Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޭރީ ގްރޭސް

މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ، ގާޒީ ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރޭވިކަމަށް!

22 ޖޫން 2026 | ހޯމަ 08:59

އައިޖީއެމްއެޗްގެ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ކަނޑައަޅާފައެވެ. މޭރީ މަރުވީ ދަންޖެހިގެންކަމަށް ދެއްކުމަށް ބަޔަކު ރޭވި ނަމަވެސް، އޭނާ މަރުވީ ބޮލަށާއި ކަރަށް ދީފައިވާ އަނިޔާތަކެއްގެ ސަބަބުންކަން ގިނަ ގަރީނާތަކުން ސާބިތުވާކަމަށް ގާޒީ ވިދާޅުވި. މި މައްސަލައިގައި ދެން އޮންނާނީ އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުން.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ޖޫން 2026 | ހޯމަ 08:59
މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާ ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި ކަމަށް  ހެކިވެރިޔާ ވަނީ ބުނެފަ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާ ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި ކަމަށް ހެކިވެރިޔާ ވަނީ ބުނެފަ | ރާއްޖެއެމްވީ

 އައިޖީއެމްއެޗްގައި މަސައްކަތް ކުރި މޭރީ ގްރޭސް މަރުވީ ތަބައީ މަރަކުން ނޫން ކަމަށާއި، އޭނާ މަރުވީ ދަންޖެހިގެންކަމަށް ދެއްކުމަށް ބަޔަކު ހީލަތްތެރި ރޭވުމެއް ރޭވިކަމަށް ޤަބޫލު ކުރެވޭކަމަށް މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެއްޖެ އެވެ.

ގާޒީ އެހެން ވިދާޅުވީ ހޯމަ ދުވަހުގެ އަޑުއެހުމުގައި މައްސަލައާ ގުޅޭގޮތުން ގޮތް ނިންމަވަމުންނެވެ. އެގޮތުން މި އަޑުއެހުމުގައި އޮތީ ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއި، ކުށް ސާބިތުވާ ޙާލަތުގައި އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ މުޒައްމިލް ނާސިރެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ގާޒީ ވިދާޅުވީ، މޭރީ މަރުވީ ތަބައީ މަރަކުން ނޫން ކަމަށާއި، އޭނާ މަރުވީ ދަންޖެހިގެންކަމަށް ދެއްކުމަށް ބަޔަކު ހީލަތްތެރި ރޭވުމެއް ރޭވިކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

އެހެންނަމަވެސް ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެއްކެއްގައި މޭރީ މަރުވިތަން ސީދާ ދުއް ހެއްކެއް ނެތް ކަމަށާއި، ހުރީ ގިނަ ޤަރީނާތަކެއްކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ވިދާޅުވީ، ޤަރީނާގެ މައްޗަށް ކުށް ސާބިތުކުރާއިރު ބަލަންޖެހޭ ކަންކަން މަތީ މަރުޙަލާގެ ކޯޓުތަކުގެ ގަޒިއްޔާތަކުގައި ކަނޑައަޅުއްވާފައިވާކަމަށެވެ. އެ ކަންކަމަށް ރިއާޔަތް ކުރައްވައި މި މައްސަލައިގެ ޙާދިސާގެ ވަށައިގެންވާ ކަންކަމަށް ގާޒީ ވަނީ އަލިއަޅުވާލައްވާފަ އެވެ.

ޔޫސުފާއި ލަމްހާއާ ދެމެދުގައި ފޯނުން އެ ދުވަހު މުއާމަލާތްތަކެއް ކުރެވިފައިވާ ކަމަށާއި، ޙާދިސާގެ ކަންކަން ހިނގާފައިވަނީ ދައުވާލިބޭ ފަރާތްތަކުން ކިޔާދިން ގޮތަށް ނޫންކަން އެނގޭ ގިނަ ޤަރީނާތަކެއް ހުރިކަމަށްވެސް ގާޒީ ވިދާޅުވިއެވެ. އަދި ވިދާޅުވީ، މޭރީ ގްރޭސަށް އެންމެ ފުރަތަމަ އެޓެންޑުވި މީހުންނާއި ގިނަ ނަރުހުންގެ ހެކިބަހުންވެސް، އޭނާގެ ހަށިގަނޑުގައި ދަންޖެހުމުގެ ނިޝާނެއް ފެންނަން ނެތްކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ، މި މައްސަލައިގެ ވަށައިގެންވާ ކަންކަން ހުރީ ޔޫސުފްގެ މައުސޫމުކަމާ ފުށުއަރާ ގޮތަށް ކަމަށެވެ. އެގޮތުން ޔޫސުފްގެ ފޯނުން އެ ދުވަހު މީހަކު "ޗޯކްހޯލްޑް" ކޮށްފައި ބަހައްޓާނެ ގޮތުގެ ފޮޓޯތަކެއްވެސް ފެނިފައިވާކަމަށް ގާޒީ ވިދާޅުވިއެވެ. އަދި ވިދާޅުވީ، އެ ދުވަހު ދެން އެ ގެއަށް ވަދެފައިވަނީ ލަމްހާއާއި، މޭރީއާއި މާވިންގެ ދަރިފުޅު ކަމަށެވެ. އަދި މާވިން އެމްބިއުލާންސަށް ގުޅާލާފައިވަނީވެސް ލަމްހާ އެ ގެއިން ނުކުމެގެން ދިޔަ ފަހުންކަން ހެކިތަކުން އެނގޭކަމަށް ގާޒީ ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، އެ ގެއަށް އައުމުގެ ކުރިން އެ ހިނގައިދިޔަ ވަގުތުގައި ލަމްހާ އުޅުނީ ކޮން ތަނަކުކަން ލަމްހާއަށްވެސް ބުނެދެވިފައިނުވާކަމަށެވެ.

ގާޒީ ވަނީ މޭރީ ގްރޭސް މަރާލާފައިވާކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާ މަރާލި ވަގުތު މާވިންއާ ލަމްހާގެ އިތުރުން ދެން އެތަނުގައި ހުރީ 4 އަހަރުގެ ކުޑަ ކުއްޖެއްކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، މާވިން މޭރީ މަރާލާފައިވާކަމާއި، އެކަން ކޮށްފައިވަނީ ލަމްހާއާއި މާވިންއާ ދެމެދު އޮންނަ ލޯބީގެ ގުޅުމުގެ ސަބަބުންކަމަށް ސާބިތުވާކަމަށް ގާޒީ ވިދާޅުވި އެވެ. އެ ދެމީހުން ކައިވެނި ކުރަން ރޭވިއިރު، އަނބިމީހާ މަރުވެއްޖެ ޙާލަތެއްގައި ހުށަހަޅާނެ ލިއެކިއުމުގެ ވާހަކަވެސް ދެކެވިފައިވާ ކަމަށާއި، ދުނިޔޭގައި ހުރި މީހަކު މަރުވެއްޖެކަމަށް ބަލައިގެން ޕްލޭން ކުރަންވީ ސަބަބެއް ނެތްކަމަށް ގާޒީ ވިދާޅުވި އެވެ.

އެހެންކަމުން ދެން އޮންނާނީ އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ. އެ އަޑުއެހުން އޮންނާނީ ޖުލައި މަހުގެ ފުރަތަމަ ދުވަހު އެވެ.

މައްސަލައިގެ ފަސްފަހަތް:

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. އަދި ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.

މޭރީ ގްރޭސްގެ މަރާ ގުޅިގެން ފުލުހުން ތުހުމަތުތައް ކުރަން ފެށީ، ދަން ޖެހިފައި ހުރި ކަމަށް ބުނެ އޭނާ ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް، އޭނާ ގެ ހަށިގަނޑުން ދަން ޖެހިފައި ހުރިކަމުގެ ނިޝާނެއް ފެންނަން ނެތުމުންނެވެ. އެހެންކަމުން އޭނާ މަރުވި ސަބަބު ދެނެގަތުމަށް ފުލުހުން ވަނީ އޭނާ ގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދާފަ އެވެ.

ޕޯސްޓްމޯޓަމް ރިޕޯޓުން އެނގޭގޮތުގައި މޭރީ މަރުވެފައިވަނީ ބޮލަށާއި ކަރަށް ލިބުނު ޒަޚަމްތަކުގެ ސަބަބުންނެވެ.

މޭރީގެ ޕޯސްޓްމޯޓަމް ރިޕޯޓާ ގުޅިގެން ފުލުހުންވެސް ބުނެފައިވަނީ, އޭނާ މަރުވެފައިވަނީ ދަންޖެހިގެން ކަމަށް ނުބެލެވޭ ކަމަށެވެ. އަދި މަރުވެފައިވަނީ ބްލަންޓް އިންޖަރީއެއްގެ ސަބަބުން ކަމަށެވެ. ބްލަންޓް އިންޖަރީއަކީ ގަދަކަމުން މީހަކަށް އަނިޔާއެއްދީގެން ނުވަތަ އެއްޗަކުން ޖަހައިގެން ލިބޭ އަނިޔާއަކުން ނުވަތަ ގެއްލުމަކުން ވާ މަރެކެވެ.

މޭރީ ގްރޭސްއައިޖީއެމްއެޗްމާވިންލަމްހާޔޫސުފްގާޒީ މުޒައްމިލް ނާސިރު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

15 ޖޫން 2026

ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް

15 ޖޫން 2026
 ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް
08 ޖޫން 2026

ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިއްޖެ

08 ޖޫން 2026
ހުޅުމާލޭގައި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިއްޖެ
07 ޖޫން 2026

ހުޅުމާލޭ ހޮސްޕިޓަލްގައި ހައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް!

07 ޖޫން 2026
ހުޅުމާލޭ ހޮސްޕިޓަލްގައި ހައްޖުވެރިންނަށް ޚާއްސަ ފުލޫ ކްލިނިކެއް!
06 ޖޫން 2026

އެމްބިއުލާންސްގެ ޚިދުމަތް ހޯދުމަށް ވެސް ރައްޔިތުން މިއަދު އުފުލަން ޖެހެނީ ތަކުލީފު!

06 ޖޫން 2026
އެމްބިއުލާންސްގެ ޚިދުމަތް ހޯދުމަށް ވެސް ރައްޔިތުން މިއަދު އުފުލަން ޖެހެނީ ތަކުލީފު!
01 ޖޫން 2026

ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ

01 ޖޫން 2026
ލޯންޗެއް އެކްސިޑެންޓްވެ ނުރައްކާތެރި ހާދިސާއެއް، ދެ މީހަކަށް ސީރިއަސް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ
28 މެއި 2026

ގަމުގައި ކަރަންޓު ޖެހިގެން ހާލުދެރަވި 14 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި

28 މެއި 2026
ގަމުގައި ކަރަންޓު ޖެހިގެން ހާލުދެރަވި 14 އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި
20 މެއި 2026

އައިޖީއެމްއެޗްގައި ފަރުވާއަށް ގެންދިޔަ ބައިޕޯލަރ ހުންނަ ބަލި މީހަކު ހޮސްޕިޓަލުގެ އިހުމާލުން ފިލައިފި

20 މެއި 2026
އައިޖީއެމްއެޗްގައި ފަރުވާއަށް ގެންދިޔަ ބައިޕޯލަރ ހުންނަ ބަލި މީހަކު ހޮސްޕިޓަލުގެ އިހުމާލުން ފިލައިފި
07 މެއި 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ މަރުވެއްޖެ

07 މެއި 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ މަރުވެއްޖެ
25 އެޕްރީލު 2026

ކަސްޓޯޑިއަލްގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް

25 އެޕްރީލު 2026
ކަސްޓޯޑިއަލްގައި ހުރި މީހަކު ނިޔާވުން: ފުލުހުން ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށް
22 އެޕްރީލު 2026

ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ ހާލު ސީރިއަސް، އަދިވެސް އޮތީ ވެންޓިލޭޓަރުގައި!

22 އެޕްރީލު 2026
ފީއަލީ ތެޔޮ ބޯޓުގައި ރޯވި އަލިފާނުގެ ހާދިސާގައި ފިހުނު 39 އަހަރުގެ މިހާ ހާލު ސީރިއަސް، އަދިވެސް އޮތީ ވެންޓިލޭޓަރުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް