Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިމަބިހި

49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި

9 ޖުލައި 2026 | ބުރާސްފަތި 12:52

ހިމަބިހި ކޮންޓްރޯލް ކުރުމަށް ކުރިއަށްގެންދާ ވެކްސިން ޕްރޮގްރާމުގެ ދަށުން، 49 އަހަރުން ދަށުގެ މީހުންނަށް މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުން މިހާރު ހިލޭ ވެކްސިން ޖެހޭނެ އިންތިޒާމު އެޗްޕީއޭއިން ވަނީ ހަމަޖައްސާފަ. މި ބަލި ޖެހުނު މީހުންގެ އަދަދު 121 އަށް އަރާފައިވާއިރު، ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުވާ ފަރާތްތަކުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އެ އެޖެންސީން އިލްތިމާސްކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 9 ޖުލައި 2026 | ބުރާސްފަތި 12:52
49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި (އެމްއާރު) ވެކްސިން ދޭން ފަށައިފި.

49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި (އެމްއާރު) ވެކްސިން ދޭން ފަށައިފި. | ރާއްޖެއެމްވީ

49 އަހަރުން ދަށުގެ ހިމަބިހި ވެކްސިން ދެ ޑޯސް ފުރިހަމަވެފައި ނުވާ ފަރާތްތަކަށް ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބުދަ ދުވަހު އެޗްޕީއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ މާލެ އަދި އަތޮޅު ތެރޭގައި އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެމްއާރު ވެކްސިން ދިނުމުގެ ޕްރޮގުރާމްގެ ތިންވަނަ ފޭސްގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ 49 އަހަރުގެ ދަށުގެ ވެކްސިން ދެ ޑޯޒް ފުރިހަމަވެފައި ނުވާ ފަރާތްތަކަށް ކަމަށެވެ.

ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދީފައި ވަނީ ސިއްހީ ޚިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށެވެ. މި އުމުރު ފުރާއަށް ވެކްސިން ދީފައި ވަނީ 28 ޖޫން އިން ފެށިގެން 30 ޖޫން އަށް ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.

އެމްއާރު ވެކްސިންއަކީ ހުރިހާ ހޮސްޕިޓަލަކުން ހިލޭ ޖެހޭ ވެކްސިނެއް ކަމަށާއި ޕްރައިވެޓް ހޮސްޕިޓަލްތަކުގެ ތެރެއިން އޭޑީކޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުން ވެސް މި ވެކްސިން ހިލޭ ޖެހޭނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

އެގޮތުން ޔޫޕީއެޗްސީސީގައި އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ ހެނދުނު 8:30ން މެންދުރު 12:00ށް، ހުޅުމާލެ ހޮސްޕިޓަލްގައި އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުގެ ހެނދުނު 9:00ން 11:00ށް އަދި ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ އިތުރުން ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:00ން 3:00ށް ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެ އެވެ. އަދި ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ 10:00ން މެންދުރު 2:00ށް މި ޚިދުމަތްދޭއިރު، ވިލިމާލެ ހޮސްޕިޓަލްގައި އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30ން 3:30ށް ވެކްސިންގެ ޚިދުމަތް ދޭނެ އެވެ.  މީގެއިތުރުން އޭޑީކޭ ހޮސްޕިޓަލްގައި އާދިއްތަ ދުވަހުން ބުދަ ދުވަހުގެ ހަވީރު 4:00ން 5:00ށް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައި ހެނދުނު 8:30ން 10:00ށް ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެ އެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި  މިހާތަނަށް މާލެ ސަރަހައްދުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 121 އަށް އަރާފަ އެވެ. މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށާއި، އޭގެ ތެރޭގައި ވެސް އެންމެ ގިނައީ 18 އަހަރުން މަތީގެ މީހުންކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފަ އެވެ.

ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށެވެ.

ހިމަބިހިއެމްއާރް ވެކްސިންއެޗްޕީއޭ

އިތުރަށް ކިޔާލަން

08 ޖުލައި 2026

ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި

08 ޖުލައި 2026
ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި
08 ޖުލައި 2026

މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި

08 ޖުލައި 2026
މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި
05 ޖުލައި 2026

އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

05 ޖުލައި 2026
އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
28 ޖޫން 2026

މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި

28 ޖޫން 2026
މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި
23 ޖޫން 2026

ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް

23 ޖޫން 2026
ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް
16 ޖޫން 2026

ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ

16 ޖޫން 2026
ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ
13 ޖޫން 2026

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހީގެ ވެކްސިނާއި މެޑިކަލް ސާމާނު ރަސްމީކޮށް ހަވާލުކޮށްފި

13 ޖޫން 2026
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހީގެ ވެކްސިނާއި މެޑިކަލް ސާމާނު ރަސްމީކޮށް ހަވާލުކޮށްފި
12 ޖޫން 2026

އިންޑިއާއިން ރާއްޖެއަށް 20،000 ޑޯސްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި

12 ޖޫން 2026
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯސްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
09 ޖޫން 2026

ހިމަބިހީގެ އިތުރު 4 ކޭސް ފެނިއްޖެ، ޖުމްލަ އަދަދު 15 އަށް އަރައިފި: އެޗްޕީއޭ

09 ޖޫން 2026
ހިމަބިހީގެ އިތުރު 4 ކޭސް ފެނިއްޖެ، ޖުމްލަ އަދަދު 15 އަށް އަރައިފި: އެޗްޕީއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް