގައުމުތަކުން އެކަތިގަނޑަކަށް ވެ އެ ގައުމެއްގެ ދިފާއުގައި ތެދުވުން ކަމަށެވެ.

ޑެންމާކްމެޓެ ފްރެޑެރިކްސަންގްރީންލޭންޑްޑޮނަލްޑް ޓްރަމްޕްއެމެރިކާ-ޑެންމާކްނޭޓޯ

އިތުރަށް ކިޔާލަން

08 ޖުލައި 2026

ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި

08 ޖުލައި 2026
ސްޕެއިނާއެކު ކުރާ ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއް ހުއްޓާލުމަށް ޑޮނަލްޑް ޓްރަމްޕް އަމުރުކުރައްވައިފި
08 ޖުލައި 2026

ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ

08 ޖުލައި 2026
ޓްރަމްޕް: އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިއްޖެ
08 ޖުލައި 2026

ޓްރަމްޕް ގެ އިންޒާރުތަކާ އެކު ނޭޓޯ ސަމިޓް ފަށައިފި

08 ޖުލައި 2026
ޓްރަމްޕް ގެ އިންޒާރުތަކާ އެކު ނޭޓޯ ސަމިޓް ފަށައިފި
08 ޖުލައި 2026

ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް

08 ޖުލައި 2026
ނޭޓޯ: އީރާނަށް އެމެރިކާއިން ދިން ހަމަލާތަކަކީ "ކޮންމެހެން މުހިންމު" ހަމަލާތަކެއް
07 ޖުލައި 2026

ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި

07 ޖުލައި 2026
ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި
07 ޖުލައި 2026

ތުރުކީއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލަނީ

07 ޖުލައި 2026
ތުރުކީއާ ދެކޮޅަށް އެމެރިކާ އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅު އުވާލަނީ
07 ޖުލައި 2026

އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު

07 ޖުލައި 2026
އެމެރިކާގެ އިންޒާރުތައް ކުރިއަށްދާނަމަ، ވޮޝިންޓަނާ ދެމެދު މަޝްވަރާތައް ފެށިގެން ނުދާނެ: އީރާނުގެ ޚާރިޖީ ވަޒީރު
06 ޖުލައި 2026

ރަޝިޔާގެ ބޯޓު އިނގިރޭސި މަނަވަރަށް ކައިރިވުމުން އިނގިރޭސި ފައިޓަރު ޖެޓުތަކުން ހުރަސްއަޅައިފި

06 ޖުލައި 2026
ރަޝިޔާގެ ބޯޓު އިނގިރޭސި މަނަވަރަށް ކައިރިވުމުން އިނގިރޭސި ފައިޓަރު ޖެޓުތަކުން ހުރަސްއަޅައިފި
06 ޖުލައި 2026

ބަލޯގަންގެ ރަތް ކާޑު ބާތިލުކުރުން - ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް!

06 ޖުލައި 2026
ބަލޯގަންގެ ރަތް ކާޑު ބާތިލުކުރުން - ޖަވާބު ނުލިބޭ ގިނަ ސުވާލުތަކެއް!
06 ޖުލައި 2026

ފީފާގެ އާއްމު އުސޫލާ ޚިލާފަށް ޓްރަމްޕްގެ އެދިވަޑައިގަތުމާ އެއްގޮތައް ފީފާއިން ބަލޯގަންގެ ސަސްޕެންޝަން އުވާލައިފި

06 ޖުލައި 2026
ފީފާގެ އާއްމު އުސޫލާ ޚިލާފަށް ޓްރަމްޕްގެ އެދިވަޑައިގަތުމާ އެއްގޮތައް ފީފާއިން ބަލޯގަންގެ ސަސްޕެންޝަން އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް