Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިންޑިއާ ރާއްޖެ ގުޅުން

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހީގެ ވެކްސިނާއި މެޑިކަލް ސާމާނު ރަސްމީކޮށް ހަވާލުކޮށްފި

ރާއްޖޭގައި ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލްކުރުމަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން 20،000 ޑޯޒްގެ އެމް.އާރް ވެކްސިނާއި ތިން ޓަނުގެ މެޑިކަލް ސާމާނު ރާއްޖެއާ ހަވާލުކޮށްފި. އިންޑިއާގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މި އެހީގެ ތެރޭގައި ބަލި ދެނެގަތުމަށް ބޭނުންވާ ކިޓްތަކާއި ފަރުވާދޭން ބޭނުންވާ މުހިންމު ބޭސްތައް ހިމެނޭ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖޫން 2026 | ހޮނިހިރު 13:19
އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީ

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ފޯރުކޮށްދޭ އެހީ | އިންޑިއާ ހައި ކޮމިޝަން

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި ހިމަބިހީގެ ވެކްސިނާއި، ބޭނުންވާ ބައެއް މެޑިކަލް ކޮންސިއުމަބަލްސް ރާއްޖެއާ ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢީލާ ޢަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި އެހީއަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ފޯރުކޮށްދިން އެހީއެކެވެ.

Advertisement - newsAdvertisement

އިންޑިއާއިން ރާއްޖެއަށް ފޮނުވި މީސަލްސް-ރުބެއްލާ (އެމް.އާރް) ވެކްސިންގެ ދެވަނަ ޝިޕްމަންޓާއި ތިން ޓަނުގެ މެޑިކަލް ސާމާނު މާލެ ގެނެސްފައިވަނީ ހުކުރު ދުވަހުއެވެ. މި އެހީގެ ދަށުން ޖުމލަ 20،000 ޑޯޒްގެ އެމް.އާރް ވެކްސިން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ތިން ޓަނުގެ މެޑިކަލް ސާމާނުގެ ތެރޭގައި ބަލިމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި، ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖުގެ އިތުރުން، ބަލި ދެނެގަތުމަށް ބޭނުންކުރާ ޑައިގްނޯސްޓިކް ކިޓްތަކާއި އެހެނިހެން މެޑިކަލް ކޮންސިއުމަބަލްސް ހިމެނެއެވެ.

މި އެހީއާ ގުޅޭގޮތުން އިންޑިއާ ހައިކޮމިޝަނުން ބުނީ، މިއީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ބަދަހި އަދި ދެމެހެއްޓެނިވި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ. އަދި މިއީ އާންމު ސިއްހަތު ރައްކާތެރިކުރުމަށް ދެ ގައުމުން ގުޅިގެން ކުރާ މަސައްކަތުގެ މުހިންމު ބައެއް ކަމަށްވެސް ހައިކޮމިޝަނުން ފާހަގަކޮށްފައިވެއެވެ. މި ތަކެއްޗަކީ ރާއްޖޭގައި ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ލިބުނު ބޮޑު އެހީތެރިކަމެކެވެ.

އިންޑިއާ ސަރުކާރުން މި އެހީ ފޯރުކޮށްދީފައިވަނީ އެ ގައުމުގެ 'ނެއިބަރހުޑް ފަސްޓް' ނުވަތަ އަވަށްޓެރި ގައުމުތަކަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުންނެވެ. މި ސިޔާސަތުގެ ދަށުން، ރާއްޖެއަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައިވެސް އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމުގެ ގޮތުގައި އިންޑިއާ ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ގައުމުން ވަނީ ދީފައެވެ.

މީގެ ކުރިންވެސް ސިއްހީ އެކި ކަންކަމުގައި އިންޑިއާއިން ވަނީ ރާއްޖެއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.

އިންޑިއާ-ދިވެހިރާއްޖެހިމަބިހިގީލާ އަލީނެއިބަހުޑް ފަސްޓް

އިތުރަށް ކިޔާލަން

12 ޖޫން 2026

އިންޑިއާއިން ރާއްޖެއަށް 20،000 ޑޯސްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި

12 ޖޫން 2026
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯސްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
09 ޖޫން 2026

ހިމަބިހީގެ އިތުރު 4 ކޭސް ފެނިއްޖެ، ޖުމްލަ އަދަދު 15 އަށް އަރައިފި: އެޗްޕީއޭ

09 ޖޫން 2026
ހިމަބިހީގެ އިތުރު 4 ކޭސް ފެނިއްޖެ، ޖުމްލަ އަދަދު 15 އަށް އަރައިފި: އެޗްޕީއޭ
07 ޖޫން 2026

އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!

07 ޖޫން 2026
އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!
07 ޖޫން 2026

ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!

07 ޖޫން 2026
ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!
05 ޖޫން 2026

މިހާރު ބޭސް ލިބޭ، ނުލިބެނީ ފަރުވާ: ޒިޔާދު

05 ޖޫން 2026
މިހާރު ބޭސް ލިބޭ، ނުލިބެނީ ފަރުވާ: ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު