Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-އެމެރިކާ

ޓްރަމްޕް: އީރާނުން މަރާލަން ބޭނުންވާ މީހުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އަހަރެން

10 ޖުލައި 2026 | ހުކުރު 04:54

އީރާނުން ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން އުޅޭ ކަމުގެ އިންޒާރު އިސްރާއީލުން އެމެރިކާއަށް ދީފައިވާއިރު، އީރާނާއެކު އޮތް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ނިމިފައިވާ ކަމަށް ޓްރަމްޕް ވަނީ އިއުލާނުކުރައްވާފައި. އީރާނުން ވަނީ އެ ގައުމުގެ ކޮމާންޑަރު ގާސިމް ސުލައިމާނީ މަރާލި މައްސަލައިގައި ބަދަލުހިފާނެ ކަމަށް ތަކުރާރުކޮށް ބުނެފައި.

ރާއްޖެ އެމްވީ | 10 ޖުލައި 2026 | ހުކުރު 04:54
2026 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު ތެހެރާންގެ ގްރޭންޑް މުސައްލާގައި ބޭއްވި އީރާނުގެ އަވަހާރަކޮށްލާފައިވާ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތަށް އެއްވި މީހުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ބަދަލުހިފުމުގެ ޝުއޫރުތައް ލިޔެފައިވާ ބެނާއެއް ހިފައިގެން.

2026 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު ތެހެރާންގެ ގްރޭންޑް މުސައްލާގައި ބޭއްވި އީރާނުގެ އަވަހާރަކޮށްލާފައިވާ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތަށް އެއްވި މީހުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ބަދަލުހިފުމުގެ ޝުއޫރުތައް ލިޔެފައިވާ ބެނާއެއް ހިފައިގެން. | ގެޓީ އިމޭޖަސް

އީރާނުން އޭނާ އަވަހާރަކޮށްލަން މަސައްކަތް ކޮށްފާނެ ކަމަށާއި، އޭގެ ސަބަބުން އޭނާ "ދުނިޔޭގައި ނުހުރެދާނެ" ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަދައްކަވާފައި މިވަނީ، ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ގާއިމުކޮށްފައި އޮތް ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އުވި، ހުރްމުޒް ކަނޑުއޮޅި ސަރަހައްދުގައި އަލުން ކުރިމަތިލުންތައް ފެށިފައިވާ ދަނޑިވަޅެއްގަ އެވެ.

ތުރުކީގެ އަންކާރާގައި ބުދަ ދުވަހު ބޭއްވި ނޭޓޯ ސަމިޓުގައި ވާހަކަދައްކަވަމުން ޓްރަމްޕް މިހެން ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ ޓޭންކަރުތަކަކަށް އީރާނުން ހަމަލާދިން ކަމަށް ބުނެ، އޭގެ ބަދަލުހިފުމުގެ ގޮތުން އެމެރިކާއިން އީރާނުގެ އެތައް އަމާޒަކަށް ހަމަލާދީފައިވާ ދަނޑިވަޅެއްގަ އެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ތެހެރާނަށް ތުހުމަތުކުރަނީ އެއްވެސް އަސާސެއް ނެތް އުދުވާނީ ހަމަލާތަކެއް ދޭ ކަމަށެވެ. ނަމަވެސް އީރާނުގެ ސަރުކާރުގެ މަސްދަރުތަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ބުނެފައިވަނީ، އެއް ޓޭންކަރަކުން އީރާނުގެ އިންޒާރުތަކަށް ފަރުވާލެއް ނުބަހައްޓާ ކަމަށާއި، އެ ސަރަހައްދުން ކުރާ ހުރިހާ ދަތުރަކަށް އީރާނުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން ޓްރަމްޕް ވަނީ އީރާނުގެ ލީޑަރުންނަކީ "ނުލަފާ"، "ބަލިމަޑުކަމެއް ޖެހިފައިވާ" އަދި "މޮޔަ" ބައެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން މިހާރު "ނިމިފައިވާ" ކަމަށް އިއުލާނުކުރައްވައި، އީރާނާއެކު އިތުރަށް މަޝްވަރާ ކުރުމަކީ "ވަގުތު ބޭކާރުކުރުން" ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، އީރާނުގެ ލީޑަރުން އަވަހާރަކޮށްލުމަށް އެމެރިކާއިން އަދާކޮށްފައިވާ ދައުރަށް ވެސް ޓްރަމްޕް އެ ސަމިޓުގައި އިޝާރާތް ކުރެއްވި އެވެ. ޓްރަމްޕް ވިދާޅުވީ، "އެމީހުންގެ ލީޑަރުން ތިބި. އެމީހުން މިހާރު ނެތް. ދެން ތިބި ލީޑަރުން ވެސް މިހާރު ނެތް. މިހާރު ތިބީ އާ ލީޑަރުންތަކެއް. އެމީހުން ވެސް ނެތިގޮސްފާނެ،" ކަމަށެވެ.

އެމެރިކާގެ ރައީސް އިތުރަށް ވިދާޅުވީ، "އަހަރެން ވެސް ނެތިގޮސްދާނެ، ސަބަބަކީ އަހަރެންނަކީ އެމީހުންގެ އެންމެ ބޮޑު އަމާޒު،" ކަމަށެވެ. އަދި އެއީ އެމީހުން އަމަލުކުރާ ގޮތް ކަމަށާއި، އޭނާ ކުރައްވަމުން ގެންދަވަނީ "ގައުމަށް އެންމެ ރަނގަޅު ކަންތައް" ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

އީރާނުން އޭނާ އަވަހާރަކޮށްލަން ބޭނުންވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވަނީ

އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ވެސް ޓްރަމްޕް އަވަހާރަކޮށްލަން އީރާނުން ރާވަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން ތެހެރާނުގައި ދިރިއުޅޭ އަފްޣާނިސްތާނުގެ ރައްޔިތެއް ކަމަށްވާ ފަރުހާދު ޝާކިރީއާ، ޓްރަމްޕްގެ އިތުރުން އެމެރިކާގެ އެހެން ބައެއް ފަރާތްތަކާއި އިސްރާއީލުގެ ރައްޔިތުން މަރާލުމުގެ ރޭވުމެއް އެކުލަވާލުމަށް ހަވާލުކުރި ކަމަށް އެމެރިކާއިން ބުނެ އެވެ.

އެ ދުވަސްވަރު ތެހެރާނުން ވަނީ އެ ތުހުމަތުތަކަކީ "އެއްވެސް އަސާސެއް ނެތް" ވާހަކަތަކެއް ކަމަށް ބުނެ އެކަން ދޮގުކޮށްފަ އެވެ. އަދި އެއީ އެމެރިކާއާއި އީރާނާ ދެމެދު އޮތް މައްސަލަތައް އިތުރަށް ގޯސްކުރުމަށް "ޒަޔަނިސްޓުންނާއި އީރާނާ ދެކޮޅު ފަރާތްތަކުން ރާވައިގެން ހިންގާ ނުބައި ރޭވުމެއް" ކަމަށް ބުނެ އެކަން ކުށްވެރިކުރި އެވެ.

ނަމަވެސް، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު އެމެރިކާއިން ދިން ޑްރޯން ހަމަލާއެއްގައި އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ ޖެނެރަލް ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން، ޓްރަމްޕާއި އެމެރިކާގެ އެހެން އިސް އޮފިޝަލުންގެ ކިބައިން "ހަރުކަށި ބަދަލުހިފާނެ" ކަމަށް އީރާނުން ތަކުރާރުކޮށް ބުނަމުންދެ އެވެ.

ވޭތުވެދިޔަ މަދު އަހަރުތަކެއްގެ ތެރޭގައި ޓްރަމްޕް އަވަހާރަކޮށްލުމަށް އެތައް ފަހަރަކު ވަނީ މަސައްކަތް ކޮށްފަ އެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޖުލައި މަހު ޕެންސިލްވޭނިއާގެ ބަޓްލަރގައި ބޭއްވި ކެމްޕޭން ރެލީއެއްގައި ތޯމަސް މެތިއު ކްރޫކްސް ދިން ބަޑީގެ ހަމަލާއެއް ޓްރަމްޕްގެ ކަންފަތަށް ވަނީ އަރާފަ އެވެ. އެ ހަމަލާގައި ރެލީއަށް ގޮސް ހުރި މީހަކު މަރުވިއިރު، ހަމަލާދިން ކްރޫކްސް ވަނީ ސީކްރެޓް ސާވިސްގެ ސްނައިޕަރެއްގެ ހަމަލާއިން ބަޑިޖަހައި މަރާލާފަ އެވެ. އޭގެ ދެ މަސް ފަހުން، ފްލޮރިޑާގައި އޮންނަ ޓްރަމްޕްގެ ގޮލްފް ކޯސް ކައިރިން ބަޑިއަކާއެކު ފެނުނު މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. 

މީގެ އިތުރުން، 2026 ވަނަ އަހަރުގެ އޭޕްރީލް މަހު ވޮޝިންގޓަން ހިލްޓަން ހޮޓަލުގައި ބޭއްވި "ވައިޓް ހައުސް ކޮރެސްޕޮންޑެންޓްސް އެސޯސިއޭޝަން" ގެ ފަރިއްކޮޅުގެ ތެރޭގައި ބަޑީގެ ހަމަލާތަކެއް ދިނުމާ ގުޅިގެން، ޓްރަމްޕާއި އަނބިކަނބަލުން މެލަނިއާ ޓްރަމްޕް ވަނީ އަވަސްކަމާއެކު އެތަނުން ނެރެފަ އެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ ކޯލް ތޯމަސް އެލަންގެ މައްޗަށް ފަހުން ވަނީ ރައީސް އަވަހާރަކޮށްލަން އުޅުމުގެ ދައުވާ އުފުލާފަ އެވެ.

އެކަމަކު އެއިން އެއްވެސް ހާދިސާ އެއްގައި އީރާނާ ގުޅުން ހުރި މީހަކު ހައްޔަރުކޮށްފަ އެއް ނުވެ އެވެ. އަދި ތުހުމަތު ކޮށްފަ އެއް ވެސް ނުވެ އެވެ.

އަނެއްކޮޅުން އީރާނުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް އާ ރޭވުމެއް ރާވަމުންދާކަމުގެ ޖާސޫސީ މައުލޫމާތު އިސްރާއީލުން އެމެރިކާއާ ހިއްސާކޮށްފައިވާކަމަށް މިކަމުގެ މައުލޫމާތު ހުރި ދެ މަސްދަރަކުން ސީއެންއެން އަށް ކަށަވަރުކޮށްދީފި ކަމަށް ސީއެންއެން އިން ވަނީ ރިޕޯޓުކޮށްފަ އެވެ. 

މަސްދަރުތަކުން ބުނާ ގޮތުގައި މި އިންޒާރު ލިބިފައިވަނީ މި ހަފުތާގެ ތެރޭގަ އެވެ. އަދި ޓްރަމްޕް އަވަހާރަކޮށްލުމަށް ރާވަމުންދާ ރޭވުންތަކާ ގުޅޭ ޖާސޫސީ މައުލޫމާތު ފާއިތުވި ހަފުތާތަކުގައި އެމެރިކާއަށް މެދުނުކެނޑި ލިބެމުންދިޔަ ނަމަވެސް، އިސްރާއީލުން ދިން މި އިންޒާރަކީ މުޅިން އާ އަދި ވަކި ޚާއްސަ ރޭވުމަކާ ގުޅޭ މައުލޫމާތުތަކެއް ކަމަށް އެހެން މަސްދަރަކުން ބުނެފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓުކޮށްފައިވެ އެވެ.

އެމެރިކާގެ ބައެއް އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި، އިސްރާއީލުން މި ރިޕޯޓު ހުށަހަޅާފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާ އަސްކަރީ ފިޔަވަޅުތައް ވަރުގަދަކުރުމާ މެދު ރައީސް ޓްރަމްޕް ނިންމަވާ ނިންމެވުންތަކަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގަ އެވެ.

އިސްރާއީލުން އިންޒާރުދިން މި ރޭވުމުގެ ތަފްސީލުތައް އަދި މުޅިން ސާފެއް ނުވެ އެވެ. އަދި މިކަމުގެ މައުލޫމާތު ހުރި ދެ މަސްދަރަކުން ބުނި ގޮތުގައި، އިސްރާއީލުން މި މައުލޫމާތު ދިނުމުގެ ކުރިން އެމެރިކާއިން އެކަން އަމިއްލައަށް ތަހުގީގުކޮށް ނުވަތަ އެކަމަށް ފާރަވެރިވެފައެއް ނުވެ އެވެ. 

ވޯލް ސްޓްރީޓް ޖާނަލްއިން އެންމެ ފުރަތަމަ ރިޕޯޓުކުރި އިސްރާއީލުގެ މި އިންޒާރާ ގުޅޭގޮތުން ސީއެންއެން އިން ސުވާލުކުރުމުން، ވައިޓް ހައުސްއިން އިޝާރާތްކުރީ އީރާނުން އޭނާ އަވަހާރަކޮށްލަން ބޭނުންވާ ކަމަށް ވިދާޅުވެ ޓްރަމްޕް ދާދިފަހުން ދެއްވާފައިވާ ބަޔާންތަކަށެވެ.

ނިމިދިޔަ ހަފުތާ ބަންދުގައި، ހަނގުރާމަ ފެށުނުއިރު އަވަހާރަކޮށްލި އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ތެރޭގައި، އީރާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ޓްރަމްޕް އަވަހާރަކޮށްލުމަށް ގޮވާލާފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި 60 ދުވަހުގެ މުއްދަތު ހަމަވަމުންދާއިރު، ފާއިތުވި ދުވަސްތަކުގައި އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރަމުންދާ އިންޒާރުތަކާއި ހަމަލާތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.

އެމެރިކާގެ ޖާސޫސީ މައުލޫމާތު ހުރި ދެ މަސްދަރަކުން ސީއެންއެން އަށް ބުނި ގޮތުގައި، އެމެރިކާގެ މިހާރުގެ އަދި ކުރީގެ ބައެއް އިސް އޮފިޝަލުންނަށް އީރާނުން އަމާޒުކޮށްފާނެތީ ޖާސޫސީ އިދާރާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިސްރާއީލުގެ މި ރިޕޯޓަކީ އީރާނާ މެދު ޓްރަމްޕް ނިންމަވާ ނިންމެވުންތަކަށް ނުފޫޒު ފޯރުވުމަށް އިސްރާއީލުން ކުރަމުންދާ ފުޅާ މަސައްކަތުގެ ބައެއްގެ ގޮތުގައި ބެލެވޭ ކަމަށްވެސް އެ މަސްދަރުން ބުންޏެވެ. އަދި އިސްރާއީލުން ފޯރުކޮށްދޭ މިފަދަ މައުލޫމާތުތަކާ މެދު ޖާސޫސީ ދާއިރާގެ ބައެއް ފަރާތްތަކުން އަބަދުވެސް ޝައްކު އުފައްދާ ކަމަށްވެސް އެ ފަރާތުން ފާހަގަކުރި އެވެ.

އީރާނާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމަށް ޓްރަމްޕް ކުރައްވާ މަސައްކަތްތަކާ މެދު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވަރަށް ބޮޑަށް ދެކޮޅުހައްދަވާފަ އެވެ. 

ޑޮނަލްޑް ޓްރަމްޕްއީރާން-އެމެރިކާ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

10 ޖުލައި 2026

އުރުދުންގެ އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިވެފައި: އީރާން

10 ޖުލައި 2026
އުރުދުންގެ އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިވެފައި: އީރާން
10 ޖުލައި 2026

އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި

10 ޖުލައި 2026
އެތައް މިލިއަން މީހުން އެންމެ ފަހުގެ އިހުތިރާމު އަދާކުރުމާއެކު އީރާނުގެ ކުރީގެ ލީޑަރު އާޔަތުﷲ ޚާމަނާއީ ފަސްދާނުލައިފި
10 ޖުލައި 2026

އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް

10 ޖުލައި 2026
އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބުރާސްފަތި ދުވަހުގެ ރޭ ވަރުގަދަ ހަމަލާތަކެއްދީފި، އެމެރިކާ އިން ބުނަނީ ހަމަލާ ދިނުމުގައި ބައިވެރިނުވާ ކަމަށް
09 ޖުލައި 2026

އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ

09 ޖުލައި 2026
އެމެރިކާ އިން ހަމަލާ ދިން ތަންތަނުގެ ތެރޭގައި އީރާނުން ހުރްމުޒް ކަނޑުއޮޅި ކޮންޓްރޯލް ކުރާ ވަސީލަތްތައް ހިމެނޭ
09 ޖުލައި 2026

އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން

09 ޖުލައި 2026
އީރާނުގެ ބަސް: އެމެރިކާ އިން ބިރުދައްކައިގެން ހުރްމުޒް ކަނޑުއޮޅި ނުހުޅުވާނަން
09 ޖުލައި 2026

އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް

09 ޖުލައި 2026
އީރާން އިން ގުޅައިފި، އެ ޤައުމުން ބޭނުން ވަނީ އެއްބަސްވުމަކަށް އަންނަން: ޓްރަމްޕް
09 ޖުލައި 2026

ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި

09 ޖުލައި 2026
ނޭޓޯގެ ސެކްރެޓަރީ ޖެނަރަލް ރުޓޭގެ ވާހަކަ ތަކަށް އީރާން އިން ވަރުގަދަ ރައްދެއް ދީފި
09 ޖުލައި 2026

އީރާންގެ 90 އަށް ވުރެ ގިނަ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި

09 ޖުލައި 2026
އީރާންގެ 90 އަށް ވުރެ ގިނަ އަސްކަރީ އަމާޒު ތަކަށް ހަމަލާ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފި
09 ޖުލައި 2026

ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން

09 ޖުލައި 2026
ތިން ޤައުމެއްގައި ހުރި އެމެރިކާގެ އަސްކަރީ ވަސީލަތް ތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފިން: އީރާން
09 ޖުލައި 2026

އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ

09 ޖުލައި 2026
އެމެރިކާ އިން އީރާންގެ އަހްވާޒް އަށް ދިން ހަމަލާގައި ތިން މީހަކު ޝަހީދުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް