Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޗްޕީއޭ

ހިމަބިހީގެ އިތުރު 4 ކޭސް ފެނިއްޖެ، ޖުމްލަ އަދަދު 15 އަށް އަރައިފި: އެޗްޕީއޭ

ރާއްޖެއިން މިހާތަނަށް ހިމަބިހީގެ 15 ކޭސް ފެނިފައިވާއިރު، ބަލި ފެތުރުން ކުޑަކުރުމަށްޓަކައި ބަލިޖެހުނު މީހުންނާ ދިމާވި ފަރާތްތައް ދެނެގަނެ "ރިންގް ވެކްސިން" ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ވަނީ ފަށާފަ. ވައިގެ މަގުން ހަލުވިކަމާއެކު ފެތުރޭ މި ބަލީގެ ހާލަތު މޮނިޓަރުކޮށް، ކޮންމެ އަންގާރަ ދުވަހަކު ބަލީގެ ތަފާސްހިސާބުތައް އާންމުކުރުމަށް އެ އެޖެންސީން ވަނީ ނިންމާފަ. އެހެންކަމުން ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ސަމާލުވުމަށާއި ވެކްސިން ފުރިހަމަކުރުމަށް ސިއްހީ މާހިރުން އިލްތިމާސްކުރޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 9 ޖޫން 2026 | އަންގާރަ 05:47
ހެލްތު މިނިސްޓްރީ: އެޗްޕީއޭ އިން ބުނީ މި ބައްޔަށް އިތުރު 4 މީހުން ފާއިތުވި ހަފްތާގައި ޕޮޒިޓިވްވެފައިވާ ކަމަށް

ހެލްތު މިނިސްޓްރީ: އެޗްޕީއޭ އިން ބުނީ މި ބައްޔަށް އިތުރު 4 މީހުން ފާއިތުވި ހަފްތާގައި ޕޮޒިޓިވްވެފައިވާ ކަމަށް | ރާއްޖެއެމްވީ

ދިވެހިރާއްޖެއިން މީސެލްސް ނުވަތަ ހިމަބިއްސަށް ޕޮޒިޓިވް އިތުރު 4 މީހަކު ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށް ބުނެފި އެވެ. 

އެ އެޖެންސީން ބުނީ ފާއިތުވި ހަފްތާގައި އެ ބައްޔަށް އިތުރު 4 މީހުން ޕޮޒިޓިވްވެފައިވާ ކަމަށާއި މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 15 ކޭސް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި ދެ މީހަކު ވެސް ހިމެނެ އެވެ.

Advertisement - newsAdvertisement

މި ބައްޔަށް ޝައްކުކުރެވޭ އިތުރު ކޭސްތަކެއްގެ އިންވެސްޓިގޭޝަން ނުވަތަ ތަހުގީގު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އެ އެޖެންސީން މައުލޫމާތު ދެ އެވެ.

ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭ އިން އަންނަނީ ބަލި ފެތުރުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށާއި، ބަލިޖެހުނު މީހުންނާ ގާތުން އެއްތާވި ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، މި ކޭސްތައް މޮނިޓަރކޮށް، ހިމަބިހި ވެކްސިން ފުރިހަމަނުވާ ފަރާތްތަކަށާއި، ބަލިޖެހުނު ފަރާތްތައް ދިރިއުޅޭ ސަރަހައްދުތަކުގައި "ރިންގް ވެކްސިން" ދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް އެޗްޕީއޭ އިން ބުނެފައިވެ އެވެ.

ބަލީގެ އަލާމާތްތަކާ ގުޅޭގޮތުން އެޗްޕީއޭ އިން ބުނީ، ހިމަބިހި ޖެހުމުން ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައި ކަމަށެވެ. އެއަށްފަހު މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ނަގަން ފަށާނެއެވެ. މި ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރެނީ ބިހި ނެގުމުގެ ހަތަރު ދުވަސް ކުރިން ފެށިގެން، ބިހި ނެގުމަށްފަހު ހަތަރު ދުވަސް ހަމަވަންދެންނެވެ. މިއީ ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ވައިގެ މަގުން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ.

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި، ހިމަބިހީގެ ކޭސްތަކާ ގުޅޭ އަދާހަމަ މައުލޫމާތުތައް އާންމު ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު އެއްފަހަރު އެވެ. އެގޮތުން މި ބަލީގެ ތަފާސްހިސާބުތައް އެ އޭޖެންސީ އިން އާންމު ކުރަނީ ކޮންމެ އަންގާރަ ދުވަހެއްގަ އެވެ. 

ހިމަބިހިއެޗް.ޕީ.އޭހެލްތު މިނިސްޓްރީ

އިތުރަށް ކިޔާލަން

07 ޖޫން 2026

އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!

07 ޖޫން 2026
އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!
07 ޖޫން 2026

ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!

07 ޖޫން 2026
ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!
04 ޖޫން 2026

ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ

04 ޖޫން 2026
ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ
02 ޖޫން 2026

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް

02 ޖޫން 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް
30 މެއި 2026

ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި

30 މެއި 2026
ހިމަބިހީގެ ވެކްސިން ކެމްޕޭނެއް ފަށަން އެޗްޕީއޭ އިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު