Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިމަބިހި

މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި

މި އަހަރުގެ މިހާތަނަށް ރާއްޖެއިން 22 މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިން ކަމަށް އެޗްޕީއޭއިން ބުނޭ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ޚިދުމަތްތެރިންނާއި 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާނެ. މީގެ އިތުރުން، ބައްޔަށް ޕޮޒިޓިވްވި މީހުންނާ ބައްދަލުވި ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ މީހުންނަށާއި 49 އަހަރުން ދަށުގެ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް އެ އެޖެންސީން ދަނީ ކުރަމުން.

އަމްނާ އިމާދު
އަމްނާ އިމާދު | 28 ޖޫން 2026 | އާދީއްތަ 09:28
މީސަލްސް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަނީ.

މީސަލްސް އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ މަސައްކަތް ކުރަނީ. | ހެލްތު ޕްރޮޓެކްޝަން އެޖެންސީ

ދިވެހިރާއްޖޭގައި މި އަހަރުގެ މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް ވެފައިވާތީ، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތްތަކެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ. 

އެޗްޕީއޭއިން ބުނީ، ވޭތުވެދިޔަ ހަފްތާގައި ހިމަބިހީގެ އިތުރު 2 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށާއި، މިއާއެކު މިއަހަރުގެ މިހާތަނަށް ހިމަބިހީގެ ޖުމްލަ 22 ކޭސް ރިޕޯޓް ކުރެވިފައިވާ ކަމަށެވެ. 

ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ގިނައީ 18 އަހަރުން މަތީގެ މީހުން ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ދިވެހީން ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި ޖުމްލަ 543 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށާއި، މީގެ ތެރެއިން އެކްޓިވް 173 ކޮންޓްކްޓުން ދަނީ މޮނިޓަރ ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

ބަލި ފެތުރުން ހުއްޓުވުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ، ވެކްސިން ދިނުމުގެ ޕްރޮގްރާމް ފަށާފައިވާ ކަަމަށެވެ. 

އެޗްޕީއޭއިން ބުނީ، ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ފުރަތަމަ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ ސިއްހީ ހިދުމަތްތެރިންނަށާއި 18 އަހަރުން ދަށުގެ އުމުރުފުރާގެ ކުދިންނަށް ކަމަށެވެ. މި އުމުރު ފުރާއަށް ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 28 ޖޫން އިން 30 ޖޫން ގެ ނިޔަލަށް ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

އެގޮތުން ޔޫޕީއެޗްސީސީގައި ހޮނިހިރު ދުވަހާއި، އާދިއްތަ ދުވަހުގެ ހެނދުނު 8:30ން މެންދުރު 12:00ށް، ހުޅުމާލެ ހޮސްޕިޓަލްގައި އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހުގެ ހެނދުނު 9:00ން 11:00ށް އަދި ބުދަ ދުވަހާއި ބުރާސްފަތި ދުވަހުގެ އިތުރުން ހޮނިހިރު ދުވަހުގެ މެންދުރުފަހު 1:00ން 3:00ށް ވެކްސިން ދިނުމުގެ ޚިދުމަތް ލިބޭނެ އެވެ. އަދި ސެނެހިޔާ މިލިޓަރީ ހޮސްޕިޓަލުގައި އާދިއްތަ ދުވާހައި ބުރާސްފަތި ދުވަހުގެ 10:00ން ހަވީރު 4:00ށް މި ޚިދުމަތްދޭއިރު، ވިލިމާލެ ހޮސްޕިޓަލްގައި އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30ން 3:30 ށް ވެކްސިންގެ ޚިދުމަތް ދޭނެ އެވެ. 

މީގެ އިތުރުން އެޗްޕީއޭއިން ބުނީ، 49 އަހަރުން ދަށުގެ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ތިންވަނަ މަރުހަލާއެއް ކުރިއަށް ގެންދިއުމަށްވެސް ތައްޔާރުވަަމުންދާ ކަމަށެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އަދި މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދެވިފައިވާ ކަމަށް އެޗްޕީއޭއިން ބުނެ އެވެ. 

އެޗްޕީއޭއިން ބުނީ، ފުރަންޓްލައިންގައި މަސައްކަތް ކުރާ ސިއްހީ ޚިދުމަތްތެރިންގެ ތެރެއިން 1537 ފަރާތަށް ވެކްސިން ދީފައިވާ ކަމަށެވެ. 

ހިމަބިހިއެޗް.ޕީ.އޭއެމްއާރް ވެކްސިން

އިތުރަށް ކިޔާލަން

23 ޖޫން 2026

ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް

23 ޖޫން 2026
ރާއްޖެ އިން ހިމަބިއްސަށް އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެ، ޖުމްލަ އަދަދު 22 އަަށް
16 ޖޫން 2026

ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ

16 ޖޫން 2026
ރާއްޖޭގައި މިއަހަރު ހިމަބިއްސަށް 20 މީހަކު ޕޮޒިޓިވްވެއްޖެ
15 ޖޫން 2026

މިދިޔަ މަހު މުޅިރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވެ، ޑެންގީ ހުން ވަރަށް ގިނަ މީހުންނަށް ޖެހިފައިވޭ: އެޗްޕީއޭ

15 ޖޫން 2026
މިދިޔަ މަހު މުޅިރާއްޖޭގައި ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް އިތުރުވެ، ޑެންގީ ހުން ވަރަށް ގިނަ މީހުންނަށް ޖެހިފައިވޭ: އެޗްޕީއޭ
13 ޖޫން 2026

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހީގެ ވެކްސިނާއި މެޑިކަލް ސާމާނު ރަސްމީކޮށް ހަވާލުކޮށްފި

13 ޖޫން 2026
އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހިމަބިހީގެ ވެކްސިނާއި މެޑިކަލް ސާމާނު ރަސްމީކޮށް ހަވާލުކޮށްފި
12 ޖޫން 2026

އިންޑިއާއިން ރާއްޖެއަށް 20،000 ޑޯސްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި

12 ޖޫން 2026
އިންޑިއާއިން ރާއްޖެއަށް 20،000 ޑޯސްގެ ހިމަބިހީގެ ވެކްސިން ހަދިޔާކޮށްފި
09 ޖޫން 2026

ހިމަބިހީގެ އިތުރު 4 ކޭސް ފެނިއްޖެ، ޖުމްލަ އަދަދު 15 އަށް އަރައިފި: އެޗްޕީއޭ

09 ޖޫން 2026
ހިމަބިހީގެ އިތުރު 4 ކޭސް ފެނިއްޖެ، ޖުމްލަ އަދަދު 15 އަށް އަރައިފި: އެޗްޕީއޭ
07 ޖޫން 2026

އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!

07 ޖޫން 2026
އަންގާރައިން އަންގާރައަށް... މިކަމެއް ނުވާނެ!
07 ޖޫން 2026

ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!

07 ޖޫން 2026
ހިމަބިހީގެ އަދާހަމަ ހޯދަން ގުޅާލުމުން މިނިސްޓްރީން ބުނީ އެޗްޕީއޭއަށް ގުޅަން، އެޗްޕީއޭއިން ބުނީ މައުލޫމާތު އާންމުކުރާނީ ކޮންމެ އަންގާރަ ދުވަހެއްގައިކަމަށް!
04 ޖޫން 2026

ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ

04 ޖޫން 2026
ހައްޖުވެރިން އެނބުރި އަންނަން ފަށާނީ މާދަމާ، ހައްޖާޖީންނަށް ވެސް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ: އެޗްޕީއޭ
02 ޖޫން 2026

ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް

02 ޖޫން 2026
ރާއްޖެ އިން ނައްތާލެވިފައިވާ ހިމަބިހީގެ އިތުރު ދެ ކޭސް ފެނިއްޖެ، ޖުމްލަ 11 ކޭސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު