Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިމަބިހީ ވެކްސިން އެހީ

އިންޑިއާއިން ރާއްޖެއަށް 20،000 ޑޯސްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި

ރާއްޖޭގައި ހިމަބިހި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އިންޑިއާއިން ފޯރުކޮށްދިން މި އެހީގެ ސަބަބުން، ބަލި ދެނެގަތުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް މިނިސްޓަރު ގީލާ އަލީ ވިދާޅުވި.

ނަޒާހަތު އިބްރާހިމް
ނަޒާހަތު އިބްރާހިމް | 12 ޖޫން 2026 | ހުކުރު 02:52
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯސްގެ ހިމަބިހީގެ ވެކްސިން ހަދިޔާކުރުން

އިންޑިއާއިން ރާއްޖެއަށް 20،000 ޑޯސްގެ ހިމަބިހީގެ ވެކްސިން ހަދިޔާކުރުން | ހެލްތު މިނިސްޓްރީ

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިއްސާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަލުވިކުރުމަށްޓަކައި، އިންޑިއާގެ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ބޭނުންވާ މުހިންމު ސިއްހީ ސާމާނުތަކެއް ހަދިޔާކޮށްފިއެވެ.

މި އެހީގެ ދަށުން އިންޑިއާއިން ވަނީ 20،000 ޑޯސްގެ މީސަލްސް ވެކްސިން ނުވަތަ ހިމަބިހީގެ ވެކްސިނާއި، 3 ޓަނުގެ ސިއްހީ އެކި އާލާތްތައް ރާއްޖެއަށް ފޯރުކޮށްދީފައެވެ.

Advertisement - newsAdvertisement

މި ތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، މިއީ ރާއްޖޭގައި ހިމަބިހި ފެތުރުން ހުއްޓުވުމަށާއި އާންމު ސިއްހަތަށް ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތައް ވަރުގަދަ ކުރަމުންދާ މުހިންމު ދަނޑިވަޅެއްގައި ލިބުނު ބޮޑު އެހީއެއް ކަމަށެވެ. އަދި މި އެހީގެ ސަބަބުން ބަލިތަކުން ރައްކާތެރިވުމާއި، ބަލި ދެނެގަތުމުގެ ގާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ގީލާ ވިދާޅުވީ، ދެ ގައުމަކީ ޒަމާންވީ ގާތް ގުޅުމެއް އޮންނަ ދެ ގައުމު ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއަށް އެހީތެރިކަން ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި ވެސް އިންޑިއާ އިން އެ އެހީތެރިކަން ފޯރުކޮށްދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިފަހަރު ލިބުނު އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ އިތުރުން އެއްބާރުލުން ރަމްޒުކޮށްދޭ އިތުރު ހެއްކެއް ކަމަށެވެ. އިންޑިއާއިން ހަދިޔާކުރި މި ސާމާނުތަކަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ އުމްރާނީ އަދި ފަންނީ ގާބިލުކަން އިތުރުކުރުމަށް ލިބުނު މުހިންމު ބާރެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާތީ، އެ ބަލިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން ދަނީ ހާއްސަ ވެކްސިން ކެމްޕޭނެއްވެސް ކުރިއަށް ގެންދަމުންނެވެ. އިންޑިއާއިން މި ފޯރުކޮށްދިން 20،000 ޑޯސްގެ ވެކްސިނާއެކު، ވެކްސިން ޖެހުމުގެ މަސައްކަތް އިތުރަށް ހަލުވިވެ، ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ސިއްހީ ވުޒާރާއިން މައުލޫމާތުދެއެވެ.

ރާއްޖެ-އިންޑިއާހިމަބިހިގީލާ އަލީހިމަބިހީގެ ވެކްސިން

އިތުރަށް ކިޔާލަން

09 ޖޫން 2026

ހިމަބިހީގެ އިތުރު 4 ކޭސް ފެނިއްޖެ، ޖުމްލަ އަދަދު 15 އަށް އަރައިފި: އެޗްޕީއޭ

09 ޖޫން 2026
ހިމަބިހީގެ އިތުރު 4 ކޭސް ފެނިއްޖެ، ޖުމްލަ އަދަދު 15 އަށް އަރައިފި: އެޗްޕީއޭ
07 ޖޫން 2026

އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!

07 ޖޫން 2026
އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!
07 ޖޫން 2026

ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!

07 ޖޫން 2026
ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!
05 ޖޫން 2026

މިހާރު ބޭސް ލިބޭ، ނުލިބެނީ ފަރުވާ: ޒިޔާދު

05 ޖޫން 2026
މިހާރު ބޭސް ލިބޭ، ނުލިބެނީ ފަރުވާ: ޒިޔާދު
02 ޖޫން 2026

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް

02 ޖޫން 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު