Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިމަބިހި ކޭސް އިތުރުވުން

ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ

މާލެ ސަރަހައްދުން ފެނުނު ފަސް ކޭސްއާއެކު މި އަހަރު ހިމަބިހި ޖެހުނު މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިންނެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ދަނީ ކޮންޓެކްޓުންނާއި ސިއްހީ ހިދުމަތްތެރިންނަށް ވެކްސިން ދިނުމުގެ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހެންކަމުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް އެ އެޖެންސީން އިލްތިމާސްކުރެއެވެ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 16 ޖޫން 2026 | އަންގާރަ 17:56
ރާއްޖެ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މާލެއިން ދެ ކޭސް ފެނިފައިވުމާ ގުޅިގެން، ހަށިގަނޑުގައި ފެންނަ ރަތް ބިހިތަކާއެކު ހިމަބިހީގެ އަލާމާތްތައް ދައްކާ ބަލި މީހަކު ޑޮކްޓަރަށް ދެއްކުން.

ރާއްޖެ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މާލެއިން ދެ ކޭސް ފެނިފައިވުމާ ގުޅިގެން، ހަށިގަނޑުގައި ފެންނަ ރަތް ބިހިތަކާއެކު ހިމަބިހީގެ އަލާމާތްތައް ދައްކާ ބަލި މީހަކު ޑޮކްޓަރަށް ދެއްކުން. | ރާއްޖެއެމްވީ

ދިވެހިރާއްޖޭގައި މި އަހަރުގެ މިހާތަނަށް ހިމަބިއްސަށް ފައްސިވެފައިވާ 20 މީހަކު ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން  ހާމަކޮށްފި އެވެ. 

އެޗްޕީއޭ އިން އަންގާރާ ދުވަހު ހާމަކުރި ތަފްސީލުތަކުގައިވާ ގޮތުން މާލެ ސަރަހައްދުން މިދިޔަ ހަފްތާގައި ހިމަބިހީގެ އިތުރު ފަސް ކޭސް ފެނިފައިވެ އެވެ. މިގޮތުން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 20 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ދިވެހިން ކަމަށް އެ އެޖެންސީން ބުނެ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންކަން ވެސް ފާހަގަކުރެވެ އެވެ.

ހިމަބިއްސަށް ޕޮޒިޓިވްވި މީހުންނާ ގުޅުން ހުރި ޖުމްލަ 489 ކޮންޓެކްޓަކު ފާހަގަކުރެވިފައިވާކަން އެޗްޕީއޭއިން ހާމަކުރި އެވެ. އޭގެ ތެރެއިން 88 ކޮންޓެކްޓުން ދަނީ މޮނީޓާ ކުރެވެމުންނެވެ. 

އެޗްޕީއޭ އިން ބުނޫ ބަލިޖެހުނު މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ހިމަބިހީގެ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުންދާކަމަށެވެ. މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދީފައިވާއިރު، ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 1،118 މީހަކަށް ހިމަބިހީގެ ވެކްސިން ދީފައިވެ  އެވެ. އަދި 18 އަހަރުން ދަށުގެ ކުދިންގެ ވެކްސިން ޑޯޒް ފުރިހަމަ ނުވާ ކުދިންނަށް އަމަޒުކޮށް ވެކްސިން ކެމްޕެއިނެއް ދަނީ ހިންގަމުންނެވެ.

ބަލީގެ އަލާމާތްތަކާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ހިމަބިހި ޖެހުމުން ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައި ކަމަށެވެ. އެއަށްފަހު މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ނަގަން ފަށާނެއެވެ. މި ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރެނީ ބިހި ނެގުމުގެ ހަތަރު ދުވަސް ކުރިން ފެށިގެން، ބިހި ނެގުމަށްފަހު ހަތަރު ދުވަސް ހަމަވަންދެންކަން ފާހަގަކުރެވެއެވެ. މިއީ ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ވައިގެ މަގުން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ.

އެހެންކަމުން، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިޖެހިކަމަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އަންގާފަ އެވެ.

ހިމަބިއްސަކީ ވެކްސިން ދީގެން ރައްކާތެރިވެވޭ ބައްޔަކަށް ވާއިރު، ބަލިޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ރާއްޖޭގައި އެމްއާރު ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ. ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، ފަހަކަށް އައިސް މި ބަލީގެ ކޭސްތައް ރާއްޖެއިން ދަނީ ފެންނަމުންނެވެ.

އެޗް.ޕީ.އޭހިމަބިހިމާލެދުނިޔޭގެ ސިއްހަތު ޖަމިއްޔާ

އިތުރަށް ކިޔާލަން

16 ޖޫން 2026

އެމްޑީޕީ އިން ބާއްވާ "ވަޒީފާ ބުރާސްފަތި" މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި

16 ޖޫން 2026
އެމްޑީޕީ އިން ބާއްވާ "ވަޒީފާ ބުރާސްފަތި" މުޒާހަރާގެ ޕޯސްޓަރުތައް ހަރުކުރަން ފަށައިފި
15 ޖޫން 2026

ބޯހިޔާވެހިކަން ސްކީމަށް އެދުމުގެ ސުންގަޑި ހޯމަދުވަހުގެ ރޭ 2:00 އަށް އިތުރުކޮށްފި

15 ޖޫން 2026
ބޯހިޔާވެހިކަން ސްކީމަށް އެދުމުގެ ސުންގަޑި ހޯމަދުވަހުގެ ރޭ 2:00 އަށް އިތުރުކޮށްފި
15 ޖޫން 2026

މިދިޔަ މަހު މުޅިރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވެ، ޑެންގީ ހުން ވަރަށް ގިނަ މީހުންނަށް ޖެހިފައިވޭ: އެޗްޕީއޭ

15 ޖޫން 2026
މިދިޔަ މަހު މުޅިރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވެ، ޑެންގީ ހުން ވަރަށް ގިނަ މީހުންނަށް ޖެހިފައިވޭ: އެޗްޕީއޭ
14 ޖޫން 2026

އެމެރިކާގެ އެހީގައި ކުއްތާ ޓްރެއިނިންގތަކެއް ކުރިއަށް ގެންގޮސްފި

14 ޖޫން 2026
އެމެރިކާގެ އެހީގައި ކުއްތާ ޓްރެއިނިންގތަކެއް ކުރިއަށް ގެންގޮސްފި
14 ޖޫން 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

14 ޖޫން 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު