Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފްސާނީ ބަލި

ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާ ހިސާބެއްގައި: ފާއިތުވި އަހަރު އެހީ އަށް އެދި 10،000 ކޯލް، މިދިޔަ 3 އަހަރު 70،000 މީހުން ފަރުވާ ހޯދައިފި

23 ޖޫން 2026 | އަންގާރަ 17:56

ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، 2023 އިން ފެށިގެން މިހާތަނަށް 70،000 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެ. 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގާއިމްކުރި، "1484" ހެލްޕްލައިނަށް ނަފްސާނީ އެހީތެރިކަމަށް އެދި 10،000 އަށް ވުރެ މީހުން މިދިޔަ އަހަރު އެކަނިވެސް ގުޅާފަވާކަމަށް ގީލާ ވިދާޅުވި. މި ބައްޔަށް ދޭ ފަރުވާ ހަރުދަނާކުރުމަށްޓަކައި ހުޅުމާލޭގައި 10،000 އަކަފޫޓުގެ ބިމެއްގައި ޒަމާނީ މެންޓަލް ހެލްތު ހޮސްޕިޓަލެއް ބިނާކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށާފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 23 ޖޫން 2026 | އަންގާރަ 17:56
ދިވެހިރާއްޖޭގައި ނަފްސާނީ ބަލީގެ ފަރުވާއަށް އެދޭ މީހުންގެ އަދަދު އިތުރުވެ، ފާއިތުވި ތިން އަހަރުގައި 70،000 މީހުން ފަރުވާ ހޯދާފައިވޭ.

ދިވެހިރާއްޖޭގައި ނަފްސާނީ ބަލީގެ ފަރުވާއަށް އެދޭ މީހުންގެ އަދަދު އިތުރުވެ، ފާއިތުވި ތިން އަހަރުގައި 70،000 މީހުން ފަރުވާ ހޯދާފައިވޭ. | ރާއްޖެއެމްވީ

ރާއްޖޭގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެ، ދިވެހިންގެ ނަފްސާނީ ދުޅަހެޔޮކަން ކަންބޮޑުވާންޖެހޭ ފަދަ ހާލަތަކަށް ގޮސްފައިވާކަން ރައްޔިތުންގެ މަޖިލީގައި ހެލްތު މިނިސްޓަރު ގީލާ އަލީ ހާމަކުރެއްވި ތަފާސްހިސާބުތަކުން ހާމަވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބަލި މީހުންނަށް ދޭ ފަރުވާގެ އެކި މަރުހަލާތައް މިހާރު ވެސް ގާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ގާއިމްކުރި، "1484" ހެލްޕްލައިނަށް ނަފްސާނީ އެހީތެރިކަމަށް އެދި 10،000 އަށް ވުރެ މީހުން މިދިޔަ އަހަރު އެކަނިވެސް ގުޅާފަވާކަމަށް ގީލާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ގީލާ ވިދާޅުވީ 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 70،000 އަށްވުރެ ގިނަ މީހުން ނަފްސާނީ ބަލީގެ ޑޮކްޓަރުންނަށް ދައްކާފައިވާ ކަމަށާއި އޭގެ ތެރެއިން 45،000 މީހުން ޑޮކްޓަރަށް ދެއްކީ މާލެ ސަރަހައްދުން ކަމަށެވެ.

ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ހުޅުމާލޭގައި ޚާއްޞަ މެންޓަލް ހެލްތު ހޮސްޕިޓަލެއް ބިނާކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މި ހޮސްޕިޓަލް އެޅުމަށްޓަކައި 10،000 އަކަފޫޓުގެ ބިމެއް މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެތަން ވެގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފަރުވާ ދެވޭނެ މަރުކަޒަކަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިވަގުތު އައިޖީއެމްއެޗްގައި ހިންގަމުންދާ މެންޓަލް ހެލްތު ޑިޕާޓްމަންޓަކީ ޖާގައިގެ ގޮތުން ކުޑަ ތަނެއްކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ ހިދުމަތް ހޯދާ މީހުންގެ އަދަދު ގިނަވުމުގެ ސަބަބުން އެނދުމަތިކޮށްގެން ފަރުވާ ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސައިކޭޓްރިސްޓުންގެ ހިދުމަތް ފޯރުކޮށްދެމުންދެ އެވެ. އޭގެ ތެރޭގައި ހދ. ކުޅުދުއްފުށި، ރ. އުނގޫފާރު، ލ. ގަން، ގދ. ތިނަދޫ، އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އިތުރުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތައް ހިމެނެ އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީސްހުޅުމާލެ އައިޖީއެމްއެޗްހެލްތް މިނިސްޓަރ ގީލާ އަލީ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

23 ޖޫން 2026

ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ

23 ޖޫން 2026
ނަފްސާނީ ބަލީގެ ފަރުވާތަކަށް ވަކި ހޮސްޕިޓަލެއް ކަނޑައެޅިފައި ނެތީ ކުރީގެ ސަރުކާރުތަކުގެ ސަބަބުން: ހެލްތް މިނިސްޓަރ
23 ޖޫން 2026

މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ

23 ޖޫން 2026
މެންޓަލް ހެލްތު ސެންޓަރުން އެކަށީގެންވާ ފަރުވާ ނުދެވެނީ ނަފްސާނީ ބަލި މީހުން ގިނަވީމާ: ގީލާ
22 ޖޫން 2026

މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ

22 ޖޫން 2026
މޭރީގެ މަރު: ލަމްހާ އާއި މާވިން އަށް ހުކުމް ކުރުން އަންނަ މަހު އެކެއްގަ
22 ޖޫން 2026

އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި

22 ޖޫން 2026
އީސީ މެންބަރުކަމަށް ޝަކީލް އައްޔަންކުރުމަށް ކޮމިޓީން ނިންމައިފި
22 ޖޫން 2026

ރަށްރަށުގެ ރައްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމް ކުރުމަށް މަޖިލީހަށް ހުށަހަޅައިފި

22 ޖޫން 2026
ރަށްރަށުގެ ރައްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމް ކުރުމަށް މަޖިލީހަށް ހުށަހަޅައިފި
22 ޖޫން 2026

މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ، ގާޒީ ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރޭވިކަމަށް!

22 ޖޫން 2026
މޭރީގެ މަރު: މާވިންގެ މައްޗަށް ކުށް ސާބިތުވެއްޖެ، ގާޒީ ވިދާޅުވީ، މޭރީ މަރުވީ ދަންޖެހިގެން ކަމަށް ދެއްކުމަށް ހީލަތްތެރި ރޭވުމެއް ރޭވިކަމަށް!
22 ޖޫން 2026

ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"

22 ޖޫން 2026
ދަރިވަރުންނާ ގުޅޭ މުހިއްމު 2 ކަމެއްގައި ރާއްޖެޓީވީން ގުޅާލުމުން އެޑިއުކޭޝަން މިނިސްޓްރީ: "ރާއްޖެޓީވީއަކީ ޓީވީ ޗެނަލެއް ދެއްތޯ"
21 ޖޫން 2026

ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި

21 ޖޫން 2026
ފާއިތުވި ހަފްތާގައި 15،700 އަށް ވުރެ ގިނަ އޮޕަރޭޝަން ހިންގައި އެކި މައްސަލަތަކުގައި 59 މީހަކު، ފުލުހުން ހައްޔަރު ކުރި
20 ޖޫން 2026

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް

20 ޖޫން 2026
ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނިޒާމު މިއަދު އޮތީ އެއްކޮށް ބަލިކަށިވެފައި: އައިކް
20 ޖޫން 2026

ޕީއެންސީ މަޖިލިސް މެންބަރުންގެ "ނިކަމެތި" ހާލަތު

20 ޖޫން 2026
ޕީއެންސީ މަޖިލިސް މެންބަރުންގެ "ނިކަމެތި" ހާލަތު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް