Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ހިމަބިހީގެ ކޭސް އިތުރުވުން

ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް

މާލެ ސަރަހައްދުން ހިމަބިހީގެ އިތުރު ދެ ކޭސް ފެނުމާއެކު، މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 22 އަށް އަރާފަ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ދަނީ ކޮންޓެކްޓުންނާއި ސިއްހީ ހިދުމަތްތެރިންގެ އިތުރުން ވެކްސިން ފުރިހަމަނުވާ ކުދިންނަށް ވެކްސިން ދިނުމުގެ ހާއްސަ މަސައްކަތްތަކެއް ކުރަމުން. އެހެންކަމުން، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާސްކު އެޅުމަށް އެ އެޖެންސީން އިލްތިމާސްކުރޭ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް, ރާއްޖެ އެމްވީ | 23 ޖޫން 2026 | އަންގާރަ 12:49
ރާއްޖެ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މާލެއިން ދެ ކޭސް ފެނިފައިވުމާ ގުޅިގެން، ހަށިގަނޑުގައި ފެންނަ ރަތް ބިހިތަކާއެކު ހިމަބިހީގެ އަލާމާތްތައް ދައްކާ ބަލި މީހަކު ޑޮކްޓަރަށް ދެއްކުން.

ރާއްޖެ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މާލެއިން ދެ ކޭސް ފެނިފައިވުމާ ގުޅިގެން، ހަށިގަނޑުގައި ފެންނަ ރަތް ބިހިތަކާއެކު ހިމަބިހީގެ އަލާމާތްތައް ދައްކާ ބަލި މީހަކު ޑޮކްޓަރަށް ދެއްކުން. | ރާއްޖެއެމްވީ

މިދިޔަ ހަފްތާގަ ދިވެހިރާއްޖެ އިން މީސެލްސް ނުވަތަ ހިމަބިއްސަށް ފައްސިވެފައިވާ އިތުރު ދެ މީހަކު ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން  ހާމަކޮށް ފިއެވެ.

އެޗްޕީއޭ އިން އަންގާރާ ދުވަހު ހާމަކުރި ތަފްސީލުތަކުގައިވާ ގޮތުން މާލެ ސަރަހައްދުން މިދިޔަ ހަފްތާގައި ހިމަބިހީގެ އިތުރު 2 ކޭސް ފެނިފައިވެ އެވެ. މިގޮތުން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 22 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ދިވެހިން ކަމަށް އެ އެޖެންސީން ބުނެ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ މީހުންކަން ވެސް ފާހަގަކުރެވެ އެވެ.

Advertisement - newsAdvertisement

އެޗްޕީއޭ އިން ބުނަނީ ބަލިޖެހުނު މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ހިމަބިހީގެ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް އެޗްޕީއޭއިން ކުރަމުންދާކަމަށެވެ. މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދީފައިވާއިރު، ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 1،118 މީހަކަށް ހިމަބިހީގެ ވެކްސިން ދީފައިވެ  އެވެ. އަދި 18 އަހަރުން ދަށުގެ ކުދިންގެ ވެކްސިން ޑޯޒް ފުރިހަމަ ނުވާ ކުދިންނަށް އަމަޒުކޮށް ވެކްސިން ކެމްޕެއިނެއް ދަނީ ހިންގަމުންނެވެ.

ބަލީގެ އަލާމާތްތަކާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ހިމަބިހި ޖެހުމުން ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައި ކަމަށެވެ. އެއަށްފަހު މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ނަގަން ފަށާނެއެވެ. މި ބަލި ޖެހިފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް ބަލި ފެތުރެނީ ބިހި ނެގުމުގެ ހަތަރު ދުވަސް ކުރިން ފެށިގެން، ބިހި ނެގުމަށްފަހު ހަތަރު ދުވަސް ހަމަވަންދެންކަން ފާހަގަކުރެވެއެވެ. މިއީ ކެއްސާ ކިނބިހި އެޅުމުގެ ތެރެއިން ވައިގެ މަގުން ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔެކެވެ.

އެހެންކަމުން، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށާއި، ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލިޖެހިއްޖެކަމަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށާއި، ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ވެސް ވަނީ އަންގާފަ އެވެ.

ހިމަބިއްސަކީ ވެކްސިން ދީގެން ރައްކާތެރިވެވޭ ބައްޔަކަށް ވާއިރު، ބަލިޖެހުމުގެ ފުރުސަތު އެންމެ ބޮޑީ ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ރާއްޖޭގައި އެމްއާރު ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ. ދިވެހިރާއްޖެއަކީ ހިމަބިހި ނައްތައިލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2017 ވަނަ އަހަރު ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް، ފަހަކަށް އައިސް މި ބަލީގެ ކޭސްތައް ރާއްޖެއިން ދަނީ ފެންނަމުންނެވެ.

އެޗް.ޕީ.އޭހިމަބިހިމާލެދުނިޔޭގެ ސިއްހަތު ޖަމިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގެ ފުރުޤާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

މާލޭގެ ފުރުޤާން މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

22 ޖޫން 2026
ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"

ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"

22 ޖޫން 2026
ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި

ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި

21 ޖޫން 2026
ރަސްފަންނު މޫދަށްއެރޭ ސަރަހައްދުގައި އިންސާނުންގެ ނަޖިހުގެ އަސަރު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި

ރަސްފަންނު މޫދަށްއެރޭ ސަރަހައްދުގައި އިންސާނުންގެ ނަޖިހުގެ އަސަރު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި

20 ޖޫން 2026
މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

މުވައްޒަފުން ވަޒީފާއިން ވަކިކުރުމާއި ދެކޮޅަށް އެމްޑީޕީ އިން ބޭއްވި "ވަޒީފާ ބުރާސްފަތި" އިހުތިޖާޖުގައި އެތައްހާސް ބަޔަކު ބައިވެރިވެއްޖެ

18 ޖޫން 2026

އަހަރުތަކުން މިއަދު

22 ޖޫން
ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި
20251 އަހަރު ކުރިން
ދުނިޔެ

ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ހަމަލާދީފި

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"
20242 އަހަރު ކުރިން
ރާއްޖެ

"އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އާއި ހަވާލުވެ ހުރި މީހާ އެކަހެރިކޮށް އާ މީހަކު ވަނީ އައްޔަންކޮށްފަ، މަސްވެރިން މުޒާހަރާކުރާ އިރު އޭނާ ވީތަނެއް ވެސް ނޭނގޭ!"

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި
20233 އަހަރު ކުރިން
ރިޕޯޓު

ޓައިޓޭނިކް ކައިރިއަށް ދިޔަ ސަބްމެރީންގައި ތިބި މީހުން މަރުވެއްޖެ ކަމަށް ނިންމުމުން އާއިލާތަކުން ހިތާމައިގައި

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ފައިގަތަޅާ ފޯރި ފަށައިފި، މުބާރާތުގެ ފުރަތަމަ ލަނޑު ހެދީ މިނިސްޓަރު މަޚްލޫފް

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އިސްކޮޅުގެ އެންމެ ފަރަގު ބޮޑު ދެމަފިރިންގެ ރިކޯޑު

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޕޭ ޓޮއިލެޓެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ގާސިމް ގެ އަނބިކަނބަލުން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު