Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިމަބިހި

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

މާލެ ސަރަހައްދުގައި ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު 66 އަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިން ކަމަށް އެޗްޕީއޭ އިން ބުނޭ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ ހިދުމަތްތެރިންނާއި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމެއް މިހާރު ވަނީ ފަށާފަ. މީގެ އިތުރުން 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް އަމާޒުކޮށްގެން ވެކްސިން ދިނުމުގެ އިތުރު މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް އެ އެޖެންސީން ދަނީ ތައްޔާރުވަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 30 ޖޫން 2026 | އަންގާރަ 19:34
ރާއްޖެ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މާލެއިން ދެ ކޭސް ފެނިފައިވުމާ ގުޅިގެން، ހަށިގަނޑުގައި ފެންނަ ރަތް ބިހިތަކާއެކު ހިމަބިހީގެ އަލާމާތްތައް ދައްކާ ބަލި މީހަކު ޑޮކްޓަރަށް ދެއްކުން.

ރާއްޖެ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މާލެއިން ދެ ކޭސް ފެނިފައިވުމާ ގުޅިގެން، ހަށިގަނޑުގައި ފެންނަ ރަތް ބިހިތަކާއެކު ހިމަބިހީގެ އަލާމާތްތައް ދައްކާ ބަލި މީހަކު ޑޮކްޓަރަށް ދެއްކުން. | ރާއްޖެއެމްވީ

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި (މީސަލްސް) ފެތުރެމުންދާ މިދަނޑިވަޅުގައި، މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް 44 މީހަކު މި ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން އަންގާރާ ދުވަހު އާންމުކުރި ތަފްސީލުތަކަށް ބަލާއިރު، މާލެ ސަރަހައްދުން އަލަށް ފެނުނު 44 ކޭސްއާއެކު މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 66 އަށް އަރާފަ އެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށާއި، އޭގެ ތެރޭގައި ގިނައިން ހިމެނެނީ 18 އަހަރުން މަތީގެ މީހުންކަން އެ އެޖެންސީން ފާހަގަކުރެ އެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެޗްޕީއޭ އިން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށް 18 އަހަރުން ދަށުގެ ކުދިންނަށާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މިހާރު ވަނީ ފަށާފަ އެވެ.

ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތަފާތު ފޭސްތަކަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފޭސްގައި ސިއްހީ ހިދުމަތްތެރިންނާއި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދޭއިރު، މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނީ އަންނަަނިވި މަރުކަޒުތަކުންނެވެ:

  • މާފަންނު އަރބަން ހެލްތު ކެއާ ކްލިނިކް
  • ހުޅުމާލެ ހޮސްޕިޓަލް
  • ސެނެހިޔާ ހޮސްޕިޓަލް
  • ވިލިމާލެ ހޮސްޕިޓަލް

އަތޮޅުތެރޭގެ ރަށްރަށުގައި ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖައްސާނީ އެ ރަށެއްގެ ސިއްހީ މަރުކަޒުން ނުވަތަ ހޮސްޕިޓަލުންނެވެ. މީގެ އިތުރުން، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ވެކްސިން ދިނުމުގެ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް އެޗްޕީއޭ އިން ދަނީ ތައްޔާރުވަމުންނެވެ. އަދި ބައްޔަށް ޕޮޒިޓިވްވި މީހުންނާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ދިވެހިރާއްޖެ އަކީ 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް 2023 ވަނަ އަހަރު މި ބަލީގެ ބައެއް ކޭސްތައް ފެނުމަށްފަހު، މިއަހަރުގެ މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ބަލި އަލުން ފެނި، ބަލި ޖެހޭ މީހުންގެ އަދަދު  ދަނީ އިތުރުވަމުންނެވެ.

ހިމަބިހިއެޗް.ޕީ.އޭމާލެދުނިޔޭގެ ސިއްހަތު ޖަމިއްޔާ

އިތުރަށް ކިޔާލަން

30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
29 ޖޫން 2026

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

29 ޖޫން 2026
ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
28 ޖޫން 2026

އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް

28 ޖޫން 2026
އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް
28 ޖޫން 2026

މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި

28 ޖޫން 2026
މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި
27 ޖޫން 2026

ކޮންޓޭނަރުތަކެއް އޮޔާދާތީ، ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

27 ޖޫން 2026
ކޮންޓޭނަރުތަކެއް އޮޔާދާތީ، ދޫނިދޫ އާއި ފޭދޫފިނޮޅާ ދެމެދު ދަތުރުކުރާ އުޅަނދުތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
27 ޖޫން 2026

ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި

27 ޖޫން 2026
ޓީ-ޖެޓީ ސަރަހައްދުން 46 ޓަނުގެ ކުނި މާލޭ ސިޓީ ކައުންސިލުން ނަގައިފި
26 ޖޫން 2026

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

26 ޖޫން 2026
އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
25 ޖޫން 2026

ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު

25 ޖޫން 2026
ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު
23 ޖޫން 2026

ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް

23 ޖޫން 2026
ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު