Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައްޔިތުންގެ މަޖިލިސް

ހެލްތު މިނިސްޓަރަށް ސުވާލު ކޮށްގެންވެސް ހިމަބިއްސަށް ޓެސްޓު ކުރާ ކިޓު ރާއްޖޭގައި ހުރިކަމެއް ސާފެއް ނުވި

8 ޖުލައި 2026 | ބުދަ 06:50

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާއިރު، އެ ބައްޔަށް ޓެސްޓުކުރާ ކިޓުތައް ހުސްވެފައިވާ ކަމަށް ބުނެ އާންމުން ކުރާ ޝަކުވާތަކާ ގުޅޭގޮތުން މަޖިލީހުގައި ކުރި ސުވާލަށް ހެލްތު މިނިސްޓަރު ގީލާ އަލީ ސީދާ ޖަވާބެއް ނުދެއްވައި ރެކިވަޑައިގެންފި. މިނިސްޓަރު ވިދާޅުވީ މަޖިލީހަށް ވަޑައިގެންނެވީ ކުރިން ފޮނުވާފައިވާ ވަކި ސުވާލުތަކަކަށް ތައްޔާރުވެގެން ކަމަށް. ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ލަސްވާތީ އާންމުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ނަމަވެސް، މިނިސްޓްރީން އެކަށީގެންވާ ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ވަނީ ބޮޑުވެފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 8 ޖުލައި 2026 | ބުދަ 06:50
 ހެލްތް މިނިސްޓަރު ގީލާ ޢަލީ ރައްޔިތުންގެ މަޖިލީހުގައި

ހެލްތް މިނިސްޓަރު ގީލާ ޢަލީ ރައްޔިތުންގެ މަޖިލީހުގައި | މަޖިލިސް

ރާއްޖޭގައި ހިމަބިހި ނުވަތަ މީސަލްސް ފެތުރެމުންދާ މި ދަނޑިވަޅުގައި، އެ ބައްޔަށް ޓެސްޓުކުރަން ބޭނުންވާ ކިޓުތައް ރާއްޖެއިން ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ކުރިމަތިކުރި ސުވާލަށް ހެލްތް މިނިސްޓަރު ގީލާ ޢަލީ ޖަވާބެއް ނުދެއްވައި އެ ސުވާލުން ރެކިވަޑައިގެންފި އެވެ.

ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ސުވާލު ކުރެއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސައިން ޒިޔާދެވެ. މެމްބަރު ޒިޔާދު ސުވާލު ކުރައްވަމުން ވިދާޅުވީ، މި ފަހަކަށް އައިސް ރާއްޖޭގައި އާދަޔާ ހިލާފަށް ހިމަބިހި ފެތުރެން މެދުވެރިވީ އެ ބައްޔަށް ޓެސްޓު ކުރާ ކިޓު ހުސްވެފައި ހުރުމުގެ ސަބަބުން ކަމަށް ބުނެ އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން އެކަމުގެ ހަގީގަތަކީ ކޮބައިތޯއާއި، ކިޓުތައް ހުސްވީތޯ ސާފުކޮށްދެއްވުމަށް މެމްބަރު އެދިވަޑައިގެންނެވި އެވެ.

މެމްބަރުގެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި ގީލާ ވިދާޅުވީ، އެކަމަނާ މަޖިލީހަށް ވަޑައިގެންނެވީ ކުރިން ފޮނުވާފައިވާ ވަކި ސުވާލުތަކަކަށް ޖަވާބު ދެއްވުމަށް ތައްޔާރުވެގެން ކަމަށެވެ. އަދި މެމްބަރު ޒިޔާދު ކުރެއްވި އިތުރު ސުވާލުތަކަށް ޖަވާބު ނުދެއްވައި، ވަރަށް ކުރު ޖަވާބަކަށް ފަހު ގީލާ ވަނީ ވާހަކަ ނިންމަވާލައްވާފަ އެވެ.

މިއަދު އަޅުގަނޑު މިކޮޅަށް މިއައީ ހަމަ ވަކި ސުވާލުތަކަކަށް ތިޔަ ބޭފުޅުންނަށް ޖަވާބު އެރުވުމަށްޓަކައި، އެހެންކަމުން، ވަރަށް ބޮޑަށް ޝުކުރިއްޔާ އިއްޒަތްތެރި ރައީސް
 ހެލްތް މިނިސްޓަރު ގީލާ ޢަލީ 

ރާއްޖޭގައި ހިމަބިހީގެ ކޭސްތައް ފެންނަމުންދާ މިންވަރު މިދުވަސްވަރު ދަނީ އިތުރުވަމުންނެވެ. މި ބަލި ފެތުރުން ހުއްޓުވުމަށާއި، ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް ހެލްތް މިނިސްޓްރީން އެކަށީގެންވާ ފިޔަވަޅުތައް އަޅަމުން ނުދާކަމުގެ ޝަކުވާ އާންމުންގެ މެދުގައި ވަނީ ބޮޑުވެފަ އެވެ. ހާއްސަކޮށް ބަލި ދެނެގަތުމަށް ހަދަންޖެހޭ ޓެސްޓުތައް ހެދުމުގައި ލަސްތަކެއް އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

 

ހިމަބިހި20 ވަނަ ރައްޔިތުންގެ މަޖިލީސްގީލާ އަލީ

އިތުރަށް ކިޔާލަން

08 ޖުލައި 2026

މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި

08 ޖުލައި 2026
މާލެ ސަރަހައްދުން ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި
06 ޖުލައި 2026

ޑިޖިޓަލް ކުރާ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ނުލިބޭތީ ދައުލަތަށް ވެސް އެކަމުގެ ގެއްލުން ލިބޭ: މެންބަރު މައުރޫފް

06 ޖުލައި 2026
ޑިޖިޓަލް ކުރާ ޚިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ނުލިބޭތީ ދައުލަތަށް ވެސް އެކަމުގެ ގެއްލުން ލިބޭ: މެންބަރު މައުރޫފް
05 ޖުލައި 2026

އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

05 ޖުލައި 2026
އޭޝިޔާ ސަރަހައްދުން އެންމެ ގަދައަށް ހިމަބިހި ފެތުރޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!
05 ޖުލައި 2026

މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!

05 ޖުލައި 2026
މަޖިލީހުގެ ޖަލްސާ އެއް މާދަމާ، އޮއްޓަރު ހުރި މަސައްކަތެއް އެޖެންޑާގައި ނެތް!
05 ޖުލައި 2026

ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު

05 ޖުލައި 2026
ސިޔާސީ ވެރިންނަށް އެންމެ ގިނައިން ޙަމަލާދެނީވެސް އެއްވުންތަކުގެ ތެރެއިން، ސެކިއުރިޓީ ކަނޑާލަން ކުރާ މަސައްކަތާމެދު ކަންބޮޑުވަން: ނަޝީދު
04 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން

04 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާއިރު ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް 241 ކޮމެޓީއަށް ނުނިންމޭނެ: އަލީ ހުސެއިން
02 ޖުލައި 2026

ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި

02 ޖުލައި 2026
ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ކުޑަކުރަން މަޖިލިހުން ފާސްކުރި އިސްލާހަށް އަމަލު ކުރަން ފަށައިފި
02 ޖުލައި 2026

ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ

02 ޖުލައި 2026
ކުރީގެ ރައީސުން މުޒާހަރާތަކުގައި ބައިވެރިވާ ވަގުތުތަކުގައި އެމްއެންޑީއެފްގެ ސެކިއުރިޓީ ދޭން ނުޖެހޭ ގޮތަށް އުސޫލު އިސްލާޙުކުރަނީ
02 ޖުލައި 2026

ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު

02 ޖުލައި 2026
ރައްޔިތުން ހާސްވާންޖެހޭ ސަބަބެއް ނެތް، ބޭހާއި ޑޮލަރު ދަތިކަމެއް ނެތި ބަރާބަރަށް ލިބޭ: މެމްބަރު ޝުޖާއު
01 ޖުލައި 2026

ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު

01 ޖުލައި 2026
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް މުއިއްޒު، މިކަމުން ސަލާމަތްވުމަށް އެންމެން އަތުގުޅާލަން ޖެހޭ: މެންބަރު ޒިޔާދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް