Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - healthAdvertisement
ސިއްހަތުހިމަބިހި

އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

5 ޖުލައި 2026 | އާދީއްތަ 08:40

ޑރ.ފައިސަލް ވިދާޅުވީ އޭޝިޔާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިމަބިހި ގަދަޔަށް ފެތުރޭ ގައުމުތަކުގެ ލިސްޓުގައި މިއަހަރު ރާއްޖެ ހިމެނިފައިވާ ކަމަށް. މިހާތަނަށް 72 މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ގިނައީ 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ކަމަށް ޑރ. ފައިސަލް ވިދާޅުވި. އަދި ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ބޭރުގެ މަސައްކަތްތެރިން ވެކްސިން ފުރިހަމަކޮށްފައިވޭތޯ ބެލުމާއި، އާބާދީގެ 95 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން މުހިންމު ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު | 5 ޖުލައި 2026 | އާދީއްތަ 08:40
މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ. ހިމަބިހި ކޮންޓްރޯލް ކުރުމަށް ވެސް ދެ ޑޯޒްގެ ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައިވޭ.

މީހެއްގެ ގަޔަށް ވެކްސިން ޖަހަނީ. ހިމަބިހި ކޮންޓްރޯލް ކުރުމަށް ވެސް ދެ ޑޯޒްގެ ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސްކޮށްފައިވޭ. | ޑެއިލީ މެއިލް

އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިފައިވާ ކަމަށް ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ހިމަބިހި ފެތުރެމުންދާތީ ކަންބޮޑުވުންފާޅު ކުރައްވައި، ޑރ.ފައިސަލް އެކްސްގައި ވިދާޅުވީ މި ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ހިމަބިހި ގަދަޔަށް ފެތުރޭ ގައުމުތަކުގެ ލިސްޓުގައި މިއަހަރު ރާއްޖެ ހިމެނިފައިވާ ކަމަށެވެ. 

ރާއްޖެއަށް އަންނަ މަސައްކަތު މީހުންނަށް ވިސާ ދިނުމުގެ ކުރިން ހިމަބިހީގެ ވެކްސިން ފުރިހަމަކުރިތޯ ބަލަންޖެހޭކަން ފާހަގަކުރައްވައި ޑރ.ފައިސަލް ވިދާޅުވީ ފަތުރުވެރިންގެ ކިބައިން ފެންނަ އަލާމާތްތަކަށް ވެސް ސަމާލުކަން ދޭންޖެހޭ  ކަމަށެވެ. 

ހިމަބިހި ފެތުރިފައިވާ މިންވަރަށް އިޝާރާތް ކުރައްވައި ޑރ.ފައިސަލް ވިދާޅުވީ މިހާތަނަށް މި ބައްޔަށް 72 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެތެރޭގައި 4 ކުޑަކުދިން ހިމެނޭ ކަމަށެވެ. އަދި ބާކީ ތިބި އެންމެންނަކީ، ވެސް 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ޑރ.ފައިސަލް ވިދާޅުވީ ހިމަބިހި ނައްތާލެވިފައިވާ ލަންކާގައި 2023 ގައި ހިމަބިހި ފެތުރި ދޮޅު އަހަރު ވީއިރުވުސް ބަލި ކޮންޓުރޯލް ނުކުރެވުމުން 2024 ވަނަ އަހަރު އެގައުމަކީ ހިމަބިހި އަލުން ފެތުރޭ ގައުމަކަށް ނިންމާފައިވާ ކަމަށެވެ. 

މިގޮތް ރާއްޖެއަށް ނުވުމަށް އެންމެ މުހިންމު ކަމަކީ ހިމަބިހީގެ 2 ޑޯޒް 95 އިންސައްތަ އާބާދީއަށް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް އާއްމު ރައްޔިތުން އެއްބާރުލުން ދީ ވެކްސިން ފުރިހަމަ ކުރުމަށް ޑރ.ފައިސަލް އިލްތިމާސް ކުރެއްވި އެވެ. 

ރާއްޖެ އަކީ 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް 2023 ވަނަ އަހަރު މި ބަލީގެ ބައެއް ކޭސްތައް ފެނުމަށްފަހު، މިއަހަރުގެ މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ބަލި އަލުން ފެނި، ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. އަދި ޖޫން މަހުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ވެކްސިން ދިނުމުގެ ޚާއްސަ ޕްރޮގްރާމެއް ފަށާފަ އެވެ.

ޑރ. އަހުމަދު ފައިސަލްހިމަބިހިސިއްހަތު

އިތުރަށް ކިޔާލަން

03 ޖުލައި 2026

އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި

03 ޖުލައި 2026
އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި
01 ޖުލައި 2026

ސްމާޓްފޯނު ބޭނުން ކުރުމުން ހަށިގަނޑުގެ ބައްޓަމަށް ނޭދެވޭ ބަދަލުތައް އާދޭ

01 ޖުލައި 2026
ސްމާޓްފޯނު ބޭނުން ކުރުމުން ހަށިގަނޑުގެ ބައްޓަމަށް ނޭދެވޭ ބަދަލުތައް އާދޭ
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
28 ޖޫން 2026

ފޯނަށް ދެވިހިފުމުގެ މައްސަލައިގައި ފަރުވާ ހޯދާ މީހުން އިތުރުވަނީ

28 ޖޫން 2026
ފޯނަށް ދެވިހިފުމުގެ މައްސަލައިގައި ފަރުވާ ހޯދާ މީހުން އިތުރުވަނީ
28 ޖޫން 2026

މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި

28 ޖޫން 2026
މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި
27 ޖޫން 2026

ޒަމާނީ "ފްރީޒް ޓެކްނޮލޮޖީ" ބޭނުންކޮށްގެން ދިވެއްސެއްގެ ކިޑްނީ ޓިއުމަރު ކާމިޔާބުކަމާއެކު ނައްތާލައިފި

27 ޖޫން 2026
ޒަމާނީ "ފްރީޒް ޓެކްނޮލޮޖީ" ބޭނުންކޮށްގެން ދިވެއްސެއްގެ ކިޑްނީ ޓިއުމަރު ކާމިޔާބުކަމާއެކު ނައްތާލައިފި
23 ޖޫން 2026

ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް

23 ޖޫން 2026
ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް
23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
23 ޖޫން 2026

ޓައިޕް 1 ޑައިބެޓީސް ޖެހުން ލަސްކޮށްދޭ ފަރުވާ ފުރަތަމަ ފަހަރަށް ދޭން ފަށައިފި

23 ޖޫން 2026
ޓައިޕް 1 ޑައިބެޓީސް ޖެހުން ލަސްކޮށްދޭ ފަރުވާ ފުރަތަމަ ފަހަރަށް ދޭން ފަށައިފި
23 ޖޫން 2026

ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ސިއްހަތަށް ހުރި ނުރައްކަލެއްތަ؟

23 ޖޫން 2026
ވޯލްޑް ކަޕް މެޗުތައް ބެލުމަކީ ސިއްހަތަށް ހުރި ނުރައްކަލެއްތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް