Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

މުއިއްޒޫ! ހެޕީތަ؟

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ އާންމު ރައްޔިތުންނަށް ބޮޑެތި ތަކުލީފުތަކެއް ދަނީ ކުރިމަތިވަމުން. ސިއްހީ ފަރުވާއާއި އާސަންދަ ހޯދުމުގައި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވީ ނަމަވެސް، ސަރުކާރުގެ އިސްވެރިން ހަގީގަތް އޮޅުވާލައި ހުރިހާ ކަމެއް ރަނގަޅު ކަމަށް ދައްކަން ދަނީ މަސައްކަތް ކުރަމުން.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 2 ޖުލައި 2026 | ބުރާސްފަތި 08:24
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު. | ރައީސް އޮފީސް

މުއިއްޒޫ އެވެ. ބާރަށު ދާއިރާގެ މެންބަރު ސުޖާ ވިދާޅުވަމުން ގެންދަވަނީ "ހެޕީ" ކަމަށެވެ. ރައްޔިތުން ހެޕީ ކަމަށެވެ. ނުތަނަވަސްކަމެއް ނެތްކަމަށެވެ. ހުރިހާ ކަމެއްވެސް ބަރާބަރު ކަމަށެވެ.

މުއިއްޒޫ އެވެ. މަށަށް ހަމަ ޔަގީނުންވެސް ސުޖާ އެހެން ވިދާޅުވީމާ މުއިއްޒު ހެޕީވާނެ އެވެ. ބޮޑުތަނުން ހެޕީވާނެ އެވެ. ބާރަށް އަތް ޖައްސަވާނެކަންވެސް އެނގެ އެވެ.

މުއިއްޒޫ އެވެ. ސުޖާ ވިދާޅުވީ ޑޮލަރު ލިބޭ ކަމަށެވެ. ދައްޗެއް ނެތްކަމަށެވެ. ވަރަށް ބަރާބަރެވެ. މުއިއްޒުއަށާއި ސުޖާއަށް ބޭނުން އިރަކު ބޭނުން ވަރަކަށް އަސްލު ރޭޓުގައި ބޯކޮށް ޑޮލަރު ލިބޭނެއެވެ. ކުޑައިކޮށްވެސް އެކަމަކަށް ޝައްކެއް ނުކުރަމެވެ. އެކަމާ ހެޕީވާނެ ކަންވެސް ދެނެހުރީމެވެ.

އެކަމަކު ރައްޔިތުމީހާ ދޯއެވެ. މަޖިލީސް މެޖޯރިޓީ ލިބުނިއްޔާ ދެއަހަރު ތެރޭ 15.42 އަށް ޑޮލަރުގެ އަގު ދައްކުރާނަމޭ އިކޮނޮމިކް މިނިސްޓަރ ސައީދު ވިދާޅުވީމާ ރައްޔިތުން އޭރު ހެޕީވި އެވެ. ވިޔަފާރިވެރިންވެސް އެހާމެ ހެޕީވި އެވެ. އަދި މުއިއްޒު މާ ހެޕީވިކަން އޭރުވެސް މަށަށް އެނގުނެވެ. އެއީ ސައީދު އެވިދާޅުވި ވިދާޅުވުމަށް ރައްޔިތުން ވޯޓުދީ މަޖިލިސް ނަގައިދިނީމައެވެ.

މުއިއްޒޫ އެވެ. މުއިއްޒު އަތްޕުޅުން ހަންދާވަރަށް އެކަމާ އަތްޖެއްސެވިދާނެ އެވެ. އަތްގުޅި ނުކާވަރުގެ ސުޕަރ މެޖޯރިޓީއަކާއެކު މަޖިލީހަށް ވީހާ ދުވަހެއް ވަނީ އެވެ. ތިޔަބުނާ އަގުވީ ދަށެއް ނޫނެވެ. އަދިވެސް އެދަނީ ދިމާ މައްޗަށެވެ. މިހާރު އެކާވީހަށް ބާވީހަށް އަރަނީ އެވެ. ރައްޔިތުމީހާ ހެޕީއެއް ނޫނެވެ. ހަމަ އެއްގޮތަކަށްވެސް ހެޕީއެއް ނޫނެވެ.

މުއިއްޒޫ އެވެ. ސުޖާ ވިދާޅުވީ އާސަންދައިން ބޭރަށްދާން ބޭންކުން ދެހާސް ޑޮލަރު ދޭ ކަމަށެވެ. ރައްޔިތުން ހެޕީވާނެ އެވެ. މަހަމަ ކޮސްވެއްޖެއެވެ. ކުރިން އެބުނާ ދެހާސް ޑޮލަރު ލިބެނީ އެންމެ ބޭންކަކުން ނޫނެވެ. ކިތަންމެ ބޭންކަކުން ލިބެ އެވެ. އޭރު ރައްޔިތުން ހެޕީ އެވެ. އެކަމަކު މުއިއްޒު ތިޔަ ގެންނެވި މޮޅު ބަދަލާއެކު މިހާރު އާސަންދަ ލިއުމަށް ލިބޭނީ އެންމެ ބޭންކަކުން 2000 ޑޮލަރު އެކަންޏެވެ. ބޮޑު ބައްޔަކަށް ބޭރުގައި މަޑުކުރަން ޖެހުނީމާ އެއީ ރައްޔިތުން ހެޕީވާނެ އެއްޗެއް ހެއްޔެވެ. ނޫނެކެވެ. އެކަމަކު ސުޖާ އެވާހަކަ ވިދާޅު ނުވެ މަނިކުފާނު ބޭނުންފުޅުގޮތައް ވިދާޅުވީމާ މަނިކުފާނު ހެޕީ އެވެ. ރައްޔިތު މީހާ ހެޕީ އެއް ނޫނެވެ.

މުއިއްޒޫ އެވެ. ކުރިން ކުޑަ ދަރިފުޅުގެ ބުއްދަޅާ ނެޕީ ބޮނޑި ގަންނަން ލިބޭ ވަރަށް މިހާރު ނުލިބޭކަން އެންމެބޮޑަށް އެނގިލައްވާނެ އެއްބޭފުޅަކީ ސީދާ ސުޖާ އެވެ. އެކަމަކު އެވާހަކަ ވިދާޅު ނުވީމާ މަނިކުފާނު ހެޕީ އެވެ. ވަރަށް ބޮޑަށް ހެޕީ އެވެ. ރައްޔިތުންނަށް އޮޅުވާލެވުނު ކަމަށެވެ. އެކަމަކު އެގަންނަންދާ އާއްމު މީހާއަށް މިހާރު އެ އެއްޗެހި ގަނެވޭވަރު ނުވީމާ އޭނާ ހެޕީއެއް ނޫނެވެ. ރައްޔިތު މީހާ ހެޕީއެއް ނޫނެވެ.

މުއިއްޒޫ އެވެ. ހަމަ ހައިރާންވެ އަންތަރީސް ވެއްޖެ އެވެ. ސިއްހީ ދާއިރާއަށް އައި ކުރިއެރުމާއި އާސަންދައާއި ބޭސް ލިބޭ ވާހަކަ ވިދާޅުވީމާ ގަދައަށް ހިނިފުޅުވަޑުވާފައި މަނިކުފާނު ތިޔަ ހުންނެވީ ހެޕީވެފަ އެވެ. ތެދެކެވެ. މަނިކުފާނާއި މަނިކުފާނުގެ މަޖިލިސް މެންބަރުންކޮޅު ބަލިވީމާ ބޭސްކުރާނީ ސިންގަޕޫރުންނާއި ދުނިޔޭގެ އެތަން މިތަނުންނެވެ. މަނިކުފާނު ހެޕީ އެވެ. އެކަމަކު އައިޖީއެމްއެޗުން ޑޮކްޓަރަށް ދެއްކުމުގެ ކިއޫ އިވިފައި ސަހަރޯ ހީވާ ރައްޔިތު މީހާ ހެޕީއެއް ނޫނެވެ. ހަމަ އެހެންމެ ލިޔެދޭ ބޭސް ސިޓީ ހިފައިގެން ތިންމުގޯލި ކުޅޭހެން ރައްޔިތު މީހާ ހިނގާ ހިނގާ ބަލިވާއިރުވެސް ބޭސް ނުލިބުނީ ރައްޔިތު މީހަ ހެޕީއެއް ނޫނެވެ. ތެދެކެވެ. މަނިކުފާނާ މަނިކުފާނުގެ މަޖިލިސް މެންބަރުންކޮޅު ބޭނުން މަދު ބަޔަކަށް ތިޔަބުނާ ބެންކޮކް އާސަންދަވެސް ލިބިދާނެ އެވެ. އެލިބުނިއްޔާ ލިބުނު ބަޔަކާ މަނިކުފާނާ ސުޖާވެސް ހެޕީވެދާނެ އެވެ. އެކަމަކު ބޮޑު ބައްޔެއް ވެގެން ރާއްޖެއިން ފަރުވާ ނުލިބި ބޭރަށް ދެވޭނެ ގޮތެއް ނެތިފައިތިބޭ ނިކަމެތި މީހާ ހެޕީ އެއް ނޫނެވެ.

މުއިއްޒޫ އެވެ. މަށަކު ދެން އިތުރަކަށް މި ހެޕީ ލިސްޓެއް ނުކިޔާނަމެވެ. ނިންމާލާނަމެވެ. އެކަމަކު މުއިއްޒު ރުއްސަން މުއިއްޒު ގެންގުޅޭ އަޅުކުދިންކޮޅު ކުންފުނިތަކުގެ މުވައްޒަފުންނަށް ބިރުދައްކައިގެން ތިޔަ ހެންވޭރުކޮޅަށް އެއްކުރާތީ ފެނިވަޑައިގަންނަވާ މަންޒަރު ފެނިފައި މުިއްޒު ކިތަންމެހާވެސް ހެޕީވެދާނެވެ. އެވެރިން އިސްޖަހައިގެންތިބެ އެޖަހާ އަތްތިލަބަޑިތަކުން މުިއްޒު ހެޕީވެ ނިދިވެސް ނުކުރެއްވިދާނެ އެވެ. އެކަމަކު ވަޒީފާގެ ބިރާ، އަނބިދަރިން ނިކަމެތިވެދާނެތީ އޮތް ބޮލުގެ ރިހުމަށް އެވެރިން ސުއްބުވެސް ނުބުނެ އެތަނަށް ދިޔަޔަސް ހެޕީއެއް ނޫނެވެ. އެއްގޮތަކަށްވެސް ރައްޔިތު މީހާ ހެޕީއެއް ނޫނެވެ. މުއިއްޒުއާއި ސުޖާ އަދި ހަކުރު ދޭތީ ބޮޑުބޭބެވެގެން ތިޔައުޅޭ ކުދިންކޮޅު ހެޕީ ވެދާނެ އެވެ. ބޮޑުތަނުން ހެޕީ ވެދާނެ އެވެ.

ޑރ. މުއިއްޒު ސުޖާއުބާރަށުސައީދުއައިޖީއެމްއެޗް

އިތުރަށް ކިޔާލަން

01 ޖުލައި 2026

މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!

01 ޖުލައި 2026
މޭރީ މަރާލުމުގައި ބައިވެރިވި ލަމްހާއަށް 15 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ޙުކުމެއް!
01 ޖުލައި 2026

މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

01 ޖުލައި 2026
މޭރީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
28 ޖޫން 2026

އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް

28 ޖޫން 2026
އިތުރަށް ވައުދު، ފުއްދޭ ވައުދެއް ނެތް
28 ޖޫން 2026

މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

28 ޖޫން 2026
މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓި އަނިޔާވި ދެ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
26 ޖޫން 2026

ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ

26 ޖޫން 2026
ރައީސް މުއިއްޒަށް ރައްޔިތުންގެ ތާއީދު ނެތުމުން، ޚުދުމުހުތާރުކަމާއެކު ވެރިކަން ކާމިޔާބު ކުރުމަށް މަގުފަހި ކުރާ މަންޒަރު ދަނީ ފެންނަމުން: މެމްބަރު ދީދީ
25 ޖޫން 2026

ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު

25 ޖޫން 2026
ސަރުކާރުން ސިނގިރޭޓް އަގު ކުޑަކުރުމުގެ ބަހަނާ: ގަރުނުގެ ބޮޑު ޖޯކު
23 ޖޫން 2026

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި

23 ޖޫން 2026
ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
22 ޖޫން 2026

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026
މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ
22 ޖޫން 2026

މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ، ގާޒީ ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރޭވިކަމަށް!

22 ޖޫން 2026
މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ، ގާޒީ ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރޭވިކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު