Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. ފަޒުނާ ނިޔާވުން

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. ފަޒުނާ ނިޔާވެއްޖެ

9 ޖުލައި 2026 | ބުރާސްފަތި 12:49

އޯޓިޒަމާއި އޭޑީއެޗްޑީ ފަދަ ކަންކަން ދެނެގަތުމަށް ރާއްޖޭގައި އެސެސްމެންޓްތައް ތައާރަފުކޮށްދެއްވި ޑރ. ފަޒުނާ ނިޔާވުމަކީ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު އުނިކަމެއް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 9 ޖުލައި 2026 | ބުރާސްފަތި 12:49
އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ބަލިތަކަށް ޚާއްސަވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު، ޑރ. ފަޒުނާ: އޭނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް

އޯޓިޒަމް އާއި އޭޑީއެޗްޑީ ފަދަ ބަލިތަކަށް ޚާއްސަވި ރާއްޖޭގެ ފުރަތަމަ ޑޮކްޓަރު، ޑރ. ފަޒުނާ: އޭނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް | ފަޔާޒު މޫސާ / މިހާރު

ކުޑަކުދިންގެ ހެދިބޮޑުވުމާ ބެހޭ ބަލިތަކަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރު، ޑރ. އައިމިނަތު ފަޒުނާ، ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޑރ. ފަޒްނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، ބުރާސްފަތި ދުވަހު މާލޭގަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އޭނާ ގެންދެވީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯއްދަވަމުންނެވެ.

Advertisement - newsAdvertisement

ޑރ. ފަޒްނާއަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އެމްބީބީއެސް ނިންމެވުމަށްފަހު 2018 ވަނަ އަހަރު އައިޖީއެމްއެޗާ ގުޅިވަޑައިގެންނެވި ޑރ. ފަޒްނާ، 2021 ވަނަ އަހަރު މެލޭޝިއާގެ ކެބަންސާން ޔުނިވާސިޓީގައި ދެ އަހަރު ދުވަހު މަތީ ތައުލީމު ހާސިލުކުރެއްވި އެވެ.

އޭގެ ފަހުން އެމެރިކާގެ ކެލިފޯނިއާ ޔުނިވާސިޓީގައި އޯޓިޒަމް ފަދަ ބަލިތައް ދެނެގަތުމަށް ޚާއްސަވާ "ޑިވެލޮޕްމަންޓަލް ޕީޑިއެޓްރީޝަން" ދާއިރާއިން ތަމްރީނު ފުރިހަމަކުރެއްވި އެވެ. މި ރޮނގުން ތައުލީމު ހާސިލުކުރެއްވުމަށްފަހު އަލުން އައިޖީއެމްއެޗާ ގުޅިވަޑައިގެން ބަލިމީހުން ބައްލަވަން ފެއްޓެވީ މިއަހަރުގެ ކުރީކޮޅުގަ އެވެ.

ޑރ. ފަޒްނާއަކީ ރާއްޖޭގައި އޯޓިޒަމް ދެނެގަތުމަށް ޚާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރެވެ. އޭނާ ވަނީ އޯޓިޒަމްއާއި، އޭޑީއެޗްޑީ އަދި އުނގެނުމުގެ އުނދަގޫތައް ހުންނަ ކުދިން ދެނެގަތުމަށް ހަދާ އެސެސްމެންޓްތައް ތައާރަފުކޮށް، އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނަމޫނާ މަސައްކަތްތަކެއް ކުރައްވާ ފައެވެ.

ޑރ. ފަޒުނާގެ ކަށުނަމާދު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދަށްފަހު، މާލޭ އާސަހަރާ މިސްކިތުގަ އެވެ. ޑރ. ފަޒްނާގެ ވަކިވުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށާއި، ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާތަކަށް ލިބުނު ބޮޑު ހިތާމައެއްކަން ގިނަ ބަޔަަކު ދަީ ފާހަގަކުރަމުންނެވެ. 

ޑރ. އައިމިނަތު ފަޒުނާއައިޖީއެމްއެޗް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

02 ޖުލައި 2026

މުއިއްޒޫ! ހެޕީތަ؟

02 ޖުލައި 2026
މުއިއްޒޫ! ހެޕީތަ؟
01 ޖުލައި 2026

މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!

01 ޖުލައި 2026
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!
01 ޖުލައި 2026

މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

01 ޖުލައި 2026
މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
28 ޖޫން 2026

މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

28 ޖޫން 2026
މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
23 ޖޫން 2026

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި

23 ޖޫން 2026
ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
22 ޖޫން 2026

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026
މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ
22 ޖޫން 2026

މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ، ގާޒީ ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރޭވިކަމަށް!

22 ޖޫން 2026
މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ، ގާޒީ ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރޭވިކަމަށް!
15 ޖޫން 2026

ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް

15 ޖޫން 2026
 ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް
08 ޖޫން 2026

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިއްޖެ

08 ޖޫން 2026
ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް