Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިމަބިހި

މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި

8 ޖުލައި 2026 | ބުދަ 04:37

މާލެ ސަރަހައްދުގައި ހިމަބިހި ޖެހުނު މީހުންގެ ޖުމްލަ އަދަދު 121 އަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ 18 އަހަރުން މަތީގެ ދިވެހިން ކަމަށް އެޗްޕީއޭ އިން ބުނެފި. މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިހާތަނަށް 5،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާއިރު، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރޭ. ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، މިދިޔަ މަހުން ފެށިގެން މި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 8 ޖުލައި 2026 | ބުދަ 04:37
ރާއްޖެ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މާލެއިން ދެ ކޭސް ފެނިފައިވުމާ ގުޅިގެން، ހަށިގަނޑުގައި ފެންނަ ރަތް ބިހިތަކާއެކު ހިމަބިހީގެ އަލާމާތްތައް ދައްކާ ބަލި މީހަކު ޑޮކްޓަރަށް ދެއްކުން.

ރާއްޖެ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާއިރު މާލެއިން ދެ ކޭސް ފެނިފައިވުމާ ގުޅިގެން، ހަށިގަނޑުގައި ފެންނަ ރަތް ބިހިތަކާއެކު ހިމަބިހީގެ އަލާމާތްތައް ދައްކާ ބަލި މީހަކު ޑޮކްޓަރަށް ދެއްކުން. | ރާއްޖެއެމްވީ

މާލެ ސަރަހައްދުގައި ހިމަބިހި (މީސަލްސް) ފެތުރެމުންދާ މިންވަރު އިތުރުވެ، މިދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް އިތުރު 55 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން އަންގާރާ ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، އަލަށް ފެނުނު 55 ކޭސްއާއެކު މިހާތަނަށް މާލެ ސަރަހައްދުން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 121 އަށް އަރާފަ އެވެ. މި ބަލި ޖެހުނު މީހުންގެ ތެރޭގައި ގިނައީ ދިވެހިން ކަމަށާއި، އޭގެ ތެރޭގައި ވެސް އެންމެ ގިނައީ 18 އަހަރުން މަތީގެ މީހުންކަން އެ އެޖެންސީން ވަނީ ފާހަގަކޮށްފަ އެވެ.

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭ އިން ދަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބަލިން ރައްކާތެރިވުމަށްޓަކައި 18 އަހަރުން ދަށުގެ ކުދިންނަށާއި، ސިއްހީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް މިހާރު ވަނީ ފަށާފަ އެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާތަނަށް 5,495 މީހަކަށް ވަނީ ހިމަބިހިން ރައްކާތެރިވުމުގެ ވެކްސިން ދީފަ އެވެ.

ދިވެހިރާއްޖެއަކީ 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމެކެވެ. ނަމަވެސް، 2023 ވަނަ އަހަރު މި ބަލީގެ ބައެއް ކޭސްތައް ފެނުމަށްފަހު، މިއަހަރުގެ މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން ބަލި ޖެހޭ މީހުންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށެވެ.

މާލެހިމަބިހިހެލްތު ޕްރޮޓެކްޝަން އޮތޯރިޓީދުނިޔޭގެ ސިއްހަތު ޖަމިއްޔާ

އިތުރަށް ކިޔާލަން

05 ޖުލައި 2026

އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

05 ޖުލައި 2026
އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!
03 ޖުލައި 2026

އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި

03 ޖުލައި 2026
އެބޯލާ ގެ ފަރުވާ އަޖުމަބެލުމަށް ކޮންގޯ ގައި ދޭން ފަށައިފި
01 ޖުލައި 2026

ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި

01 ޖުލައި 2026
ކުރިން ބޮޑު ކުރި ދުންފަތުގެ ޑިއުޓީ ކުޑަކުރަން މަޖިލީހުން ފާސްކޮށްފި
01 ޖުލައި 2026

މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!

01 ޖުލައި 2026
މާލޭގައި މިނިވަން ދުވަސް ފާހަގަކުރަން ސަރުކާރުން 4 މިލިއަން ރުފިޔާ ޚަރަދުކުރިއިރު، އަތޮޅުތެރެއަށް ސަރުކާރުން ލޯލާރިއެއްވެސް ޚަރަދުކޮށްފައި ނުވޭ!
30 ޖޫން 2026

މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ

30 ޖޫން 2026
މާލެ ސަރަހައްދުގައި ހަލުވިކަމާއެކު ހިމަބިހި ފެތުރެނީ: މިދިޔަ ހަފްތާގައި އެކަނިވެސް 44 މީހަކަށް ބަލިޖެހިއްޖެ
30 ޖޫން 2026

ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!

30 ޖޫން 2026
ގަދަވަޔާއި ވިއްސާރައިގައި އާރަށު ނިވަލުގައި މަޑުކޮށްގެން ތިބި މަސްވެރިންތަކެއް ސަލާމަތީ ބާރުތަކުން ފަހާލައިފި!
29 ޖޫން 2026

ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

29 ޖޫން 2026
ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ޤާނޫނީ ބަދަލުތަކާއި އުމްރާނީ ތަރައްޤީ ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026

ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

29 ޖޫން 2026
ވިލާތުގެ ގަދަ ހޫނާ ގުޅިގެން 1300 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
28 ޖޫން 2026

އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް

28 ޖޫން 2026
އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް
28 ޖޫން 2026

މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި

28 ޖޫން 2026
މިހާތަނަށް ހިމަބިއްސަށް 22 މީހަކު ޕޮޒިޓިވް، ވެކްސިން ދިނުމުގެ ޚާއްސަ ހަރަކާތެއް އެޗްޕީއޭ އިން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް